Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭތިއަތުލީ 37

Star Level 310 Stories100 Comments100 Login
June 26, 2020 3 Mins Read
24 Comments

ައެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ބިރެއްފެނިގެން ނުކުންނަހެން މަލާކް ނުކުމެގެން ދިޔައީއެވެ. މައުވަންއަށް އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީއެވެ.
ނިއަމްގެ ކެބިންއިން ނުކުމެފައި މަލާކް ދިޔަައީ ބާރުހިގުމުގައެވެ. ދެންގޮސް މަޑުކޮށްލީ ކެބިންއާއި މާދުރުގައިހުރި ކުޑަ ގޯޅިގަނޑެން ކަހަލަ ތައްކޮޅެއްގައެވެ. އޭރު މަލާކްހުރީ ހިތް އަވަސްވެ، އަތްފައި ފިނިވެފައެވެ. ފާރުގައި ލެނގިލައިގެން މޭގައި ދެއަތް އަޅާލައިގެން ހުރީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލާށެވެ. ފެނިދާނެކަމަށް ހީވެސް ކޮށްނުލައި ހުއްޓައި މައުވަން ފެނުމުން މަލާކަށް ވީގޮތް ބުނެދޭންވެސްނޭނގެއެވެ.

މައުވަންއަށްވެސް ވީހަމައެވަރެވެ. މަލާކްފެނުމުން ނެވާލާންވެސް ހަނދާންނެތް ކަހަލައެވެ. މައުވަންއަށް ވާނުވާ ރޭކާލީއިރު މަލާކް ނިކުމެގެން ހިގައްޖެއެވެ.

ޑިއުޓީ ނިންމާފައި މައުވަންއަށް ގެއަށްދެވުނު އިރު ހަވީރު ފަސްގަޑިބައިވަނީއެވެ. އޭރު އަލާ އާއި އަކްޔަންތިބީ ބޭރުގައި ހުންނަ ގޮޑި ތަކުގައި ހަވީރު ސައިބޯށެވެ. މައުވަން ފެނުމުން އެމީހުން ދައުވަތު ދިނެވެ. އިންކާރު ކުރުމެއްނެތި މައުވަންވެސް އެތާއިށީދެ އެމީހުނާ ބައިވެރިވެލިއެވެ. ލައިހާ މާލެ އަންނަން ބޭނުންވެގެން އުޅޭކަން މައުވަން އަކްޔަނުމެނަން އަންގާލިއެވެ. ޢަކްުޔަން އަދި އަލާވެސް ދެކޭގޮތުގައި އޮންލައިންކޮށް ހެދޭއިރު ގަދަކަމުން އެކޮޅުގައި ބެހެއްޓުމުގެ ބޭނުމެއްނެތެވެ. ހިތްހަމަ ނުޖެހި ހުރެ ކިޔަވަން އުޅޭނަމަ އެކަމަށް ދޭންވާން ސަމާލުކަން ގެއްލިދާނެތީއެވެ. އެތަނުގައި ވާހަކަ ދައްކަން ތިބެފައި ތިންމީހުން ތެދުވެގެން ދިޔައީ އިރުއޮއްސި ބަންގީގެ އަޑަށެވެ.

