އަންނަންދެން ހުންނާނަން ލޯބިން 44
“ހޯދަބަ އެކިޔާ އެއްޗެއް.” ތާރާ ބުންޏެވެ. “އޭނަ ރަތް ކުލައިގެ ޕެންޑްރައިވްގަ ހުންނާނެ.” ބާތިން ގޮވާލިއެވެ. ރީހަން ވެސް ގޮސް ތާރާމެން ގތަު ހުއްޓެލިއެވެ. ތާރާ އެ ޕެންޑްރައިވް ހޯދަލުމަށްފަހު އަވަސް އަވަހަށް އެލެކްސަށް ދިނެވެ. ވަގުތުން އެލެކްސް އޭނާގެ ލެޕްޓޮޕަށް އޭތި ޖެހުމަށްފަހު އޭގެ ފޯލްޑާތައް ހުޅުވާލިއެވެ. އޭގައި ބައިވަރު ފޯލްޑާތައް ހުއްޓެވެ. “ކޮން ފޯލްޑާއެއް؟” އެލެކްސް އެއްސެވެ. “267 ޖަހާފަ އިން ފޯލްޑާ.” ބާތިން ބުންޏެވެ.
ވަގުތުން އެ ފޯލްޑާ ހޯދިއެވެ. އެ ފޯލްޑާގައި ހުރީ ފޮޓޯ ތަކަކާއި ވީޑިއޯ ތަކެކެވެ. ތާރާގެ އެދުމަށް އެތަނުން ފޮޓޯއެއް އަޅުވާލިއެވެ. ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވިއެވެ. އަނގަމަތީގައި އަތް އަޅާލެވުނެވެ.
އެ ފޮޓޯގައި ބިންމަތީގައި ހޭނެތިފައި އޮތް ކުއްޖެއް އޮތެވެ. އުމުރުން ވާނީ ގާތްގަނޑަކަށް 14 އަހަރެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. މުށިކުލައިގެ ބުޅި އިސްތަށިގަނޑެއް ލިބިފައިވާ އެ ކުއްޖާގެ އަޅިކުލައިގެ ލޯ ނުފެނުނަސް އެއީ އޭނާގެ އެއްމާބަނޑު ދައްތަކަން ތާރާއަށް ނަގައިގަނެވުނެވެ. ދެލޮލުން ކަރުނަ ފޭދުނީ އެހެންވެއެވެ.
އެލެކްސް ފަހަރަކު ފޮޓޯއެއް ދައްކަމުން ދިޔައެވެ. އެއިން ކޮންމެ ފޮޓޯ އަކުން ތާރާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ސާރާއަށް ކޮށްފައިވާ އަނިޔާތައް ފެނިފައެވެ. ވަކި ހިސާބަކުން ވީޑިއޯތައް ފެށުނެވެ. އޭގައި އެމީހުން ސާރާއަށް އަނިޔާކުރާ މަންޒަރު ފެނުނެވެ. އެފަކީރުގެ އިއްފަތްތެރިކަން އެފަދަ ގޮތަކަށް ނަގާލަން ހެޔޮ ވާނެ ހެއްޔެވެ؟ 15 އަހަރުގެ އެ މައުސޫމް ރޮއެލަ ރޮއެލާ އޮތްއިރު އޮތީ ހެއްދެވި ގޮތަށެވެ. އެލެކްސް އާއި ރީހަން މޫނު އަނބުރާލީ އެހެންވެއެވެ.
ތާރާގަތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދިޔަ ގޮތަށް ގޮސް މާނިއުގެ މޫނުމަތީގައި ޖެހިއެވެ. ނުވިސްނައި ހުރުމުން މާނިއުގެ މޫނު އަނެއް ފަރާތަށް އެނބުރުނެވެ. އައި ރުޅީގައި ތާރާގެ ދުވަސް ދުއްވާލަން ހިތަށް އެރި ނަމަވެސް އޭނާ ހުރީ އަދިވެސް ހުރީ ބިޑި އަޅުވާފައެވެ.
