ކިޔާން ތާރާއަށް ބަލަހައްޓައިގެން އިނެވެ. “ސޮރީ.” އަދި އެހެން ބުނެލިއެވެ. ތާރާ ބޯ ޖަހާލަމުން ތެދުވިއެވެ. އޭނާ ކިޔާނަށް ފަސް އެނބުރުނެވެ. “ވައި ވާ ޔޫ ސޯ ކައިންޑް ޓު މީ ދެންމެ؟ ޑޯންޓް ޔޫ ހޭޓް މީ؟”

“އައި ޑޯންޓް. އައި ޑޯންޓް ނޯ ވައި އައި ހެލްޕްޑް ޔޫ. އައި ޑިޑްންޓް މީން ޓު ގިވް ޔޫ އެނީ ފޭލްސް ހޯޕް.” ކިޔާން ބުނި އަޑު އިވުނެވެ. ތާރާ ދެލޯ މަރާލިއެވެ. ދުވަހަކުވެސް ކިޔާންގެ ހިތް ދެނެއް ބަދަލެއް ނުވާނެއެވެ. ދެނެއް ނުވާނެއެވެ. އެއް ޒަމާނެއްގައި ތާރާ ދެކެ ލޯބި ވިޔަސް ދެނެއް ނުވާނެއެވެ.

“އައި ތިންކް އިޓްސް ޓައިމް ވީ ޕުޓް އަވާ ޕާސްޓް ބިހައިންޑް އަސް. އެން ސްޓާޓް އެ ނިއު އޭޒް ފްރެންޑްސް. ޖަސްޓް ފްރެންޑްސް.” ކިޔާން ބުންޏެވެ.

“ބަޓް އައި ކާންޓް. އައި ކާންޓް.” ތާރާ ކިޔާނާއި ދިމާއަށް އެނބުރުނެވެ. އޭނާއަށް އެ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް ހުދު އޭނާ އަކަށް ވެސް ނޭނގުނެވެ.

“ތިބުނީ؟” ކިޔާން ސުވާލު ކުރިއެވެ. “އައި ކާންޓް ބީ ފްރެންޑްސް ވިތު ޔޫ. އައި ޑޯންޓް ކެއަ އިފް ޔޫ ގެޓް އެންގްރީ. ބަޓް އައިމް ޓެލިން ޔޫ ދިސް. އައި ސްޓިލް ލަވް ޔޫ. އެހެންވެ އަހަންނަކަށް ކިޔާންގެ އެކުވެރިއަކަށް ނުވެވޭނެ.” ތާރާ ބަލައިލީ ސީދާ ކިޔާންގެ ލޮލަށެވެ.

“އެކަމަކު އަހަރެމެންނަކަށް އެކަހަލަ ރިލޭޝަންޝިޕެއް ނުބޭއްވޭނެ. ޔޫ ނޯ ވައި. އައި ޑޯންޓް ވޯންޓް އަބަދު މިހެން އުޅޭކަށެއް. ތާރާ އާއި ދިމާއަށް މަލާމާތް ކޮށްފަ އުޅޭކަށް ބޭނުމެއް ނޫން. އެހެންވއ މިބުނީ އެކުވެރިންނަށް ވާން.” ކިޔާން ވެސް ބަލައިލީ ތާރާގެ ލޮލަށެވެ. “ކިޔާނަށް ފަސޭހަ ވިޔަސް އަހަރެންނަކަށް ނުވާނެ. އެއީ ސަބަބަކީ އަހަރެމެން ބްރެކްއަޕް ވީ ޙަޤީގަތް ނޭނގި ހުރެ.” ތާރާ ދެން ވެސް ބުންޏެވެ.

“ތާރާ. އައި ޑޯންޓް ވޯންޓް ޓު ޓޯކް އެބައުޓް ދިސް.” ކިޔާން ރުޅިއަންނަން ފެށިއެވެ. މާޒީގެ އެ ހިތި ހަނދާންތައް ހަނދާން ކުރަން ބޭނުން ނުވާތީއެވެ.

