* ” އޭ އާން ކައެ ކޮއްކޮ މަ ދެކެއް ހިތްހަމަ ނުޖެހިފަތަ އެ ހުރީ؟ ” ޙުސާން ކަންބޮޑުވެފައި ހުރެ އެހެން އެހުމުން ހައިޒަލް އަށް ވީ މަޖާކަމަކަށް ށެވެ. ” އަހަހަހަހަހަހަހަހަހަހަހަހަ” ހައިޒަލް ހޭން ފެށުމުން ޙުސާން ބުނެލިއެވެ. ” މާ ވަރަކަށް ތި ހެނީ ކީއްވެ” އަމާން ވެސް ހައިޒަލް އާއި ދިމާއަށް ސުވާލެއްގެ ނަޒަރުން ބަލައިގެން އިނުމުން ހައިޒަލް ހޫނުން މަޑު ކޮއްލުމަށްފަހު ބުނެލިއެވެ. ” ޙުސާންބެ ޝަކުވާ ކޮއްލި ގޮތުން ހީވަނީ އަމިއްލަ އަނބިކަނބަލުން ވާހަކަ ނުދައްކައިގެން އުޅޭހެން” ހައިޒަލް އެހެން ބުނުމާއެކު އަމާން ވެސް ހޭން ފެށިއެވެ. ޙުސާން އަށް ކުރެވުނު ހާވެސް ކަމަކީ ބޯކަހާލުމެވެ. *
★★★★★★
” މިސް ރިޔާދާ ބީކެޔާފުލް ” ރިޔާދާ ލާންޗް އިން ފައިބާން އުޅުމުން އޭނާގެ ބޮޑީގާޑު ބުނެލިއެވެ. ރިޔާދާ ލާންޗް އިން ފޭބުމާއެކު ރަށު އަތިރިމަތީގައި ތިބި އެންމެން ގެ ނަޒަރު ރިޔާދާ އަށް ހުއްޓުނެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ. ރިޔާދާ ލައިގެން ހުރީ ބަނޑު ފޫޅު ފެންނަ ވަރުގެ އަތް ދިގު ޓީށާޓް އަކާއި ނޫކުލައިގެ ޖިންސް ސޯޓު ކޮޅެކެވެ. އިސްތަށިގަނޑު ބްލޯންޑް ކުލަ އިން ހައި ލައިޓް ކޮއްފައި ހުރި އިރު އަރައިގެން ހުރީ ހުދުކުލައިގެ ހައި ހީލް އަކަށްށެވެ. ރިޔާދާ ވަށައިގެން ބަލާލީ އޭނަ ބަލާ މީހަކު އައިސް ހުރި ތޯއެވެ. އެއްލި ކަޅިއަކުން ފެހިކުލައިގެ ޓީށާޓް އަކާއި ނޫކުލައިގެ ޖިންސް އެއް ލައިގެ ހުރި ފިރިހެނަކު ފެނުމުން ރިޔާދާ ލޮލުގައި އަޅާފައި އޮތް އައިނު ނެގިއެވެ. އަދި އެ ނުދަންނަ ޒުވާނާ އާ ދިމާއަށް ބަލައިލި އެވެ. ރިޔާދާ އެ ޒުވާނާ އާއި ދިމާއަށް ބަލަން ފެށުމުން އެ ޒުވާނާ ރިޔާދާ ކައިރި އަށް އައެވެ. “ހައި އަމް ހައިޒޫމް” އޭ ޒުވާން ތަޢާރަފް ވެލަމުން ސަލާމަށް އަތް ދިއްކޮއްލިއެވެ. ” ހާއި އަމް ރިޔާދާ” ރިޔާދާ ތުވިގޮތަކަށް ތަޢާރަފް ވެލަމުން ހައިޒޫމް ގެ އަތުގައި ހިފާ ސަލާމް ކޮއްލިއެވެ. ” ބައްޕަ ބުނީ ހަމަ ދޮގެއް ނޫން ރިޔާދާ ވަރަށް ރީތި” ހައިޒޫމް ރިޔާދާ އަށް ތަޢުރީފު