“ކަލޭ! ހުރި ހަޔާތްކުޑަ ކަން ބައިލަ! އިންސާނިއްޔަތު ކަމެއް ވެސް ނެތީތަ؟ ބަލަ އޭރު އެއީ ކުޑަކުއްޖެކޭ! އަހަރެންގެ ދޮންތަގެ އުމުރުން އެންމެ 15 އަހަރުގަ ތިކަހަލަ ކަމެއް ކުރިއިރު ތި ހިތަށް އަސަރެއް ނުކުރޭތަ؟ އޭނ؟ އެނގޭތަ އެވަރު އުމުރެއްގަ އަންހެން ކުއްޖެއްގެ ހިތަށް ކުރާނެ އަސަރު؟ ގައިގަ އަޅާނެ ވޭން؟! ބަލަ މާތްﷲ ވޮޑިގެންވާކަމެއް ނޭނގޭތަ؟ އެކަހަލަ ނުބައި ނުލަފާ ފާޙިޝް ޢަމަލެއް ކުރާއިރު ބިރެއް ނުގަނޭތަ؟! އޭނ؟ ކަލޭއަށް އެނގޭތަ އެ ކުއްޖާ ރޯނެވަރު؟! އެ މޫނަށް ބަލައިފަ ނޭނގޭތަ ބިރުގަންފަ ހުރި ވަރު؟ އެއީ އަންހެން ކުއްޖެއްގެ ޙަޔާތުގަ އެންމެ ނާޒުކު ދުވަސްވަރު! އެކަމު އޭނާގެ އިއްފަތްތެރިކަމޭ ތި ފޭރިގަތީ! ހަޔާތްކުޑަ އިންސާނާ!” ތާރާ ހަޅޭއްލަވަމުން ދިޔައިރު އެ ދެލޮލުން ކަރުނަ އޮހޮރެއެވެ. “ރަޙުމްކުޑަ އިންސާނާ! އައި ހޯޕް ޔޫ ރޮޓް އިން ހެލް!”
“ކާމް ޑައުން.” ބާތިން ބުނި އަޑު އިވުނެވެ. “ކާމް ޑައުން؟! އެހެން ބުނަން ކަލޭއަށް ކެރޭތަ؟ ހަހް؟ ކޮބާ ސާރާ؟ ބުނޭ މީހާރު.” ތާރާ ބާތިން އާއި ދިމާއަށް އެނބުރުނެވެ.
“ނޭނގެ. މީގެ 5 އަހަރު ކުރިން އޭނާ ފިލައިފި. އަހަރެމެން އޭނާ ހޯދޭތޯ ބެލިން އެކަމަކު އެކަމެއް ނުވި.” ބާތިން ޖަވާބު ދިނެވެ. “މި ކިޔާދިނީ ޙަޤީގަތް. އެހެންވީމާ އަހަރެންގެ ޝަރުތު މި ބުނަނީ. އަހަރެން ދޫކޮށްލާ. ކަލޭ ދެން ހުރި އެންމެން ހައްޔަރު ކުރިޔަސް މަށަށް ނެތް މައްސަލައެއް. އަހަރެން އެކަނި ދޫކޮށްލާ.” ބާތިން އެއް މިޔަކަނުން ހީލިއެވެ. ދެން ތިބި އެންމެން ބާތިން އާއި ދިމާއަށް ބަލައިލީ ދެލޯ ބޮޑު ކޮށްލާފައެވެ. “ކަލޭ!”
“އައި ހޯޕް ޔޫ އޯލް ރޮޓް އިން ދި ޕްރިޒަން. ތިއިން ހުރިހާ އެންމެނަށް ވެސް ޙައްޤު އަދަބު ލިބޭނެ. އަހަރެން ކަލޭމެން ހޯދީ އަހަރެންގެ ޢާއިލާއަށް އިންސާފު ހޯދަދޭން. އެހެންވީމާ އެތަނުން އެކަކު ދިޔަ ދިނަސް އެއީ ޖަސްޓިސް އަކަށް ނުވާނެ. އެހެންވީމާ ތިއިން އެކަކު ވެސް ސަލާމަތެއް ނުވާނެ. ޔޫ ކޭން ޑްރޮޕް ދެޓް ސްމާކް ނައު، ބާތިން.” ތާރާ ކަރުނައިގެ ތެރެއިން އެއް މިޔަކަނުން ހީލިއެވެ.
