Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 46

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
May 31, 2021 6 Mins Read
0 Comments

ކިޔާންގެ ޙިއްސުތައް ކޮޅަށް ލައިގެން ދިޔައެވެ. ތާރާ އާއި އިތުރަށް ގާތްވެލުމަށް އެހިތް އޭނާއަށް މަޖުބޫރު ކުރުވަމުން ދިޔައެވެ. އޭނާއަށް އޭނާގެ ހިތުގެ އެދުމަށް އިޖާބަ ދެވުނެވެ. ތާރާ އާއި ކުރިއަށްވުރެ ބޮޑަށް ގާތް ވެވުނެވެ. އެކަކު އަނެކަކުގެ ނޭވާ އަނެކާގެ މޫނަށް އިޙްސާސްވާހާ ގާތަށެވެ.

ނަމަވެސް އެ ލޯބީގެ ވަގުތުކޮޅު ނިމިގެން ދިޔައީ ތާރާގެ އަތުގައި އޮތް ކަޓަރު ތިލަ އަތުން ދޫވެ ބިންމައްޗަށް ވެއްޓުމުންނެވެ. ހާސްވީވަރުން ކިޔާންގެ ގައިގައި އަޅާ ކޮށްޕާލެވުނެވެ. ނުވިސްނައިހުރި ކިޔާންގެ ބެލެންސް ކެޓައި ބިންމައްޗަށް ވެއްޓުނެވެ. އެވަގުތުކޮޅު ކިޔާނަށް އިޙްސާސް ކުރެވުނީ އަލަށް ތާރާ އާއި ދިމާވި ދުވަހު ތާރާއަށް އީކަން ފެނުމުން ކިޔާންގެ ގައިގައި އަޅާ ކޮށްޕާލި ވަގުތު ކުރެވުނު ފަދަ އިޙްސާސެކެވެ.

ތާރާ އިން ތަނުން ތެދުވި ވަގުތު އަޅައިގަތީ ކިޔާންގެ ފައިގައެވެ. އެހެންކަމުން އޭނާ ވެއްޓުނީ ކިޔާންގެ ގައި މައްޗަށެވެ. ދެމީހުންގެ ލޯ ބައްދަލުވިއެވެ. އޭރު ތާރާގެ މޫނުމަތި ޖަންބެއްހާ ރަތެވެ. އެހެންކަމުން ވަގުތުން ދުރަށް ބަލައިލިއެވެ. ‘ކާރސް މައިސެލްފް ވޯ ބީއިން ސޯ ކްލަމްސީ.’ ތާރާ ހިތާއި ހިތުން އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ. ތާރާ ތެދުވަން އުޅުމުން ދެން ވެސް ވެއްޓުނީ ކިޔާންގެ ގައި މައްޗަށެވެ. އޭރު ކިޔާން އޮތީ ލާނެތް ހިނިތުންވުމަކާއެކު ބަލަހައްޓައިގެންނެވެ. ތާރާ ގަތް ލަދުން އޭނާގެ އަމިއްލަ ދުލުގައި ދަތް އަޅާލަމުން ތެދުވިއެވެ. އަދި އަތުގައި ހުރި ލޭތައް ދޮވެލުމަށްފަހު ކަޓަރު ތިލަ ހޯދަން ފެށިއެވެ. އެހެންކަމުން ކިޔާން ވެސް ތެދުވިއެވެ.

އެތައް އިރެއް ވަންދެން ތާރާ އޭތި ހޯދާ ހޯދާ ވެސް އެ ކަޓަރު ތިލައެއް ނުފެނުނެވެ. ވުމާއެކު ހިނދެއް ހިނދަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ.

 

“ލުކިން ފޯ ސަމްތިން؟” ކިޔާން އަހާލި އަޑުއިވުނެވެ. ތާރާ ބަލާނުލައި ހުރެ އާއެކޭ ބުންޏެވެ. “ކޯއްޗެއް؟” ކިޔާން އަނެއްކާވެސް އެއްސެވެ. “ނަތިން.” ތާރާ ބުނެލިއެވެ. “ނަތިން؟” ކިޔާން ސުވާލު ކުރިއެވެ. “ނަތިން ޔޫ ނީޑް ޓު ނޯ އެބައުޓް.” ތާރާ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