“ބަޓް އައި ޑޫ. އަހަރެން މިހާރު ފަށައިފިން ޙަޤީގަތް އެންމެންގެ ކުރިމައްޗަށް ގެންނަން. އެކަމަށް ދުވަސް ނަގާނެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ވާނެ. އެއަށްފަހު ގަބޫލު ކުރި މީހަކު ގަބޫލު ކުރީ. ނުކުރާ މީހަކު ނުކުރީ. އެއީ އަހަރެންގެ މައްސަލައެއް ނޫން. ކިޔާން ގަބޫލު ނުކުރުމަކުން ވެސް އަހަރެންގެ ހިތުގައި ކިޔާނަކަށް އެއްވެސް ނަފްރަތެއް ނޯންނާނެ.” އެހެން ބުނެފައި ތާރާ އެތަނުން ނިކުތެވެ.

އޭނާ ކޮޓަރިއަށް ދިޔައިރު ޒީނާ އިނީ ޒާޔާ ނިންދަވާށެވެ. “ޒާއްކޮ ނިންދަވާލީ އެނގޭ. މާގަދައަށް ރޯތީވެ އެހެންވެ.” ޒީނާ ބުންޏެވެ. ތާރާ ބޯ ޖަހާލިއެވެ. “އެބަ އަންނަން.” އެހެން ބުނެފައި ތާރާ ހެދުން ހިފައިގެން ވަނީ ފާޚާނާ އަށެވެ. އެވަގުތު އޭނާގެ ފޯނަށް އައީ ކޯލެކެވެ.

 

“ނާއިލް އެން ދީމާ ފިލައިފި.” އިވުނީ އެލެކްސްގެ އަޑެވެ.

 

……………

 

ތާރާ ދިޔުމުން ވެސް ކިޔާން ގޮނޑީގައި އިން ގޮތަށް އިނީއެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ތާރާ ދެއްކި ވާހަކަތަކެވެ. ޙަޤީޤަތުގައި ވެސް ތާރާގއ ކުށެއް ނެތީ ބާވައެވެ. ތާރާ އޭގެ ޙަޤީގަތް ހޯދަނީއޭ އެބުނީ ކީކޭ ހެއްޔެވެ؟ އޭނާ ޕޮލިސް ސްޓޭޝަނަށް އެދަނީ އެހެންވެ ހެއްޔެވެ؟ ނާއިލް ބިޑި އަޅުވައިގެން އެ ގެންދިޔައީ އެހެންވެ ހެއްޔެވެ؟

 

……………

=-=-=-=-=-=-=-=-=

 

“ނާޔާ. އަހަރެންގެ މަންމަމެންނާ އެއްކޮށް ސައިބޯން ދާން ޖެހޭ އެބަ ހަވީރު 4 ގަ. މީ މަންމަ ދިން އެއްޗެއް. ތައްޔާރު ވާތި.” ހާދިން ނާޔާގެ އަތަށް ޕާރުސަލެއް ދީފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނާޔާ ވެސް އެ ޕާރުސަލް ހިފައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީގައި އިށީންނަމުން އެ ޕާރުސަލް ކަނޑާލިއެވެ. ޕާރުސަލް ތެރޭގައި އޮތީ ރީތި ހެދުމެކެވެ. ބިސް ކުލައިގެ އަތް ދިގު މެކްސީ އެކެވެ. އެއާއެއްކޮށް ކަންފަތުގައި ލާ މުއްޖަކާއި، ފަށެއް ވެސް އިނެވެ. ނާޔާ އޭތި ބޭންދީ ޑްރެސިން ޓޭބަލް މަތީގައެވެ.

 

އޭނާ ހާދިނާއި ކައިވެނި ކޮށްގެން އުޅޭތާ އަދިމިވީ އެންމެ ހަފްތާއެކެވެ. އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހާދިންގެ އުޅުން ނާޔާއަށް ދެނެގަނެވުނެވެ. ހާދިން ގަވާއިދުން ގަނޑި ނުޖެހި އޭނާގެ ވަޒީފާއަށް ދެއެވެ. ނަމަވެސް އައިސް އަބަދު އުޅޭނީ ކޮޓަރީގައެވެ. ރޭގަނޑު ދަން ވުމުން ގެއިން ނުކުމެގެން ދާނެއެވެ. އަނބުރާ އަންނަނީ ކިހާ އިރަކު ކަމެއް ނާޔާއަކަށް ނޭނގެއެވެ.