“އަހަންނަށް އޭރު ވެސް ހީވިޔޭ މަންޖެ އަހަރެން ދުލެއް ނުކުރާނޭ. ހަހަހަ. އެހެންވެ ފުލް ޓްރުތެއް ނުކިޔާދިނީ ވެސް. ހަހަހާ.” ބާތިން ހޭން ފެށުމުން ތާރާ ގޮށްމުށްކަވާފައި އޭނާގެ އަނގަމަތީގައި ޖަހިއެވެ. ދެންވެސް ބާތިން ގާތަށް އައީ ހިންޏެވެ. އޭނާގެ އަނގައިން ލޭ އަންނަމުން ދިޔައިރު ވެސް ހެމުން ދިޔައެވެ. ހީވަނީ ހޭބުއްދި ފިލާފައި ވާ މީހެއް ހެނެވެ.
“ކިޔާދީ ޙަޤީޤަތް!” ތާރާ އަމުރު ކުރިއެވެ. “ނަހް. ހަހަހަހާ ހަހަހާ!” ބާތިން ހެމުން ދިޔައެވެ. “ކިޔާދޭށޭ!” ތާރާގެ ރުޅިގަނޑު ދިޔައީ އަލިފާންގަނޑެއްހެން ކެކެމުންނެވެ. “ނޮޕް. ހެހެހެ. މޮޔަ ކުއްޖާގަނޑު! ހާހާހާ! ހަހަހަހާ!” ބާތިންގެ ހުނުން މައިތިރިއެއް ނުވިއެވެ.
“ހީ އިޒް މެންޓަލް. އައި ޖަސްޓް ފައުންޑް ދި ބޭސްސިޓީ.” އެލެކްސް ތާރާއަށް ބޭސް ސިޓީ ދައްކާލިއެވެ.
.•. °°•.◕.°°°°.°••««:•°°.๑ஜ*:••°°•.«°•:°».
ކައިވެނި ކުރާ ހެދުމުގައި އިން ކުއްޖާގެ މޫނުމަތިން ހިނިތުންވުމުގެ މިންވަރެއް ވެސް ފެންނާކަށް ނެތެވެ. މޭކަޕްގެ އެހީގައި އެމޫނުމަތި ކިތަންމެ ފުރިހަމައަށް މިރޭ ހުއްޓަސް ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. އިސްޖަހާލައިގެން އިން އިރު އެ ދެލޮލަށް ބޮޑެތި ކަރުނަތައް ވަނީ ޖަމާވެފައެވެ. އޭނާގެ ކުރިމަތީގައި އިން އޭނާގެ ވާން އުޅޭ ފިރިމީހާއަށް އެންމެ ފަހަރަކު ވެސް އޭނާ ބަލައެއް ނުލައެވެ. އެކަން ކުރާނެ ހިތްވަރެއް އެ ފަކީރުގެ ކިބައިގައި ނެތެވެ.
“އަނބި ގަބޫލު ކޮށްފިން.” ހާދިން އަނގައިން އެ ބަސްތައް ބޭރުވުމާއިއެކު ނާޔާގެ އަތްފައި ފިނިވިއެވެ. ހިތުގެ ހިނގުން އަވަސް ވިއެވެ. ގައިގައި މަޑު ތުރު ތުރެއް އުފެދުނެވެ. އޭނާއަށް އޭނާގެ މިނިވަންކަން ގެއްލުނީކަން ވިސްނުމުންނެވެ. އޭނާއަކީ މިހާރު އެހެން މީހެއްގެ ޙައްޤެއްކަން އެނގުމުންނެވެ.
