Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 1

Star Fire Level 310 Stories
June 29, 2022 4 Mins Read
1 Comment

* ފަތިހުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް އުޑުމަތި ކަޅުވިލާތަކުން ފުރިފައިވުމުން އަދިވެސް ހީވަނީ ދަންވަރުގެ ވަގުތެއް ހެންނެވެ. ހިމަ ފޮދު ވާރޭ ތިކި ބިމަށް ފައިބަމުން ދިޔައިރު ރުއް ގަސް ވަޔާއެކު ނަށަމުން ދިޔައެވެ. ނަމަވެސް ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ދޮންވެލި ގަނޑުގައި އިށިންދެގެން އިން އަމާން އަށް މިއިން އެއްވެސް ކަމަކުން އަސަރު ކުރާހެންނެއް ހިއެއް ނުވެއެވެ. އަމާން ގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅު ތަކަށް ށެވެ. ސަމާލުކަން ރާޅު ތަކަށް ހުއްޓިފަ ހުރިކަމުގައި ވިޔަސް އަމާން ގެ ހިޔާލާއި ފިކުރު ވަނީ އެހެން ދިމާލެއް ގައެވެ. ބަލާ ބެލުމަށް އަމާން އަކީ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. އަމާން ގެ އުމުރުން 20 އަހަރު ކަމުގައި ވިޔަސް އަމާން އަދިވެސް ވައްތަރީ 16 – 17 އަހަރުގެ ކުއްޖަކާ އެވެ. ލިބިފައި ވަނީ އާދައިގެ ވަރަކަށް ދޮން ހަށިގަނޑެކެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އިރު ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ވަރުގަދަ ހަށިގަނޑެއް ލިބިފައި ނުވި ކަމުގައި ވިޔަސް އެހާ ބަލިކައްޓެއް ވެސް ނޫނެވެ. އަމާން އަކީ އެކަނި ވެރިކަމަށް ލޯބި ކުރާ ބަސްމަދު ޒުވާނެކެވެ. އެހެން ކަމުން އަމާން ގެ މާގިނަ އެކުވެރިންނެއް ނުހުރެއެވެ. ރަށު މީހުންގެ ގަދަރު ނުލިބި ފައި ވީކަމުގަ ވިޔަސް އަމާން އަކީ ހޮސްޕިޓަލް ގައި މެނޭޖަރު ކަމުގެ ވަޒީފާ އަދާ ކުރަމުން ދާ ޒިންމާދާރު މީހުންނަށް އިޙްތިރާމް ކުރާ ޒުވާނެކެވެ. ނަމަވެސް ރަށުގައި އުޅޭ މީހުން އަމާން ދެކެ އަރަނީ އަމަށަކުން ރުޅިއެއް ނޫނެވެ. އަމާން އެ އެންމެން ގެ ރުޅި ވެރިކަމާ ކުރިމަތި ލަނީ ހިތްވަރާއި އެކުގައެވެ. އެންމެ ސަބަބެކެވެ. އަމާން އެ އެންމެން ގެ ރުޅިވެރިކަމާ ކުރިމަތިލަނީ އެންމެ ސަބަބަކާ ހުރެއެވެ. *