ފުރަތަމަ ދުވަހު ހެނދުނު ސައި ހަދާފައި ގޮވާ ގޮވާ ދޮރު ނުހުޅުވާ ތާނގައި އަޑެއް ބަޑެއް ވެސް ނީވުނެވެ. އޭގެ ފަހުން އައި ދެދުވަހު ވެސް ކަންތައް ބީ އެހެނެވެ. 5 ވަނަ ދުވަހު ހާދިން ހިތްހަމަ ނުޖެހިފައި އެ ގަޑީގަ އޭނާއަށް އުނދަގޫ ނުކުރުމަށް ބުންޏެވެ. ދެން އޭނާ ދޮރު ހުޅުވާނީ މެންދުރު ވުމުންނެވެ. އޭރަށް ޖެހޭނީ މެންދުރަށް ކައްކާފައި ބަހައްޓާށެވެ. އެހެން ނޫނީ ރުޅި އަންނާނެއެވެ.

މެންދުރު ކައިގެން އޭނާ ދާ ގޮތަށް ދާނީ އޮފީހަށެވެ. އޮފީސް ނިމިގެން އަންނާނީ 3 ޖަހާއިރެވެ. އެއަށްފަހު އަންނަ ގޮތަށް ސައިބޮއިގެން އަނެއްކާވެސް ވަންނާނީ ކޮޓަރިއަށެވެ.

މީގެ އިތުރުން ހާދިން އަކީ ވަރަށް ރުޅިގަދަ މީހެއްކަން ވެސް ނާޔާއަށް އެނގި ހުންނަނީ ކުޑަކޮށް ބިރުގެންފައެވެ.

 

………….

“މާޝާﷲ. ދެކުދިން ވެސް ވަރަށް ވަރަށް ލޯބި. ވަރަށް ގުޅޭ.” ނާޔާ އާއި ހާދިން އެމީހުން ގާތު އިށީނުމުން ހާދިންގެ މަންމަ ހާމިދާ ބުންޏެވެ. ނާޔާ އިސްދަށަށް ޖަހާލީ ލަދުންނެވެ.

އެންމެން އެކި ވާހަކަތައް ދައްކައި ސަކަރާތް ޖަހަމުން ކެއުމާއިގެން ކުރިއަށް ދިޔައެވެ. އެ ހުރިހާ އިރެއްގައިވެސް ހާދިންގެ ލޯ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތީގައި އިން އޭނާގެ ބޮޑުދައިތަގެ ދަރި މާޝާގެ މޫނަށެވެ. މާޝާ ވެސް ދޭތެރެ ދޭތެރެއިން ހާދިނަށް ބަލާލާނެއެވެ. އެކަން އެތާ ތިބި މީހުނަށް ފާހަގަ ނުވި ނަމަވެސް ނާޔާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ.

ކައި ނިމިގެން ވެސް އެންމެން ވާހަކަ ދައްކަން ތިއްބެވެ. ފަހަރަކު މީހަކު ދަމުން ގޮސް މާޝާ ވެސް ދިޔުމުން ހާދިން ތެދުވިއެވެ. “ހިނގާ ދާން.” ނާޔާއަށް ހާދިން ބުންޏެވެ. އެހެންކަމުން ނާޔާ ތެދުވިއެވެ. “އަދި އެއްފަހަރު ވާނެ އެންމެން އެއްކޮށް ކެއުމެއް ބާއްވަން ދޯ؟ އެފަހަރު އަންނަން ވާނީ މަންމަމެން ގެއަށް އިނގޭ؟ ދެން ދޭ ދެކުދިން އަވަހަށް ގެއަށް.” ހާމިދާ ނާޔާ އާއި ހާދިންގެ ބޮލުގައި ފިރުމައިލިއެވެ.

ދެމީހުން އެއްކޮށް ސައިކަލަށް އަރައިގެން ގެއަށް ދިޔައެވެ. “އަމްމް.. ގެއަށް ތަރުކާރީ ކޮޅެއް ގަންނަން އެބަ ޖެހޭ.” ގޭދޮށުގައި ސައިކަލް ޕާކު ކުރުމުން ނާޔާ މަޑުމަޑުން ބުންޏެވެ. “ހުމްމް. ހިނގާ.” ހާދިން މާދުރުނޫން ފިހާރައަކާއި ދިމާއަށް ހިނގައިގަތުމުން ނާޔާ ވެސް ފަހަތުން ދިޔައެވެ.

