ޒީނާ އާއި ތާރާ އެޔައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ.

ކުއްލިއަކަށް އިވުނީ ދޮރު ހުޅުވުން އަޑެވެ. “އަނހަ. ދަރިފުޅު ޑޮކްޓަރާ ވެސް ރައްޓެހިތަ؟” އިވުނީ ނިއުމާގެ އަޑެވެ. ތާރާގެ ދެލޯ ބޮޑުވިއެވެ. އެއޮށްވަރުން ފިލަން އުޅުމުން ވެސް އެކަން ކާމިޔާބެއް ނުވިއެވެ. “އާނ. މަންމާ. މީ އަޅުގަނޑުގެ ވަަރަށް ގާތް އެކުވެރިއެކޭ. އާދެބަ މި ކޮޅަށް.” ޒީނާ ގޮވާލިއެވެ. ތާރާ ޒީނާ އައި ދިމާއަށް ބަލައިލިއެވެ. ޒީނާ ލޮލުގެ އިޝާރާތުން ހަމަޖެހުމަށް ބުންޏެވެ.

ނިއުމާ ވަދެގެން އައެވެ. “މާމަގެ ރަންކޮޅު ނިދީތަ؟” “އަނ. ހަމަ ދެންމެ އެ ނިދީ. އެނީވޭސް މަމް. މީޓް މައި ފްރެންޑް. ރާއްޖޭގަ އެންމެ މަޤުބޫލު އަންހެނުންގެ ޑޮކްޓަރ ތާރާ. ތާ، ދިސް އިޒް މައި މަމް.” ޒީނާ ހީލިއެވެ.

 

ނިއުމަ އާއި ތާރާގެ ލޯ ބައްދަލު ވިއެވެ. “ތާރާ؟” ނިއުމާ ދިޔައީ ސިއްސައިގެނެވެ. “ނިއުމައްތަ.” ތާރާ ހިތްދިރުވާލުމަށްފަހު ގޮވާލިއެވެ. ތާރާ ހީކުރި ގޮތާއި ޚިލާފަށް ނިއުމަގެ މޫނުމަތިން ރުޅިވެރިކަމެއް ފެންނާކަށް ނެތެވެ. ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމެވެ. ހައިރާންކަމެވެ. އެހެންވީމާ ކިޔާން އެއްވެސް އެއްޗެއް ނުކިޔާދޭތާއެވެ.

“މިތާ؟ ކޮންތާކު މިއޮއް ހުރިހާ ދުވަހު އުޅުނީ، ތާ؟ ތާ ކިޔާން އާ ވެސް ދިމާވިތަ؟ ދެކުދިން އޭރު ވަރަށް ގުޅޭ ވިއްޔަ އޭރު. ތާ ދިޔުމުން ކިޔާން ހުރި ވަރަށް ދެރަވެފަ. އަނެއްކާ ކޮންތާކަށް ދިޔައީ؟ ދައްތަ ވެސް ވަރަށް ދެރަވި އަންގާވެސް ނުލައި ދިޔައީމަ.” ނިއުމާ ލޯތްބާއި ތާރާގެ ބޮލުގައި ފިރުމާލަމުން އެއްސެވެ. ނިއުމާގެ އެހެން ހެދުމުން ތާރާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ހިތް ނާޒިމާގެ މައިވަންތަ ލޯބި މަތިން ހަނދާންވިއެވެ. އެ ލޯބި ލޯބި މަންމަ އާއި އޭނާއާ ބައްދަލު ނުވާތާ މިހާރު 6 އަހަރު ވީއެވެ. އެ ހިތް އެ މަންމަގެ ލޯތްބަށް އެދޭނެ ވަތު ވިސްނާލަބަލާށެވެ.

“އަޅެ. ތާ ރޮނީތަ؟ އޭއި. އޭއި. ނުރޮއެ، ދަރިފުޅާ. ކިހިނެއްވީ އަނެއްކާ؟” ނިއުމާ ތާރާގެ ގައިގައި ބައްދާލިއެވެ. އިސާހިތަކު އެފަކީރުގެ ބަނޑި ފަޅައިގެން ދިޔައެވެ. އެންމެ ފުރަތަމަ ނިއުމާއާއި ތާރާ އާއި ދިމާވިއްސުރެ ނިއުމާގެ ހިތުގައި ތާރާއަށް ޙާއްޞަ މަޤާމެއް ވަނީ ދެވިފައެވެ. އޭރު އަބަދު ހެވިފައި ހުންނަ ކުއްޖާ މިހާރު ގިސްލަ ގޮސްލާފައި ރޮމުން ދިޔުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ދެނެގަންނާކަށް އޭނާގެ 6ވަނަ ޙިއްސަކަށް އުނދަގުލެއް ނުވިއެވެ. އެހެންކަމުން އޭނާގެ ހިތުގައި އެ ނިކަމެތި ކުއްޖާ އާއި ދޭތެރޭގައި މައިވަންތަ ކުލުނު އުފެދުނެވެ.

