Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

އިޙްސާސް 1

Star Fire Level 310 Stories
April 11, 2022 5 Mins Read
1 Comment

” ލިވީ…… ލިވީ…… ޢާއިޝަތު ލިވިޔާ ރަޔާން ” 

ލިވިޔާ އަށް ހޭލެވުނީ އޭނާގެ މަންމަ އޭނަގެ ނަމުން ގޮވަމުން ދިޔަ އަޑަށްށެވެ. 

” އޯއި މަންމާ “

ލިވިޔާ ކަންނެތް ގޮތަކަށް ތެދުވަމުން ބުނެލިއެވެ. 

” ހޭލަބަލަ މިހާރު ގަޑިން 9:00 ޖަހަނީއޭ…….ދަރިފުޅު ތީ މިހާރު ކިޔަވާ ނިމިފަ ހުރި ކުއްޖެކޭ އެކަމަކު އަދިވެސް ގޮވާލާން މި ޖެހެނީ މަންމަ އާ ” 

ލިވިޔާގެ މަންމަ އާމުކޮށް ކިޔާ އެއްޗެހިން ކިޔާލިއެވެ. އެހެން ކަމުން ލިވިޔާ ކޮޓަރިން ނިކުމެގެން ގޮސް ސިޑިން ފައިބަމުން ދިޔަ އޭނަގެ މަންމަ ކަމަށްވާ ލައިމާ ގެ ގައިގާ ބައްދާލިއެވެ. 

” މޯމީ “

ލިވިޔާ އެހެން ބުނުމުން ލައިމާ ލިވިޔާގެ އަތް އޭނަގެ ގައިން ނައްޓުވާލަމުން ބުނެލިއެވެ. 

” ކޮން މޯމީ އެއް ކިޔާކަށް….. ތިހެން ބޭބީ އަކަށް ވެގެން އުޅުނަސް މިހާރު ތީ ބޭބީ އެއް ނޫން…. ދެންވެސް ދޭބަލަ ތި ފެންވަރާލަގެން ސައިބޯން އަންނަން… ދަރިފުޅުގެ ބައްޕަ ބުނި އެބައޮތޭ ދަރިފުޅާ ކުޑަ ވާހަކައެއް ދައްކަން ޖެހިފަ… ދެން ވެސް އަވަހަށް ދޭބަލަ ” 

ލިވިޔާ ގެ މަންމަ އެހެން ބުނުމުން ލިވިޔާ ބަސްއަހާ ކުއްޖަކު ހެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި ފާހާނާއަށް ވަދެ ހޫނު ފެނުން ފެން ވަރާލައިގެން ނިކުތެވެ. ބައްޕަ ކުޑަ ވާހަކައެއް ދައްކަން ޖެހިފަ އޮތޭ ބުނިއަސް އޭއީ ކުޑަ ވާހަކައެއް ނޫންކަން ލިވިޔާ އަށް އިޙްސާސް ކުރެވުމުން ދިޔައެވެ. އެހެން ކަމުން ކޮޓަރީ އެއްފަރާތެއްގަ ހުރި ކްލޯސެޓް ހުޅުވަލުމަށް ފަހު ރީނދޫ ކުލައިގެ އަތްކުރު ޓީށާޓް އަކާއި ކަޅުކުލައިގެ ސްކްނީ އެއް ނެގުމަށްފަހު އަވަހަށް ލިއެވެ. އަދި އިސްތަށިގަނޑު ގަ ހުޅިއެއް ޖަހާލުމަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ސިޑިން ތިރިއަށް ފޭބިއެވެ. އެއިރު ގޭތެރޭގައި ނޯކަރުން ތަށް އެކި ކަންކަމުގައި އުޅުނެވެ. ލިވިޔާ އެއިން ކޮންމެ މީހަކަށް ހިނިތުން ވުމެއް ހަދިޔާ ކުރަމުން ގޮސް ޑައިނިން ރޫމް އަށް ވަނެވެ. އަދި އަވަހަށް ގޮސް މޭޒު ކައިރީގަ ހުރި ގޮނޑި ދަމާލަމުން އިށީނިއެވެ. އެއާއެކު ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ނޯކަރަކު އައިސް ލިވިޔާ އަށް ހެނދުނުގެ ނާސްތާ ދިނެވެ. ލިވިޔާ ވެސް ލަސްކުރުމެއް ނެތި އަވަހަށް ނާސްތާ ކޮއް ނިންމާލިއެވެ. އަދި ޑައިނިން ރޫމް އިން ނިކުމެގެން ދިޔައެވެ. 