 

ބޭނުންވާ ފަހަރަކު އެއްޗެއް ގަންނެ ނިމުމުން ކައުންޓަރު ދޮށަށް ދާން ނާޔާ ހިނގައިގަތެވެ. އޭރު ހާދިން ހުރީ ކައުންޓަރު ކައިރީގައި މަޑުކޮށްގެން ފޯނު ކޯލެއްގައެވެ. އެއްލި ކަޅިއަކުން ނާޔާއަށް ފެނުނު މީހަކުން އޭނާއަށް ހުރި ފިޔަވަޅު މައްޗަށް ހުއްޓެވުނެވެ.

ދެލޯ ބޮޑުކޮށްލާފައި ބަލަހައްޓައިގެން ހުރެވުނީއެވެ. މަޑު ނޫ ކުލައިގެ ގަމީހަކާއި ހުދު ކުލައިގެ ޖިންސެއް ލައިގެން، ކޮނޑުގައި ދަބަހެއް އަޅުވައިގެން ލޮލުގައި އަވި އައިނެއް އަޅައިގެން އަންހެން ސެންޓު ފުޅިތައް ކައިރީގައި އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ ހިތުގެ ވިންދެވެ. އޭނާގެ ހިތުގެ އަނެއް ފަޅިއެވެ. އާއެކެވެ. އޭނާގެ އަކުރަމެވެ. އޭނާ ހުރީ ކޯލެއްގައެވެ.

“އަޅެ ދެން ދޮންތާ. އަޅުގަނޑަކަށް ނޭނގޭ ތިކިޔާ ސެންޓު ފުޅިއެއް… ފައިން ފައިން. ވަޓްއެވާ. ބާއި.” އަކުރަމް ފޯނު ބޭއްވިއެވެ. “ކޮބާތަ އެކިޔާ ސެންޓު ފުޅި އަކީ؟ ގުޑް ގާލް ގުޑް ގާލް ގުޑް ގާލް…” އަކުރަމް ގުޑް ގާލް ސެންޓު ފުޅި ހޯދަމުން ޗުސްތަޅަމުން ދިޔައެވެ. އެވަގުތު އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުނެވެ. “އެކްސްކިއުޒް. މިތަނުން ގުޑް ގާލް އޭ ކިޔާ ސެންޓު ފުޅި ދައްކާ ދެވިދާނެތަ؟” އޭނާ ހީކުރީ އެކުއްޖާ އެއީ ސޭލްސް ކުއްޖެއް ކަމަށެވެ. ނަމަވެސް އޭނާއަށް އެކުއްޖާގެ މޫނު ފެނުނު ވަގުތު އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ.

 

“ނާ؟.. ނާޔާ؟” އަކުރަމަށް އަހާލެވުނެވެ. ނާޔާއަށް ހޭވަރިކަން ވީ ދެނެވެ. އަވަސް އަވަހަށް އެތަނުން ދާން އުޅުނެވެ. ނަމަވެސް އަކުރަމް އެއަށްވުރެ ހުޝިޔާރެވެ. ނާޔާގެ އަތުގައި ހިފާ އޭނާގެ ގާތަށް ދަމާލިއެވެ.

“ނާ؟ ދިސް ރިއަލީ އިޒް ޔޫ. ކޮންތާކު މިއޮށް ހުރިހާ ދުވަހު ތިއުޅުނީ؟ އެނގޭތަ އަހަރެން ނާ ހޯދި ވަރު؟ އަހަރެން ހާދަ ދެރަވިއޭ އަންގާވެސް ނުލާ ގޭ ބަދަލު ވީމަ.” އަކުރަމް އެއްފައްޗަކަށް އަމުނާލިއެވެ. ނާޔާ އަކުރަމްގެ ކިބައިން މިންޖުވެވޭތޯ މަސައްކަތް ކުރިއެވެ. “އަކު.. އަކުރަމް. އަހަރެން އަތުން ދޫކޮށްލަބަ. ޕްލީޒް. ދޫކޮށްބަ.”

“ނާ. ކީއްވެ އަހަރެންނަށް ފެނުނީމަ ފިލަން ދެންމެ އުޅުނީ؟ ޑިޑް އައި ޑޫ ސަމްތިން ރޯންގް؟ ނާ ބުނީމަ ދޯ އެނގޭނީ ވެސް.”