“ދަރިފުޅާ ތާރާ، ދައްތައަށް ކިޔައިދީބަ ވެގެން އުޅޭގޮތް. ދަރިފުޅު ކިޔާން އާއި ދިމާވީތަ؟ ދައްތަ އަކަށް ނޭނގެ ތި ދެކުދިންގެ ދޭތެރޭ ހިނގައި ދިޔައީ ކީއް ކަމެއް. އެކަމަކު ތާ ދިޔުމުން ކިޔާން އެންގި ދައްތަމެނަށް ތާގެ ވާހަކަ ނުދައްކަން އޭގެ ފަހުން. ދައްތަ ވަރަށް ދެރަވި. އެކަމާ ގުޅިން ހުރި ކަމަކުތަ ދަރިފުޅަށް ތި ރޮވެނީ؟ ދައްތަ ގާތު ބުނެބަ ކިޔާން ކުރި ކަމެއް. ދައްތައަށް އެނގޭ އޭރު ވެސް ތިކުދިން ވަރަށް ޒުވާބު ކުރާކަން. އެކަމް ދައްތަގާތު ބުނީމައެއްނު އެނގޭނީ ކިޔާނަށް ވިސްނާދޭން ވެސް. މިތާ އިށީނދެބަ.” ނިއުމާ ތާރާގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން އެތާ ހުރި ގޮނޑިއެއްގައި ބޭންދިއެވެ.

އޭރު ތާރާ އިނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެހެންކަމުން ކުރެވުނު ކަންތަކާމެދު ލަދުގަނެ އިސްޖަހާލިއެވެ. “ސޮރީ.” އޭނާގެ އަޑުވެސް އައީ ކިރިޔަ ކިރިޔާއެވެ.

 

“އަޅެ ދެން އެއީ ސޮރީ ބުނާ ކަމެއްތަ؟” ނިއުމަ ހީލިއެވެ. “ބުނެބަލަ. މީހަކު ތާއަށް ކަމެއް ކުރީތަ؟ ކިޔާން ހަޅޭއްލެވީތަ؟ ބުނެބަ.” ނިއުމާ އެއްސެވެ. “ނޫނޭ، ނިއުމައްތާ. ކިޔާން ކަމެއް ނުކުރޭ.” ތާރާ ބުނެލިއެވެ. “ދެން ކަކު ކީއްކުރީ؟ ބުނެބަ. ދައްތައަށް އެހީވެވޭނީ ވެސް އޭރުން ނެއްނު.” ނިއުމާ އަނެއްކާވެސް އެއްސެވެ. “ނޫނޭ. ދައްތަ މަތިން މާބޮޑަށް މިސްވީއޭ ހަމަ. ދޯ، ޒީން؟” ތާރާ ޒީނާއަށް ދޯ އެއްލިއެވެ.

“ތާ. މަންމައަށް ކިޔާދީބަ. އޭރުން މަންމައަށް ވެސް ހެލްޕް ވެދެވޭނީ. އައި ނޯ ޝީ ވިލް.” ޒީނާ އެދުނެވެ. “ކޯއްޗެއް މަންމައަށް ކިޔާދޭންވީ؟” ނިއުމާ އެއްސެވެ. “އެއީ އަޅުގަނޑަށް ކިޔާދެވޭނެ ވާހަކައެއް ނޫން މަންމާ. އެއީ ތާގެ ސްޓޯރީ.” ޒީނާ ބުންޏެވެ.

“އެންމެ ރަނގަޅު. އެކަމް ދައްތާ. އަޅުގަނޑު ފުރަތަމަ ބުނެލާނީ އަޅުގަނޑަށް މަޢާފު ކުރާށޭ.” ތާރާ އިސްޖަހާލިއެވެ. “އެއީ؟” ނިއުމާ އަހާލިއެވެ. “ކިޔާންއަށް އައި ބަދަލުގއ ފަހަތުގައި ވަނީ އަޅުގަނޑު ކަމަށް ވާތީ.” ތާރާ ބުންޏެވެ. “އޭނ؟ ތި.. ތިބުނި އެއްޗެއް… ދައްތައަކަށް ނޭނގުނު.” ނިއުމާ ބުނެލިއެވެ.

“ދައްތާ. އަޅުގަނޑު ވަކި ތާކަށް ދިޔައީކީ ނޫން. މިބުނީ އަޅުގަނޑު ދިޔައީ ދާހިތަކުން ނޫނޭ. މަޖުބޫރު ވެގެން.” ތާރާ އޭނާގެ ވާހަކަ ފެށިއެވެ.