“އައި ޑޯންޓް ތިންކް ދިސް އިޒް ނަތިން.” ކިޔާން ބުނެލިއެވެ. ‘ދިސް’ އެބަހަށް ދަމާލަމުންނެވެ. “މޭ ބީ ދިސް އިޒް ނަތިން އައި ނީޑް ޓު ނޯ އެބައުޓް… ބަޓް.. އައި ބިލީވް އައި ނީޑް ޓު ނޯ ވައި ޔޫ ހޭވް ސަމްތިން ލައިކް ދިސް. އެން ވައި ޔޫ ވާ ޓްރައިން ޓު ހައިޑް ދިސް ފްރޮމް މީ.” ކިޔާން ތާރާގެ ގާތުގައި ހުއްޓެލި ކަމުގެ އިޙްސާސް ތާރާއަށް ކުރެވުނެވެ. “ތި ބުނީ؟” ކިޔާން ކިޔަމުން ދިޔަ އެއްޗެއްސަށް ސަމާލުކަމެެއް ދިނުމެއްނެތި ތާރާ ސުވާލު ކުރިއެވެ.

“މި ބުނީ މީ ހޭ ތާރާ ތި ހޯދަން އުޅޭ އެއްޗަކީ؟”

“ނޮޕް.” އަނެއްކާވެސް ބަލާނުލައި ތާރާ ޖަވާބު ދިނެވެ. “ހުމްމްމް.. ރިއަލީ؟ ލެޓްސް ސީ ދޯ؟ ސަމްތިން ޝާޕް އެން މޭޑް އޮފް ސްޓީލް. އިޓް އިޒް ޔޫޒްޑް ޓު ކަޓް ތިންގްސް…” ކިޔާން އެހެން ކިޔަން ފެށުމުން ތާރާގެ އަތްފައި ފިނިވިއެވެ. އަދި ތެޅިތެޅި ހިތަކާއިއެކު މަޑުމަޑުން ކިޔާނާއި ދިމާއަށް އެނބުރި އޭނާގެ އަތުގައި އޮތް އެއްޗަށް ބަލައިލިއެވެ.

 

“އެން އިޓް އޯލްސޯ ހޭޒް ޑްރައިޑް ބްލަޑް އޮން އިޓް. ރިންގް އެ ބެލް؟” ކިޔާންގެ އަތުގައި އޮތީ އެ ކުޑަކުޑަ ކަޓަރު ތިލައެވެ. ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ.. އެއީ.. އަހަރެން… މިއަދު ކުޑަކަމަކު ނަގާފަ.” ތާރާ ހިތްދިރުވާލިއެވެ.

“ދެން މި ލެއޯ؟”

“އެއީ……… އަމްމް.. ން.. ނޭނގެ.” ތާރާ ބުންޏެވެ. އަދި އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އިތުރަށް އެތާނގައި ހުރެއްޖެނަމަ ފަޅާއަރާފާނެ ކަމުގެ ބިރު ހީވުމުންނެވެ.

 

“ލައިސް. ވެއާ ޑޫ ޔޫ ތިންކް ޔޫ އާ ގޮއިން؟” ކިޔާން ތާރާގެ އަތުގައި ހިފާ އޭނާ އާއި ދިމާއަށް ދަމައިގަތެވެ. ތާރާ ގޮސް ލައްވީ ކިޔާންގެ މޭގައެވެ. “އައިމް ގިވިން ޔޫ އެ ޗާންސް ޓު ޓެލް މީ ދި ޓްރުތު ތާރާ. ޓްރަސްޓް މީ ވެން އައި ސޭ ދިސް. އައި ވިލް ފައިންޑް އައުޓް. އެން ތާރާ މިތަނުން ދިޔަކަ ނުދޭނަން ޙަޤީގަތް ނުހޯދަކާއެއް. ބިސައިޑްސް އައި ހޭވް އެ ގެސް އޮން ވަޓް ޔޫ ޑިޑް.” ކިޔާން ބުންޏެވެ.

ތާރާ ކިޔާންގެ އަތު ތެރެއިން ސަލާމަތް ވެވޭތޯ ގަދަ ހަދަން ފެށިއެވެ. ނަމަވެސް ކިޔާން އޭނާއަށް ވުރެ މާ ވަރުގަދައެވެ. “އިޓްސް ނަން އޮފް ޔޯ ބިޒްނަސް، ކިޔާން!” ތާރާ ބުންޏެވެ. “އިޓް އިޒް މައި ބިޒްނަސް.” ކިޔާން ތާރާގެ ދެލޮލަށް ބަލައިލިއެވެ.