ފުރަތަމަ ފަހަރަށް ނާޔާ އިސް އުފުލާ ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި އިނީ 27 ވަރަކަށް އަހަރުގެ މީހެކެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.
ހާދިނަކީ ރީތި މީހެކެވެ. އަންހެން ކުދިންގއ ހިތްތައް ކަތިލާ ފަދަ ސިފަތައް ލިބިފައިވެއެވެ. ނަމަވެސް ނާޔަގެ ހިތެއް އެރީތި ކަމަކުން ނުގުޑާނެއެވެ. އެއީ ވަނެ ކަމެއް ނޫނެވެ.
އެރޭގެ ޕާޓީ ވަރަށް ވެސް ކުލަގަދައެވެ. ނާޔާ އާއި ގިނަ ބަޔަކާއި ބައްދަލު ވެސް ވިއެވެ. ހައްތަހާވެސް މުއްސަނދި މީހުންނެވެ.
ޕާޓީ ނިމުމުން ދެމީހުން ހާދިންގެ ގެއަށް ދިޔައީ ހާދިންގެ ކާރުގައެވެ. ގެއަށް ވަދެވުމުން ހާދިން ނާޔާއަށް ނާޔާގެ ކޮޓަރި ދެއްކިއެވެ. ދެމީހުން އުޅެނީ ވަކި ކޮޓަރިއެއްގައި ކަން އެނގުމުން ނާޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ނާޔާގެ ކޮޓަރި އެހެރީ. އަހަރެން އުޅޭނީ ކުރިމަތީގައި މިހިރަ ކަޮޓަރީގަ. އަދި އެއް ވާހަކަ. އަހަރެންގެ އަނބިމީހާ އަކަސް އަހަރެން ކުރާ ކަންކަމާ ނުބެހޭތި. މި އިމާރާތުގެ 3 ވަނަ ފަންގިފިލާއިން މަތީގައި ހުންނަ އެއްވެސް އެޕާޓްމެންޓަކަށް ވެސް ނުވަންނާތި.” އެހެން ބުނެފައި ހާދިން އޭނާގެ ކޮޓަރިއަށް ވަނެވެ. ނާޔާ ވެސް އޭނާގެ ބޮޑު ވެޑިން ޑްރެސް ހިއްލާލަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ވަރަށް ވެސް ރީތި ތަނަވަސް ކޮޓަރިއެކެވެ.
ވެފައި ހުރި ވަރުބަލިން ނާޔާ ފެންވަރާ ލައިގެން ނިދާ ހެދުމެއް ލިއެވެ. އަދި ﷲގެ ޙަޟްރަތަށް ދުޢާ ކުރުމަށްފަހު ނިދަން އޮށޯތެވެ. އޭނާއަށް ނިދުނީ އަކުރަމްގެ ޙިޔާލުތަކުގެ އޮވެއެވެ.
…………………….
“އަކުރަމް. ކައެ ހާދަ މޫޑީ ވެފައޭ މިހާރަކަށް އައިސް ތިހުންނަނީ؟ ކަމެއްވީތަ އަނެއްކަ؟” އަކުރަމްގެ އެކުވެރި ރާއިޝް އެއްސެވެ. އަކުރަމް ޖޯލި ފަތީގައި އޮތެވެ. “ނޫން. ކަމެއް ނުވެ.” އަކުރަމް ވަރަށް ނޫން ކަމަށް ހެދިފައި ބުންޏެވެ. “ދެން ތެދަށް ބުނެބަ. އަބަދު ތިހެންވެފަ ތިހުންނަނީ ކީއްވެތަ؟ ކޮބާ ކައެ ލޯބިވާ ކޮއެ؟ އޭނ؟ ކައެ ބުނީމެއްނު މަށަށް އޭނާ ދައްކާނަމޭ. މިހާރު ކިތައް މަސް މިވީ؟” މާއިން ވެސް ބުންޏެވެ.
ނާޔާގެ ވާހަކަ ބުނުމުން އަކުރަމަށް އުނދަގޫވިއެވެ. “ނޭނގެ. އޭނަ ވީތަނެއް އެއްގޮތަކަށް ވެސް ނޭނގެ.” އޭނާއަށް ބުނެވުނެވެ.