…………………

 

“ހުމްމް. މި ޖެހުނީ ކަންތަކާ ދެން.” ތާރާ އޭނާގެ މާޒީގެ ވާހަކަ ކިޔައިދީ ނިމުމުން ނިއުމާ ބުންޏެވެ. “ތިބުނީ؟” ޒީނާ އާއި ތާރާ އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލިއެވެ. “ޕްލޭން ފޯ ތާރާ އެން ކިޔާންސް ރީޔުނިއަން. އައިމް ދި ކެޕްޓަން. ޔޫ އާ ދި ކޯ ކެޕްޓަން.” ނިއުމާ ޒީނާ އާއި ދިމާއަށް ބަލާލަމުން އެއް މިޔަކަނުން ހީލިއެވެ. ތާރާ އާއި ޒީނާގެ ދެލޯ ބޮޑުވިއެވެ.

“އައި އޯލްމޮސްޓް ފޯގޮޓް އެބައުޓް ޔުއާ ކްރޭޒީ ކޮމީޑިއަން ސައިޑް، ނިއުމައްތާ.” ތާރާއަށް ބުނެވުނެވެ. “އޮހް. އިޓްސް ނޮޓް ކޯލްޑް ކްރޭޒީ. އިޓްސް މައި ޖީނިއަސް ސައިޑް، މައި ޑިއާ.” ނިއުމާ ބުނެލިއެވެ. އެއާއެކު ތާރާ އަށާއި ޒީނާއަށް ހެވުނެވެ. “ލުކްސް ލައިކް އައި ނީޑް މޯ ޓީމް މެމްބާސް.” ތާރާއަށް ނީވޭ ވަރަށް ނިއުމާ ބުނެލިއެވެ. އަދި ސިކުނޑީގައި މޮޅު ޕްލޭނެއް ރާވާލިއެވެ.

“ސޯ ވަޓްސް ޔުއާ ސޯ ޖީނިއަސް ޕްލޭން؟” ތާރާ އަހާލިއެވެ. “އޮހް. ނަތިން. އައިމް ސްޓިލް ތިންކިން.” އެހެން ބުނެފައި ނިއުމާ ޒީނާއާއި ދިމާއަށް އެއްލޯ މަރާލިއެވެ. ވާނުވާ އެނގުމުން ޒީނާ ގާތަށް ހިނިއައެވެ. ނަމަވެސް ތުންފަތަށް ވެރިވި ހިނިތުންވުން ތާރާއަށް ފޮރުވަލުމުގެ ގޮތުން އަނގަމަތީގައި އަތް އަޅާލަމުން ކެއްސާލިއެވެ.

 

“ނޮކް. ނޮކް. މޭ އައި ކަމް އިން ޓު ސީ މައި ލިޓްލް ނިފިއު؟” އިވުނީ ކިޔާންގެ އަޑެވެ. ވަގުތުން ތާރާ ހަސްވިއެވެ. ނަމަވެސް ނިއުމާ ތާރާގެ ކޮނޑުގައި އަތް އަޅާލަމުން ހަމަޖެހިލުމަށް ބުންޏެވެ. އަދި ކިޔާން ގާތު އައުމަށް ބުންޏެވެ.

ކިޔާން ވަންތަން އެތާ އޭނާގެ މަންމަ އާއި ތާރާ ފެނުނެވެ. “ކިޔާން، ދަރިފުޅާ. ކީއްވެ ތާރާ އައިސް އުޅޭ ވާހަކަ މަންމަ ގާތު ނުބުނީ؟” ނިއުމާ ވަރަށް ހަމަޖެހިލާފައި އެއްސެވެ. ކިޔާނާއި ތާރާ އެއްފަހަރާ ކަހަލަ ގޮތަކަށް ނިއުމާ އާއި ދިމާއަށް ބަލައިލިއެވެ.

“އޭނާ އެއީ އަހަރެމެންގެ ޢާއިލާއަށް އެހާ މުހިންމު މީހެއް ނޫނެއްނު. އެހެންމަ އޭނާ އައިތޯ ނައިތޯ ބެލުން މުހިންމެއް ނޫން.” ކިޔާން ހަމަޖެހިލާފައި ބުންޏެވެ.

“އަޅެ. ކިޔާން އާއި އެންމެގާތްކޮށް އުޅުން ކުއްޖާއެއް ނޫންތަ މީ؟ އޭނާ މުހިންމު ނުވާންވީ ކީއްވެތަ؟” ނިއުމާ އެއްސެވެ. “މަންމާ. އަހަރެން މިތަނަށް މިއައީ އޭނާގެ ވާހަކަ ދައްކާކަށް ނޫން. އަހަރެން އައީ ޒާއްކޮ ކައިރިއަށް. އެކަމް ޒާއްކޮ ނިދާފަ އޮތީމަ އަހަރެން ވެސް ދަނީ. އެހެން ނޫނަސް ބޭކާރު މީހުންގެ ވާހަކަ އެހާ ގިނައިން ދައްކާކަށް ނުވާނެ.” ނިއުމާ އަށް އެއްޗެއް ބުނެވުމުގެ ކުރިން ކިޔާން ނިކުމެގެން ދިޔައެވެ. ކިޔާން އެހެން ބުނުމުން ނިއުމާ ހިތްހަމަނުޖެހުނެވެ.