ކިޔާން އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި ތަނުގެ ގޮތުން ތާރާއަށް ތަދުވަމުން ދިޔައެވެ. ނަމަވެސް އެކަން މޫނުމަތިން ނުދެއްކޭތޯ ބަލަމުން ދިޔައީ ކިޔާނަށް ޙަޤީގަތް އެނގެން ނޭދޭތީއެވެ.

“ނޯ. އިޓްސް ނޮޓް. ދިސް އިޒް މައި ލައިފް. ޔޫ ކާންޓް އިންޓާފެއާ!” ތާރާ ދަތްކުނޑި ވިކާލިއެވެ.

“ދެން ވޮޗް މީ އިންޓާފެއާ ދިސް ޓައިމް. ވޮޗް މީ، ތާރާ.” ކިޔާން ތާރާ އޭނާ އާއި އިތުރަށް ކައިރިކޮށްލިއެވެ. ބޭއިޚްތިޔާރުގައި ތާރާގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. ވަގުތުން ކިޔާން ތާރާގެ އަތުން ދޫކޮށްލައި އަތުގެ ހުޅުގައި ހިފިއެވެ. ކިޔާން ކުރަން އެ އުޅެނީ ކީއްކަން އެނގުމުން ތާރާ އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ކިޔާން ހުޝިޔާރު ކަމާއިއެކު ތާރާ ލައިގެން ހުރި ޕަޖާމާ ޓީޝާޓުގެ ވައަތު އަތުކުރި އޮޅާލިއެވެ.

ތާރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ކިޔާނަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާގެ ހިތުގައި ވޭން އަޅަމުން ދިޔައީ ތާރާ އެކަހަލަ ކަމެއް ކުރީތީއެވެ. ކުރިން ވެސް އޭނާ ހީކުރީ ރަނގަޅަށެވެ. ނަމަވެސް ޙަޤީގަތުގައި ވެސް ތާރާ އެފަދަ ޢަމަލެއް ކުރާނެ ކަމަށް ގަބޫލު ކުރަން އޭނާގެ ހިތެއް ނޭދެއެވެ.

 

“ތާރާ.” އަސަރުން ފުރިގެންވާ އަޑަކުން ގޮވާލަމުން ކިޔާން ތާރާއަށް ބަލައިލިއެވެ. “ވައި؟”

ތާރާއަށް ކުރެވުނުހާވެސް ކަމަކީ އިސްދަށަށް ޖަހާލައިގެން ހުރުމެވެ. “ކީއްވެހޭ ތާރާ؟ މިކަހަލަ ކަމެއް ކުރީ ކީއްވެހޭ؟” ކިޔާން ދެންވެސް ސުވާލު ކުރިއެވެ. ތާރާގެ ލޮލަށް ކަރުނަތައް ޖަމާވަން ފެށިއެވެ. “ލެ.. ލެޓް… ގޯ އޮފް މީ.. ކި..ޔާން.”

“ނޯ.. ތާރާ. އަހަރެން ގާތު ބުނެބަ. ކީއްވެތަ އަތުގަ ކަޓަރުން އެޅީ. ބަލާބަލަ މިއޮތް އަތަށް. ރީއްޗަށް ބެލީމަ އެނގޭ މިހިރީ ހަމަ ދެންމެހައިއްކައިރު ކަން އަޅާފަ. ދެން މިހިރަ… މީއްޗެހިތައް… ދޭ ލުކް ލައިކް ވަރަށް ދުވަސްވެފަ ހެން.. ތާރާ.. އަހަރެންގާތު ބުނެބަލަ ކީއްވެކަން. ހެޔޮނުވާނެ.”

“އާދޭސްކޮށްފަ މިބުނަނީ ކިޔާން އަހަރެން އަތުން ދޫކޮށްލާ.” ތާރާ އިސްޖަހާލައިގެން ހުރެ ބުންޏެވެ. “ތާރާ… ޕްލީޒް.” ކިޔާން ތާރާގެ ދަތްދޮޅީގައި ހިފާ އޭނާ އާއި މޫނު ސީދާކޮށްލިއެވެ. ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކިޔާންގެ ކަޅުކަންގަދަ އެ ދެލޮލުން ފެންނަމުން ދިޔައީ އެތަކެއް ބައިވަރު ޖަޒުބާތު ތަކެކެވެ. އެ ހުރިހާ އެއްޗެއްގެ ތެރެއިން ތާރާއަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ލޯތްބެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެ ވާނީ އޭނާއަށް ހީވި އެއްޗަކަށެވެ. ކިޔާން އޭނާދެކެ މިހާރު ލޯތްބެއް ނުވެއެވެ. ނުވެސް ވާނެއެވެ.

