*” އޭ ކޮބާ އެއްކަލަ ހިލްޔާން އާ އީޒާން އެ ދެމީހުން އަދިވެސް ނާދޭ ތަ ޝްހަންގައި އަކަށް ”
އަލްޔާން ކޭޕަޗީނޯ އިން ކޮއިވަރެ ބޯލަމުން ދެން ތިބި ތިން މީހުންނާ ސުވާލު ކޮއްލިއެވެ.*
އަލްޔާން ގެ ސުވާލާ އެކު އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ކޮނޑުއަރުވާލި އެވެ. އެއާއެކު އަލްޔާން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
” އޭ މަ އަޑު އެހީން މި ފަހަރު ނިޔު ސްޓޫޑެންޓްސް ކޮޅެއް އަހަރުމެން ކްލާހަށް އާދެއެ އޭ ”
ސަމާޙް މިހެން ބުނުމާއެކު އައިޒިކް ސައުގުވެރި ވެފައި ހުރެ ބުނެލިއެވެ.
” މަށަށް ރަނގަޅީ އާ ޗިކްސް ކޮޅެއް އައިސް ފިއްޔާ…. “
އައިޒިކް މިހެން ބުނުމާއެކު ސަމާޙް އައިޒިކް ގެ ބުރަކަށީގައި ޖެހިއެވެ.
” އިކީ ހެޔޮ ނުވާނެ އަހަރުންނަށް ވެސް މަންޖެ ކޮޅެއް ސަލާމަތުން ބަހައްޓާ ދޯ ޒައިކް ”
އަލްޔާން ފުން ނޭވާއެއް ލުމަށްފަހު ބުނެލިއެވެ. ޒައިކް އިނީ އާދައިގެ މަތިން އެކައްޗެއްވެސް ނުބުނެ އެވެ. އެހެންކަމުން އަލްޔާން ޒައިކް އަށް ދޯ ޖަހާލިއެވެ.
” ކައެ އޭނަ އަށް ދޯ ތި ޖަހަނީ…… ކޯލްޑް ބްލަޑް ޕްރިންސް އަށް އަހަހަހަހަހަހަހަހަހަހަހަހާ”
އައިޒިކް އެހެން ބުނަމުން ހޭނ ފެށިއެވެ. އެއާއެކު ޒައިކް މޭޒުމަތީގައި ވަރަށް ބާރަށް ޖެހިއެވެ. އަދި ކޮޅަށް ތެދުވެގެން ގޮސް ކޮފީ ސޮޕް އިން ނިކުމެގެން ދިޔައެވެ. އެންމެން ޒައިކް ނިކުމެގެން ދިޔުމުން އައިޒިކް އާއި ދިމާއަށް ލޯ އަޅާލިއެވެ.
” އިކީ ކައެ އަށް އެނގޭން ވާނެ ދޯ ޒައިކް ކުޑަކުޑަ ކަންތައް ތަކާ ވެސް ރުޅި އަންނާނެ ކަން ”
ސަމާޙް މިހެން ބުނުމުން އައިޒިކް ފުސްމޫނު ހަދާލިއެވެ. އަދި ބުނެލިއެވެ.
” ދެން އެއީ މަ ކުރާ ކަމެއް ތަ ”
އައިޒިކް އެހެން ބުނި ގޮތުން ހީވަނީ ކުޑަ ކުއްޖެއް ހެން ނެވެ. އެހެން ކަމުން އެންމެން ނަށް ވެސް ހެވުނެވެ.
★★★★★★★★★
” ލިވީ……. އޭއި ސަންޕާފުޅާ ”
ލިވިޔާގެ ދޮންބެ ކަމަށްވާ ލިވިތަން ލިވިޔާ ގެ ކޮޓަރީ ދޮރު ވެއްޓޭ ވަރަށް ޓަކި ޖަހަމުން ދިޔައެވެ.
” އޯއި އަޙްމަދުފުޅާ…. ތި ދޮރު ވައްޓާ ނުލާ އެތެރެއަށް ވަދެބަލަ ”
ލިވިޔާ އެހެން ބުނި އަޑަށް ލިވިތަން ދޮރު ހުޅުވާ ލިއެވެ. އަދި އެތެރެއަށް ވަންނަމުން ބުނެލިއެވެ.