“އަ.. އަޅުގަނޑު ދެން ގެއަށް ދަނީ.” އިސްޖަހާލައިގެން ހުރެ ތާރާ ބުނެލިއެވެ. ނިއުމާ އައިސް ތާރާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. “އަދި ހިތްވަރު އެލުވާނުލާތި މަގޭ ދަރިޔާ. މިފަހަރު ދައްތަމެން ވެސް އެބަހުރިން ތާގާތު.” ނިއުމާ ތާރާގެ ބޮލުގައި ފިރުމައިލިއެވެ.

…………………….

 

ޒީނާ ވިހިތާ 4 މަސްވީއެވެ. ޒީނާގެ އެދުމުގެ މަތިން ތާރާ ބައެއް ފަހަރަ ކިޔާންމެން ގެއަށް ގޮސްހަދައެވެ. އެއީ ވެސް ޒީނާ މާގަދައަށް ކިޔަން ފެށުމުންނެވެ. ތާރާ އެގެއަށް ގޮސް ޢާއްމުކޮށް އިންނާނީ ޒީނާގެ ކޮޓަރީގައި ޒާޔާ އަރައިގެންނެވެ. އެގެއަށް އޭނާ ދަނީ ކިޔާން ވަޒީފާގައި އުޅޭ ވަގުތު ތަކުގައެވެ.

“ހަލޯ؟” ތާރާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “ހޭއި. ތާ. އާދެބަ މެންދުރު މިގެއަށް. ހާދަ ފޫއްސޭ ގޭގަ އިތުރު ގާލްއެއް ނެތީމަ.” ޒީނާ ވަގުތުން ޝަކުވާ ކޮށްލިއެވެ. “ހަހަ. އޯކޭ، ދާނަން. ބަޓް 2:30 އޮރ 45 ހާއިރު ދެވޭނީ. ކުޑަކަމެއް ކޮށްލަން ޖެހޭ އެބަ އޭގެ ކުރިން.” ތާރާ ހީލިއެވެ.

“އޯކޭ ކޮންމެ އިރަކު ވިޔަސް އައިސްފިއްޔާ. ރޭގަނޑު އަޔަސް ފަތިހު އަޔަސް މަށަށް ހެޔޮ.” ޒީނާ ހިނިގަނޑެއް ޖަހާލިއެވެ. “ހާހާ. އޯކޭ މިރޭ ދާނަން ދަންވަރު 2 ޖަހާއިރަށް. މޫނުގަނޑެއް އަޅައިގެން. އެނގިދާނެތާ.” ތާރާ ވެސް ހޭން ފެށިއެވެ.

 

އެންމެފަހުން ޒީނާ ފޯނު ބޭއްވުމުން ތާރާ ދިޔައީ ޔުކްތާމެން ގެއަށެވެ. ޔުކްތާ ވެސް އުޅެނީ ވިހައިގެން ކަމުން ތާރާ އެގެއަށް ވަރަށް ގިނައިން ދެއެވެ. ޔުކްތާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަކީ ޔޫކަންއެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެފައި ތާރާ އެގެއިން ނުކުތެވެ. އޭރު މުޅި މީހާގެ މޫނުމަތިން ހާސްކަން ފެނެއެވެ. އޭނާގެ ފޯނު ރިންގްވާން ފެށުމުން ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. “އެޑްރެސް ބުނެބަ.” ތާރާ އެލެކްސް ގާތު އެދުނެވެ.

“ތާ. ޕޮލިސް ސްޓޭޝަނުން އަހަރެމެންނާ މީޓް ކުރަން ވީނު؟” އެލެކްސް އެއްސެވެ. “ނޯ ލަކީ. އައި ވޯންޓް ޓު ބީ ދެއާ ވެން ޔޫ ގާއިސް ގެޓް ދެމް. ޕްލީޒް.” ތާރާ އަނެއްކާވެސް އެދުނެވެ. “އޯލްރައިޓް. އާދެބަ………. މިތަނަށް. އެތާ އެތެރެއަށް ނުވަންނާތި އަހަރެމެން ފެންނަން ނެތިއްޔާ. ދުރުގަ ފިލާ ހުރުން ބުއްދިވެރީ.” ރީހަން ބުނި އަޑު އިވުނެވެ. “އޯކޭ.” ތާރާ ފޯނު ބޭއްވުމަށްފަހު އަވަހަށް ޓެކްސީ އަކަށް އަރައިގެން އެލެކްސް ބުނި މަންޒިލަށް ދިޔައެވެ.

…………………

 

ކިޔާން އޮފީހުގައި އިންދާ 3 ވަނަ ފަހަރަށް އެ ފޯނަށް މީހަކު ގުޅިއެވެ. އޭނާ ހުރީ މުހިންމު މީޓިން އެއްގައި ކަމުން ފޯނު ބިޒީކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް އެމީހަކު ގުޅަން ފެށިއެވެ. އެހެންކަމުން ފޯނަށް ގުޅަނީ ކާކުތޯ ބަލައިލިއެވެ. ޕލއެ ގުޅަނީ ޕޮލިސް ސްޓޭޝަނުންކަން އެނގުމުން މީޓިން ކުރުގޮތަކަށް ނިންމާލިއެވެ. އަދި އަވަހަށް ފޯނު ނަގައި ފޯނު ބިޒީ ކޮށްލެވުނީތީ މަޢާފަށް އެދުނެވެ.

