ފަހަކަށް އައިސް ކިޔާން ތާރާ އާއި ވާހަކަ ދައްކަން އުޅޭ ކަން ތާރާއަށް ފާހަގަ ކުރެވުނެވެ. ކޮންމެ ފަހަރަކު ވެސް އެ ވާހަކައެއް ނުބުނީ އެތާގައި އިތުރު މީހަކު ހުންނާތީއެވެ. ކިޔާން އެ މަޑުކުރަނީ ތާރާ އާއި ވަކިން ބައްދަލު ކުރާށެވެ. އެހެންކަމުން ތާރާ ވެސް ކިޔާނާއި ބައްދަލު ކުރާ ހިތްވިއެވެ. ނަމަވެސް މި ދުވަސްކޮޅު އޭނާ އުޅެނީ ވަރަށް ވެސް ބުރަކޮށެވެ.
ތާރާ ޕޮލިސް ސްޓޭޝަނަށް ވަދެގެން އައެވެ. އޭނާގެ ލޮލުގައި އެހެން ދުވަސްތަކާއި ތަފާތު ވިދުވަރެއް ވިއެވެ. ތާރާ ދިޔަ ގޮތަށް ގޮސް ވަނީ އެއްކަލަ ކޮޓަރިއަށެވެ. އޭރު އެތަނުގައި އެލެކްސް އާއި ރީހަންގެ އިތުރުން ބައިވަރު ފުލުހުންނާއި ދީމާ އަދި ނާއިލް އަދި ޑޮކްޓަރެއް އިނެވެ.
“ފައިނަލީ.” ތާރާ އެންމެންނަށް ހިނިތުންވުމެއް ދިނެވެ. “ނާއިލް ކީކޭ ކަމަށް ހީކުރީ ފިލައިގެން؟” ތާރާ އަހާލިއެވެ. ނާއިލް ލޯ އަޅާލިއެވެ. “ކަލޭގެ އޮޅު އެކުވެރިޔާ އަހަރެމެންނަށް ކަލޭ ވީތަން ބުނެދިނީ. ސަމް ކައިންޑް އޮފް ފްރެންޑްސް ޔޫ ހޭވް.” ތާރާ ބުނެލިއެވެ. ނާއިލް ޑޮކްޓަރ ޒޭންޑާ އާއި ދިމާއަށް ލޯ އަޅާލިއެވެ.
މީގެ ދެ ދުވަހެއް ކުރިން ރީހަންމެން ހިންގި އިންވެސްޓިގޭޝަނެއްގައި ޑޮކްޓަރ ޒޭންޑާ އަކީ ނާއިލަށް ތާރާގެ ފޭކް ޕްރެގްނޭންސީ ޓެސްޓު ތައްޔާރު ކޮށްދިން މީހާކަން އެނގުނެވެ. އެހެންކަމުން އޭނާ ހައްޔަރު ކުރެވުނެވެ. ޒޭންޑާއަށް އިތުރު ގޮތެއް ނެތުމުން ނާއިލް ހުރި ތަން ބުނުމުން ފުލުހުންގެ ޓީމެއް ގޮސް ނާއިލް ހައްޔަރު ކުރިއެވެ. އެންމެފަހުން ނާއިލް ވެސް ހަޤީގަތް ކިޔާދިނެވެ. އެ ހުރިހާ އެއްޗެއް ރީހަންމެން ރިކޯޑު ކުރިއެވެ.
“ގުޅައިފިންތަ އެންމެނަށް؟” ރީހަން އެއްސެވެ. “ޔާ. ދޭ އާ އޮން ދެއާ ވޭ.” ތާރާ އެތަނުން ގޮނޑިއެއްގައި އިށީނެވެ.
މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. އެތަނަށް ވަދެގެން އައީ އޭނާގެ އެކުވެރިންނާއި އާއިލާއެވެ. ތާރާގެ މަންމަ ނާޒިމާ ވެސް ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުއްޓެވެ. އޭނާގެ މަންމަ ފެނުމުން ތާރާގެ ދެލޯ ފެންކަޅިވިއެވެ. “ތާރާ؟”
“ތާ. ކީއްވެ ޕޮލިސް ސްޓޭޝަނަށް އެންމެން ގޮވައިގެން އަންނާށޭ ބުނީ؟ އަނެއްކާ ކަމެއް ވީތަ؟” ހާސްވެފައި ކައިލާން އެއްސެވެ. “ހާސްނުވެބަ. ބޮޑު ކަމެއް ނުވޭ. ކޮބާ ކިޔާން؟” އެތަނުން ކިޔާން ނެތުމުން އަހާލިއެވެ.