ކޮއްލަމުން ބުނެލިއެވެ. އެޔާއެކު ރިޔާދާ ތުވިގޮތަކަށް ހީލިއެވެ. ” ސޯ ހިނގާލަފަ ތަ ދާނީ ނޫނީ ސައިކަލުގަ ތަ” ހައިޒޫމް އެހެން ބުނުމުން ރިޔާދާ ކުޑަކޮށް ވިސްނާލިއެވެ. “އަމްމްމްމް ހިނގާފަ ދާނީ” ރިޔާދާ އެހެން ބުނުމުން ހައިޒޫމް އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. ” ހިގާ ހަވައަށް ދަމާ” ހައިޒޫމް އެހެން ބުނަމުން ކުރިޔަށް ހިނގައިގަތެވެ. ރިޔާދާ ވެސް ހައިޒޫމް ގެ ފަހަތުން ތުއި ގޮތަކަށް ހިނގަމުން ދިޔައެވެ. ރަށުތެރެއަށް ދެ ވުމާއެކު ރިޔާދާ ވަށައިގެން ބަލަން ފެށިއެވެ. މަގު ދެފަރާތުގައި ގެތައް ހުރިއިރު އެ ގެއެއްގެ ދޮރުމަތީގައި އެ ގެއެއް ގެ ކުދިން ކުޅެން އުޅުނެވެ. މިތަން ރިޔާދާ އަށް ފެނުމުން އައި ރޯލް ކޮއްލިއެވެ. އަދި ކުރިއަށް ހިނގަމުން ދިޔައެވެ.
★★★★★★★
އައިލީން އާއި ޝިފާ އާއި ޖެނީ ކޮޓަރިން ނިކުތީ މެންދުރަށް ކައްކާން އެއްޗެހިން ގަތުމަށް ފިހާރައަށް ދިޔުމަށްށެވެ. ތިން ކުދިން ގެއިން ނިކުމެގެން ހިނގައިގަތީ އެ ކުދިން އާމުކޮށް ވިޔަފާރި ކުރަން ދާ ފިހާރައަށް ށެވެ. އެކި ވާހަކަ އާއި ސަކަރާތުގަ ތިބެ ތިން ކުދިން ހިނގަމުން ގޮސް ޖެހުނީ އަނެއް މަގުން އައި އަންހެން ކުއްޖެއް ގައި ގައެވެ.
ރިޔާދާ މުޅި ތަނަށް ބަލަމުން ބަލަމުން އަނެއް މަގަށް އަޅުވާލި ތަނާހެން މީހަކު އައިސް އޭނަގައިގަ ޖެހުނެވެ. އެ މީހުން ތައް ޖެހުނު ދެއް ބާރުކަމުން ރިޔާދާ އަށް އޭނާގެ ހަށިގަނޑު ބެލެންސް ނުކުރެވިގެން ބިންމަތީގައި ރޭ ވާރޭ ވެހުމުގެ ސަބަބުން ހެދިފައި އޮތް ޗަކަ ފެންބޮޅަކަށް ވެއްޓުނެވެ. އެ އާއެކު ރިޔާދާ ” އިޔޫޔޫޔޫޔޫ” އޭ ކިޔާ ހަޅޭލައްވައި ގަތެވެ. ރިޔާދާ ފެންބޮޅަށް ވެއްޓުމުން ހައިޒޫމް ގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ. ވަރަށް އުނދަގުލުން ހިނިގަނޑު ކޮންޓްރޯލް ކޮއްލުމަށްފަހު ހައިޒޫމް ރިޔާދާ ފެންބޮޅުން ނަގައިދިނެވެ. ” އާރް ޔޫ އޯކޭ ؟” ހައިޒޫމް ރިޔާދާ އަށް ބަލާލަމުން ސުވާލު ކޮއްލި އެވެ. ” ކޭންޓް ޔޫ ސީ!!! …. އެންޑް ޔޫ! ޑޯންޓް ޔޫ ހޭވް އައިސް!! ދެލޯ ކަނު ވެފަ ތަ ތިހުރީ!!!!” ރިޔާދާ ކުރިމަތީގައި ތިބި ތިން އަންހެން ކުދިންނާ ދިމާއަށް ހަޅޭލައްވައި ގަތެވެ. ” ހޭ ލިސެން ނޯ ނީޑް ޓު ބީ ރޫޑް ދެލޯ ވެސް އެބަހުރި ފެންނަން ވެސް ފެނޭ އެކަމް ތި ފަރާތުން ވެސް ކުޑަކޮށް ބަލާލަގެން އުޅުނު ނަމަ އެހެން ނުވީސް ، ތިމާ މީހާ ގެ ހަށިގަނޑު ބެލެންސް ކުރަން ނޭނގޭ ހާލު ކީއްކުރަން ހައި ހީލްސް އަށް އަރަނީ” މެދުގައި ހުރި އަންހެން ކުއްޖާ އެހެން ބުނުމާއެކު ދެފަރާތުގައި ތިބި ދެ އަންހެން ކުދިން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ރިޔާދާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. ކައިރި ހުރި ހައިޒޫމް ހުރީ ވަގަށް ހޭން ށެވެ. މެދުގަ ހުރި އަންހެން ކުއްޖާ ރިޔާދާ އަށް ބެލުމެއް ނެތި ކުރިއަށް ހިނގައިގަތެވެ. އެއާއެކު ކައިރީ ތިބި ދެ އަންހެން ކުދިން އެކުއްޖާ ގެ ފަހަތުން ދިޔައެވެ. ” އޭ ޖެން މަޑުކޮއްބަލަ” އެ ތިން އަންހެން ކުދިން ދިޔުމުން ރިޔާދާ ހައިޒޫމް އަށް ބަލައިލިއެވެ. ” އޭނަ އަށް ކިޔަނީ ކޮން ނަމެއް” ރިޔާދާ ހައިޒޫމް އާއި ސުވާލު ކޮއްލުމުން ހައިޒޫމް ޖަވާބު ދިނެވެ. ” ޖެނީ އޭނަ އަށް ކިޔަނީ” ހައިޒޫމް އެހެން ބުނުމާއެކު ރިޔާދާ މަޑުމަޑުން ޖެނީ ގެ ނަން ކިޔާލި އެވެ.
” އޭ ޖެން ތި މަޑު ކޮއްބަލަ ދޯ ” އައިލީން އެހެން ބުނަމުން ގޮސް ޖެނީ ގެ ކުރިމައްޗަށް އެރިއެވެ.” އެ ބުނާހެން ކާކު ކައިރިއަށް ދާނ ތަ އެހާ އަވަސް އަރުވާލަގެން ތި އުޅެނީ ” ޝިފާ ވެސް އައިސް ޖެނީ ގެ ކައިރީ ހުއްޓެމުން ބުނެލިއެވެ. އެއިރު ޖެނީ ހުރީ ރުޅި އައިސްގެން ގޮސް ރަތް ވެފައެވެ.” ދެނ ހިނގާ ލަސް ނުކޮށް ފިހާރައަށް ދާނ ” ޖެނީ އެހެން ބުނަމުން އަނެއްކާވެސް ކުރިއަށް ހިނގައި ގަތެވެ. އައިލީން އާއި ޝިފާ ދެފަރާތަށް ބޯ ހޫރުވާލަމުން ޖެނީ ގެ ފަހަތުން ދިޔައެވެ. ފިހާރައަށް ދިޔަ މަގުމަތީގައި ޖެނީ ދިޔައީ ރިޔާދާ އާއި ދިމާއަށް ކުދިކިޔަމުން ނެވެ. އަދި ފިހާރައިން ވިޔަފާރި ކޮއްގެން ގެއަށް އައި މަގުމަތީގައި ވެސް ޖެނީ ދިޔައީ ރިޔާދާ އަށް ކުދި ކިޔަމުން ނެވެ.