“އޭނާ މިހާރު ހުރީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ. އޭނާގެ ކުށް ސާބިތުވެފައި ވުމުގެ ސަބަބުން.” އެކޮޅުން ވާހަކަ ދެއްކިއެވެ. “އަޅުގަނޑު މިދަނީ ތިތަނަށް.”

ކިޔާން ދިޔައިރު ޒީނާގެ ކުރީގެ ފިރިމީހާ އަދްޔަން އިނީ ވަކިން ކޮޓަރިއަކަށް ލާފައެވެ. ފުލުސް އޮފިސަރަކާއި އެކު ކިޔާން ވެސް އެ ކޮޓަރިއަށް ވަނެވެ.

 

“ކަލޭ ދޯ؟ މާ ކަންތައް ބޮޑު ވެގެން އެނގޭ ތިއުޅެނީ މިހާރު!” އަދްޔަން ހަޅޭއްލަވައިގަތެވެ. “އަހަރެން އަދްޔަން ގާގު ބުނިން ދޯ އޭރުވެސް. އަހަރެންގެ ކޮއްކޮއަށް އެހާލުގަ ޖައްސާފަ ކަލެއަށް ލާހިކެއްނޫނޭ އުފާވެރި ދިރިއުޅުމެއް އުޅޭކަށް. ޒީނާއަށް ދިން އަނިޔާތަކުގެ ސަޒާ ލިބޭނޭ ބުނީމެއްނު.” ކިޔާން ވެސް ރުޅިއައިސްފައި ބުންޏެވެ.

“ޒީނާ ވޯޒް ޖަސްޓް އެ ޓައިމް ޕާސް، ޑޫޑް. ހަހަހަހާ. ޝީ ގޮޓް ބޯރިން އާފްޓާ ސަމްޓައިމް. ހަހަހަ…” އަދްޔަންގެ ވާހަކަތަކަށް ހުއްޓުމެއް އައީ ކިޔާން އޭނާގެ އަތް މުށްކަވާފައި އަދްޔަންގެ އަނގަމަތީގައި ޖެހުމުންނެވެ.

“ޔޫ ވިލް ސަފާ، އަދްޔަން. ޓްރަސްޓް މީ ޔޫ ވިލް.” ކިޔާން ދެވަނަ ފަހަރަށް ޖަހަން އުޅުމުން އެއްކަލަ ފުލުސް އޮފިސަރު އެކަން ހުއްޓުވިއެވެ. އިތުރަށް އެތާ ނުހުރެވިގެން ކިޔާން އެތަނުން ނިކުތެވެ. “އަދްޔަން އެކަމަށް ކުށް ސާބިތުވީ އޭނާގެ އެނޫން ކުށްތަކެއް ވެސް ހުރުމުން. ހީ ސްޓާޓެޑް އެބިއުޒިން ޔުއާ ސިސްޓާ ބިކޯޒް ހީ ވޯޒް އެ ޑްރަގް ޑީލާ ޓޫ.” ފުލުސް އޮފިސަރު ކިޔައިދިނެވެ. “އައިމް ނޮޓް ސަޕްރައިޒްޑް.” ކިޔާން ބުންޏެވެ.

 

އެވަގުތަކީ އެތަނަށް ފުލުހުންގެ ބޮޑު ޓީމެއް ބަޔަކު ގޮވައިގެން ވަތް ވަގުތެވެ. އެހެންކަމުން ކިޔާނަށް ވެސް އެދިމާއަށް ބަލައިލެވުނެވެ. އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ބިޑިއަޅުވާފައި ހުރި ނާއިލެވެ. ކިޔާންއަށް ދަތްކުނޑި ވިކާލެވުނީ އެހެންވެއެވެ. ދެން ފެނުނީ ދީމާއެވެ. އޭނާ ވެސް ހުރީ ބިޑި އަޅުވާފައެވެ. އެ ފުލުހުންތައް އެމީހުން ގެންގޮސް ވެއްދީ އަދްޔަން އިން ކޮޓަރިއަށެވެ.

“ކީއްވެ އެމީހުން އަދްޔަންއާ އެއް ކޮޓަރިއަކަށް އެ ވެއްދީ؟” ކިޔާން އެއްސެވެ. “އެއީ އަދްޔަން އަކީ އެމީހުން ފިލަން އެހީވެދިން މީހުންގެ ތެރެއިން މީހަކަށް ވާތީ. އެމީހުންނަށް އަދަބު ދެވޭ އިރު އަދްޔަނަށް ވެސް ދެވޭނެ.” އެތަނުން ފުލުހުން ބުންޏެވެ. ކިޔާން ބޯ ޖަހާލިއެވެ.

