2 އަހަރު ފަސް
____________
ކިޔާންމެން ގޭގައި މީހުން ވަރަށް ގިނައެވެ. މުޅިގޭ އޮތީ ފުރިފައެވެ. ވާނީވެސް އެހެންތާއެވެ. ކިޔާނާއި ސާރާގެ ފުރާނަ ފަދަ އެންމެ ލޯބިވާ ދަރިފުޅަށް ނަން ކިޔަނީއެވެ. އެހެންކަމުން އެކަމުގެ އުފަލުގައި ކައްކަނއެވެ. އައިލާ އާއި ރައްޓެހިންނަށް ބޮޑު ކެއުމެއް ދޭއިރު ގޭތެރެ ހިމޭނުން އޮންނާނެ ހެއްޔެވެ؟
“ކޮބާ ބައްޕިގެ ދޫނިކޮޅު؟” ކިޔާން ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ގޮވާލިއެވެ. އެވަގުތު ފާޚާނާއިން ނުކުތް ސާރާ ފެނުނެވެ. “ހަމަ އެ ނިދީ.” ސާރާ ހީލިއެވެ. “އެހެންތަ؟ ވަރަށް ވަރު ދައްކާލި ދޯ؟” ހިނިއައިސްފައި ކިޔާން އަހާލިއެވެ. އަދި ކޮޓަރިއަށް ވަނެވެ. “އާނ.”
ކިޔާން އައިސް ސާރާގެ ގައިގައި ބައްދާލިއެވެ. “އައި މިސްޑް ޔޫ.”
“ޕިސް ޕިސް. މީގެ 2 ގަނޑި އިރު ކުރިން މިތާ ހުރެ ހުރެފަ ތި ދިޔައީ.” ސާރާ ޕިސް ޖަހާލިއެވެ. “އައި ސްޓިލް މިސް ޔޫ. 2 އަވާސް އެއީ ހާދަ އިރެކޭ އެހެން ނޫނަސް.” ކިޔާން ސާރާގެ މޫނާއި މޫނު އިތުރަށް ކައިރިކޮށްލިއެވެ. ސާރާގެ ހިތް އަވަސް ވެގެން ދިޔައެވެ.
ދެން އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ސާރާއަށް ކިޔާންގެ ގައިގައި އަޅާ ކޮށްޕާލެވުނެވެ. އެއާއެކު ކިޔާން ހޭން ފެށިއެވެ. “ކޮން ދުވަހަކުންތަ މަ ކޮށްޕާލުން ހުއްޓާލާނީ؟ އަހަރުން އެންމެ ފުރަތަމަ މީޓް ވި ދުވަހުއްސުރެ އަދިވެސް ސިއްސައިގެން ދާއިރަށް އެބަ ކޮށްޕާލާ.”
ސާރާ ކިޔާނާއި ދިމާއަށް ލޯ އަޅާލިއެވެ. އަދި ގޮސް ދަރިފުޅު އުރާލައި ރުއިންގަނޑު މަތަކުރެވޭތޯ ބެލިއެވެ. އިރުކޮޅެއްފަހުން އެކަން ވެސް ވިއެވެ. ކިޔާން އައިސް އެ ކުއްޖާ އުރާލިއެވެ. “ބައްޕިގެ އައިމިނަތު ކިޔާރާ ކިޔާން.” ކިޔާން އެ ކުއްޖާގެ ނިތްކުރިއަށް ބޮސްދިނެވެ. ސާރާއަށް ހެވިފައި އެ މަންޒަރު ބަލަހައްޓައިގެން ހުރެވުނީއެވެ.
ކިޔާރާ ބޮޑަށް ވައްތަރީ ތާރާ އާއިއެވެ. ލިބިފައިވަނީ ތާރާގެ ބޮޑުބޮޑު އަޅިފެހި ލޮލާއި ކިޔާންގެ ކަޅުކަންގަދަ އިސްތަށިގަނޑެވެ.
“ދެން މަ މީ ކާކު؟” ސާރާ ދެރަވާ ކަމަށް ހަދަލިއެވެ. “ތީ ކާކު؟” ކިޔާން ވެސް ނޭނގޭ ކަމަށް ހަދާލިއެވެ. “ކިޔާންންން!” ތާރާ ތުންކޮޅު އޫކޮށްލިއެވެ. “ސީރިއަސް ކޮށޭ ތީ ކާކުތަ؟” ކިޔާން ހިނިގަނޑު ކޮންޓްރޯލް ކޮށްލިއެވެ.