މައުވަން ހުރީ އަދި ޑިއުޓީއިން އައި ގޮތަށްކަމުން އޭނަވަނީ ފެންވަރާށެވެ. ފެންވަރައިގެން ނުކުމެ ނަމާދުކޮށް އަވަދިވެގެން ޖައްސައިލީ އެނދުގައެވެ. ޢަދި އާދައިގެ މަތިން ފޯންނަން ގެއްލިފައި އޮތީއެވެ. އޭރުވެސް މަލާކްގެ ޚިޔާލުތަށް އޭނައަށް އުދަނގޫ ކުރަމުން ދެއެވެ. ހެނދުނު ހިނގާދިޔަ ހާދިސާ ލޯމަތިން ސިފަވަމުން ދިޔައެވެ. މައުވަންއަށް ގޯސްކުރެވުނީ އަމިއްލަ ނަފްސެވެ. އެވަގުތު ކޮޅުގެ ބޭނުން ނުހިފުނީމައެވެ މަލާކް އާއި އަނގައިން ނުބުނެވުނީމައެވެ. ހާލު އޮޅުން ފިލުވާނުލެވުނީމައެވެ. އެއްމެފަހުން ހިތަށް ކެއްނުވެގެން މަލާކްގެ ނަންބަރަށް މެސެޖެއްކޮށްލިއެވެ. ހަމަ މިރޭ ބައްދަލުކޮށްލުމަށް އެދިއެވެ. މެސެޖް ފޮނުވާލެވުނީ ވަރަށް މަސައްކަތުންނެވެ. ޢެކި ފަހަރު އެކި ގޮތަށް ލިއެ ފޮހެ ހެދުމަށް ފަހުއެވެ. މެސެޖް ފޮނުވާލުމަށްފަހު ދެން އޮވޮވުނީ ޖަވާބެއްގެ އިންތިޒާރުގައެވެ. ޢެއްމެފަހުން ޖަވާބެއް ނުލިބޭނެކަމަށް ނިންމައި މައުވަން ދިޔައީ ފޯން ޗާޖަށް ޖަހާފައި ތިރިއަށެވެ.
މަލާކް އިނީ ނަމާދު ކޮށް ނިމިގެން މުސައްލަމަތީގައި ގުރުވާން ކިޔަވާށެވެ. އެހެން އިންއިރު ފޯނަން މެސެޖެއް އައިސްފިކަމުގެ އެލާމް އެޅިއެވެ. ނަަމަވެސް އަޅާނުލާއިނީ ފޯން ބަލައިފިނަމަ އަލުން ކިޔަވާހިތް ނުވެ އެހެން ކަމަކަށް ސިކުނޑި އެބުރިދާނެތީއެވެ. ޢިޝާ ބަންގި ގޮވަންދެން މަލާކް އިނީ ކިޔަވާށެވެ. ބަންގިގޮވުމުން ނަމާދުކޮށް ނިންމާލައި މުސައްލަނަގައި އަލަމާރިއަށް ލިޔެވެ. ދެން ފޯންނަގައި ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. ނަމަވެސް ކުއްލިއަކަށް މަލާކަށް ހުއްޓެވުނެއެވެ. މައުވަންގެ މެސެޖް ފެނުނީމައެވެ. ޢަދި އަމުދުން މިހާދުވަސް ކޮށްލާފައި ބައްދަލުކޮށްލަން އެދިފައިވީމައި މަލާކް ހައިރާންވިއެވެ. ފޯން ހިފައިގެން މަލާކަށް ކޮޓަރީގައި ދެކޮޅަށް ހިނގެނީއެވެ. ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ހިތް ބޭނުންވަނީ ބައްދަލު ކުރަން ދާށެވެ. އެކަމަކު ސިކުނޑި އެކަމަށް ކުރަނީ އިންކާރެވެ. މަލާކް އެނދުގައި އިށީނެވެ. އެއްފައި މަށްޗަށް އަނެއްފައި އަރުވައިގެން އަތުގެ އުޅޮބޮށި ކަކުލުގައި ޖައްސާލައިގެންނެވެ. ޢެއް އަތުގައި ފޯން އޮތްއިރު އަނެއް އަތް އަނގަޔަށް ލައި އިނގިލި ތަކުގެ ނިޔަފަތި ހަފަނީއެވެ އެހެން ދެތިން މިނެޓް އިދެނލާފައި ހަމައެކަނި އޯކޭ ޖަހާލާފައި މެސެޖް ފޮނުވާލިއެވެ.