ކިޔާން އަނެއް ފަރާތަށް އެނބުރުނު ވަގުތު ތާރާ އާއި ކުރިން ދުވަހު ފެނުނު ދެ ޒުވާނުން ވަދެގެން އައި ތަން ފެނުނެވެ. 3 މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ރުޅިވެރި ކަމެވެ. ތާރާގެ މޫނުމަތިން ހިތަމަ އާއި އުފާވެރިކަން ވެސް ފެންނަމުން ދިޔައެވެ. 3 މީހުން ވެސް ވަދެގެން ދިޔައީ އަދްޔަން އިން ކޮޓަރިއަށެވެ.

“އެއީ ކޮންބައެއް؟” ކިޔާން ސުވާލު ކުރިއެވެ. “އެ ދެ ފިރިހެނުން އެއީ މިތަނުގަ ވަރަށް މުހިންމު ދެ މީހުން. ދެން އެ އަންހެން ކުއްޖާ… ޝީ އިޒް އެ ވިކްޓިމް ހޫ ވޯންޓްސް ޖަސްޓިސް. އިތުރަށް މަޢުލޫމާތު ދެވޭކަށް ނެތް. އެއީ ވަރަށް ސިއްރުން ކުރިއަށް ދާ އިންވެސްޓިގޭޝަނެއް. އަޅުގަނޑުމެންނަށް ވެސް ނޭނގެ އަސްލު ވީގޮތެއް. މިތަނުގަ ޙާއްޞަ މީހުނަށް އެކަނި އެނގޭނީ.” ފުލުސް މީހާ ބުންޏެވެ. “އޮހް.” ކިޔާނަށް ބުނެވުނެވެ. އަދި ބޯ ޖަހާލަމުން ނިކުމެގެން ދިޔައެވެ. އޭރު އޭނާގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ.

 

ތާރާ އަކީ ވިކްޓިމް އެކޭ އެބުނީ ކީއްވެ ހެއްޔެވެ؟ ތާރާ އިންސާފު ހޯދަން އެއުޅެނީ ކޮން ކަމަކަށް ހެއްޔެވެ؟ ބިޑި އަޅުވައިގެން ގެނޭ މީހުންގެ ތެރޭގައި ނާއިލް ހިމެނުނީ ކީއްވެ ހެއްޔެވެ؟ އެއީ ތާރާގެ ސިއްރު ލޯބިވެރިޔާ ނޫން ހެއްޔެވެ؟

 

………………

 

“އައި ވޯންޓް އާންސާސް. އަހަރެން ކުރާ ސުވާލުތަކަށް ކަލޭމެން ޖަވަބު ދޭން ޖެހޭނެ.” ތާރާ އެމީހުނަށް ބުންޏެވެ. ނަމަވެސް ނާއިލާއި، އައްޔަނާއި، ދީމާ ފިޔަވައި ދެން ތިބި އެމީހުން ތާރާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ހައިރާންވެފައި ވާ ނަޒަރަކުންނެވެ.

“ކަލޭ ޙަޤީގަތުގަ ވެސް މާ ބޮޑަށް އަނގަގަދަ ވެއްޖެ. ހަނދާން ކުރާތި މިފަހަރު ކަލެއަކަށް ސަލާމަތެއް ނުވެވޭނެ.” ބިލާލް ތާރާ އާއި ދިމާއަށް ބުންޏެވެ. “ޝަޓް އަޕް! މިފަހަރު ކަލޭމެން އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެ!” އެލެކްސް އައި ރުޅީގައި ބުންޏެވެ.

“އޮހް ޔާ؟ އަހަރެން ކިތައް ފަހަރު މި ތޭރި ތަކުގެ ތެރެއިން ފިލިން؟ ދެން ވެސް އަހަންނަށް ނިކުމެވޭނެ.” ޔާނިއު ހިނިގަނޑެއް ޖަހާލިއެވެ. “މިފަހަރު ނުވާނެ.” ރީހަން ވެސް ބުންޏެވެ.

“ކަލޭ މީގެ 5 އަހަރު ކުރިން ފިލީ މިކަމަށް ދޯ؟ އަހަރެމެން ހައްޔަރު ކުރަން. ހާދަ މޮޔައޭ ކަލޭ.” ވިޝާހް ބުންޏެވެ.

 

ތާރާ ހައިރާންވިއެވެ. “5 އަހަރު ކުރިންނޭ؟ ކީކޭ ތި ކިޔަނީ؟” ތާރާއަށް އަހާލެވުނެވެ. “އާނ. ކަލޭ އެދުވަހު ފިލުމުގެ ކުރިން މިކިޔަނީ. މިހާރު ނޭނގޭ ކަމަށް ވެސް ހަދަނިޔޭ ދޯ؟” ރިޒްގާ ދެލޯ އަޅާލިއެވެ. “ބުނަން ވާހަކައެއް. މަގޭ ކޮންފިއުޒް ކުރަން ނޫޅޭ. އަހަރެންނަކަށް ނޭނގޭ ކަލޭ ތި ކިޔަނީ ކީކޭ ކަމެއް؟ ގަބޫލު ނުކުރަންޏާ މިހިރަ މީހުން ކައިރީ އަހާ. މީގެ 5 އަހަރު ކުރިން އަހަރެން އުޅުނީ އަހަރެންގެ ބޮޑުބޭބެމެން ގޭގަ. އަހަރެން މާލެން ދިޔައީ އެހެރަ ނާއިލްގެ ކަންތައް ބޮޑު ކަމުން.” ތާރާ އެއްފައްޗަކަށް އަމުނާލިއެވެ.

