Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

އިޙުސާސް 3

Star Fire Level 310 Stories
May 4, 2022 5 Mins Read
2 Comments

އިޙްސާސް 

3

 

އާދުވަހަކަށް އިރު އެރިއިރު ލިވިޔާ އުޅުނީ އަވަހަށް ތައްޔާރު ވެވޭ ތޯ އެވެ.  ލިވިޔާ އަވަސް އަރުވާލަގެން އުޅުނުއިރު ލިވިތަން އިނީ ހިނިގަނޑު ކޮންޓްރޯލް ކޮށްގެންނެވެ. 

” ލިވީ އަވަސްކުރޭ ” 

އިވިގެން ދިޔައީ ރަޔާން ގެ އަޑެވެ. އެއާއެކު ލިވިޔާ އަވަހަށް ކޮނޑުގައި ހޭންޑް ބޭގް އަޅުވާލުމަށްފަހު އެއްކަލަ ފަށް ލާފައި އޮތް ކުޑަކުޑަ ފޮށި އަތަށް ނެގިއެވެ. އަދި ކޮޓަރިން ނިކުތެވެ. އެއިރު ރަޔާން ހުރީ ލިވިޔާ ތިރިއަށް ފައިބަން ދެން މަޑުކޮށްގެން ނެވެ. 

” އަމް ހިޔާރް…. ހިނގާ ދަމާ ” 

ލިވިޔާ ދުވެފަ ކަހަލަ ގޮތަކަށް ތިރިއަށް ފައިބަމުން ބުނެލިއެވެ. އެއާއެކު ރަޔާން ހީލުމަށްފަހު ގޭގެ މައި ދޮރާ ދިމާއަށް ހިނގައިގަތެވެ. ލިވިޔާ ވެސް ރަޔާން ގެ ފަހަތުން ހިނގައިގަތެވެ. 

★★★★★★★★★★★

” ޒޯއީ……..ޒޯއީ!!!! ” 

ޒޯއީ ސިއްސައިގެން ދިޔައީ އޭނާގެ މަންމަ އޭނަ އަށް ގޮވާއަޑަށްށެވެ. އެހެންކަމުން ކަންފަތުގައި އިން ކަޅުކުލައިގެ އިޔާޕޮޑް ނެގުމަށްފަހު އަވަހަށް ކޮޓަރިން ނިކުތެވެ. އަދި ދުވެފައި ބަދިގެއަށް ދިޔައެވެ. 

” ކިހިނެއް ވީ މަމް “

ޒޯއީ އެހެން ބުނުމުން އޭނާގެ މަންމަ ކަމަށްވާ ފަރީޝާ އުނަގަނޑުގައި އަތް ވިއްދާ ލިއެވެ އަދި ބުނެލިއެވެ. 

” ޒޯއީ އަކަށް ނޭނގޭ ތަ ވީކަމެއް “

ފަރީޝާ ޒޯއީ ކުރި ސުވާލުގެ ބަދަލުގައި ކޮއްލީ ސުވާލެކެވެ. އެހެން ކަމުން ޒޯއީ ކުޑަކޮށް ހައިރާން ވިއެވެ. 

” ދެން މަންމާ ” 

ޒޯއީ ކުޑަކުއްޖަކު ހެން މިހެން ބުނުމުން ފަރީޝާ ވެސް ހަމަ ޒޯއީ ބުނި ރާގަށް ބުނެލިއެވެ. 

” ދެން ޒޯއީ “

ފަރީޝާ މިހެން ބުނުމުން ޒޯއީ ތުންދަމާލިއެވެ. އަދި ބުނެލިއެވެ. 

” އޯކޭ ނުބުނިއަސް ޒޯ މި ދަނީ ސީރީޒް ބަލަން މަންމަ ހުރޭ “

ޒޯއީ މިހެން ބުނެފައި ދާން ހިނގައި ގަތުމުން ފަރީޝާ ޒޯއީ ގެ ކަންފަތުގައި ހިފިއެވެ. އަދި ބުނެލިއެވެ. 