“އަހަރެން ބުނިން އޭނާގެ ގާތުގައި އަންނާށޭ. އެކަމަކު ނައި.” ޖައިލަމް ބުންޏެވެ. ތާރާ ދެރަވިއެވެ. ނަމަވެސް އެކަން މޫނުމައްޗަކުން ނުދައްކައެވެ.
“އަހަރެމެން އެންމެން އެއްބަސްވެފައި އޮންނާނީ މާޒީގައި ހިނގާ ދިޔަ ހާދިސާ އާ މެދު ވާހަކަ ނުދައްކަން. އެކަމަކު އަބަދު އެ ވާހަކަ އިގްނޯ ކޮށްގެނެއް ނޫޅެވޭނެ. ޙަޤީޤަތް ފަޅާއަރާ ދުވަހެއް އަބަދުވެސް އަންނާނޭ އެދުވަހު ދަމުން ބުނިން. މިއަދަކީ އެ ދުވަސް.” ތާރާ ވަރަށް ހަމަޖެހިފައި އެހެން ބުނުމުން އެންމެންގއ ލޯތައް ބޮޑުވިއެވެ. “އަހަރެން މާލެ އައި އަސްލު ބޭނުމަކީ ކަމެއް އިންވެސްޓިގޭޓް ކުރުން. އޭގެ ތެރެއިން މިކަން ވެސް އިންވެސްޓިގޭޓް ކުރީ. ޙަޤީޤަތާއި ހެކި މިއަދު އެންމެނަށް ވެސް ލިބޭނެ.”
………………
“ތާ. މަންމައަށް މަޢާފު ކުރޭ.” ނާޒިމާ ތާރާގއ ގައިގައި ބައްދާލިއެވެ. އޭރު އެންމެން ތިބީ ރޮވިފައެވެ. އެ އެންމެންގެ ޙައްޤުގައި ތާރާ އެފަދަ ބޮޑު ކަމެއް ކުރާނެ ކަމަށް ހީކުރާނީ ވަކި ކާކު ހެއްޔެވެ؟
އެންމެން އެތައް އިރެއް ވަންދެން ރުއެވެ. ތާރާ އެންމެންނަށް މަޢާފު ވެސް ކުރިއެވެ. ތާރާ އެންމެ މާޔޫސްވީ ކިޔާން ނައުމުންނެވެ. އެހެންކަމުން އޭނާ ފުރާ ގަނޑި ޖެހުމުން ހިތާމަ ކުރާ ހާލު ތާރާ އޭނާގެ ފޮށި ހިފައިގެން ދާން ތައްޔާރު ވިއެވެ. “ދަނީ. ވީކެއް އޮރ 2 ވަރު ވަނެ އެކޮޅުގަ. ގިނަވެސް ވެދާނެ.” ތާރާ އެންމެންނަށް ބުންޏެވެ.
“ލެޓް އަސް ކަމް ވިތު ޔޫ ތާ ފުރުވަން.” ވީރާ އެދުނެވެ. “ނޯ ރިއަލީ. އައިމް ފައިން. އައި ޖަސްޓް ނީޑް ސަމް ޓައިމް ޓު މައިސެލްފް ރައިޓް ނައު. އެންމެން ދެން ދޭބަ ގެއަށް.” ތާރާ އެކަމާ ދެކޮޅު ހެދިއެވެ.
ސަނަމާއި ވީރާ މިހާރު ނުދެއެވެ. ކުއްލިއަކަށް ހޮސްޕިޓަލުން ކަމަކު ޖެހިގެން އެދެމީހުން މަޑު ކުރަން ޖެހުނީއެވެ. އެންމެފަހުން ތާރާ ގޮތް ދޫނުކުރުމުން އެމީހުން ތާރާ ބަހައްޓާފައި ގެއަށް ދިޔައެވެ.
“ތޭންކްސް ގާއިސް.” ތާރާ ރީހަނަށާއި އެލެކްސަށް ބުންޏެވެ. “ޑޯންޓް މެންޝަން އިޓް ޕަމްޕްކިން.” އެލެކްސާއި ރީހަން ތާރާގެ ބޮލުގައި ފިރުމައިލިއެވެ.
“އޮހް ޝޫޓް! ދަނީ ދެން! ބާއި!”