” އޭ ސަންޕާފުޅާ މަ އަޑުއެހިން ސަންޕާފުޅު ޝްހަންގައި އަށް ދާނ އުޅޭ ވާހަކަ ”
ލިވިތަން އެއްފަރާތެއްގަ ހުރި ވެލްވެޓް ކުލައިގެ ސޯފާގައި އިށިންނަމުން ބުނެލިއެވެ. އެއާއެކު އެނދުމަތީގަ ފޯނާ ކުޅެން އޮތް ލިވިޔާ އެނދުގައި އިށީންނިއެވެ. އަދި ބުނެލިއެވެ.
” ހޫމް އަމް ގޮއިން ޓު މިންގް ޑީ ޔުނިވާސިޓީ އާއާއާއާއާއާއާހް އައި ކާންޓް ބިލީވް ފައިނަލީ މައި ޑްރީމް އިސް ކަމިން ޓްރޫ ”
ލިވިޔާ އެހެން ބުނުމާއެކު ލިވިތަން ކުޑަކުއްޖަކަށް ނަސޭހަތް ދޭ ރާގަކަށް ބުނެލިއެވެ.
” ހޫމް ތި އެކްސައިޓް މެންޓް އިހަށް ބާއްވަފަ ދޮންބެ މި ކިޔާ އެއްޗެހި އަޑު އަހާބަލަ…… ހަނދާން ކުރާތި އެ ކޮޅަށް ގޮސްފަ ރޭގަނޑު ގަޑީ އެހާ ގިނައިރު ވަންދެން ބޭރުގަ ނޫޅޭތި…… ފިރިހެނުންނާ އެހާ ގައިގޯޅި ނުވާތި އަދި އަހަރެންނަށް ޅިޔަނެއް ހޯދައި ދޭތި “
ލިވިތަން އެންމެ ފަހުން ބުނި ތަންކޮޅު ބުނީ ލާނެތް ގޮތަކަށް ށެވެ. އެއާއެކު ލިވިޔާ އެނދުމަތީގައި ހުރި ބާލީސް ތައް ނަގާ ލިވިތަން އާއި ދިމާއަށް އުކަން ފެށިއެވެ.
” ދޮންބެ ކީއްކުރާން މަ ކައިރީ ދޮންބެ އަށް ޅިޔަނެއް ހޯދަން ތި ބުނަނީ ފުރަތަމަ ދޮންބެ މަށަށް ފަހަރިއެއް ހޯދައި ދީބަލަ ”
ލިވިޔާ މިހެން ބުނުމުން ލިވިތަން ސޯފާ އިން ތެދުވިއެވެ. އަދި ހެމުން ހެމުން އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ލިވިތަން ކޮޓަރިން ނިކުމެގެން ދިޔަ ތާ އިރުކޮޅެއް ނުވަނީސް އަނެއްކާވެސް މީހަކު ދޮރުގަ ޓަކިޖަހަން ފެށިއެވެ. ލިވިޔާ ހިތަށް އެރީ އެއީ ލިވިތަން ލިވިޔާ އަށް ޖެއްސުމަށް ކުރާ ކަމެކެވެ. އެހެން ކަމުން ލިވިޔާ ވަރަށް ބާރަށް ހަޅޭ ލައްވައި ގަތެވެ.
” އަޙްމަދުފުޅު ގަނޑާ “
ލިވިޔާ މިހެން ބުނަމުން ދޮރުހުޅުވާލި އިރު ކުރިމަތީގައި ހުރީ އޭނާގެ ބައްޕަ އެވެ. އެހެން ކަމުން ލިވިޔާ އަވަހަށް އިސްޖަހާލިއެވެ.