” ކޮން ސީރީޒް އެއް ބަލާކަށް މާދަމާ ނޫން އަނެއް ދުވަހު ސްކޫލް ހުޅުވާ އެވަރުން ވެސް ކަމަނާ ފާނު ބޭނުންވަނީ ސީރީޒް ބަލަން……. ހަމަ ގައިމު ވެސް ޒޯއީ ގެ ދޮންބެ ނޫޅޭ ތިހެން ނެއް “

ފަރީޝާ މިހެން ބުނުމުން ޒޯއީ ދެލޯ ބޮޑުކޮށް ލިއެވެ. އަދި ފަރީޝާ ގެ އަތް ޒޯއީ ގެ ކަންފަތުން ނައްޓުވަމުން ބުނެލިއެވެ. 

” މަމް އަށް އެނގޭތަ އެ ދޮންބެ އުޅޭ ގޮތް…. މަމް ދޮންބެ ގޯނި ފުލަށް ތި ލަނީ  ރޭގަ ވެސް އެ ދޮންބެ އުޅުނީ އެ އައިޒިކް އާ އެކު އެވަރުން ވެސް މަންމަ ތި ދައްކަނީ ދޮންބެ ގެ ވާހަކަ “

ޒޯއީ އުނަގަނޑުގައި އަތް ވިއްދާ ލަމުން އެހެން ބުނުމުން ފަރީޝާ ފެށީ ހޭން ށެވެ. އެހެން ކަމުން ޒޯއީ ތުން ދަމާލިއެވެ. އަދި ބުނެލިއެވެ. 

” އަޅެ ޒޯ ބުނެފިން ތަ ހޭ ވަރުގެ ވާހަކަ އެއް މަމް ހޭ ކަށް “

ޒޯއީ މިހެން ބުނުމުން ފަރީޝާ ބުނެލިއެވެ. 

” އާނ މަންމަ އަކަށް ނޭނގެ ދަރިފުޅު އައިޒިކް ދެކެ ތި އަރާ ރުޅި އެއް… މަންމަ އަށް ހީވަނީ އެންމެ ފަހުން ދަރިފުޅު އައިޒިކް އަށް ހިތް ކިޔާނީ ކަން ނޭނގެ ” 

” ޒޯ  އިކީ އަށް ހިތް ކީ އޭ!!!!!!!” 

ކުއްލިއަކަށް ވަރަށް ބާރަށް މީހަކު އެހެން ބުނުމުން ޒޯއީ އާއި ފަރީޝާ ދިޔައީ ސިއްސައިގެންނެވެ. އެހެން ކަމުން ފަރީޝާ އާއި ޒޯއީ އެއްފަހަރާ އެ އަޑު އައި ދިމާއަށް ބަލާލިއެވެ. 

” ދޮންބެ ގަނޑާ “

ހައިރާން ކަމާއެކު ޒޯއީ އަށް ބަލައިގެން ހުރި މީހާ ފެނުމުން ޒޯއީ އަޑުނެތް ތަނަށް ހަޅޭލައްވައި ގަތެވެ. 

” ދޮންބެ ގަނޑާ ސިއްސައިގެންނޭ ދިޔައީ ” 

ޒޯއީ މިހެން ބުނަމުން އޭނާގެ ދޮންބެ އާ ދިމާއަށް ސޯފާ މަތީގައި އޮތް ކުށަން އެއް ލިއެވެ. އެއާއެކު ދެން ފެށީ ކުށަން ފައިޓް އެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެ ތަޅާފޮޅުން އިތުރަށް ކުރިއަށް ނުގެންދެވުނީ ފަރީޝާ އެ ދެމީހުންނަށް ގޮވާލުމުން ނެވެ.

” މަންމަ އެބައޮތޭ ވާހަކަ އެއް ބުނަން ވެފަ ” 

ފަރީޝާ މިހެން ބުނުމުން ޒޯއީ އާއި އޭނަގެ ދޮންބެ ތަޅާފޮޅުން ހުއްޓާލިއެވެ. އަދި ފަރީޝާ އަށް ސަމާލުކަން ދިނެވެ. 