“ހުއް. ވަރަށް ފޫހިވެ. މަ މިދަނީ ބަދިގެއަށް.” ސާރާ ދާން ހިނގައިގަތެވެ. “އޭއި! އޭއި!” ކިޔާން ސާރާގެ އަތުގައި ހިފާފައި ގެނެސް މޭގައި ލައްކޮށްލިއެވެ. ސާރާ ހީލަމުން ކިޔާންގެ މޭގައި ބޯ އަޅާލަމުން ލޯ މަރާލިއެވެ. “އަދި ކިރިޔާ ވިހައިގެން ތިޔައީ. އަދި ނުވޭ މަސައްކަތް ކުރާ ވަރެއް.” ކިޔާން ބުނެލިއެވެ.
“ހުމްމްމް. ދެން ބުނެބަލަ މަ މީ ކާކު؟” ސާރާ އަހާލިއެވެ. “މައި ލިޓްލް މަންކީ.” ކިޔާން ހޭން ފެށިއެވެ. ސާރާ ވަގުތުން ކިޔާންގެ މޭގައި ތަޅައިގަތެވެ. “ތީ ޑޮންކީގަނޑު.”
“ހަހަހަ. އައި ވޯޒް ކިޑިން. ޔޫ އާ މައި ކުއީން.” ކިޔާން ސާރާގެ ބޮލަށް ބޮސްދިނެވެ. “އެން ދިސް އިޒް މައި ޕްރިންސެސް.” ކިޔާން ބުނެލިއެވެ. ސާރާ ހިނިތުންވެލިއެވެ. އަދި ކިޔާންގެ މޭގައި ބޯ އަޅާލައިގެން ހުރެ ކިޔާރާއަށް ބަލައިލިއެވެ.
“މަންމިގެ ލޯބި ލޯބި ޔާރު އެން ހޭންޑްސަމް ހަޒްބެންޑް. އައިމް ސޯ ހެޕީ ނައު. ސޯ ސޯ ހެޕީ.”
މީގެ އަހަރެއް ކުރިން ކިޔާން ސާރާއަށް އީމާގެ ވާހަކަ ކިޔާދިނެވެ. އީމާގެ ދަރިފުޅު އީނަމަކީ ކިޔާންގެ ކުއްޖެއް ނޫންކަމެވެ. އީމާ ބަލިވެއިނީ ކިޔާންގެ އެކުވެރިއަކަށް ކަމަށް ބުންޏެވެ. އަދި އީމާ ކުށްވެރި ނުވާން ވެގެން ކިޔާންގެ ބޮލުގައި އެޅުވީ ކަމަށް ބުނެވެސް ބުންޏެވެ. އެކަމަށް ކިޔާންގެ ކުރީގެ އެކުވެރިޔާ އިޢުތިރާފުވެސް ވިއެވެ.
ސާރާ ވެސް ކިޔާނަށް ވަނީ ނާއިލްގެ ވާހަކަ ކިޔާނަށް ކިޔާދީފައެވެ.
…………..
5 އަހަރު ފަސް
__________
“މަންމީ؟” އިވުނީ 4 އަހަރުގެ ތުއްތު ކިޔާރާގެ އަޑެވެ. “ލައްބަ ޔާރޫ. ކިހިނެއްވީ ދަރިފުޅާ؟” ސާރާ ބަދިގެއިން ނުކުމެ ބަލައިލިއެވެ.
“ބަލާ މަންމީ. ޔާވު ކުވުހި އެއްތެއް.” ކިޔާރާ ގަނޑެއް ދައްކާލިއެވެ. ސާރާ އެގަނޑު ބަލައިލިއެވެ. އޭގައި އިނީ 3 ދަނޑި މީހުންނެވެ. “މީ މަންމި. މީ ޔާވު. އެން ދެން މީ ދެދީ.. ވީތި ތަ؟” ކިޔާރާ އަހާލިއެވެ. “ލައްބަ މަންމި ލޯބިކޮޅޫ. ވަރަށް ލޯބި.” ސާރާގެ ފެންކަޅިވިއެވެ. އަދި ތިރިވެލާފައި ކިޔާރާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.
އެވަގުތު ގެއަށް ވަދެގެން އައީ ކިޔާނެވެ. “ޑެޑީގެ ޕްރިންސެސްސްސް!” ކިޔާން ގޮވާލިއެވެ. ވަގުތުން ކިޔާރާ ކިޔާނާއި ދިމާއަށް ދުއްވައިގަތެވެ. “ނުދުވޭ ޔާރޫ ވެއްޓިދާނެ.” ކިޔާރާ އަކީ ސާރާހެން ހަލަނި ކުއްޖަކަށް ވުމުން ސާރާ ގޮވާލިއެވެ. ނަމަވެސް ކިޔާރާ އަޑެއް ނާހައެވެ. ދިޔަގޮތަށް ގޮސް ކިޔާންގެ ގައިގައި ބައްދާލިއެވެ. “ދެދީ!! އައި މިސްވް ޔޫ.”