“އާން!!!!!! ” އަމާން ފަހަތަށް އެނބުރި ބަލާލީ އޭނާގެ ރައްޓެހިން އޭނައާ މުޚާތަބު ކުރާ ނަމުން ވަރަށް ބާރަށް ގޮވާލި އަޑަށްށެވެ . އެއީ ހައިޒަލް އެވެ. ހައިޒަލް އައިސް އަމާން ކައިރީ ހުއްޓުނެވެ. ހައިޒަލް އަށް ދިޔައީ މާނޭވާ ލެވެމުން ނެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ. ރަށު އަތިރިމަތީގައި ހުރެފަ  އިރުމަތި ފަރާތަށް ދުވެފަ އަންނަ އިރު މާނޭވާ ނުލެވި ނުހުންނާނީ ކާކުއަށް ހެއްޔެވެ. ” ހައިޒް ކިހިނެއްވީ” ހައިޒަލް އެއައީ ކުޑަކަމެއް ވެގެން ނޫން ކަން އަމާން އަށް އިޙްސާސް ކުރެވުމުން ދިޔައެވެ. ” އަ އަތިރިމަތީގަ  އަ…އައި  އާ ޖެން އާ އެބަ އުޅޭ އެއްކަލަ ގު… ގުރޫޕް ގަނޑު ދިމާ…..ދިމާކޮއްލާގެން….. މަ ސާން އަށް ގުޅާފަ ބުނެފިން އޭނަ ބުނީ މިދަނީ އޭ ދެން މަ ގުޅީ ކައެ އަށް އެކަމް ކައެ ފޯނެއް ނުނެގި އެހެންވެ މަ މިއައީ” ހައިޒަލް ވެގެން އުޅޭ ގޮތެއް މާނޭވާ ލަމުން ކިޔާ ދިނުމުން އަމާން ފައިގަ ހުރި ބާރެއް ލާފައި އަތިރި އާއި ދިމާއަށް ދުއްވައި ގަތެވެ. އަމާން ދުވެފައި ދިޔަތަން ފެނުމުން ހައިޒަލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި އަމާން ގެ ފަހަތުން ދުއްވައިގަތެވެ. 