” މަންޖޭ…. މަންޖެ ހާދަ ރަތޭ އަދި ކުއްލިއަކަށް ވަރަށް ހޫނު ވާން ވެސް ފަށާ ފި ” ގެއަށް ވަދެގެން އައި ޖެނީ ރުޅި މޫނު ފެނި ހައިޒަލް ބުނެލިއެވެ. ހައިޒަލް އެހެން ބުނުމާއެކު ޖެނީ ހައިޒަލް އާ ދިމާއަށް ލޯ އަޅާލި އެވެ. އެއާއެކު އަނެއްކާވެސް ހައިޒަލް ބުނެލިއެވެ.” ހައޭއޭއޭ މަންޖެ ތިހާ ހޮޓް ކޮށް ހުރެ ނުބަލަބަ އަހަރެން ގެ ހިތް ކުޗުކުޗު ހޯތާ ހޭ ” ހައިޒަލް ތުއި ވެލަމުން އެހެން ބުނުމުން ޖެނީ ކޮތަޅު ތެރޭ އޮތް ކެރެޓް ނަގަމުން ހައިޒަލް އާއި ދިމާއަށް ދުއްވައި ގެންނަމުން ބުނެލިއެވެ.” އާދެބަލަ އަހަރެން ކައިރިއަށް ވަރަށް ރަނގަޅަށް ކުޗުކުޗު ހޯތާ ހޭ ކިޔާ ދޭނަމޭ ” ދެން ފެށިގެން ދިޔައީ ޖެނީ އާއި ހައިޒަލް ގެ ކޯޅުން ގަނޑެވެ. ޖެނީ ދުވެފައި ގޮސް ބުޅަލެއް ހެން ހައިޒަލް ގެ ކޮނޑަށް ފުންމާފައި އެރިއެވެ. އަދި އަތުގައި އޮތް ކެރެޓް އިން ހައިޒަލް ގެ ބޮލަށް ހަމަލާދެމުން ދިޔައެވެ. މުޅި ގޭތެރޭގައި ގުގުމަމުން ދިޔައީ ޖެނީ ގެ އަޑާއި ހައިޒަލް ގެ އަޑެވެ.
ގަޑީރެއް ވަންދެން ސަކަރާތް ޖެހުމަށްފަހު ޖެނީ ބަދިގެއަށް ކެއްކުމުގައި އެހީތެރި ވާން ދިޔައެވެ. ޖެނީ ކުކުޅު ހަނާ ކުރުމަށް ފަހު އަވަސް ވެގަތީ ގެއަށް ދިޔުމަށްށެވެ. އެއީ އޭނަގެ މަންމަ އޭނަގެ އިންތިޒާރުގައި ހުންނާނެ ކަން އެނގޭ ތީ އެވެ. އެހެން ކަމުން ޖެނީ އަތްމަތި އަވަސް ކޮއްލުމަށްފަހު އަވަހަށް ބަދިގެއިން ނިކުތެވެ. އެއާއެކު ޖެހުނީ ބަދިގެއަށް ވަންނަން އައި އަމާން ގެ ގައިގަ އެވެ. ” ސޮރީ އަމާން ބޭ” ޖެނީ އަވަހަށް މާފަށް އެ ދެމުން އަމާން އަށް ބަލައިލުމެއްނެތި ގެއިން ނިކުމެގެން ދިޔައެވެ. އަމާން ވެސް ބަދިގެއަށް ވަދެ ފެން ތައްޓެއް ބޯލުމަށްފަހު ހުކުރަށް ދާނ ފެން ވަރަން ދިޔައެވެ. “ޝިފް ހިނގާ ދަމާ” ޙުސާން އައިސް ބަދިގެއަށް ބޯ ދިއްކުރުމުން އެހެން ބުނުމުން ބަދިގޭގައި ހުރި ޝިފާ ވެސް ޙުސާން އާއެކު ގެއަށް ދާނ ނިކުތެވެ.
★–ނުނިމޭ–★
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