“ތިބުނީ؟” ރާއިޝް އެއްސެވެ. “ނޭނގެ. ނާ އާއެއްކޮށް ވާހަކަ ދައްކާ ދައްކާފަ އުޅެފަ ނޭނގޭ ވީގޮތެއް އެއްގޮތަކަށް ވެސް. ޝީ އިޒް ގޯން. އެހާ ގިނަ ދުވަސް ވީއިރު ވެސް ދިމާ ނުވާތީވެ އަހަރެން ވަރަށް ނާހަން ހުރެފަ އެހިން ނޫރާ ދައްތަ ގާތު. އެހީމަ ބުނީ އޭނާ އެހެން ގެއަކަށް ބަދަލު ވެއްޖޭ. އެކަމަކު އެއްޔެރޭ ހީވި އޭނާ ފެނުން ހެން. ހުދުކުލައިގެ ބޮޑު ހެދުމެއް ލާފަ ހުރީ. ވެޑިން ޑްރެސް އަކާ ވައްތަރީ. އޭނާއަށް އަހަރެން ނުފެންނާނެ ކަންނެ. ނޭނގެ ދެން ބައެއްފަހަރު ހީވަނީ އެއީ ހީވި އެއްޗެކޭ ވެސް.” އަކުރަމް ޖޯލިފަތިން ތެދުވިއެވެ.
“އަޅޭ. އަހަރެން ހާދަ އުފަލުންނޭ ހުރީ ފަހަރިއާ މީޓު ވާނެ ކަމަށް ހީކޮށް.” މާއިން ދެރަވެފައި ބުންޏެވެ.
“ނެކްސްޓް ވީކްގަ ފުރަން ވެސް ހަމަޖެހިފަ އޮބެން.” އަކުރަމް ދުރަށް ބަލައިލިއެވެ. “ހިނގާ މަޑުކުރަން. ފަހަރި ހޯދާފަ ދާން ވާނީ.” ރާއިޝް އަކުރަމަށް ބަލައިލިއެވެ. “އައި ޑޯންޓް ތިންކް ދެޓްސް އެ ގުޑް އައިޑިއާ. މިހާރު ވެސް ކިތައް މަސް ވަންދެން މިކޮޅުގަ މި މަޑުކުރީ. ދެން މިފަހަރު ދާން ހިނގާ. އެހެން ނޫނަސް އަހަރެމެން އަދި ދާންޖެހޭ 2 ރަށް އޮބެން. އަބަދު މިހެން ޑިލޭ އެއް ވެސް ނުކުރެވޭނެ ދޯ؟” މާޔޫސްވެފައި ހުރެ އަކުރަމް ރާއިޝްގެ ހިޔާލާއި ދެބަސްވިއެވެ.
“އަހަރެން ދެން މިދަނީ ގެއަށް. މިހާރު ވަރަށް ލަސް ވެސް ވެއްޖެ.” އަކުރަމް އިން ތަނުން ތެދުވެ ހިނގައިގަތެވެ. ހެނދުނުއްސުރެ އެއްޗެއް ނުކައި ހުރުމުން އޭނާ ހުރީ ވަރަށް ބަނޑުހައި ވެފައެވެ. އެހެންކަމުން ހޮޓަލަކަށް ވަދެފައި ކޮފީތަށްޓެއް ބޯލިއެވެ.
…
❤️?❤️?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Hi. Readers. U probably already noticed that chap 44 ah fahu fahubai kan ais iny. I’m really sorry. It was a mistake on my side. Maa avahah 53 vana bai review ah send kurevuny. 44 aa 53 aa dhemedhuga huri baithah adhi hury pending ga. Sorry. Ebai thah kiyaalan libeyne v avahah iraadha kurevviyyaa
Lysm❤️❤️
Hmmmm its OK. Totes understand. Mistakes happen dear. BTW love this story sooo much. Impatient to read it