” މަންމާ ކޮބާ ބައްޕަ ” 

ލިވިޔާ ބަދިގެއަށް ވަންނަން އައި އޭނާގެ މަންމަ ކައިރީ އަހާލިއެވެ. 

” ސްޓަޑީ ރޫމް ގަ އިން ” 

ލައިމާ އެހެން ބުނުމަށް ފަހު ބަދިގެއަށް ވަނެވެ.

ލިވިޔާ ގެ މިސްރާބަކަށް ވީ ތިން ވަނަ ފްލޯ ގައި ހުރި އޭނާގެ ބައްޕަގެ ސްޓަޑީ ރޫމް އެވެ. ބައްޕަ އަށް އިތުރަށް ލަސްވެ ދާނެތީ ލިވިޔާ ލިފްޓަށް އަރަން ދިޔައީ ދުވެލަފަ އެވެ. ލިފްޓު ތިން ވަނަ ފަނގިފިލާ އަށް އާދެވުމުން ލިވިޔާ ލިފްޓުން ފޭބިއެވެ. އަދި ގޮސް ސްޓަޑީ ރޫމް އަށް ވަނުމުގެ ކުރިން ޓަކި ޖަހާލިއެވެ. އެއާއެކު ލިވިޔާ ގެ ބައްޕަ އެތެރެއަށް ވަނުމަށް ބުނެލިއެވެ. 

” ދަރިފުޅާ ލިވިޔާ އަވަހަށް އެތެރެއަށް ވަދޭ ” 

ދޮރު ހުޅުވާލާފައި އެތެރެއަށް ބޯދިއްކޮއްލި ލިވިޔާ ފެނި ރަޔާން ބުނެލިއެވެ. ލިވިޔާ އެތެރެއަށް ވަނުމާއެކު ރަޔާން ލިވިޔާ ގާތު ސޯފާގައި އިށީންނުމަށް ބުނެލިއެވެ. ލިވިޔާ ބަސް އަހާ ކުޑަކުއްޖަކު ފަދައިން ގޮސް ސޯފާ ގައި އިށީނުމާއެކު ރަޔާން ވާހަކަ ދައްކަން ފެށިއެވެ. 

” ދަރިފުޅާ…. ދަރިފުޅު މިހާރު ކޮންކަމެއް ކުރަން ތި ވިސްނަނީ…. ބައްޕަ މި ބުނީ ދަރިފުޅު މިހާރު ކިޔަވާ ނިމިއްޖެނު ދެން އިތުރަށް ކީއްކުރަން ތި ވިސްނަނީ “

ރަޔާން މިހެން އެހުމުން ލިވިޔާ ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް ކުރިއަށް އޮތް ތާގަ ކަންތައް ކުރާނެ ގޮތް ވިސްނާފަ ވާގޮތް ބައްޕަ އަށް ހާމަކުރިއެވެ. 

” ކޮލެޖް އަށް ދާން މި ވިސްނަނީ ” 

ލިވިޔާ މިހެން ބުނުމުން ރަޔާން ފުން ނޭވާއެއް ދޫކޮށްލި އެވެ. އަދި ބުނެލިއެވެ. 

” ދަރިފުޅު ދާނ ބޭނުން ވަނީ ކޮން ކޮލެޖް އަކަށް ” 

 ރަޔާން މިހެން އަހަލުމާއެކު ލިވިޔާ އެންމެ ކުޑައިރުއްސުރެ ދާނ ބޭނުންވާ ކޮލެޖް ގެ ނަން ބުނެލިއެވެ. 

” މިންގް ޑީ ޔުނިވާސިޓީ ” 

ލިވިޔާ އެހެން ބުނުމާއެކު ރަޔާން ކުޑަކޮށް ވިސްނާލުމަށް ފަހު ބުނެލިއެވެ. 

” އެންމެ ރަނގަޅު…….ބައްޕަ ދަރިފުޅު އެ ޔުނިވާސިޓީ އަށް ޖޮއިން ކުރުއްވާނަން ” 

ރަޔާން ގެ ޖަވާބާއެކު ލިވިޔާ އުފަލުން ފޮޅުނެވެ. މިންގް ޑީ ޔުނިވާސިޓީ އަކީ ޗައިނާ ގެ ޝްހަންގައި ގަ ހުންނަ ޔުނިވާސިޓީ އެކެވެ. އެ ޔުނިވާސިޓީ ގައި ކިޔެވުމަކީ ލިވިޔާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އެ ހުވަފެން ހަޤީގަތަކަށް ވާނ އުޅުމުން ލިވިޔާ ހުރީ ވަރަށް އުފަލުން ނެވެ. 

★★★★★★★

” އިކީ….. އޭ އިކީ ކައެ ކީއް ތި ކުރަނީ ” 

އަންހެން ކުއްޖެއް ގެ ތުންފަތަށް ބޮސްދޭން ހުރި އައިޒިކް ސިއްސައިގެން ދިޔައީ މީހަކު އޭނަ އަށް ގޮވާލި އަޑަށްށެވެ. އައިޒިކް އެ އަންހެން ކުއްޖާ އާއި ދުރުވެ ލުމަށް ފަހު ފަހަތަށް އެނބުރި ބަލައިލިއެވެ. އެއާއެކު އައިޒިކް ގެ މޫނު މަތިން ހިނިތުވުމެއް ފެވިގެން ދިޔައެވެ. 

” ސޭމް ބްރޯ ހާދަ އަވަހަކަށް ތި އައީ ” 

އައިޒިކް މިހެން ބުނަމުން ދުރުން ހިނގާފައި އައި ސަމާޙަ އާއި ދިމާ އަށް ހިނގައިގަތެވެ. 

” ޕިސް ޕިސް ޕިސް ކައެ މިހާރު އެހެން މަންޖެ އެއް ހޯދީ ” 

ސަމާޙް އައިޒިކް އާއި އަރާ ހަމަކުރުމަށް ފަހު ދެފަރާތަށް ބޯ ހޫރުވާލަމުން ބުނެލިއެވެ. އެއާއެކު އައިޒިކް ޖަހާލީ ބޮޑު ހިނިގަންޑެކެވެ. 

” ސީ ޔޫ ލޭޓާ ބޭބް ” 

އައިޒިކް ދެންމެ ބޮސްދިން ކުއްޖާ އާއި ދިމާއަށް ހަނައަޅަމުން ބުނެލިއެވެ. އެއާ އެކު އެ ކުއްޖާ ވެސް އައިޒިކް އަށް ހަނައަޅާލުމަށް ފަހު ދުރަށް ހިނގައިގަތެވެ. އެއާއެކު އައިޒިކް އަނެއްކާ ވެސް ސަމާޙް އާއި ދިމާއަށް އެނބުރިލި އެވެ. އަދި ބުނެލިއެވެ. 

” ބްރޯ ކައެ ކޮންއިރަކު ޝްހަންގައި އަށް އައީ ” 

އައިޒިކް މިހެން އެހުމާއެކު ސަމާޙް ބުނެލިއެވެ. 

” އިއްޔެ އައީ…. މި އާން ވެސް އެބައުޅޭ އައިސްގެން…. ހަބަރެ ނުވޭތަ ކައެ އަކަށް ” 

ސަމާޙް މިހެން ބުނުމުން އައިޒިކް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި ބުނެލިއެވެ. 