“އަކުރަމް ދޫކޮށްބަ. ޕްލީޒް. ހެޔޮނުވާނެ.”

“ނާ. އައި އޭމް ލީވިން އިރުކޮޅަކުން. އައި ނީޑް ޓު އާސްކް ޔޫ ސަމްތިން ބިފޯ އައި ލީވް.” އަކުރަމް ނާޔާގެ ލޮލަަށް ބަލައިލިއެވެ.

“އަކު..” “ނާ، އައި ލަވް ޔޫ. ވިލް ޔޫ ބީ މައިން؟”

“އަކު..”

 

“ސަލާމަތުން ތި ދާތާކަށް ދާން ބޭނުމިއްޔާ އޭނާގެ އަތުން ދޫކުރޭ! މިހާރު!” އިވުނީ ހާދިންގެ އަޑެވެ. ސިއްސައިގެން ދިޔަ ވަރުން ތެޅިގަނެފައި ކަހަލަ ގޮތަކަށް ނާޔާ އަކުރަމްގެ އަތް ފޮޅުވާލަމުން އަކުރަމާއި ދުރަށް ޖެހުނެވެ. އަދި ގޮސް ހާދިންގެ ފަހަތުގައި ހުއްޓުނެވެ.

“ނާ؟” އަކުރަމް ހައިރާންވެފައި ގޮވާލިއެވެ.

 

“ޑޯންޓް ސްޕީކް ޓު މައި ވައިފް.” ހާދިން ބުންޏެވެ. އޭރު އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. މީހާ ތުރުތުރު އަޅަމުން ދިޔައިރު، ދެލޯ އުނގުރު އަލިފާން ހާ ރަތެވެ.

“ވަޓް؟” އަކުރަމްގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ބަލައިލެވުނީ އިސްޖަހާލައިގެން ހުރި ނާޔާއަށެވެ. “ޔޫ ގޮޓް… މެރީޑް؟”

“ޔެސް ޝީ ޑިޑް.” އެހެން ބުނެފައި ހާދިން ނާޔާގެ އަތުގައި ހިފިއެވެ. އަދި ފިހާރައިން ނުކުންނަން ހިނގައިގަތެވެ. ނާޔާ ގަތް އެއްޗެހިތައް ވެސް ބަހައްޓާފައެވެ.

 

……………

 

ގެއަށް ވަން ގޮތަށް ހާދިން ނާޔާ ހުރާލިއެވެ. “ހަޔާތް ކުޑަކަން ބައިލަ! އަހަންނާ ކައިވެނި ކޮށްގެން ހުރެ އެހެންމީހުން ކައިރިއަށް ބަޑި ތަޅުވާށޭ ދުވަނީ!” ހާދިން އައޖި ރުޅީގައި ނާޔާގެ ކޯތާފަތް މައްޗަށް އެތިވަރެއް އަރުވާލިއެވެ. އެހާ ބާރަށް ނާޔާގެ މޫނުމަތީގައި ޖެހުމުން ނާޔާ ބިންމައްޗަށް ވެއްޓުނެވެ. ކޮލުގައި އަތް އަޅައިގެން ހުރެ ނާޔާ ހާދިނަށް ބަލައިލީ އެ ދެލޯ ކަރުނުން ފުރި ބަންޑުން ވާ ހާލުއެވެ.

“ބަލަ ކަލޭ މީހަކާ އިނދެގެނޭ ތިހިރީ! އެވަރު ވެސް ނުވިސްނެނީތަ؟! އަދި އެހެން މީހުން ކުރިމަތީ މާ ރަނގަޅު މީހަކަށް ވެގެން އެބަ އުޅެއެއްނު.”

ކައިވެނި ކުރިތާ 14 ދުވަސް ނުވަނީސް ނާޔާއަށް އޭނާގެ ފިރިމީހާގެ އަސްލު ސިފަ ފެނުނެވެ. އޭނާގެ މާޒީ އަލުން ހުޅުވިގެން ދިޔަ ކަހަލައެވެ. އާއެކެވެ. އޭނާގެ މާޒީގެ ދެވަނަ ބާބެއް ފެށުނީއެވެ.