” ދަރިފުޅު މެން ބައްޕަ ގެ ރައްޓެއްސެއްގެ ދަރިއަކު އަންނާނެ މިއަދު ހަވީރު ގަ……. މަންމަ ބޭނުންވަނީ ތި ދެކުދިން އެ ކުއްޖާ އެޔާ ޕޯރޓް އަށް ބަލާ ދާނ” 

ފަރީޝާ މިހެން ބުނުމުން ޒޯއީ އާއި އޭނަގެ ދޮންބެ އެންމެ ރަނގަޅު އޭ ބުނެލިއެވެ. 

★★★★★★★★★★

ލިވިޔާ އިނީ ޝްހަންގައި އަށް ދާ ފްލައިޓް ގެ ފާސްޓް ކްލާސް ގައެވެ. އެ ބައިގަ މީހުން މަދު ކަމުން ކުޑަކޮށް ބޮލަށް ފަސޭހަ އެވެ. ނަމަވެސް އެހާ ދިގު ދަތުރަކަށް ވުމުން ލިވިޔާ އިނީ ވަރުބަލި ވެފައެވެ. އެހެންނަމަވެސް ފްލައިޓް އެޔާ ޕޯރޓް ގައި ޖައްސަން އެންމެ 5 މިނެޓް އޮތުމުން ލިވިޔާ ކެއްކޮއްލައިގެން އިނީ އެވެ. ފްލައިޓް ރަންވޭ ގައި ޖެއްސުމާއެކު އެންމެން އަވަސްވެގަތީ ފްލައިޓް އިން ފޭބުމަށް ށެވެ. އެ އެންމެން ގެ ތެރޭގައި ލިވިޔާ ވެސް ހިމެނެއެވެ. 

ފްލައިޓް އިން ފިތި ބާރުވެގެން ނިކުންނި ލިވިޔާ މުޅި މާހައުލަށް ބަލާލިއެވެ. އަދި ލަގެޖް ނަގައިގެން ޗެކްއައުޓް ވިއެވެ. އެއަށްފަހު ލިވިޔާ އެޔާ ޕޯރޓް ގެ އެންޓްރެންސް ބަޔަށް ނިކުތެވެ. އެއިރު އެކި އުމުރު ފުރާ ގެ މީހުން އެމީހުން ބަލާ އައިސް ހުރި މީހާގެ ނަން ބޯޑް ހިފައިގެން ތިއްބެވެ. ލިވިޔާ އެ ބަޔަށް ނިކުތުމާއެކު އެންމެން ގެ ލޯތަށް ލިވިޔާ އަށް އަމާޒު ވިއެވެ. ނަމަވެސް އެއިން ބެލުމަކުން ލިވިޔާ އަށް އުނދަގޫ ވާހެނެއް ހިއެއް ނުވެއެވެ. ލިވިޔާ ގެ ލޯ ހޯދަމުން ދިޔައީ އެންމެ އެއްޗެކެވެ. އެއީ ވެސް އޭނާގެ ނަން ޖަހާފައިވާ ބޯޑް އެވެ. ކުޑަ ތަންކޮޅަކަށް ހިނގާލި ތަނާހެން ލިވިޔާ އަށް އޭނާގެ ނަން ބޯޑު ހިފައިގެން ހުރި މީހެއް ފެނުނެވެ. އެހެން ކަމުން ލިވިޔާ އެ ދިމާއަށް ހިނގައި ގަތެވެ. ލިވިޔާ ގޮސް އެ މީހާ ކުރިމައްޗަށް އެރުމަށްފަހު ބުނެލިއެވެ. 

” އަކްރަމްބެ ގެ ސާވެންޓް ދޯ ތީ ” 

ލިވިޔާ އެހެން ބުނުމުން އެ މީހާގެ މޫނު މަތިން ފެނުނީ ހައިރާން ކަމެވެ. ނަމަވެސް އެ މީހާ ގާތުގަ ހުރި އަންހެން ކުއްޖާ ދިޔައީ ހެމުން ނެވެ. 

” ރަޔާންބެ ގެ ޑޯޓާ ދޯ ތީ ” 

އެ މީހާ އަނގަ އަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނުމުން ލިވިޔާ ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. 

