* ” އޭ އާން ކައެ ކޮއްކޮ މަ ދެކެއް ހިތްހަމަ ނުޖެހިފަތަ އެ ހުރީ؟ ” ޙުސާން ކަންބޮޑުވެފައި ހުރެ އެހެން އެހުމުން ހައިޒަލް އަށް ވީ މަޖާކަމަކަށް ށެވެ. ” އަހަހަހަހަހަހަހަހަހަހަހަހަ” ހައިޒަލް ހޭން ފެށުމުން ޙުސާން ބުނެލިއެވެ. ” މާ ވަރަކަށް ތި ހެނީ ކީއްވެ” އަމާން ވެސް ހައިޒަލް އާއި ދިމާއަށް ސުވާލެއްގެ ނަޒަރުން ބަލައިގެން އިނުމުން ހައިޒަލް ހޫނުން މަޑު ކޮއްލުމަށްފަހު ބުނެލިއެވެ. ” ޙުސާންބެ ޝަކުވާ ކޮއްލި ގޮތުން […]
* ފަތިހުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް އުޑުމަތި ކަޅުވިލާތަކުން ފުރިފައިވުމުން އަދިވެސް ހީވަނީ ދަންވަރުގެ ވަގުތެއް ހެންނެވެ. ހިމަ ފޮދު ވާރޭ ތިކި ބިމަށް ފައިބަމުން ދިޔައިރު ރުއް ގަސް ވަޔާއެކު ނަށަމުން ދިޔައެވެ. ނަމަވެސް ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ދޮންވެލި ގަނޑުގައި އިށިންދެގެން އިން އަމާން އަށް މިއިން އެއްވެސް ކަމަކުން އަސަރު ކުރާހެންނެއް ހިއެއް ނުވެއެވެ. އަމާން ގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅު ތަކަށް ށެވެ. […]
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް އުޑުމަތި ކަޅުވިލާތަކުން ފުރިފައިވުމުން އަދިވެސް ހީވަނީ ދަންވަރުގެ ވަގުތެއް ހެންނެވެ. ހިމަ ފޮދު ވާރޭ ތިކި ބިމަށް ފައިބަމުން ދިޔައިރު ރުއް ގަސް ވަޔާއެކު ނަށަމުން ދިޔައެވެ. ނަމަވެސް ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ދޮންވެލި ގަނޑުގައި އިށިންދެގެން އިން އަމާން އަށް މިއިން އެއްވެސް ކަމަކުން އަސަރު ކުރާހެންނެއް ހިއެއް ނުވެއެވެ. އަމާން ގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅު ތަކަށް ށެވެ. ސަމާލުކަން […]
ކިޔުން ތެރިން ގެ ސަމާލުކަމަށް އަޅުގަނޑު މި ހުރިހާ ދުވަހަކު ވާހަކަ އަޕް ނުކުރެވުނީތީ ކިޔުން ތެރިން ގެ ކިބައިން ނިހާޔަތަށް މާފަށް އެދެން އަޅުގަނޑު ސްކޫލް ގެ ކަންކަމުގައި މާ ބޮޑަށް ބިޒީވުމުގެ ސަބަބު ވާހަކަ ލިޔާނެ ވަގުތެއް ނުވާތީ އިތުރު ބައެއް އަޕް ނުކުރެވުނީ އަދި މިހާރު އަޑު ގަނޑުގެ ޓެސްޓު ފެށިފައި ވާތީ އަޅުގަނޑު ދެން ވާހަކައިގެ އަނެއް ބައި އަޕް ކުރާނީ ޓެސްޓު ނިމުނީމަ އަދިވެސް އެއްފަހަރު ކިޔުންތެރިން ގެ ކިބައިން […]