 

-=-=-=-=-=-=-=-=-

3 މަސް ފަސް

“އެހެމް އެހެމް.. ސަނީ ބަނީ ކޮން ހިޔާލެއްގެ ތި އިންނަނީ؟ މިއަދު ހަތަރުދަމު ޑޭ ޑްރީމް ކުރަނީ ދޯ؟ ކާކު ބާ އެ ލަކީ ބޯއި އަކީ؟” ތާރާ ސަނަމްގެ ކޮނޑުގައި ޖަހާލިއެވެ. ސަނަމް ސިއްސައިގެން ދިޔައެވެ. ނަމަވެސް ނުވާކަމަކަށް ހަދާލިއެވެ. “ހަހް؟ އަހަރެން ނޫޅެން މީހަކާ ހެދި. ޗި!” އޭނާ މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. “އެން އައިމް ނޮޓް ޑޭ ޑްރީމިން.”

“އޮހް ޔާ؟ ދެން ކޮން ހާ ގޫ ގޫ އައިޒް އެއް ތިހަދަނީ؟” ވީރާ އައިސް ސަނަމް ގާތު އިށީނދެލިއެވެ. “އައި ވޯޒް ނޯޓް މޭކިން ގޫ ގޫ އައިޒްޒްޒް!” ސަނަމް ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭނާގެ މޫނުމަތި އޭރު ހުރީ ރަތްވެފައެވެ.

“އޯވްވްންން. ލުކް. ސަނީ އިޒް ބްލަޝިން!” އީމާން ހަޅޭއްލަވައިގަތެވެ. “އޭތްތްތް! އައިމް ނޮޓް ބްލަޝިން ޔޫ އޭ*ހޯލް!” ސަނަމް ދެލޯ އަޅާލިއެވެ. “ޝީ ވޮޒްންޓް.” ކައިލާން ބުންޏެވެ. “ސީ؟ ކައި އިޒް މައި ފޭވްރިޓް ނައު.” ސަނަމް ފޮނިވެލިއެވެ.

“ޝީ ވޮޒްންޓް ބްލަޝިން. އިންސްޓެޑް އޮފް ބްލަޝިން ޝީ ޗޭންޖްޑް ޓު އެ ބީޓްރޫޓް!” ކައިލާން ހޭންފެށިއެވެ. “އޭމް އައި ސްޓިލް ޔޯ ފޭވް، ސަނީ؟”

“ނޯ ޔޫ އާންޓް! އައި ހޭޓް ޔޫ!” ސަނަމް ދެލޯ އަޅާލިއެވެ. “އެން ނޯ. އައކ ޑިޑްންޓް ޗޭންޖް ޓު އެ ބީޓްރޫޓް.”

“ޝުއާ ޔޫ ޑިޑްންޓް.” ސަމާ މަލާމާތް ކޮށްލިއެވެ. “އެވްރީވަން ނޯސް ޔޫ ވާ ބްލަޝިން!” ޔުކްތާ ޔޫކަންގެ ކޮލުގައި އަތް ޖައްސާލަމުން ބުންޏެވެ. “ހާހާ. ވެރީ ފަނީ. ލެޓްސް ވޯޓް.” ސަނަމް އެއް މިޔަކަނުން ހީލިއެވެ.

“އެވްރީވަން ހޫ ސޭސް އައި ބްލަޝްޑް ހޭންޑްސް އަޕް. އެން ދޯޒް ހޫ ޑޯންޓް…” ސަނަމަށް އެ ޖުމްލަ ފުރިހަމަ ކުރަން ވެސް ނުޖެހުނެވެ. އެންމެން އަތް ނެގިއެވެ. ވާނުވާ ނޭނގުނު ނަމަވެސް އެހެން އެންމެން އަތް ނެގުމުން މަޖާ ވެފައި ކިޔާންގެ އަތުގައި އިން ޒާޔާވެސް އަތް މައްޗަށް ނެގިއެވެ. އެހެންކަމުން އޭނާ ތުންކޮޅު އޫކޮށްލިއެވެ. “އައި ހޭޓް ޔޫ އޯލް.”

“ޔޫ ލަވް މީ.” ތާރާ ބުންޏެވެ. “އައި ޑޯންޓް.” ސަނަމް ދެބަސްވިއެވެ. “ވަޓެވާ. ނައު ސްޕިލް ދި ބީންސް!” ތާރާ ދެލޯ ހަނިކޮށްލިއެވެ.