” ހާއި އަމް ޒޯއީ ” 

ކުރިމަތީގައި ހުރި އަންހެން ކުއްޖާ ސަލާމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ. ބަދަލުގައި ލިވިޔާ ވެސް ސަލާމް ކޮއްލަމުން ޒޯއީ އަށް ތަޢާރަފް ވެލިއެވެ. 

” އަމް ލިވިޔާ ނައިސް ޓު މީޓް ޔޫ “

ލިވިޔާ އެހެން ބުނަމުން ކައިރީ ހުރި މީހާއަށް ބަލައިލިއެވެ. އެއާއެކު އެ މީހާ ވެސް ތައާރަފް ވެލިއެވެ. 

” ހާއި އަމް އަލްޔާން…. އެންޑް އަހަރެން މީ ލިވިޔާ ގެ އަކްރަމްބެ ގެ ސާވެންޓް އެއް ނޫން އަމް ހިސް ސަން ” 

އަލްޔާން މިހެން ބުނުމުން ލިވިޔާ ލަދުން އިސްޖަހާލިއެވެ. އަދި އަލްޔާން ގެ ކިބައިން މާފަށް އެދުނެވެ. ލިވިޔާ މާފަށް އެދުމުން އަލްޔާން ޖަހާލީ ހިނިގަނޑެކެވެ. އަދި ލިވިޔާގެ ލަގެޖް ހިފައިގެން ކާރާއި ދިމާއަށް ހިނގައިގަތެވެ. އެހެން ކަމުން ޒޯއީ އާއި ލިވިޔާ ވެސް އަލްޔާން ގެ ފަހަތުން ހިނގައިގަތެވެ. 

ގެއަށް ދިޔަ މަގުމަތީގައި އަލްޔާން އާއި ޒޯއީ އާއި ލިވިޔާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެހެންކަމުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލިވިޔާ އެ ދެމީހުންނާ އެކުވެރި ވިއެވެ. އަލްޔާން ގޮސް ގޭގެ ގޭޓް ކުރިމަތީގައި ކާރު ހުއްޓުމާއެކު ގޭގެ ވޮޗް މެން ގޭޓު ހުޅުވައިލިއެވެ. އެއާއެކު އަލްޔާން އެތެރެއަށް ކާރު ދުއްވާ ލިއެވެ. ވޯކް ވޭ ގެ އެއްފަރާތު ކާރު ޕާކު ކުރުމަށްފަހު އަލްޔާން ކާރުން ފޭބިއެވެ. އަދި ލިވިޔާ ގެ ލަގެޖް ހިފައިގެން ގެއަށް ވަންނަން ދިޔައެވެ. ޒޯއީ އާއި ލިވިޔާ ކާރުން ފައިބަމުން ގެއަށް ވަންނަން ދިޔައެވެ. 

ގެއަށް ވަތް އިރުގައި ސޯފާ ގައި ފަރީޝާ އާއި އަކްރަމް ތިއްބެވެ. ލިވިޔާ އެތެރެއަށް ވަނުމާއެކު އަކްރަމް އާއި ފަރީޝާ ސޯފާ އިން ތެދުވިއެވެ. ލިވިޔާ އައިސް އެދެމީހުން ކައިރީ ހުއްޓުމާއެކު ފަރީޝާ ލިވިޔާ އާއި ގާތަށް ޖެހިލިއެވެ. އަދި ބުނެލިއެވެ. 

” ލިވީ ހާދަ ބޮޑު ވެއްޖެ އޭ ދޯ މިހާރު ” 

ފަރީޝާ މިހެން ބުނުމުން ލިވިޔާ ކުޑަކޮށް ހައިރާން ވިއެވެ. އެއީ މީގެ ކުރިން ލިވިޔާ އަށް ފަރީޝާ ފެނިފަ ނުވާތީ އެވެ. ލިވިޔާ ފަރީޝާ އާއި ދިމާއަށް ހައިރާން ކަން ފުރިގެން ވާ ނަޒަރަކުން ބަލައިގެން އިނުމުން ފަރީޝާ ހީލިއެވެ. އަދި ބުނެލިއެވެ. 

” ލިވީ ހަނދާނެ ނެތް ދޯ ދައްތަ މަތިން ނެއް ” 

ފަރީޝާ މިހެން ބުނުމުން ލިވިޔާ ބޯޖަހާލިއެވެ. 

