*ކުއްލިއަކަށް އެ މީހާ އަޑުނެތްތަނަށް ހަޅޭލައްވައި ގަތުމުން އަމާން ހީކުރީ އެ މީހާ ވެއްޓެން ދިޔަ ކަމަށްށެވެ. އެހެންކަމުން އެ މީހާގެ އަތުގަ ހިފާ ދަމާލިއެވެ. އެއާއެކު އެ މީހާ ލުވިފަތެއްހެން އައިސް ޖެހުނީ އަމާންގެ މޭމަތީގައެވެ. * ” އާރ ޔޫ އޯކޭ؟ ” އަމާން އަވަހަށް އެމީހާ މޫނަށް ބަލައިލަމުން އަހާލިއެވެ. އެއާއެކު ލާން އުޅުނު ނޭވާ ވެސް ހުއްޓުނު ފަދައެވެ. ލޯމަރާ ފިއްތާބާރުކޮށްގެން ހުރި ޖެނީ ފެނި ހިތުގެ ވިންދު އަވަސް […]
ދުވަސް ތައް އޭގެ ހާލުވި ކަމާއެކު ފާއިތު ވަމުން ދިޔައިރު ޝިފާ އާއި ހައިޒަލްގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ހައިޒަލްގެ ދުވަސް މިހާރު ޝިފާގެ ގުޑް މޯރްނިން އާއި ނުލާ ފުރިހަމައެއް ނުވާނެއެވެ. އަދި ހަމަ އެގޮތަށް ޝިފާ ގެ ފަރާތުން ރޭގަނޑުގެ ތަހުނިޔާ ނުލިބިއްޖެނަަމަ އެރެއެއްގެ ނިދި އެއްކޮށް ހައިޒަލް އާއި ރުޅި ވާނެއެވެ. ނަމަވެސް މި ގުޅުމަކީ އައިލީން، ޖެނީ ، ޙުސާން އަދި އަމާން އަށް ސިއްރު ކުރެވިފައި ވާ ގުޅުމެކެވެ. […]
*” ބޭނުން ތަ އެނގެން އެއީ ކާކު ކަން؟ ” ހައިޒަލް ޝިފާ އަށް ވީ ގޮތް ފެނި ހިނިއަންނަގޮތްވިއެވެ. އެހެންނަމަވެސް އެ ހިނިގަނޑު ބަނޑަށް ހިނދާލަމުން ސީރިއަސް ގޮތަކަށް އަހާލިއެވެ. * ހައިޒަލްގެ ސުވަލާއެކު ޝިފާ ކޮޅަށް ތެދުވިއެވެ. ހިތަށް އިތުރަށް ކެތްނުވުމުންނެވެ. ” ހި… ހިނގާ ދަމާ ނޫނީ ގަޑި ޖެހިދާނެ ” ޝިފާ މިހެން ބުނަމުން ދާނ ހިނގައިގަތެވެ. ހައިޒަލްއަށްޓަކައި އުފާ ވިއެވެ. ނަމަވެސް ދެރައީ އެ އުފާވެރިކަމުގެ ސަބަބު ޝިފާއަށް […]
ތިން ދުވަސް ފާއިތު ވެގެން ދިޔައެވެ. މިތިން ދުވަހުގެ ތެރެއިން އެންމެންގެ ހަޔާތަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސް ފައެވެ. އައިލީންގެ ދުވަސްތައް ހޭދަ ވަމުން ދިޔައީ ހިތާމައިގައެވެ. އެ ހިތާމަތަކަށް ކުޑަވެސް ލުއްވެއްލިބެނީ ރަޙުމަތްތެރިންނާއެކު ވަގުތުހޭދަ ކުރުމުންނެވެ. ހައިޒަލް އާއި ޝިފާގެ ދެމެދުގަވަނީ ކީއްކަމެއް ހުދުއެދެމީހުނަކަށް ވެސް ނޭނގެއެވެ. އާމުކޮށް ޖެނީ އާއި އައިލީން އާއެކު ވަގުތުހޭދަކުރާ ހައިޒަލް އާއި ޝިފާ މިހާރު ގިނަވަގުތު ހޭދަކުރަނީ އެކަކުއަނެކަކާ އެކުގައެވެ. ގިނައިން ފޯނުން ގުޅައިގެން […]