ލިވިޔާ އަށް ހުރެވުނީ އަނދިރި ކަމުން ފުރިގެން ވާ މާހައުލެއް ގައެވެ. މި ހުރެވުނީ ކޮންތަނެއްކަން ނޭންގުމުން ލިވިޔާ ފަރާތް ފަރާތަށް އެނބުރި ބަލައިލިއެވެ. އެއްލި ކަޅިއަކުން ލިވިޔާ އަށް ނޫކުލައިގެ ޖިންސް ސޯޓަކާއި ހުދުކުލައިގެ ޓީށާޓް އެއް ލައިގެން ހުރި ފިރިހެން ކުއްޖެއް ފެނުނެވެ. އެ ކުއްޖާ ފުރަގަސް ދީގެން އިނުމުން ލިވިޔާ އަށް އެ ކުއްޖާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އެކުއްޖާ ގެ ކަޅުކަން ގަދަ އިސްތަށިގަނޑު ލިވިޔާ […]
އިޙްސާސް 3 އާދުވަހަކަށް އިރު އެރިއިރު ލިވިޔާ އުޅުނީ އަވަހަށް ތައްޔާރު ވެވޭ ތޯ އެވެ. ލިވިޔާ އަވަސް އަރުވާލަގެން އުޅުނުއިރު ލިވިތަން އިނީ ހިނިގަނޑު ކޮންޓްރޯލް ކޮށްގެންނެވެ. ” ލިވީ އަވަސްކުރޭ ” އިވިގެން ދިޔައީ ރަޔާން ގެ އަޑެވެ. އެއާއެކު ލިވިޔާ އަވަހަށް ކޮނޑުގައި ހޭންޑް ބޭގް އަޅުވާލުމަށްފަހު އެއްކަލަ ފަށް ލާފައި އޮތް ކުޑަކުޑަ ފޮށި އަތަށް ނެގިއެވެ. އަދި ކޮޓަރިން ނިކުތެވެ. އެއިރު ރަޔާން ހުރީ ލިވިޔާ ތިރިއަށް ފައިބަން […]
*” އޭ ކޮބާ އެއްކަލަ ހިލްޔާން އާ އީޒާން އެ ދެމީހުން އަދިވެސް ނާދޭ ތަ ޝްހަންގައި އަކަށް ” އަލްޔާން ކޭޕަޗީނޯ އިން ކޮއިވަރެ ބޯލަމުން ދެން ތިބި ތިން މީހުންނާ ސުވާލު ކޮއްލިއެވެ.* އަލްޔާން ގެ ސުވާލާ އެކު އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ކޮނޑުއަރުވާލި އެވެ. އެއާއެކު އަލްޔާން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” އޭ މަ އަޑު އެހީން މި ފަހަރު ނިޔު ސްޓޫޑެންޓްސް ކޮޅެއް އަހަރުމެން ކްލާހަށް އާދެއެ […]
*”ކަޒް އައި ލަވް ޔޫ” ނަވާން މިހެން ބުނުމުން އަޒްހާ އަށް ލިބުނީ ވަރުގަދަ ސޮކް އެކެވެ. ” ވަޓް” އަޒްހާ އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. * ނަވާން ބުނި ބަސްތަކުން އަޒްހާ އަށް ގަބޫލު ކުރަން ދަތި ވިއެވެ. ” 4 އަހަރު ކުރިން ވެސް މިހާރުވެސް އައި ރިޔަލީ ލަވް ޔޫ” ނަވާން އަނެއްކާވެސް މިހެން ބުނުމުން އަޒްހާ އިސްނަގާ ނަވާން އަށް ބަލައިލަމުން ސުވާލު ކޮއްލިއެވެ. ” ދެން […]
” ލިވީ…… ލިވީ…… ޢާއިޝަތު ލިވިޔާ ރަޔާން ” ލިވިޔާ އަށް ހޭލެވުނީ އޭނާގެ މަންމަ އޭނަގެ ނަމުން ގޮވަމުން ދިޔަ އަޑަށްށެވެ. ” އޯއި މަންމާ “ ލިވިޔާ ކަންނެތް ގޮތަކަށް ތެދުވަމުން ބުނެލިއެވެ. ” ހޭލަބަލަ މިހާރު ގަޑިން 9:00 ޖަހަނީއޭ…….ދަރިފުޅު ތީ މިހާރު ކިޔަވާ ނިމިފަ ހުރި ކުއްޖެކޭ އެކަމަކު އަދިވެސް ގޮވާލާން މި ޖެހެނީ މަންމަ އާ ” ލިވިޔާގެ މަންމަ އާމުކޮށް ކިޔާ އެއްޗެހިން ކިޔާލިއެވެ. އެހެން ކަމުން ލިވިޔާ […]