……………..
އަދި ފުރާގަނޑި ނުޖެހޭތީ ތާރާ ކައިރި ފިހާރަ އަކަށް ވަދެލިއެވެ. އަދި ބިސްކޯދު ބޮނޑިއެއް ގަނެލައިގެން އައިސް ކޮތަރު ޕާކުގައި އިނދެ ކާން ފެށިއެވެ. އޭނާ ފޯނުން ލަވައެއް އަޅުވާލަމުން ކަންފަތަށް ހެޑްސެޓު ޖެހިއެވެ.
‘ދެއްވާތޯ ތި ލޯތްބާ ވަފާ
ޙަޟްރަތުގައި އަޅާ ދަންނަން
ލެއްވުން އެދި މަ ކުރަމޭ ދުޢާ
ޖަންނަތުގައި ދެހިތް އެކު އެތާ
ދުރުވާކަށް ތިލޯތްބަށް މަ ނޭދެން
ދުރުގައި ވާން ހިތެއް އަދު މަ ނޭދެން
ހުރުމަށް އަރިހުގައި ލޯބިވާ އަދު
ބޭނުންވޭ ވުމަށް ގާތުގައި…
އާދޭތޯ އިންނާނަން ލޯބިން
ތިޔަ އިންތިޒާރުގައި
ލިބިދޭތޯ އިންނާނަން ލޯބިން
ތިޔަ އިންތިހާ އުފާ…’
އެ ލަވައިން ބުނެދެމުން ދިޔައީ ތާރާގެ ހިތުގެ ހާލަތެވެ. މިއަދު ކިޔާން އެތަނަށް ނައުމުން ތާރާ ވަރަށް ދެރަވިއެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އޭނާ އުންމީދު ކޮށްގެން ހުރީ އެހެން އެންމެންނެކޭ އެއްފަދައިން ކިޔާނަށް ވެސް އޭނާގެ ޙަޤީގަތް ކިޔާދޭން ފުރުސަތު ލިބޭނެ ކަމަށެވެ. ނަމަވެސް ކިޔާން ނައުމުން އެކަން ވެސް ނުވީއެވެ. ކޮންމެ ގޮތެއްވިޔަސް ތާރާ އަދިވެސް އެ އިނީ ކިޔާންގެ އިންތިޒާރުގައެވެ.
“އާދޭތޯ އިންނާނަން ލޯބިން
ތިޔަ އިންތިޒާރުގައި
ލިބިދޭތޯ އިންނާނަން ލޯބިން
ތިޔަ އިންތިހާ އުފާ… އައިމް ސްޓިލް ވެއިޓިން ފޯ ޔޫ ކިޔާން. އައި ވިލް ވެއިޓް ފޯ ޔޫ ޓިލް މައި ލާސްޓް ބްރެތު. ބިކޯޒް އައި ސްޓިލް ލަވް ޔޫ.” ތާރާ ލޯ މަރާލިއެވެ.
ތާރާ ސިއްސައިގެން ދިޔައީ އޭނާގެ ގައިގައި ބޯޅައެއް ޖެހުމުންނެވެ. އެހެންކަމުން ލޯ ހުޅުވާލާފައި ބަލައިލިއެވެ. އޭރު ކުޑަކުއްޖަކު އައިސް އޭނާގެ ފައިބުޑަށް ވެއްޓުނު ބޯޅަ ނަގަނީއެވެ. “ސޮވީ.” އެކުއްޖާ ވަރަށް ލޯބިކޮށް ބުނެލިއެވެ. “އިޓްސް އޯކޭ.” ތާރާ ހީލިއެވެ.
އެ ކުއްޖާގެ ލޯ އަމާޒުވެފައިވަނީ ތާރާގެ އަތުގައި އޮތް ބިސްކޯދު ބޮނޑިއަށެވެ. “ކޮން ނަމެއް ކިޔަނީ ކޮއްކޮ އަށް؟” ތާރާ އަހާލިއެވެ. “ކޮއްކޮއަށް.. ކިނަނީ.. ނާނީ.” އެކުއްޖާ ބުނެލިއެވެ. “އޯވްވްންން. ނާނީ. ވަރަށް ލޯބި ނަމެއް. އަން. ދައްތި ނާނީއަށް ދިން އެއްޗެއް.”