” ހުވާ އެ ނުލަފާ ރަކިސް ބޮނޑު ގަނޑަ މަގޭ ކައިރީ ނުވެސް ބުނޭ…. ގުޅާބަލަ އޭނަ އަށް މިފަހަރު ހޭ ދައްކާލާނަން ” 

އައިޒިކް ދެއަތުގެ އިނގިލި ތަކަށް ވާނ ކޮއްލަމުން އަލްޔާން އަށް ގުޅުމަށް ބުނެލިއެވެ. އެއާއެކު ސަމާޙް ހިނިގަނޑެއް ޖަހާލަމުން ލައިގެން ހުރި ސްޓްރިޕްޑް ޖިންސުގެ ޖީބުން ފޯނު ނެގިއެވެ. އަދި އަލްޔާން އަށް ގުޅައިލިއެވެ. 

” އޭ އާން އާދެބަލަ އެއްކަލަ ކޮފީ ސޮޕް އަށް………. ހޫމް އާއެކޭ އާދެބަލަ ހޫމް…… 15 މިނެޓު ތެރެއިން އެތާގަ ހުންނަން ޖެހޭނެ ” 

ސަމާޙް އައްޔާން އާއި ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވި އެވެ. އަދި އައިޒިކް ގެ ކޮނޑުގައި އަތް އަޅުވާ ލަމުން އެމީހުން އާމުކޮށް ގޮސް އުޅޭ ކޮފީ ސޮޕް އާއި ދިމާއަށް މިސްރާބު ޖެހި އެވެ. 

” ޒެކް… ބްރޯ ކައެ ވެސް އައިސް ތި އުޅެނީ ހުވާ މި މީހުން ހާދަހާ ނުލަފާ އޭ ދޯ….. އަނބުރާ އައި އިރު ހަބަރެއްވެސް ނުވޭ ފިލަފިލައިގެން މި އުޅެނީ ” 

ކޮފީ ސޮޕް އަށް ދިޔަ މަގުމަތީގައި ޒައިކް ފެނުމުން އައިޒިކް ބުނެލިއެވެ. ނަމަވެސް އާދައިގެ މަތިން ޒައިކް ގެ މޫނަކުން އެއްވެސް އިޙްސާސް އެއް ނޫފެނެއެވެ. ޒައިކް އަޅާނުލައި ދާނ ފެށުމުން އައިޒިކް ދިޔަގޮތަށް ގޮސް ޒައިކް ގެ ކުރިމައްޗަށް އެރިއެވެ. 

” އޭ ކޯލްޑް ބްލަޑް ޕްރިންސް މަ ކައެ އާއޭ ވާހަކަ މި ދައްކަނީ ” 

އައިޒިކް އެހެން ބުނުމާއެކު ޒައިކް ނުރައްކާތެރި ގޮތަކަށް އައިޒިކް އާއި ދިމާއަށް ބަލައިލިއެވެ. އެއާއެކު އައިޒިކް ބިރުން ފަހަތަށް ޖެހުނެވެ. 

” ޗިލް ބްރޯ ޗިލް އަހަރުން މި ދަނީ ޔޫޝުއަލް ޕްލޭސް އަށް ކައެ ދާނަން ތަ” 

އައިޒިކް މިހެން ބުނުމުން ޒައިކް ކުޑަކޮށް ވިސްނާލިއެވެ. އަދި ކޮފީ ސޮޕް އާއި ދިމާއަށް ދާނ ހިނގައި ގަނނަމުން ބުނެލިއެވެ. 