 

އެހެން ސިކުނޑިއަށް ވިސްނުމުން އަނެއްކާވެސް ތާރާ އިސްޖަހާލިއެވެ. އަދި ލޯ މަރާލިއެވެ. “ތާ.. އައި ޑޯންޓް ނޯ ވަޓް ޔޫ އާ ގޮއިން ތުރޫ ރައިޓް ނައު. އެކަމަކު ހާމިން ޔޯސެލްފް އިޒް ނެވާ ދި އާންސާ.” ކިޔާން ތާރާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ. ތާރާއަށް ސާރާގެ ހަނދާން ވިއެވެ. “އައި ނޯ… އައި ނޯ ދެޓް. އައި ޓްރައިޑް ނޮޓް ޓު. ބަޓް އައި ކުޑްންޓް… އިޓް.. އިޓް ހާޓްސް ޓޫ މަޗް.. ޓޫ މަޗް.” ތާރާއަށް ރޮވުނެވެ.

އޭނާގެ ކުރިމަތީގައި ސާރާގެ އެ ވީޑިއޯ ސިފަވަމުން ދިޔައެވެ. މާނިއު ސާރާގެ ގައިގައި ބެލްޓުން ތެޅި މަންޒަރެވެ. 18 އަހަރު ނުވާ އޭނާގެ އެއްމާބަނޑު ދޮންތަގެ ހަށިގަނޑުން ގަދަކަމުން އުފާ ހޯދަން އުޅުނު ގޮތެވެ. ސާރާގެ ރުއިމެވެ. އެ އަޑުގައި ވި އާދޭހެވެ. ކެކުޅުމެވެ. ވޭނެވެ. ޝަކުވާތަކެވެ. އެހެން ނުހެދުމަށް އެދި ރުއި މަންޒަރެވެ. ސަލާމަތަށް އެދި ހަޅޭއްލެވި މަންޒަރެވެ. އެ ފަކީރުގެ މޫނުމަތިން ފެންނަމުން ދިޔަ ބިރެވެ.

ތާރާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ދެގުނަ އިތުރުވިއެވެ. “ޝީ ޝުޑްން.. ހޭވް ގޯން ތުރޫ އިޓް. ޝީ ޑަޒްންޓް ޑިޒާވް އިޓް.” ތާރާ ކިޔާންގެ ކުރިމަތީގައި އޭނާގެ ހިތް ބަންޑުން ކޮށްލިއެވެ. އޭނާއަށް ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. “އިޓް ޝުޑް ހޭވް ބީން މީ! ނޮޓް ހާ! އޭނާ ސަފާ ކުރާކަށް ނުޖެހޭނެ! އިޓް ޝުޑް ހޭވް ބީން މީ!” އޭނާ ކިޔާންގެ މޭގައި ޖަހަމުން ދިޔައެވެ. ތާރާއަށް ކުރެވެނީ ކީއްކަން ވެސް ނޭނގެއެވެ. އޭނާއަށް ކިޔެނީ ނުކިޔެނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތާއި ސިކުނޑީގެ ތެރޭގައި ހިނގަމުން ދިޔަ ހައިޖާނުގަނޑު އެހާވެސް ބޮޑެވެ.

 

ކިޔާން ތާރާ ޖެހިޔަ ދިނެވެ. އޭނާ ތާރާ ކިޔަމުން ދިޔަ އެއްޗެހި އަޑު އަހަން ހުރީއެވެ. އެ ދައްކަނީ ކާކު ވާހަކަ ކަމެއް ނޭނގި ހުރެއެވެ. ނަމަވެސް ތާރާ އެ ހާލުގައި ފެނުމުން އޭނާގެ ހިތަށް ނުކުޅަދާނަ ވިއެވެ. އެހެންކަމުން ތާރާ އޭނާގެ މޭގައި އަނެއްކާވެސް ޖަހަން އަތް ނެގުމުން އެއަތުގައި ހިފާފައި ގެނެސް ތާރާ އޭނާގެ މޭގައި ޖައްސާލިއެވެ. އަދި ތާރާގެ ހަށިގަނޑުގެ ވަށައިގެން އޭނާގެ އަތް ވަށާލިއެވެ. ތާރާ ރޯނެ ވަރަކަށް ރޯން ދީގެން ހުރެއެވެ.