ތާރާ ނާނީ އަތަށް އޭނާގެ ބިސްކޯދު ބޮނޑި އެއްކޮށް ދިނެވެ. އެ ތުއްތު ކުއްޖާގއ މޫނުމަތި ވަގުތުން އުޖާލާވިއެވެ. “ތެންކޫ ތައްތީ.”% އެކުއްޖާ ދަތްތައް ފެންނަ ގޮތަށް ހީލިއެވެ. ތާރާ ގާތަށް ހިނިއައެވެ. “ޔޫ އާ ވެލްކަމް ކޮކީ. ކޮބާ ކޮއްކި މަންމި؟ ދައްތި ގެންދާނަން ކޮއްކިގެ މަންމި ގާތަށް.” ނާނީ އެކަނި އެތަނަށް ދޫކޮށްލަން ނުކުރުމުން ތާރާ ބުންޏެވެ.
“ކޮއްކިއަށް އެނގޭ އަމިއްޔަޔަށް މަންމި ކައިރަށް ދަން.” ނާނީ ބުނެލިއެވެ. “އޯކޭ. ކޮއްކި ކިޔާދީ ދާންވީ ގޮތް. އޭރުން ދައްތި ގެންގޮސްދޭނަން ކޮއްކި.” ތާރާ ތެދުވިއެވެ. އަދި ނާނީގެ އަތުގައި ހިފާލައިގެން ނާނީ ކިޔާދިން ގޮތަސް ދިޔައެވެ. ދަމުން ތާރާ ނާނީއަށް ބިސްކޯދު ލަވާ ދެމުން ދިޔައެވެ.
“ނާނީ! ދަރިފުޅާ! ކޮންތާކަށް ގޮސް ތިޔައީ؟ އިނގޭތަ މަންމި ނާނީ ހޯދިވަރު؟” އަންހެން މީހަކު ދުވެފައި އައިސް ނާނީގެ ގައިގައި ބައްދާލިއެވެ. ނާނީ ވެސް އެ އަންހެން މީހާގެ ގައިގައި ބައްދާލިއެވެ. “އިސްސޯކޭ މަންމީ. ނާނީ އޯވްކޭޔޭ. ވުކް. އަމް ފައީން.” ނާނީ ދުރުވެލިއެވެ. އެވަގުތު އެ އަންހެން މީހާއަށް ތާރާ ފެނުނެވެ.
“ތެންކިޔޫ އަޅުގަނޑުގެ ދަރިފުޅު ގެނެސް ދިނީމަ. ވަރަށް ތެންކިޔޫ.” އެމީހާ ބުނެލިއެވެ. “ޔޫ އާ ވެލްކަމް. ޝީ އިޒް އެޑޮރަބަލް. ވަރަށް ލޯބި.” ތާރާ ބުނެލިއެވެ. ދެމީހުން ކުޑަކޮށް ވާހަކަ ދައްކާލުމަށް ފަހު ތާރާ އަނެއްކާވެސް ހިނގައި ގަތެވެ.
އެވަގުތު އެތަނުގައި މަޑު މިއުޒިކެއްގެ އަޑު އިވެން ފެށިއެވެ. އެދިމާއަށް މީހުން އެއްވާން ފެށުމުން ވެސް ތާރާ އަޅައެއް ނުލައެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އިވުނު އަޑަކުންނެވެ.
“އޭ ލޯބިވާ، ތިޔަ އަތުގައި ހިފާލަން
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ
އޭ ސާހިބާ، ތިޔަ އުނގުގައި ނިދާލަން
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ…”
ތާރާއަށް ގަބޫލު ނުކުރެވިފައި ހުރެވުނީއެވެ. މިއީ އަނެއްކާ ހުވަފެނެއް ބާވައެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. މީ ޙަޤީގަތެވެ. އޭނާ ރަނގަޅަށް ވެސް އެހެރީ ހޭލައެވެ. ހަމަ ހޭގައެވެ.