މައުވަން ތިރިއަށް ދިޔައިރު އަކްޔަން އަދި މަޒްހަރު ތިބީ ސިޓިންރޫމް ސޯފާގައި ވާހަކަ ދައްކާށެވެ. ޢެހެންކަމުން އޭނަވެސް އެތަނުގައި އިށީނެވެ. ޢިރުކޮޅަކުން ނަސީމާވެސް އައެވެ. މަޒްހަރު ދައްކަމުން ދިޔައީ ވިޔަފާރި އިތުރަށް ފުޅާކުރާވާހަކައެވެ.އޭގެތެރެއިން ލައިހާގެ ވާހަކަވެސް ދެކެވެން ފެށުނެވެ. މައުވަން ފުރުސަތުގެ ބޭނުންހިފައި ލައިހާ މާލެއަންނަން ބޭނުންވާކަން ހާމަކުރިއެވެ. މައުވަން ހީކުރިވަރަށްވުރެ ފަސޭހައިން ލައިހާ މާލެ އައުމަށް މަޒްހަރުގެ ދެމަފިރިން އެއްބަސް ވިއެވެ.

ގަޑިން 9:00 ވީއިރު މައުވަން ހުރީ މަލާކްއުޅޭ އެޕާޓްމަންޓް ދޮރުމަތީގައެވެ. ކަޅު ޖިންސަކާއި ހުދު ޓީޝާޓެއްގައި މައުވަން ހުރިއިރު އަންހެންކުދިންގެ ލޯތަށް އޭނައަށް އަމާޒު ނުވާވަރެއްނޫނެވެ. އަރާފައިވަނީ ކެޝުއަލް ބޫޓަކަށެވެ. ޓީޝާޓް ގަޔަށް ހިފާލާފައިވާއިރު ހަށިގަނޑުގެ ވަރުގަދަކަން ހާމަވެއެވެ. މާގިނައިރު އިންތިޒާރުގައި ހުންނާކަން ނުޖެހުނެވެ. މަލާކް އައިސްފިއެވެ. މަލާކްހުރީ ކަޅުކުލައިގެ އަބާޔާ އަކާއެކު ވަޅުފެހި ކުލައިގެ ޝޯލެއްގައެވެ. މާލާކް ފެނުމުން ތައުރީފް ކޮށްލާހިތް މައުވަން އޮތެވެ. ނަމަވެސް މަލާކް ރުޅިއަތުވެދާނެތީވެ ކެތްތެރިވެގެން ހުރީއެވެ. މަގުގެ އަނެތް ފަރާތުގައި އޮތް ކާރަށް އިޝާރާތް ކޮށްލާފައި މައުވަން ގޮސް މަލާކް އަރަން ކުރީސީޓްގެ ދޮރުފަތް ހުޅުވާލަ ދީފައި ބަލާލި އިރު ފަހަތު ސީޓަށް އަރައި މަލާކް ދޮރުފަތް ލައްޕަނީއެވެ. ހުޅުވި ދޮރުފަތް ލައްޕާފައި މައުވަންވެސް ދެންގޮސް ޑްރައިވަރ ސީޓަށް އެރިއެވެ. “ކޮންތާކަށް ދާނީ” ކާރު ދުއްވާލަމުން މައުވަން އެއްސެވެ. ކޮންމެ ތަނެތްވެސް ރަނގަޅުވާނެކަމަށް މަލާކް ބުންޏެވެ. ދަތުރު ނިމެންދެން ދެން ކާރުގައި އެކަކުވެސް އަނގައިން ނުބުނެއެވެ.