ގޭތެރެ ސާފުކުރުމުގަ އުޅުނު ޖެނީއަށް އެހީތެރިވަމުން ޝިފާ ވެސް ދިޔައެވެ. އެކިތަންތަނަށް އުކާފައިހުރި ޗިޕްސްޕެކެޓް އާއި ކޯކުފުޅިގެ އިތުރުން އެކްސްއެލް ދަޅުތައް ނަގަމުންދިޔަ ޖެނީ ދިޔައީ ހައިޒަލްއަށް ކުދިކިޔަމުންނެވެ. ” މަ ހަމަ ހިތަށް އެބަ އަރާ މި ހައިޒަލް އިންނަ މަންޖެ އަކީ ހާދަހާ ވާ ކެއް ގަދަ މީހަކަށް ވާނެއޭ ” ސިޓިންރޫމްގަ ހުރި ވެލިތައް ފޮޅަމުން ޖެނީ ބުނެލިއެވެ.” އޭ ޝިފް ހާދަ މަޑަކުން ތި ހުންނަނީ…އަނެއްކާ ކަމެއް ވީތަ ” […]
އާ ދުވަހަކަށް އިރު އެރި އިރު އެކި މީހުން ގެ ހަޔާތުގައި ވަނީ އެކި ކުލަ ޖެހިފައެވެ. އެއްބައި މީހުން ގެ ހަޔާތަށް ބަހާރު މޫސުން އައިސްފައި ވާއިރު އަނެއް ބަޔަކު ގެ ދިރިއުޅުން ވަނީ ހިތާމައިގެ ފުން ކަނޑެއް ތެރޭގަ އެވެ. ނަމަވެސް މި ބަދަލުވަމުން އަންނަ ދުނިޔެ ހެން އެ މީހުން ތަކުގެ ހަޔާތް ވެސް އެއްގޮތަކަށް ނޯންނާނެ އެއް ނޫން ހެއްޔެވެ. ދުވަހަކީ ހޮނިހިރު ދުވަހެވެ. ހައިޒަލް އޮތީ ކޮޓަރީގައި ހުރި […]
*” ޖެން ، ޝިފް އަހަރެންނަށް ލޯބި ވެވިއްޖެ ” އައިލީން މިހެން ބުނަމުން ޖެނީ އާއި ޝިފާ ގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ޖެނީ އާއި ޝިފާ ތިބީ ޖެހި ބުދެއް ހެން އައިލީން ގެ މޫނަށް ބަލައިގެން ނެވެ. “ގާއިސް އެއްޗެކޭ ބުނެބަލަ” އައިލީން ޖެނީ އާއި ޝިފާ ގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. އެއާއެކު ޖެނީ އާއި ޝިފާ އެއްފަހަރާ ” ވަޓް ދަ އެކްޗުއެލްލްލްލް!!!!!!” އޭ ބުނެލި އެވެ. * […]
އެވަގުތުގައި ޖެނީ އެތާ ހުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ބުނަމުން ޙުސާން ހައިޒަލް ކައިރީ ޖެނީ ހިފައިގެން ދިޔުމަށް ބުނެލިއެވެ. އެއާއެކު ހައިޒަލް ބޯޖަހާލަމުން ޖެނީ ހިފައިގެން އެތަނުން ދިޔައެވެ. ހައިޒަލް ޖެނީ ހިފައިގެން ދިޔައީ ޖެނީ ގެ ބޮޑުދައިތަ (ޙަލީމާ) މެން ގެއަށް ށެވެ. އެގޭ ދޮރުއަށިން އެތެރެއަށް ވަތް އިރު ބޭރުގައި ރަތް މެރޫން ކުލައިގެ ހެދުން އަޅާ ފޮއްޓެއް އޮތެވެ. އަދި އެފޮށީ ކައިރީގައި ޖެނީ ގެ ހެދުން ތަށް […]
*ގަޑީރެއް ވަންދެން ސަކަރާތް ޖެހުމަށްފަހު ޖެނީ ބަދިގެއަށް ކެއްކުމުގައި އެހީތެރި ވާން ދިޔައެވެ. ޖެނީ ކުކުޅު ހަނާ ކުރުމަށް ފަހު އަވަސް ވެގަތީ ގެއަށް ދިޔުމަށްށެވެ. އެއީ އޭނަގެ މަންމަ އޭނަގެ އިންތިޒާރުގައި ހުންނާނެ ކަން އެނގޭ ތީ އެވެ. އެހެން ކަމުން ޖެނީ އަތްމަތި އަވަސް ކޮއްލުމަށްފަހު އަވަހަށް ބަދިގެއިން ނިކުތެވެ. އެއާއެކު ޖެހުނީ ބަދިގެއަށް ވަންނަން އައި އަމާން ގެ ގައިގަ އެވެ. ” ސޮރީ އަމާން ބޭ” ޖެނީ އަވަހަށް މާފަށް އެ […]