“ފެނިފަ ކަލާ ހިތް އުތުރި ދޭ، ތި މޫނު ސާދާ އުފާ ދޭ
ތި ޖާދޫގަ ވީ ޖެހިފަ އޭ، ހާލު ބުނެދެން ހޭ
ދޫންޏާ މަގޭ، ފަރި އުދުހޭ ބަލާލަން
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ…”
އެ އަޑަކީ ދުވަހަކުވެސް އޭނާއަށް އޮޅުވާލެވޭނޭ އަޑެއް ނޫނެވެ. ދުވަހަކުވެހެވެ. އެއީ އޭނާގެ ހިތުގެ ސާހިބުގެ އަޑެވެ. އޭނާގެ ހިތުގެ މިލްކު ވެރިޔާގެ އަޑެވެ. މަޑުމަޑުން ތާރާ އަނެއް ފަރާތަށް އެނބުރުނެވެ. ހިތާ ހިތުން މިވަނީ ޙަޤީޤަތަކަށް ވުމަށް އެދި ދުޢާ ކުރަމުންނެވެ. އޭނާ އާއި މާ ދުރު ނޫން ހިސާބެއްގައި ގިޓައެއް ހިފައިގެން ހެވިފައި އެހެރީ ދެވަނަ ދެމީހެއް ނޫނެވެ. އާއެކެވެ. ކިޔާނެވެ. ތާރާގެ ދެލޯ ބޮޑުވިއެވެ. ގަބޫލު ނުކުރެވިފައި ބޭއިޚްތިޔާރުގައި އަނގަމަތީގައި އަތް އަޅާލެވުނެވެ.
ގިޓާއިން ރާގު އަޅުވާލަމުން ކިޔާން ތާރާގެ ގާތަށް އައިސް ހުއްޓެލިއެވެ. ސީދާ ތާރާގެ ކުރިމަތީގައެވެ. ކިޔާންގެ އެ ތޫނު ނަޒަރުގެ ސަބަބުން ތާރާ ލަދުގަތެވެ. މޫނު މައްޗަށް ޖަންބު ކުލަ ވެރިވި ހިނދު އިސްޖަހާލިއިރު އޭނާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލަ ދުވެލާ ވިއެވެ.
“ފެނިފަ ހީލީ ލަދުރަކި ގޮތަކަށް
ފޮރުވަނީހޭތި މޫނު
ވާތީ ތިހާ ކައިރީގާ މިތުރާ
ހިތް އަވަސް ވޭ މިހާރު
ތިޔަ އަސަރުންނޭ މި ހިތް ފުރާލީ
ހީވެސް ނުވޭ މީ ލޯބި ހެއްޔޭ
ޖެހިލުން ވާހާ، ޔާރާ ލިބުނީމާ
ބިރުގަނެޔޭ ހިތް އެބަ ތެޅެޔޭ
ވިސްނޭ މިހާރު، ނުނިދިފަ އޮވެ ވެޔޭ
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ
ދުންޔާ މަގޭ، ފަރި އުދުހޭ ބަލާލަން
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ…”
ކިޔާން ތާރާގެ ކުރިމަތީގައި ހުރެ ލަވަ ކިޔަމުން ދިޔައެވެ. އޭރު އެދިމާއަށް ގިނަ ބަޔަކު އެއްވެފައި އޮތެވެ. އެއްބަޔަކު އެ ހިތްގައިމު މަންޒަރު އެމީހުންގެ ފޯނު ތަކުގައި ރައްކާ ކުރަމުން ދިޔައެވެ. ތާރާ އިސް އުފުލާ ކިޔާނަށް ބަލައިލިއެވެ. އޭނާގެ ދެލޯ އޭރު ފެންކަޅި ވެއްޖެއެވެ. އެވަގުތު ކިޔާންގެ ފަހަތުން ޖައިލަމާއި، އީކަން އަދި އޭނާގެ ހުރިހާ އެކުވެރިން އައެވެ. އީމާން ކިޔާން އަތުން ގިޓާ އަތުލައި އެއާ ކުޅެން ފެށިއެވެ.
“ފޫހި ނުވެ ރޭ ދަންވެ ދަން ދެން، އިންތިޒާރޭ ކުރީ
ފުރިގެންނެ ދާތީ ހިތް މަގޭ ދެން، ގާތުގައި ވެސް ހުރީ…” ކިޔާން ލަވަކިޔަމުން ތާރާގެ އަތުގައި ހިފާލިއެވެ.
“ހިފުނޭ އަތުގައި ބޭއިޚްތިޔާރުން
ހިތް ފިނިވާހާ ވެސް ކައިރި ވެވުނޭ
ޖެހިލުން ވާހާ ޔާރާ ލިބުނީމާ
ބިރުގަނެޔޭ ހިތް އެބަ ތެޅެޔޭ
ޖަޒުބާތުގައި، ގޯހެއް ހެދިދާނެތީ
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ
އޭ ސާހިބާ، ތިޔަ އުނގުގައި ނިދާލަން
ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބި ވާތީ…” ކިޔާން ލަވަ ކިޔައި ނިމުމާއެކު ތާރާގެ ބަޑި ފަޅައިގެން ދިޔައެވެ. އެހެންކަމުން ކިޔާން ތާރާ ގެނެސް އޭނާގެ މޭގައި ލަށްކޮށްލިއެވެ. ތާރާ ކިޔާންގެ މޭގައި ބޯ އަޅައިގެން އޮވެ އެތައް އިރަކު ރުއެވެ.