މައުވަންމެން ދިޔައީ ރެސްޓޯރެންޓަކަށެވެ . ތަނުގައި ވަނީ ފަނޑު އޮރެންޖް އަލިކަމެކެވެ.އެތަނުގައި ބޮޑެތި މަސްތަށް އަޅާފައިހުރި މަސްފެންގަނޑެއް ހުއްޓެވެ. މަސްފެންގަނޑު ދިއްލާ ލާފައިވަނީ ނޫއައްޔަކުންނެވެ . މީހުން މަދު ވެފައި ހަމަހިމޭންކަން ތަނަން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.
މައުވަން ހުސްމޭޒެއް ދޮށުގައި އިށީނެވެ. ހަމައެވަގުތު އޯޑަރ ނަގަން ވެއިޓަރ އައެވެ. ދެމީހުންވެސް އޯޑަރ ދިނީކޮފީއަކަށެވެ. ” އަހަންނެއް ނުބުނާނަން އެހެން މީހުން ބުނާހެން ވާހަކަ ފަށަަންވީ ހިސާބެއް ނޭނގެއެކޭ…..ފުރަތަމަވެސް ޝުކުރިއްޔާ ވާހަކަ ދައްކާލާނެ ފުރުސަތެއް ދިނީމަ….ދެން ބުނެވޭނީ ސޮރީއޭ އަނެއްކާވެސް…..މިވަގުތު ނޫނަސް ކޮންމެސް ދުވަހަކުން ފޮގިވް ކުރާނެކަމަށް އުއްމީދުމިކުރަނީ” ވެއިޓަރ ދިޔުމުން މައުވަން ވާހަކަ ފެށިއެވެ . ” ވީކަމެއް ވެ ނިމުނީނު… އަހަރެންގެ ހިތުގަ މިހާރު މައުވަންއާ ދޭތެރޭ އެއްވެސް އެއްޗެއްނެތް” މަލާކް ބުނެލިއެވެ. “ތީގެ މާނައަކީ އަހަންނަން މަޢާފްކޮށްދީފީމޭ ދޯ….އެކަމު އަހަންނަން ތިކަން ޤަބޫލްކުރެވޭނީ ޝަރުތެއްގެ މަތިން….އެއީ އަހަރެންގެ ފްރެންޑްޝިޕް ގަބޫލް ކުރާމަތިން…” ހިނިތުންވެހުރެ މައުވަން ހާމަކޮށްލިއެވެ. “ތިއޮތީ ވަރަށްބޮޑު ކުށްހީއެއް ކުރެވިފައި….އަހަރެން ދައްކާވާހަކަ ގަބޫލް ކުރިއަސް ނުކުރިއަސް މައްސަލައެއްނެތް…އަދި ސާބިތުކޮށްދިނުމުގެ ގޮތުން އިތުރަށް ކުރާނެކަމެއްވެސް ނޯންނާނެ…އިތުބާރު ނުކުރެވެއްޏާ ދެން ކޮން ފްރެނޑްޝިޕެއް…” މަލާކް އިއްވާލިއެވެ. “އޯ….ގޯސްއެއްޗެއްދޯ މި ބުނެވުނީ….މާފްކޮށްފިކަމަށް ގަބޫލްކޮށްފިން….