Skip to content
އެސްފިޔަ

އެދުވަހު ލޯބިން ޓްރޭލާ

ފަތިހުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް އުޑުމަތި ކަޅުވިލާތަކުން ފުރިފައިވުމުން އަދިވެސް ހީވަނީ ދަންވަރުގެ ވަގުތެއް ހެންނެވެ. ހިމަ ފޮދު ވާރޭ ތިކި ބިމަށް ފައިބަމުން ދިޔައިރު ރުއް ގަސް ވަޔާއެކު ނަށަމުން ދިޔައެވެ. ނަމަވެސް ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ދޮންވެލި ގަނޑުގައި އިށިންދެގެން އިން އަމާން އަށް މިއިން އެއްވެސް ކަމަކުން އަސަރު ކުރާހެންނެއް ހިއެއް ނުވެއެވެ. އަމާން ގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅު ތަކަށް ށެވެ. ސަމާލުކަން ރާޅު ތަކަށް ހުއްޓިފަ ހުރިކަމުގައި ވިޔަސް އަމާން ގެ ހިޔާލާއި ފިކުރު ވަނީ އެހެން ދިމާލެއް ގައެވެ. ބަލާ ބެލުމަށް އަމާން އަކީ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. އަމާން ގެ އުމުރުން 20 އަހަރު ކަމުގައި ވިޔަސް އަމާން އަދިވެސް ވައްތަރީ 16 – 17 އަހަރުގެ ކުއްޖަކާ އެވެ. ލިބިފައި ވަނީ އާދައިގެ ވަރަކަށް ދޮން ހަށިގަނޑެކެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އިރު ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ވަރުގަދަ ހަށިގަނޑެއް ލިބިފައި ނުވި ކަމުގައި ވިޔަސް އެހާ ބަލިކައްޓެއް ވެސް ނޫނެވެ. އަމާން އަކީ އެކަނި ވެރިކަމަށް ލޯބި ކުރާ ބަސްމަދު ޒުވާނެކެވެ. އެހެން ކަމުން އަމާން ގެ މާގިނަ އެކުވެރިންނެއް ނުހުރެއެވެ. ރަށު މީހުންގެ ގަދަރު ނުލިބި ފައި ވީކަމުގަ ވިޔަސް އަމާން އަކީ ހޮސްޕިޓަލް ގައި މެނޭޖަރު ކަމުގެ ވަޒީފާ އަދާ ކުރަމުން ދާ ޒިންމާދާރު މީހުންނަށް އިޙްތިރާމް ކުރާ ޒުވާނެކެވެ. ނަމަވެސް ރަށުގައި އުޅޭ މީހުން އަމާން ދެކެ އަރަނީ އަމަށަކުން ރުޅިއެއް ނޫނެވެ. އަމާން އެ އެންމެން ގެ ރުޅި ވެރިކަމާ ކުރިމަތި ލަނީ ހިތްވަރާއި އެކުގައެވެ. އެންމެ ސަބަބަކާ ހުރެ އެވެ. އަމާން އެ އެންމެން ގެ ރުޅިވެރިކަމާ ކުރިމަތިލަނީ އެންމެ ސަބަބަކާ ހުރެއެވެ.

★–ނުނިމޭ–★

އަޅުގަނޑު މީގެ ކުރިން ލިޔުމުން އައި ވާހަކަ ކަމުގައިވާ “އިޙްސާސް” ކުރިއަށް ގެންދެވެން ނެތް ކަން ހިތަމައާއެކު ބުނެލަމެވެ. ނަމަވެސް އަޅުގަނޑު މިހާރު ލިޔުމުން އަންނަ “އެދުވަހު ލޯބިން” މިވާހަކަ އަށް ކިޔުންތެރިން ގެ ސަޕޯޓު ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

☺️☺️

Comments (1)

  1. Princess

    V reethi trailer Masha Allah ❤️❤️❤️v reethi vhk akah vaanehen heevanee waiting for the next part kon irakun next part???

Comments are closed.