“ހޭ. ދެން ހުއްޓާލާ. ތިވަރަށް ރޯކަށް ނުވާނޭ، މައި ޕްރިންސެސް.” ކިޔާން ތާރާ ދުރުކޮށްލާފައި ދެލޮލުން ކަރުނަ ފޮހެލިއެވެ. ތާރާ ރުއިން މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ.
“ވް..ވައި؟ ކީއްވެ ނައީ މިއަދު؟ ކިޔާނަށް މިހާރު އެނގޭ ދޯ ތާ ގޯސް ނޫން ކަން؟ އީކް މެން ބުނި ދޯ؟” ތާރާއަށް އަނެއްކާވެސް ރޮވުނެވެ. “ނޯ، ޕްރިންސެސް. އީކް މެން ނުބުނެ. އަހަރެން ކުޑަ ކަމަކު ބިޒީ ވީމަ ނުދެވުނީ. ސޮރީ. ކީއްވެޔޯ ޕޮލިސް ސްޓޭޝަނަށް އަންނާށޭ ބުނީ؟” ކިޔާން އަނެއްކާވެސް ތާރާގެ ދެލޯ ފަހެލިއެވެ.
“ވެއިޓް. ޔޫ.. ޔޫ ޑޯންޓް ނޯ؟ ދެން.. ދެން ކީއްވެ މިތާ؟ އައި ޕްރޫވްޑް އެވްރީވަން ދެޓް އައިމް އިނޮސެންޓް. ދެން ވައި އާ ޔޫ ހިޔާ އިފް ޔޫ ޑޯންޓް ނޯ؟ ކީއްވެ ތާއަށް ޕްރިންސެސް ކީ؟ ޕްލީޒް ކިޔާން. ޑޯންޓް ގިޒް މީ ފޭލްސް ހޯޕް.” ތާރާ އެދުނެވެ.
“ޕްރިންސެސް. އައި ޑިޑްންޓް ނޯ ޔޫ ވާ ގޮނާ ޕްރޫވް ޔުއާސެލްފް. ބަޓް އައިމް ގްލޭޑް އައި ޑިޑްންޓް ގޯ ދެއާ.” ކިޔާން ތާރާ އާއި އެއް ހަމައަކަށް ތިރިވެލިއެވެ. “ވައި؟” ތާރާ ނޭފަތް ދަމާލަމުން އަހާލިއެވެ.
“ބިކޯޒް.. އަހަރެން މިތަނަށް އައީ ވަރަށް ވިސްނާފަ. ވިސްނިތާ މިހާރު ވަރަށް ދުވަސް ވެއްޖެ. މީގއ ކުރިން އެ ހާދިސާ ސިކުނޑިއަށް އަންނަ އިރަށް އާދެވެނީ ރުޅި. އެހެންވެ އެ ހާދިސާ އާ މެދު ނުވިސްނަން އެހާ ފުންކޮށެއް. ބަޓް އައި ޑިޑް ދިސް ޓައިމް. ވަރަށް ބޮޑަށް ވިސްނިން. އައި ރިއަލައިޒްޑް ހައު ސްޓުޕިޑް އައި ވޯޒް ޓު ބިލީވް ވަޓް ނާއިލް ސެއިޑް. އެހާ ގިނަ ދުވަހަށް ނޫނަސް އައި ހޭވް ނޯން ޔޫ ކޮންމެވެސް ވަރަކަށް. އެން ޔޫ ވާންޓް އެ ގާލް ލައިކް ދެޓް. އައި ޝުޑް ހޭވް ތޮއުޓް އޮފް އިޓް އޯލް ބިފޯ. އަހަރެން މިތަނަށް މިއައީ އެކަންކަމާ މެދު ވަރަށް ވިސްނާފަ.” ކިޔާން ދެރަވެފައި ބުންޏެވެ.