“ހަހަހަހަހާ! ނައިސް ޖޯކް. ބަޓް…” ހުމޭދު ވާހަކަ ދައްކަން ފެށުމުން ބާތިން ހުމޭދުގެ ގޮނޑީގައި ފައިން ތަޅައިގަތެވެ. “ކަލޭ އަނގަ މަޑުން ލައިގެން ހުރެބަލަ. އަހަރެންނަށް އެނގޭ އެބަ މި ވާނުވާ.” ބާތިންގެ ތުންފަތްމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

“އެހެންވީރު ވާނުވާ ކިޔާދީބަލަ މަށަށް ވެސް.” ތާރާ އައިސް އެމީހުންގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނދެލިއިރު މީގެ އިރުކޮޅެއް ކުރިން ރޮވެން ކައިރިވެފަ ހުރި ތާރާހެން ވެސް ހީނުވާނެއެވެ.

 

“ޝަރުތެއްގެ މަތިން ދޯ ކޮންމެ ކަމެއް ވެސް ކުރެވޭނީ.” ބާތިން ބުންޏެވެ. “ތިވާހަކަ އަކީ ބޭކާރު ވާހަކައަކަށް ވެއްޖެއްޔާ ޔޯ؟” ތާރާ ބުމަ އަރުވާލިއެވެ. “ޔަގީންކަން މިދެނީ. މި ވާހަކަ އެނގެން ބޭނުންވާނެ. އެ ހާދިސާގައި ހިނގާދިޔަ އިތުރު ކަމެއް އެނގެން ބޭނުމެއް ނޫންތަ؟” ބާތިން އެއްސެވެ.

“ބާތިން! ކަލޭ ކިހިނެއް ވެގެންތަ ތިއުޅެނީ؟!” ބިލާލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ތިއުޅެނީ ޙަޤީގަތް ކިޔާދޭށޭ!”

“ބިލާލް ކިޔާ އެއްޗިއްސަށް އަޅާނުލާ. ކަލޭ ތި ބުނަން އުޅޭ އެއްޗެއް ބުނީމަ އެއީ އަހަންނަށް މުހިންމު މަޢުލޫމާތެއްނަމަ ވިސްނާފަ ޝަރުތު ފުއްދާދެވިދާނެ.” ތާރާ އެއްބަސްވިއެވެ. “ތާ. އައި ޑޯންޓް ތިންކް ދެޓްސް އެ ގުޑް އައިޑިއާ.” ރީހަން ބުންޏެވެ. “ކާމް ޑައުން މޭން. އައި ނޯ ވަޓް ޝީ އިޒް ޑުއިން.” އެތަނުން ފުލުސް އޮފިސަރަކު ބުންޏެވެ. އޭރު އެލެކްސް އިނީ އެތާ އިން ސޯފާއެއްގައެވެ. އޭނާ ދިޔައީ އެމީހުންގެ ލެޕްޓޮޕް ތަކާއި ފޯނުތައް ބަލާ ފާސް ކުރަމުންނެވެ.

 

“އެންމެ ރަނގަޅު. ފުރަތަމަ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދީ.” ބާތިން އެދުނެވެ. ތާރާ ބޯ ޖަހާލިއެވެ.

“ފުރިހަމަ ނަން ބުނެބަލަ. އަނެއް ކުއްޖާގެ ނަން ވެސް.”

ތާރާ ބަލައިލީ ރީހަންމެންގެ މޫނަށެވެ. ޖަވާބު ދޭންވީހޭ އަހާ ފަދަ ގޮތަކަށެވެ. އެމީހުން ބޯ ޖަހާލުމުން ފުރިހަމަ ނަން ބުންޏެވެ. “އަހަރެން މީ ތާރާ ރައްޔާން. ސާރާ ރައްޔާން ތި މީހުނާ ހެދި މަރުވީ.” ތާރާ ދުރަށް ބަލައިލިއެވެ.

“ވަޓް؟” ވިޝާހަށް ބުނެވުނެވެ. އޭނާއަށް ވެސް ވާނުވާ ނަގައިގަނެވެން ފެށިއެވެ.