“ކިހާ ބޮޑު އުނދަގުލެއް ދޯ މީ ދެން ” އަމާން އަށް އަތިރިއަށް އާދެވުނު ތަނާ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ އަޑެވެ. އެއަޑު އައީ ދުރުގައި ހުރި ފުނަ ގަސްތަކު ކާރިންނެވެ. އެހެން ކަމުން އަމާން އެ ދިމާލަށް ދުއްވެފައި ދިޔައެވެ. އަމާން ގޮސް ގެ ފުނަ ގަސްތަކާ އަރާ ހަމަވިތަނާހެން އަމާން ގެ މޫނާ ދިމާއަށް އައީ ފައިވާނެކެވެ. އަމާން ހުޝިޔާރު ކަމާއެކު އެއްފަރާތަށް ޖެހުމުން އެ ފައިވާން ގޮސް ޖެހުނީ އަމާން ގެ ފަހަތުން އައި ހައިޒަލް ގެ ނިއްކުރިމަތީގަ އެވެ. ” ދެރަވެއްޖެ ކަމެއް ދޯ އައިމިނަތު ޖެނީ ޖޯންސެން!!!! ” ހައިޒަލް ނިކުރީގާއި އެ ފައިވާން ޖެހުނުދެއް ބާރުކަމުން ހަޅޭލައްވައި ގަތެވެ. ނިއްކުރިމަތީގައި ޖެހުނު ފައިވާން ބިންމަތިން ނަގަމުން އެތަނަށް ކަން ބަލާން އެއްވެގެން ތިބިމީހުން ދުރަށް ޖައްސަމުން ގޮސް ޖެނީ ގެ ފަހަތުގައި ހުއްޓުނެވެ. އަދި ޖެނީ ގެ ބޮލުމަތީގައި ފައިވާން ބޭއްވި އެވެ. އެއާއެކު ހައިޒަލް ގެ މޭ މައްޗަށް އަރައިގެން ދިޔައީ ޖެނީ ފައިން ދިން ހަމަލާއެކެވެ. އެއާއެކު އަނެއްކާވެސް ހައިޒަލް ހަޅޭލައްވައި ގަތެވެ. “މަންޖޭ މީ މަށޭ ހައިޒަލް… މަންޖެ ގެ ހައިޒަލް” ހައިޒަލް މޭމަތީގައި އަތް އަޅާގެން އޮވެ އެހެން ބުނުމުން ޖެނީ ފަހަތަށް އެނބުރުނެވެ. “ހައިޒަލޫ ސޮރީ ސޮރީ މަ ހިތައް އެރީ މިއުޅޭ ގޭންގު އުޅޭ މީހެއްކަމަށް….. އޭ އައިލީން އާދެބަލަ މިއޮތީ ހައިޒަލް ކަލޯ އެންޖެރީ ވެފައޭ” ޖެނީ އެހެން ބުނި އަޑަށް ދުރުގައި ހުރި އައިލީން އަތުގައި އޮތް ފައިވާން ކިބައިން އެތާގައި ހުރި އެ ގޭންގު ގެ ފިރިހެނެއްގެ މޫނުމަތީގައި ޖެހުމަށްފަހު ޖެނީ އާއި ދިމާލަށް އައެވެ. ” ހައިޒޫ ގުދައް ތި އޮތީ ކީއްވެ” އައިލީން އައިސް ޖެނީ ކައިރީ ހުއްޓެމުން ހައިޒަލް އާއި ދިމާއަށް ބުނެލިއެވެ. ” މި ޖެން ކަންތަކޭ މީ…… އައި މަ ކަލޯ ހާންތި ވެއްޖެ ހިނގާ އައި ގެ ކޮނޑަށް މަ އަރުވައިގެން ގެއަށް ލާދެން” ހައިޒަލް އެހެން ބުނުމުން އައިލީން ހައިޒަލް ގެ ބުރަކަށި މަތީގައި ޖެހިއެވެ. އެއާއެކު އަނެއްކާވެސް އިވުނީ ހައިޒަލް ގެ ހަޅޭކުގެ އަޑެވެ. ” އައްދިއްޔޯތް މަ މަރާން ތަ ތި އުޅެނީ” ހައިޒަލް އެހެން ބުނުމުން އައިލީން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އައިލީން އަށް އެއްލި ކަޅިއަކުން ފެނުނީ އޭނާގެ ދޮންބެ އެވެ. ” ދޮންބޭ ، ޝިފް ، ޙު.. ޙުސާންބޭ” ކުއްލިއަކަށް އައިލީން އެހެން ބުނުމުން ޖެނީ އެ ދިމާލަށް ބަލާލިއެވެ. ޖެނީއަށް ވަށައިގެން ވާ މާހައުލަށް ބަލާލެވުނެވެ. ރަށުގެ ގިނަ ބަޔަކު އެއްވެފައި ތިބި އިރު އެ އެންމެން ގެ މޫނު މަތިން ވެސް ފެންނަނީ ހިތްހަމަނުޖެހުމާއި ނަފްރަތެވެ. އެހެން ކަމުން ޖެނީ ހައިޒަލް އާއި އައިލީން ގެ އަތުގައި ހިފާގެން އެދިމާލަށް ދިޔައެވެ. ” ހިނގާ ދަމާ” ޙުސާން އެހެން ބުނުމުން އެންމެން ގެއާއި ދިމާއަށް ހިނގައިގަތެވެ. 