ތާރާގެ ކަރުނަތަކުން ކިޔާންގެ ޓީޝާޓު ތެމުމުން ދިޔައެވެ. ނަމަވެސް ކިޔާންގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ ތާރާގެ ހާލުން އޭނާއަށް ކުރަމުން ދިޔަ އަސަރު ބޮޑެވެ. އެހެންކަމުން ތާރާ އޭނާގެ މެޔާލައި އިތުރަށް ބޮނޑިކޮށްލިއެވެ. ބޭއިޚްތިޔާރުގައި ތާރާގެ އިސްތަށިގަނޑަށް ބޮސް ދެވުނެވެ.

އެތައް އިރެއް ވަންދެން ދެމީހުން އެގޮތަށް ހުއްޓެވެ. އެކަކު އަނެކަކުގެ އަތުގެ ތެރޭގައެވެ. ތާރާގެ ރުއިން ވެސް މައިތިރިވިތާ އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް ދުރަށް ޖެހެލަން ދެމީހުން ކުރެ އެކަކުގެ ވިސްނުމުގައިވެސް ނެތެވެ. އެކަކު އަނެކަކުގެ ހަށިގަނޑުގެ ހޫނު އިޙްސާސްވާ ހިސާބު ކައިރީގައި ހުރެވުމުން ދެމީހުނަށްވެސް ކުރެވެމުން ދިޔައީ ތަފާތު އިޙްސާސެކެވެ. އަނެކާގެ ލޯތްބަށް ފެންބުވައިގެންފައިވާ މިންވަރު އިޙްސާސް ކުރެވުނެވެ. ދެމީހުންގެ ވެސް ހިތުގެ އަޑަކީ އެއް އަޑެކެވެ. ހިތުގެ ރާގަކީ އެއް ރާގެކެވެ. ހިތުގެ އެދުމަކީ އެއް އެދުމެކެވެ. ހިތުގައި ޖަހަނީ އެއް ވިންދެކެވެ. ލޯތްބަކީ ހާދަހައިވާ ޖާދުވީ އެއްޗެކެެވެ.

ތާރާ ދެލޯ ހުޅުވާލިއެވެ. އަދި ކިޔާންގެ ތަނަވަސް މެއިން ބޯ ނަގައި ދުރުވާން އުޅުނެވެ. ނަމަވެސް ކިޔާން އެ ހުރި ގޮތަށް ހުރީއެވެ. ތާރާ ލަދުން ހުރެ އިސްއުފުލައި ކިޔާންގެ މޫނަށް ބަލައިލިއެވެ. އޭރު ކިޔާން ވެސް ހުރީ ބަލަހައްޓައިގެންނެވެ. ނަމަވެސް ކިޔާން ހުރީ ފުން ޙިޔާލެއްގައި ކަން އެދެލޯ ހެކި ދެއެވެ.

 

ތާރާ ކިޔާންގެ އަތް އޭނާގެ މެދު ހަށިގަނޑުން ނައްޓުވާލަން އުޅުނެވެ. ނަމަވެސް ހިޔާލުގައި ހުރެ ކިޔާން ތާރާ އޭނާ އާއި އިތުރަށް ގާތްކޮށްލިއެވެ. ނުދާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ތާރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަދި ކިޔާންގެ އަޔލތް ނެއްޓޭތޯ އިތުރަށް އުޅެން ފެށިއެވެ. އެންމެފަހުން ކިޔާން އަތް ނުނެއްޓުމުން ކިޔާންގެ އަތުގައި ވިކައިގަތެވެ.

ސިއްސައިގެންގޮސްފައި ކިޔާން ތާރާ ކޮށްޕާލިއެވެ. ތާރާ ވެއްޓުނީ ބިންމައްޗަށެވެ. “އައުޗް.” ކިޔާން ހާސްވެފައި ތާރާއަށް ބަލައިލިއެވެ. އަދި ތާރާ ނެގުމަށް އަތް ދިއްކޮށްލިއެވެ. “ސޮރީ.” ތާރާ އަށާއި ކިޔާނަށް ބުނެވުނީ އެއްފަހަރާއެވެ. ދެމީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “އިޓްސް އޯކޭ.” “އެ އޯކޭ ވާނެ.” އަނެއްކާވެސް އެއްފަހަރާ ބުނެވުނެވެ. އެހެންކަމުން ދެމީހުންނަށް ހެވުނެވެ. ކިޔާން ތާރާ ނަގައިދިނެވެ.