“އެންމެ ރަނގަޅު. ތާރާ. ހަނދާންވޭތަ އެ ހާދިސާ؟ ހިނގާދިޔަ ހުރިހާ ކަމެއް؟” ބާތިން އަނެއްކާވެސް އެއްސެވެ. “ކޮންމެސް ވަރަކަށް.” ތާރާ ޖަވާބު ދިނެވެ. “ހަނދާންތައް ދިޔައީތަ؟” މިފަހަރު ސުވާލު ކުރީ ވިޝާހެވެ.

“އަނ! އަހަރެންގެ ހަނދާންތައް ދިޔައީ ކަލޭމެންގެ ވިޔާނުދާ އަމަލުން! އެ ހުރިހާ އެއްޗެއް ކަލޭމެންނަށް އެނގެން ޖެހޭތަ؟” ތާރާ ހަޅޭއްލަވައިގަތެވެ. މިފަހަރު ގިނަ ބަޔަކަށް ވާނުވާ އެނގުނެވެ. އެހެންކަމުން ހިނިއައެވެ. ތާރާ އާއި ދިމާއަށް ބަލައިލީ މަލާމާތް ކުރާ ފަދަ ގޮތަކަށެވެ.

 

“ވެއިޓް. މަށާ ދީމް އާ މިތަނަށް ގެނައީ ކީއް ކުރަން؟ އަހަރެމެންނަށް ނުވެސް އެނގޭ ކަމަކު ކަލޭމެން ތި އަހަރެމެން ހައްޔަރު ކުރީ!” ނާއިލް ހަޅޭއްލަވައިގަތެވެ. “އަނގަ މައިތިރި ކޮށްގެން އިނދޭ ނާއިލް! ކަލޭ މިކަމުގަ ބައިވެރިވެފަ ނެތަސް އެމީހުން ފިލަން އެހީވެދިނީ! ކަލޭމެން ދެމީހުންގެ އަނެއް ކުށް ކަލޭމެންނަށް ވަރަށް ރަނގަޅަށް އެނގޭނެ.” ތާރާ ނާއިލާއި ދިމާ އާއި ދިމާއަށް ދެލޯ ހަނިކޮށްލިއެވެ.

 

“ކޮންޓިނިއު.” ތާރާ ބާތިނަށް ބުންޏެވެ.

“ހުމްމްމް. އެހެންވީމާ ތާރާގެ ހަނދާންތައް ދިޔައީތާ ދޯ. އެނީވޭސް އަހަރެމެންގެ ބޮޑު ސިއްރަކީ މި ދުނިޔޭގެ ކޮންމެވެސް ހިސާބެއްގަ ކަލޭ ވައްތަރު ޖަހާ މީހަކު ވެއްޖެ.” ބާތިން ހިނިގަނޑެއް ޖަހާލިއެވެ. “ތިބުނީ؟” ތާރާ އެއްސެވެ.

 

“ކަލޭގެ ޓްވިން. އޭނަ މަރެއް ނުވޭ. އެދުވަހު ހޮސްޕިޓަލުގަ އޭނާ އޮއްވާ އަހަރެމެން އެތަނުން ޑޮކްޓަރަކަށް ލާރި ދީގެން އަތުލީ އޭނަ. އެއަށްފަހު ޑޮކްޓަރ މަރާލީ ބަސްޓު ވެދާނެތީ. އޭރުއްސުރެ ކަލޭގެ ދައްތަ ހުރީ އަހަރެމެންގެ ގާތުގަ.” ބާތިން އެއް މިޔަކަނުން ހީލިއެވެ.

ތާރާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ލަޓިބުރިއަކުން ތަޅައިގަތް ހެނެވެ. އޭނާއަށް މި އިވެނީ ރަނގަޅަށް ބާވައެވެ. ނޫނެކެވެ. އެމީހުން އެ ހަދަނީ ހުސް ދޮގެވެ. އެމީހުން އެ އުޅެނީ ތާރާއަށް ކަންކަން އޮޅުވާލާށެވެ. “ޙަޤީގަތެއް ކަން ކިހިނެއް އެނގޭނީ؟” ތާރާ އެއްސެވެ.

“އޭނަ އިނގިރޭސި ގޮލާ އަތުގަ އެހެރަ ލެޕްޓޮޕްތަކުގަ ހުންނާނެ ހެކި.” ބާތިން ކޮނޑުއަރުވާލިއެވެ. ތާރާ އިން ތަނުން ތެދުވެގެން އެލެކްސް ގާތަސް ދިޔައެވެ. އޭނާއަށް ފެންނަން މިއުޅެނީ ކިހާ ވަރެއްގެ މަންޒަރެއްކަން ނޭނގޭ ޙާލެވެ.

 

❤️❤️❤️❤️

6

2 Comments

  1. Rainberry

    May 27, 2021 at 1:15 pm

    Alheyyy. V reethi mi baives. Kon iraku next part. Avahah up kohdheyne kamah ummeedhukuran. ❤️

  2. ♕♕Princess♕♕

    May 27, 2021 at 2:17 pm

    Wowww ❤❤❤❤❤vara reethi mi part ves..😍😍😍😘😘🤩🤩cant wait for the next part ❤❤❤good luck and stay safe

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!