” ކައެ ޕޭ ކުރަން ޖެހޭނީ “

ޒައިކް މިހެން ބުނުމާއެކު އައިޒިކް އާއި ސަމާޙް ޒައިކް އައީ ހިނގުން އެއްވަރު ކޮއްލި އެވެ. 3 މީހުން އެކި ވާހަކަ ދައްކަމުން ދިޔައިރު އެންމެ ގިނައިން ވާހަކަ ދެއްކީ އައިޒިކް އެވެ. ސަމާޙް އާއި ޒައިކް ތިބީ އައިޒިކް ދައްކަމުން ދިޔަ ހުރިހާ ވާހަކައަކަށް އާނ ހޫނ ކިޔަން ށެވެ. ކޮފީ ސޮޕް އާދެވުނު ތަނާހެން ބެރޫ ގައި މަޑުކޮށްގެން ހުރި އަލްޔާން ފެނި އައިޒިކް ދުވެފަ ގޮސް އަލްޔާން ގެ ބުރަކަށީގަ ޖެހިއެވެ. 

” އައްދިއްޔޯތް…. ކިހާ ބޮޑު ބަލާއެއް ދޯ އައިޒިކް މީ ދެން ” 

އައިޒިކް އައިސް ޖެހުމުން އަލްޔާން އަށް ބުނެވުނެވެ. އައިޒިކް ހުރީ ނުލަފާ ވައްތަރަކަށް އަލްޔާން އާއި ދިމާއަށް ބަލައިގެން ނެވެ. 

” ކޮން އައްދިއްޔޯތް އެއް ކިޔާކަށް….. ކައެ ޗުއްޓީ ނިންމާފަ އައި އިރުވެސް ހަބަރެއް ވެލާކަ ނޭންގުނު ވިއްޔާ އެހެން ވީމަ އަދަބު ދޭން ޖެހޭނެ އެއްނު ” 

އައިޒިކް މިހެން ބުނަމުން ކޮފީ ސޮޕް އަށް ވަނެވެ. ސަމާޙް އާއި އަލްޔާން އަދި ޒައިކް ދެފަރާތަށް ބޯ ހޫރުވާލުމަށް ފަހު އެތެރެއަށް ވަނެވެ. އެއިރު އައިޒިކް އިނީ ކައުޓަރުގަ އިން އަންހެން ކުއްޖާ އާއި ވާހަކަ ދައްކަން ށެވެ. އެހެން ކަމުން ސަމާޙް މެން ކުޑަދޮރު ކައިރީގަ ހުރި މޭޒު ދޮށުގައި އިށީނިއެވެ. އިރުކޮޅެއް ނުވަނީސް އައިޒިކް އައެވެ. 

” މިހުރީ އާން އަށް ވީ ކޭޕަޗީނޯ…. ދެން ސެމް އަށް ވީ އައިސް ކޮފީ….. ޒެކް އަށް ވީ އެމެރިކޭނޯ.. އެންޑް އަހަރެންނަށް ވީ ހޮޓް ޗޮކްލެޓް ” އައިޒިކް މޭޒުމަތީގައި އެ ހުރިހާ ބުއިމެއް ބަހައްޓާ ލަމުން ބުނެލިއެވެ. އަދި ސަމާޙް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެލި އެވެ. 

” އޭ ކޮބާ އެއްކަލަ ހިލްޔާން އާ އީޒާން އެ ދެމީހުން އަދިވެސް ނާދޭ ތަ ޝްހަންގައި އަކަށް ” 

އަލްޔާން ކޭޕަޗީނޯ އިން ކޮއިވަރެ ބޯލަމުން ދެން ތިބި ތިން މީހުންނާ ސުވާލު ކޮއްލިއެވެ. 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 10

Next

ލޯތްބައް އެދެމޭ 3

Next
April 11, 2022

ލޯތްބައް އެދެމޭ 3

Previews
April 11, 2022

ހިނިތުންވެލާށޭ ކަލާ 10

One Comment

  1. Hûdhãkkø says:
    April 13, 2022 at 5:02 pm

    Yay yay star for ge new story ekeyyyyy yay yay
    Mi part VX vrh vrh vrh reethi wait for the next part

Comments are closed.

Next Episodeއިޙްސާސް 2←


All Right Reserved!