 

“އޮހް. ޔުއާ ޓީޝާޓު… ތެމިފަ އެހެރީ.” ތާރާއަށް ބުނެވުނެވެ. “އެ އޯކޭ ވާނެ. އިޓްސް ޖަސްޓް އެ ޓީޝާޓެއްނު.” ކިޔާން އޭނާގެ ޓީޝާޓަށް ބަލާލަމުން ބުނެލިއެވެ.

“އަމްމް.. ތް..ތޭންކްސް.” ތާރާ އިސްދަށަށް ޖަހާލިއެވެ. ތާރާ ޝުކުރު އަދާއެކުރަނީ ކީއްވެ ކަން ނޭނގުމުން ކިޔާން ދެބުމަ ކައިރިކޮށްލިއެވެ. “ތެންކިޔޫ. ފޯ.. އަމްމް.. ޔޫ ނޯ.. އާރްރް.. ބީއިން ދެއާ ޖަސްޓް ނައު.. އަމްމް” ތާރާއަށް ބުނަން އުނދަގޫ ވިއެވެ. ތާރާ އެ ޝުކުރު އަދާކުރަނީ ކީއްވެކަން އެނގުމުން ކިޔާން ބުންޏެވެ، “ޑޯންޓް މެންޝަން އިޓް.”

“ދެން ހިނގާ އަވަހަށް އަތުގައި ބޭސްއަޅަން ދޯ؟” ކިޔާން ތާރާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. މިފަހަރު ތާރާ އެއްވެސް ބޮޑާ ހޭކުމެއްނެތި ކިޔާން އޭނާގެ އަތުގައި ބޭސް އެޅިޔަ ދިނެވެ. ކަޓަރުން އަޅާފައި ހުރި ތަންތަނުގެ އިތުރުން ބިއްލޫރިކޮޅުން ކަފައިގެން ދިޔަ ތަން ކޮޅުގައި ވެސް މެއެވެ. އެ ހުރިހާ އިރަކު ތާރާ އިނީ ހިޔާލަކަށް ގެއްލިފައި ދުރަށް ބަލަހައްޓައިގެނެވެ.

 

އޭނާއަށް ހޭވެރިކަން ވީ އޭނާގެ މޫނަށް މީހަކު ބަލާހެން ހީވުމުންނެވެ. އެހެންކަމުން އޭނާގެ އަތަށް ބަލާލުމަަށް ފަހު ކިޔާނަށް ބަލައިލިއެވެ. އޭނާގެ އަތުގައި އޮތީ ބޭސްއަޅައި ނިމިފައެވެ. އެހެންކަމުން ކިޔާން އިނީ ތާރާގެ މޫނަށް ބަލަހައްޓައިގެންނެވެ. ކަމެއް ނަގައި ދެނެގަނެވޭތޯ ކަހަލަ ގޮތަކަށެވެ. ތާރާ އިސްޖަހާލިއެވެ.

“ޑޯންޓް ލުކް އެޓް މީ ލައިކް ދެޓް.” ތާރާގެ އަޑު އައީ ކިރިޔަ ކިރިޔާއެވެ. “ވައި؟ ލައިކް ވަޓް؟” ކިޔާން އެއްސެވެ. “އައި ޑޯންޓް ނޯ. ލައިކް ޔޫ އާ ލުކިން އެޓް މީ ނައު.” ތާރާ ބުންޏެވެ. “ވައި ނޮޓް؟” ކިޔާން އަނެއްކާވެސް އެއްސެވެ. ތާރާ ސީދާ ޖަވާބު ބުނާކަށް ބޭނުމެއްނޫނެވެ. އެހެންކަމުން ކިޔާން 4،5 ފަހަރަށް ސުވާލު ތަކުރާރު ކުރިއެވެ.

“ބިކޯޒް އިޓްސް ގިވިން މީ ފޭލްސް ހޯޕް!” ތާރާ ކިޔާންގެ ލޮލަަށް ބަލައިލިއެވެ.

?❤️?❤️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން – އިޢުލާން

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 7

Next
May 31, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 7

Previews
May 30, 2021

އަންނަންދެން ހުންނާނަން ލޯބިން – އިޢުލާން



All Right Reserved!