އެހެންވިޔަސް ރަހްމަތްތެރިކަން ބޭނުން” ކޮފީޖޯޑް މޭޒުމަތީގައި ބަހައްޓަމުން މައުވަން ވާހަކަ ކުރިއަށް ގެންދިޔައެވެ. “އޯކޭ” މަލާކް ފުއްދާލީ ކުރުޖަވާބަކުންނެވެ. ” ދެން އަހަރެން ދައްކަން މިއުޅެނީ ވެދާނެ މަލާކް މާ ހިތްހަމަނުޖެހޭ ވާހަކައަކަށްވެސް …. އެކަމަކު އަހަރެން އެދެނީ މިވާހަކަވެސް އަޑު އަހާލުން…..އަހަރެން މަލާކްދެކެ ވަރަށް ލޯބިވޭ….އަހަންނަކަން ނޭނގެ އަހަރެން މަލާކްދެކެ ލޯބި ވާވަރު ބަޔާންކޮށްދޭނީ ކިހިނެއްކަމެއް… އަދި އަހަަންނަން އިނގޭ މި ވާހަކަތަށް ގަބޫލްކުރަން މަލާކަށް ކިހާ އުދަނގޫވާނެކަން….ނޭނގެ ކީއްވެކަމެއް… އަހަންނަން އިހްސާސްވަނީ މަލާކްވެސް އަހަރެން ދެކެލޯބިވާކަމަށް….އެކަމަކު އަހަރެން ދެނެން ނާހާނަން އަހަރެން ދެކެލޯބިވޭތޯއެއް….އެސުވާލު ތަކުރާރުކޮށް ކުރެވެއްޖެ.. ..އެކަމަކު މިއަދުވެސް މާދަންވެސް އަހަންނަން ބުނެވޭނީ އަހަރެން މަލާކް ދެކެ ވަރަށް ލޯބިވަމޭ….މަލާކް އެހެން މީހަކާ ކައިވެނި ކުރަންދެން އިންތިޒާރު ކުރާނަން… އޭގެ ކުރިން މަލާކްހިތުގައި އަހަންނަން ކުޑަކޮށްވެސް ލޯތްބެއް އުފެދިއްޖެނަމަ އަންގާލާތި….ހެޔޮހިތުން ތިލޯބި ގަބޫލްކުރާނަން” މައުވަންގެ އަޑުގައިވަނީ މާޔޫަސްކަމެވެ. ” އަަހަރެން މި ހުރިހާ އެއްޗެއްކީމަވެސް އެއްޗެއް ނުބުނާނަންތަ” ދެންވެސްވާހަކަ ދެއްކީ މައުވަންއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. “އަހަންނަކަން ނޭނގެ ބުނާނެ އެއްޗެއް….” މަލާކް ޖަވާބުދިނީ ދުރުބަލަހައްޓައިގެން ހުރެއެވެ. ” ދެން ދައްކާނެ އިތުރުވާހަކައެއް ނެތިއްޔާ އަހަރެން ބޭނުމީ ގެއަށްދާން” މަލާކް އޭނަ ބޭނުންވާގޮތް ހާމަކޮށްލިއެވެ. އެކަމަށް އިޖާބަ ދިނުމުގެ ގޮތުން މައުވަން ބިލްދައްކާފައި ތެދުވިއެވެ. މަލާކްވެސް މައުވަން އާއި އެކު ތެދުވެ އޭނަގެ ފަހަތުން ހިނގައިގަތެވެ.