” އަނ މީ ލިވިޔާ ޗައިނާ އަށް ދާނ އޮތް ޓިކެޓް….. މާދަމާ ފުރަން ޖެހެނީ ”
ލިވިޔާ ގެ ބައްޕަ އެހެން ބުނުމުން ލިވިޔާ އަވަހަށް އެ ޓިކެޓް ގައި ހިފިއެވެ. އަދި ޝުކުރު އަދާކުރިއެވެ. އެއަށްފަހު ކޮޓަރިއަށް ވަނެވެ. އަދި ދޮރު ލެއްޕިއެވެ. ލިވިޔާ އެ ޓިކެޓް ސްޓަޑީ ޓޭބަލް މަތީ ބޭއްވުމަށްފަހު އެއްފަރާތެއްގަ ހުރި ކަބަޑު ހުޅުވާލި އެވެ. އަދި ރީތި ޑިޒައިން އަކަށް ފަރުމާ ކޮށްފައިވާ ފޮއްޓެއް ނެގިއެވެ. އެއަށްފަހު އެ ފޮށި ހުޅުވައި ލިއެވެ. އަދި އޭގަ އޮތް ރަން ކުލައިގެ ފަށަށް ބަލާލި އެވެ. ލިވިޔާ އެ ފަށުގައި ހިތުގެ ބައްޓަމަށް އިން ފަށު ފުލަށް ބަލާލިއެވެ. އެ ހިތަކީ ތަޅުދަނޑި ލައްވައިގެން ހުޅުވޭ އެއްޗެކެވެ. ނަމަވެސް ލިވިޔާ އަތުގައި އޭގެ ތަޅުދަނޑި އެއްނެތެވެ. ކުރު ގޮތަކަށް ބުނާ ނަމަ އެ ފަށަކީ ލޮކެޓް އެކެވެ. ލިވިޔާ އެ ލޮކެޓް އަށް ބަލާން ހުރުމަށްފަހު އެ ފޮށި ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓި އެވެ. އަދި ކްލޯސެޓް ތެރޭގައި ހުރި މެރޫން ކުލައިގެ ފޮށި ނެގުމަށް ފަހު އެ ފޮށި ހުޅުވައިލިއެވެ. އަދި އެ ފޮށި ޕެކް ކުރަން ފެށިއެވެ. އެއިރު ކޮޓަރި ތެރޭގައި ގުގުމަމުން ދިޔައެވެ. އިންވިޒިބަލް މިލަވައެވެ.
އެވޮއިޑިން ދިސް ޑިޒޭސްޓާ
ސީމްޑް އިމްޕޯސިބަލް
މައި ހާރްޓް އިސް ބީޓިން ފާސްޓާ
ފާސްޓް އޭސް އިޓް ކޭން ގޯ
ކަސް އަމް އޯވާރް ތިންކިން އެވްރީ ވޯރްޑް
ދެޓް ވޯސް ނެވަރް ސެޑް އޯރް ހާރޑް
ހެޕީ އެވަރ އާފްޓާ ؟
އައި ޑޯންޓް ތިންކް ސޯ
އަމް އިން ލަވް ވިތް ސަމްވަން
ހޫ ޑަޒަންޓް ނޯ އައި އެގްޒިސްޓް
އައި ސްޓެއާރ ފްރޮމް އެފާރ
އިން މައި ހޭންޑް-ބްރޯކެން ހާރްޓް
ވައިލް އައި ޕްލޭ ޕްރެޓެންޑް
ލަވައިގެ މިހާ ހަމައަށް ދިޔުމުން ލިވިޔާ ލަވަ ނިއްވާލި އެވެ. އަދި ފުންނޭވައެއް ލިއެވެ. އެއަށްފަހު ފޮށި ބަންދު ކޮއްލިއެވެ. އަދި ފޯނު ހިފައި އެނދު މައްޗަށް އެރިއެވެ. އެއަށްފަހު އިންސްޓާގްރާމް އިން ލިވިޔާ ކްރިއޭޓް ކޮށްފައިވާ ފްރެންޑް ޒޯން ގްރޫޕް އަށް ވަނެވެ. އެއިރު ގުރޫޕް ގައި އުޅޭ ދެބައިކޮޅު އެއްބާ މީހުން ތިބީ އޮން ގައެވެ. އެހެން ކަމުން ލިވިޔާ އެމީހުން ނާއި ވާހަކަ ދައްކަން ފެށިއެވެ.
(ނުނިމޭ)
Hey guy’s
I’m sorry mi bai kuru v ma
But star mi dhuvas koahlu Varah busy
Ehen vey mi bai ehaa kuru V
Actually my exams are starting so I don’t have much time to write
Hope u guys understand
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