“އީކްމެނަކަށް ވެސް ނޭނގޭނެ އޭރަކު. އަހަރެން ވަރަށް ފަހުން ގުޅާފަ ބުނީމަ ވަގުތުން މިތަނަށް އެއައީ. ލަކިލީ އީމާނަށް އެނގޭ ގިޓާ ޖަހަން ވެސް. އަހަރެން ބޭނުމެއް ނޫން އަހަރެން އަނބުރާ ތާ ބޭނުންވަނީ ތާ ހުރިހާ ކަމެއް ޕްރޫވް ކޮށްދިނީމަ ކަމަށް ވާކަށް. އެހެންވެ އައިމް ހެޕީ ދެޓް އައި ޑިޑްންޓް ގޯ ޕޮލިސް ސްޓޭޝަނަށް މިއަދު. އައި ވޯންޓް ޔޫ ބިކޯޒް އައި ޓްރަސްޓް ޔޫ. އައިމް ސޮރީ އައި ޑިޑްންޓް ކުރިން. އަހަރެން މިތަނަށް މިއައީ ބިކޯޒް އައި ލަވް ޔޫ. އައި ޑިޑް ބިފޯ ޓޫ. އެން އޯލްވޭސް ވިލް.” ކިޔާން އެއް ނޭވާ މަތިން ކިޔާލިއެވެ.
ދެން ފެނުނީ ކިޔާން ތާރާގެ ކުރިމަތީގައި އެއްފައިމައްޗަށް ތިރިވި މަންޒަރެވެ. އޭނާ ޖީބަށް އަތް ލާފައި ރަތްކުލައިގެ ކުޑަކުޑަ ވެލްވެޓް ފޮށްޓެއް ނެގިއެވެ. ތާރާގެ ދެލޯ ބޮޑުވިއެވެ. އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ.
ކިޔާން ތާރާގެ އަތަސް އެ ފޮށިލިއެވެ. އަދި އެއް މިޔަކަނުން ހީލިއެވެ. “އޯޕެން އިޓް.”
“ޔޫ އާ ސަޕޯސްޑް ޓު އޯޕެން އިޓް އެން އަސްކް މީ. ނޮޓް ދި އަދާ ވޭ ރައުންޑް މިސްޓާ.” ތާރާ ހަށަންބަނދެލަމުން ބުންޏެވެ. “ހަހަ. އޯޕެން އިޓް.” ކިޔާން ހިނިގަނޑެއް ޖަހާލިއެވެ. “ނޯ.” ތާރާ ތުންކޮޅު އޫ ކޮށްލިއެވެ. “ކަމޯން. ޕްލީޒް؟” ކިޔާން އެދުނެވެ. “ފައިން.” ތާރާ އޭތި އަތުލާފައި ހުޅުވާލިއެވެ. އެތެރޭގައި އޮތް އެތި ފެނުމާއިއެކު އަޑުގައި ނެތް ތަނަށް ހަޅޭއްލަވައިގަންނަމުން އޭތި އެއްލާލިއެވެ.
“ކިޔާންންންންން! އައި ވިލްލްލް ކިލްލްލްލް ޔޫ!!!!” ތާރާ ހަޅޭއްލަވައިގަތް އިރު ކިޔާން ބިނދި ބިނދިފައި ހެނީއެވެ. “ހޭނެ ކަމެއް ނެތް!” ތާރާ ލޯ އަޅާލިއެވެ. “ކަމޯން! އިޓް ވޯޒް ސޯ ފަނީ! ހަހަހާ! އެއީ ކުޅޭ ކުޅޭ މަކުނެކޭ! ހަހަހަހާ!” ކިޔާން އަދިވެސް ހެނީއެވެ. ދެންތިބި އެންމެން ވެސް ހެނީއެވެ. ތާރާ ކިޔާންގެ ބޮލުގައި ޖަހާލިއެވެ. ތެދެކެވެ. އެ ފޮށި ތެރޭގައި އޮތީ ކުޅޭ ކުޅޭ ފައިދިގު މަކުނެކެވެ.
“އޯކޭ. ލެޓްސް ބީ ސީރިއަސް ދޯ؟” ކިޔާން ހުނުން ހުއްޓާލިއެވެ. “ސޯ ޔޫ ޑޫ ނޯ ހައު ޓު ބީ ސީރިއަސް؟ އައިމް ޝޮކްޑް!” ތާރާ ހައިރާންވަ ކަމަށް ހަދާލިއެވެ. “ވެރީ ފަނީ.” ކިޔާން ލޯ އަޅާލިއެވެ. “އައި ނޯ އައި އޭމް.” ތާރާ ހީލިއެވެ. ބޭއިޚްތިޔާރުގައި ކިޔާނަށް ވެސް ހީލެވުނެވެ.