ޢަމީނާމެން ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެޅިއެވެ. ދެމީހުން ވާހަކަ ދައްކާފައި ނިންމީ އެއްހަފުތާފަހުން ކައިވެނި ކުރާށެވެ. ދެކުދީންވެސް އަވަސްކުރަން ބާރުއަޅާތީއެވެ. އެ ޚަބަރު ދެކުދީންނަންވެސް ދިނީ އެއްފަހަރާއެވެ. އަމީނާމެން ގޭގައި އެއްމެން އެއްވި ވަގުތެއްގައެވެ. މަލާކަށް އުފަލުން ވާނުވާވެސް ނޭނގޭ ކަހަލައެވެ. އެއްފަހަރު އަމީނާގެ ގައިގައި ބައްދާލަފާނެއެވެ. ޢަނެއްފަހަރު މަނިކްގެ ގައިގައި ބައްދާލަފާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ނޭނގޭ!(13)

Next

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(1)

Next
June 27, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(1)

Previews
June 25, 2020

ނޭނގޭ!(13)

24 Comments!

  1. Star says:
    June 26, 2020 at 11:08 pm

    I’m sorry for late post… I wrote this episode and forgot to save. So wrote this again.

  2. Star says:
    June 26, 2020 at 11:16 pm

    Please give a like to my fb page
    Writer Star

  3. Shine. says:
    June 26, 2020 at 11:25 pm

    Mee aharaku eh faharu upload kuraa vaahaka eh tha

    1. Star says:
      June 27, 2020 at 11:14 pm

      Heheh??? thihen nubunevey varehnooney dhw

  4. Thoiba says:
    June 27, 2020 at 12:16 am

    Haada gina duvahehkohfa ti genesdeny tankolheh avahah mivaahaka genesdybalaa

    1. Star says:
      June 27, 2020 at 11:15 pm

      Will try ???

  5. aphxxx says:
    June 27, 2020 at 12:17 am

    Keep it up love it kuda koh dhigu kohladhehchey next part❤️

    1. Star says:
      June 27, 2020 at 11:17 pm

      Than you ?? . Balaanan

  6. Sama says:
    June 27, 2020 at 1:11 am

    Foohi Mihaaru, ethah dhuvahey koffa kuda thankolhey… ?

  7. Nyn says:
    June 27, 2020 at 1:12 am

    Next part dhe haftha fahun anekka,,1??

    1. Star says:
      June 27, 2020 at 11:18 pm

      Heheh??? ekamu mifaharu ehen nuveythw v balaanan

  8. Aki says:
    June 27, 2020 at 1:36 am

    varah salhi mi part ves… next part avahah up kohla dheythi pls … vaahaka thankolhe dhigu koh genes dheebaa

    1. Star says:
      June 27, 2020 at 11:20 pm

      Thank you ???

  9. Kiuntheriyaa says:
    June 27, 2020 at 5:40 pm

    aharemen vaahaka kiyaameehunnah heevanee liuntherin nakee kuraane kamehnethi hama ekani vaahaka liyan thibey baekey meehaku kameh kohdhinas heo hithun balaigane shukuru verivaan neynge anekaa dhera vaakahala ehcheh bunumuge badhaluga hanu hurebala noonee vaahaka nukiyabala ??

    1. Star says:
      June 27, 2020 at 11:25 pm

      Thank you???Hurihaa kudhinah nuvisne niyyey…

  10. SssS says:
    June 27, 2020 at 11:50 pm

    Kuree faharu up story upnukohgen haadha varakah msg kureemey?ekamak star dhuniyeyga ulhey kamah ves nahadhaa mi faharu v kiyaa hithun mihuree… ekamak hithah aranee vahaka nimunee ma ey fashaanee ? gudluck keep going ?

    1. Star says:
      June 29, 2020 at 12:50 pm

      Thank you. Fb msg kureema thankolheh faseyha vaane reply kuran

  11. Sheen says:
    June 29, 2020 at 3:01 pm

    Ehsa dhuvaskoffa viyas up kuran fesheethee vvv ufaavejje ???thank you dear. Vvvv reethi mi part ves??? vv interesting ? ? waiting for the next part. ??? Please please vaahaka dhen medhukandaa nulaa nimendhen genes dhehchey ingey dear ?????????

  12. Yal says:
    June 30, 2020 at 1:27 am

    Next bai konirakun…pls madhan geneshyba

  13. ލައި says:
    June 30, 2020 at 11:30 am

    ތަންކޮޅެއް އަވަހަށް އަޕް ކޮށްލަވަ ބަލަ ޕްލީސް

  14. Soobe says:
    June 30, 2020 at 11:05 pm

    Hello, star anekkaa ves gelluneeba?? kiyuntherin ge msg ah reply kurachey …. eyrah noon vanuvaa engeynee dho…

  15. Nyn says:
    July 6, 2020 at 4:25 pm

    Two weeks vani…let’s see kitha dhuvas veytho

  16. fari fari says:
    July 6, 2020 at 10:04 pm

    star pls thankolhe avahah vaahaka up kohla dheebaa… kiyun therin maayoos nukoh

  17. Yal says:
    July 19, 2020 at 11:49 pm

    Do we have to wait for next year

Comments are closed.

Next Episodeނޭނގި ހިތޭތިއަތުލީ 38←


All Right Reserved!