” އިހަށް ލިވީ ދޭ އަރާމު ކޮއްލަން ވަރަށް ވަރުބަލި ވެފައެއްނު ހުންނާނީ…. ޒޯއީ ދޭ ލިވީ އަށް ކޮޓަރި ދައްކަން ” 

އަކްރަމް މިހެން ބުނުމުން ލިވިޔާ ޒޯއީ ގެ ފުލުން ހިނގައިގަތެވެ. ޒޯއީ އާއި ލިވިޔާ ގޮސް ސިޑިން މައްޗަށް އަރައިގެން ދިޔުމުން އަލްޔާން އޭނަގެ މަންމަ އާއި ބައްޕަ އާ ދިމާއަށް ސުވާލެއްގެ ނަޒަރަކުން ބަލައިލިއެވެ. ނަމަވެސް އެ ދެމީހުން އެކައްޗެކޭވެސް ނުބުނުމުން އަލްޔާން ލިވިޔާ ގެ ލަގެޖް ހިފައިގެން މައްޗައް އެރި އެވެ. އަދި ލިވިޔާ ގެ ކޮޓަރި އަށް ލަގެޖް ލުމަށްފަހު ޒޯއީ ހިފައިގެން ނިކުތެވެ. 

އަލްޔާން އާއި ޒޯއީ ދިޔުމުން ލިވިޔާ ކޮޓަރީ ދޮރު ލައްޕާ ތަޅުލިއެވެ. އަދި ލަގެޖް ހުޅުވާލުމަށް ފަހު ޕޭލް ބްލޫ ކުލައިގެ ބާތް ރޮބް އާއި ތުވާލި ނެގިއެވެ. އަދި ފާހާނާ އާއި ދިމާއަށް ހިނގައި ގަތެވެ. ފާހާނާއަށް ވަނުމަށް ފަހު ލިވިޔާ ހޫނު ފެނުން ފެންވަރާލިއެވެ. އަދި އިސްތަށިގަނޑު ގަ ތުވާލި އޮޅާލުމަށް ފަހު ބާތް ރޮބް އިން ހަށިގަނޑު ނިވާ ކޮއްލިއެވެ. އެއަށްފަހު ފާހާނާއިން ނިކުތުމަށްފަހު ޑްރެސިން ޓޭބަލް މަތީގައި ހުރި ހޭންޑް ބޭގް ނެގިއެވެ. އަދި އެ ބޭގް ތެރޭގައިވާ ފޮށި ނެގުމަށްފަހު އޭގަ އޮތް ލޮކެޓް ކަރުގައި އެޅިއެވެ. އެއަށްފަހު ލިވިޔާ ގޮސް އެނދުމަތީގައި ބަންޑުން އޮށޯނިއެވެ. އަދި ވިސްނަން ފެށިއެވެ. ފާރިޝާ އެއީ ކާކު ހެއްޔެވެ. ކޮންމެވެސް ތާކުން ފަރީޝާ ދެކިފަ ވާހެން ހީވަނީ ކީއްވެ ހެއްޔެވެ. ކޮންމެ ތާކުން ދެކުނު ކަމުގައި ވިޔަސް ހަނދާން ނުވާނީ ކީއްވެހެއްޔެވެ. މި ކަހަލަ ގެ އެތައް ހިޔާލެއް ގައި އޮއްވާ ލިވިޔާ އަށް ނިދުނެވެ. 

 

(ނުނިމޭ) 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ތީ އޭ ހަނދަކީ 4

Next

ވާނަން އުމުރަށް( 9)

Next
May 4, 2022

ވާނަން އުމުރަށް( 9)

Previews
May 3, 2022

ތީ އޭ ހަނދަކީ 4

2 Comments!

  1. Aishath ZAINA says:
    May 5, 2022 at 1:28 am

    Varah reethi mi part ves ?waiting for the next part

    1. Star Fire says:
      May 5, 2022 at 9:07 pm

      Thanks ☺️
      Insha Allah Varah avahah next part up kuraanan ?

Comments are closed.

Next Episodeއިޙްސާސް 4←


All Right Reserved!