ކިޔާން އަލުން އެއްފައިމައްޗަށް އިށީނެވެ. “މިފަހަރު ކޯއްޗެއް ދޭން ތިއުޅެނީ؟ ކުރަތްޕެއް؟ މީދަލެއް؟ ހާސްފައެއް؟” ތާރާ ބުމަ އަރުވާލިއެވެ. “ސާބަސް. ހަމަ ޖެހިބަލަ.” ކިޔާން ބުންޏެވެ. “ވަޓް އެވާ. ބަޓް އައިމް ޓެލިން ޔޫ… އިފް ޔޫ…”
“ތާރާ ރައްޔާން، މައި ޕްރިންސެސް. ކޭން ޔޫ ޕްލީޒް ޝަޓް އަޕް ފޯ ނައު.” ކިޔާން ހީލިއެވެ. ތާރާ މޫނުމައްޗަށް ގޮތެއް ހަދަލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. “ދެޓްސް ގުޑް… އޯޕެން ދިސް ވަން ނައު.” ކިޔާން އަނެއްކާވެސް ކުރިން ދިން ކަހަލަ ދިގު ފޮށްޓެއް ދިނެވެ. ޖެހިލުންވެފައި ހުރެ ތާރާ އެފޮށި ހުޅުވާލިއެވެ.
އޭގައި އިނީ ރަން ފަށެކެވެ. “އޯޕެން އިޓްސް ޕެންޑޭންޓް.” ކިޔާން ބުނި ގޮތަށް ތާރާ ކަންތައް ކުރިއެވެ. އޭގެ ތެރޭގައި އިނީ ފަތް ޖަހާލާފައި އިން ވަރަށް ‘ފޭންސީ’ ވައްތަރެއް ޖަހާ ގަނޑު ކޮޅެކެވެ. “ޓޭކް އިޓް އައުޓް. ޑޯންޓް އޯޕެން އިޓް. ބަލާބަ ޕެންޑެންޓްގެ އެތެރެ ނައު.” ކިޔާން ކިޔާދިނެވެ.
ތާރާ އެ ފަށުގުލުގެ އެތެރެ ބަލައިލިއެވެ. އޭގައި އިނީ ހިތެއްގެ ބައްޓަމަށް އިން އަނެއް ފަށުފުލެވެ. “އޯޕެން އިޓް.”
ތާރާ އޭތި ހުޅިވާލި އިރު އޭގައި އިނީ ތާރާ އާއި ކިޔާންގއ ފޮޓޯއެކެވެ. ހިނިތުން ވެލަމުން ތާރާ ކިޔާނަށް ބަލައިލިއެވެ. “ޓޭކް އިޓް އައުޓް. އެން ލުކް އިންސައިޑް.” ކިޔާން ބުންޏެވެ. ތާރާ ބަލައިލިއެވެ. އެގައި އިނީ ރަން ކުލައިގެ އަނގޮޓިއެކެވެ. އަނގޮޓީގައި ފުދޭވަރަކަށް ބޮޑު ހުދުކުލައިގެ ޑައިމަންޑެއް އިނެވެ. “ވޯވް.” ތާރާއަށް ބުނެވުނެވެ.
“އޯޕެން ދި ޕޭޕާ ނައު.”
ތާރާ ރަން ކުލައިގެ އެ ގަނޑު ކޮޅު ހުޅުވާލިއެވެ. އަދި އޭގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. ގަބޫލު ނުކުރެވިފައި ތާރާ ބަލައިލީ ކިޔާންގެ މޫމަށެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފޭދިއްޖެއެވެ. އިސާހިތަކު އެ ކަރުނަތައް އޭނާގެ ކޯތާފަތުގައި ބޮސް ދީފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Wow. Sooooooooo nice. But varah dherevey mi story nimeythy. Mikahala reethi story eh dhen kiyaalan nulibeyne kanneyge. Dhoaa. Ekam mi author ge aneh Vaahaka ves mi varah rythi vaane kamah hykuran. Lots of love. Again love this story. Kithamme varakah kiyas mi story fooseh nuvey. Ehaaves rythi. Maashaa Allah varah talented author eh thee. Hama depression ah mi dhany mi story nimeythy. Hiy halaaku. Love you author. All the best in future dear❤️❤️❤️❤️❤️❤️
Wowwwwwwwwwww .????????????????