އެންމެން ދާން ނިންމީ އައިލީން އާއި އަމާން މެންގެއަށްށެވެ. ގެއަށް ދިޔަ މަގުމަތީގައި އެކަކު ވެސް ވާހަކަ އެއް ނުދައްކަ އެވެ. ގެއަށް އާދޭ ވުމާއެކު އެންމެން ސިޓިން ރޫމް ގައި ހުރި ކަޅުކުލައިގެ ސޯފާ މައްޗަށް ވެއްޓިގަތެވެ. ” ތި 4 މީހުން މިއަދު ސްކޫލަށް ނުގޮސް ކީއް ތި ކުރަނީ” ޙުސާން އެހެން އަހާލުމުން ޖަވާބު ދިނީ ޖެނީ އެވެ. ” މިއަދު މީ ހުކުރު ދުވަހޭ ޙުސާން ބޭ!!!!” ޖެނީ އެހެން ބުނުމުން އެންމެން ޖަހާލީ ހިނިގަނޑެކެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ޖެނީ އެވެ. ” ޙުސާންބެ ޕޮލިސް ސްޓޭޝަން އަށް ނުގޮސް ކީއް ތި ކުރަނީ” ޖެނީ އެހެން އަހާލުމުން ޙުސާން މޯޅިއަކަށް ދެމީލިއެވެ. އަދި ބުނެލިއެވެ. ” ހަމަ ލޮޑު ކަމުން” ޙުސާން އެހެން ބުނުމުން ޖެނީ އެހެން ދޯ އޭ ބުނެލި އެވެ. ” މި ޝިފާ މީ ވަރަށް މޮޅު މީހެއް އިނގޭ….މަށާ ޖެނީ އާ ދެމީހުން އެއޮއް ކްރިޓިކަލް ސިޗުވޭށަން ގަ ތިއްބާ އަވަހަށް ދިޔައީ ދޯ ޖެން” އައިލީން އެހެން ބުނުމުން ޝިފާ ބުނެލިއެވެ. ” މަ ދިޔައީ ޙުސާންބެ ގޮވާލުމުން” ޝިފާ ޙުސާންބެ އޭ ބުނުމުން އައިލީން ވަގުތުން އަނގަ ބަންދު ވި އެވެ. އިތުރު އެއްޗެއް ބުނާން ނޭނގުމުން އައިލީން ސޯފާ އިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ” އަހަރުން މިތާ ހުނާނެ ބޭނުމެއް ނެތް ދެން ދޯ ޝިފް” ޖެނީ ވެސް ސޯފާ އިން ތެދުވަމުން ޝިފާ އަށް ދޯ ދެމުން ގޮސް އައިލީން ގެ ކޮޓަރިއަށް ވަނެވެ. ޝިފާ ވެސް އަވަހަށް ޖެނީ އާއި އެއްބައި ވެލަމުން ބުނެލިއެވެ. އަދި ގޮސް އައިލީން ގެ ކޮޓަރިއަށް ވަނެވެ. އެ ތިން އަންހެން ކުދިން ދިޔުމުން ޙުސާން އަމާން ކައިރީ އަހާލިއެވެ. ” އޭ އާން ކައެ ކޮއްކޮ މަ ދެކެއް ހިތްހަމަ ނުޖެހިފަތަ އެ ހުރީ؟ ”  ޙުސާން ކަންބޮޑުވެފައި ހުރެ އެހެން އެހުމުން ހައިޒަލް އަށް ވީ މަޖާކަމަކަށް ށެވެ. ” އަހަހަހަހަހަހަހަހަހަހަހަހަ” ހައިޒަލް ހޭން ފެށުމުން ޙުސާން ބުނެލިއެވެ. ” މާ ވަރަކަށް ތި ހެނީ ކީއްވެ” އަމާން ވެސް ހައިޒަލް އާއި ދިމާއަށް ސުވާލެއްގެ ނަޒަރުން ބަލައިގެން އިނުމުން ހައިޒަލް ހުނުން މަޑު ކޮއްލުމަށްފަހު ބުނެލިއެވެ. ” ޙުސާންބެ ޝަކުވާ ކޮއްލި ގޮތުން ހީވަނީ އަމިއްލަ އަނބިކަނބަލުން ވާހަކަ ނުދައްކައިގެން އުޅޭހެން” ހައިޒަލް އެހެން ބުނުމާއެކު އަމާން ވެސް ހޭން ފެށިއެވެ. ޙުސާން އަށް ކުރެވުނު ހާވެސް ކަމަކީ ބޯކަހާލުމެވެ. 

★–ނުނިމޭ–★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 1

Next

އަބަދަށް އެކުގައި 27

Next
June 29, 2022

އަބަދަށް އެކުގައި 27

Previews
June 27, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 1

One Comment

  1. ✨ IFAA ✨ #if@@ says:
    June 30, 2022 at 9:04 pm

    wow haadha reehcheyy curiously waiting for the next part

Comments are closed.

Next Episodeއެދުވަހު ލޯބިން 2←


All Right Reserved!