“ހުއް. ވަރަށް ފޫހިވޭ. އައި ހޭޓް ޔޫ. އެހެންވީމަ ނުކިޔާދޭނަން.” ސަނަމް ވެސް ދެލޯ ހަނިކޮށްލިއެވެ. “ހޫ ހޫ. އެހެންވީމާ މީހަކު އެބަހުރިތާ ސަނީގެ ހިތުގައި.” ކިޔާން ހޭންފެށިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ.

“އައި ހޭޓް ޔޫ!!!!!”

“ނަފްރަތަކީ ލޯބީގެ ފެށުން. ޔޫ ވިލް ލަވް މީ ސޫން. ހަހަހަ. ދެން އަވަހަށް ބުނޭ އެހެންވީމާ. ކާކު ތަ؟” ތާރާ ލާނެތް ހިނިތުންވުމަކާއެކު އަހާލިއެވެ. “އަމްމް.. މައި ކުރީގެ ބެސްޓް ފްރެންޑް. ހީ ޓެކްސްޓެޑް މީ. ހީ އާސްކްޑް މީ ޓު ބީ ހިޒް ޖީ އެފް. އެން އައި ސެއިޑް ޔެސް.” ސަނަމް މަޑުމަޑުން ބުނެލިއެވެ.

“އޯވްވްވްންންން. ސޯ ކިއުޓްޓްޓް.” އެންމެން އެއްފަހަރާ ބުނެލިއެވެ. “ސްޓޯޕް! ދިސް އިޒް ސޯ އެމްބެރޭސިން!” ސަނަމް މޫނުމަތީގައި އަތް އެޅިއެވެ. “ޝޯ މީ އޭނާގެ ފޮޓޯ! އަވަސް.” ތާރާ ސަނަމްގެ ބޮލުގައި ތަޅައިގަތެވެ. “ސާބަސް! ނުތަޅަ ބަލަ! ބީ ޕޭޝަންޓް، ވުމަން! އިޓްސް އެ ސަޕްރައިޒް އިހަށް. ވެން ދި ޓައިމް ކަމްސް ޔޫ ވިލް ނޯ.”

 

“އެނީވޭސް.. ކޮން ދުވަހަކުން ތާމެން ފުރަނީ؟” ޖައިލަމް އެއްސެވެ. “ހުމްމްމްމް. ނެކްސްޓް ވީކްގަ.” ތާރާ ޖަވާބު ދިނެވެ. “ކޮން އައިލެންޑް އަކަށް؟” އީކަން އެއްސެވެ. “ކުޅުދުއްފުށްޓަށް.” ވީރާ ބުންޏެވެ. “ކޫލް. އައި ވަނާ ގޯ ޓޫ. އެކަމަކު މެޑިކަލް ޓްރިޕެއް ވިއްޔަ ތީ. މޭ ބީ ނެކްސްޓް ޓައިމް އެންމެން އެއްކޮށް ދާނީ.” ކައިލާން ބުންޏެވެ. ތާރާ ބޯ ޖަހާލިއެވެ.

އެ ހުރިހާ އިރު ކިޔާން އިނީ ތާރާ އާއި ދިމާއަށް ބަލަހައްޓައިގެނެވެ. އޭނާގެ މޫނުމައްޗަށް ބަލާލުމުން ކޮންމެވެސް ކަމަކާމެދު ވަރަށް ފުންކޮށް ވިސްނާކަން އެނގޭނެއެވެ.

“ތާ. މަމް މި ކޮޅަށް އަންނަކަން އެނގޭ ދޯ ނެކްސްޓް ވީކްގަ؟” ކައިލާން އެއްސެވެ. “އައި ނޯ. ތާ ކުޅުދުއްފުށްޓަށް ދާނީ މަމްއާ މީޓް ކޮށްފަ.” ތާރާ ބުންޏެވެ.

❤️🖤❤️🖤

41

2 Comments

  1. ♕♕Princess♕♕

    May 31, 2021 at 7:18 pm

    Speech less😍😍😍😍😍😍

  2. Tinker bell

    June 1, 2021 at 8:52 am

    Speech less 😍😍😍😍😍😍😍😍😍…. Vrh Reethi mipartves… Waiting for the next part ☺️☺️☺️💖💖💖… When next sis

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!