“އޯވްވްން. ޑެޑީ ވެސް ޔާރު މަތިން ވަރަށް މިސް ވިޔޭ.” ކިޔާން ކިޔާރާ އުރާލިއެވެ. އަދި ގޭތެރެއަށް ހިނގައިގަތެވެ. ކިޔާން ސޯފާ މަތީގައި ދަބަސް ބަހައްޓާފައި ކިޔާރާ ގޮވައިގެން ބަދިގެ ދޮށަށް ދިޔައެވެ. “ހާދަ މީރުވަސް ދުވައޭ.” ކިޔާން ބުނެލިއެވެ. “ހުމްމްމް. މިހަދަނީ ޔާރުގެ ފޭވްރިޓް ބިރިޔާނީ އޭ ދޯ؟” ސާރާ އެހެން ބުނަމުން ކެއްކުމާއިގެން ކުރިއަށް ދިޔައެވެ. “އެހެންތަ؟”
“ހުމްމްމް… މިއަދު އާދޭ ތިއްތަ މެން ވެސް. އެހެންވެ.” ކިޔާރާ ބުނެލިއެވެ. އަދި ބިންމަތީގައި ބެހެއްޓުމަށް ކިޔާން ގާތު ބުންޏެވެ. ކިޔާން ކިޔާރާ ބިންމަތީގައި ބެހެއްޓުމުން ދުވެފައި ކުޅެން ދިޔައެވެ. ކިޔާން ކަރުގައި އަޅާފައި އިން ޓައީ ދޫކޮށްލަމުން ބަދިގެ ތެރެއަށް ވަނެވެ. އަދި ކައްކަން ހުރި ސާރާގެ އުނަގަނޑުގައި އަތް ވަށާލިއެވެ.
“ކިޔާން! ކީއް ތި ކުރަނީ؟” ސާރާ އަހާލިއެވެ. “ކަމެއް ނުކުރަމެއްނު. މައި ވައިފް ކައްކާތަން ބަލަނިއްޔޭ މި.” ކިޔާން ސާރާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. އަދި ސާރާގެ ކޮލަށް ބޮސްދިނެވެ. “ހުމްމްމް.. އެކަމް ތިހެން ނުހަދަބަ. އިޓްސް ޑިސްޓްރްކްޓިން މީ.” ސާރާ ލަދުން އިސްޖަހާލިއެވެ. “ހަހަ. މިހާރު އަހަރެމެން މެރީކޮށްގެން އުޅޭތާ 7 އިޔާޒް ވީ. އަދިވެސް ލަދުން ތިއުޅެނީ.” ކިޔާން ހޭން ފެށިއެވެ. ސާރާ ކިޔާނާއި ދިމާއަށް އެނބުރިލާފައި ކިޔާންގެ މޭގައި ޖަހާލިއެވެ. “ދެންންން.”
ނަމަވެސް ކިޔާން ދަނޑިވަޅުގެ ބޭނުން ހިފައި ސާރާގެ ތުންފަތުގައި ބޮސްދިނެވެ. ސާރާއަށް ވެސް އެ ޢަމަލުގައި ބައިވެރި ވެވުނެވެ. ދެމީހުން ދުރުވެލީ ނޭވާ ކޮޅަށް ދިޔުމުންނެވެ. އޭރު ކިޔާން ލާނެތް ގޮތަކަށް ހީލައިގެން ހުއްޓެވެ. “ޔޫ ނޯ ޔޫ ލައިކް އިޓް.”
“ޝަޓް އަޕްޕްޕްޕް!………. އޯހް. މައި. ގޯޑްޑްޑް! ހުވާ މިބުނީ ކިޔާން ކަންތަކޭ މީ! ރިހަ އެއްޗޭ އެ އެނދީ!”
……………………
އެންމެން ދިޔައީ ރޭގަނޑު 10 ޖަހައި ބޮޑުވި ފަހުންނެވެ. އޭރު ކިޔާރާ ނިދައިފިއެވެ. ކިޔާނާއި ސާރާ ކިޔާރާގެ ކޮޓަރި ބޭރުގައި ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރެފައި ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ.
ސާރާ ފާޚާނާއަސް ވަދެފައި ނިދާ ހެދުން ލައިގެން އައިސް ކިޔާން ކައިރިއަށް އެނދަށް ނިދަން އެރިއެވެ. ވަގުތުން ކިޔާން ސާރާގެ ގައިގައި ބައްދާލިއެވެ. “ކިޔާން؟”
“ހުމްމްމް؟”
“އައިމް ޕްރެގްނެންޓް.”
…………………
ދެމީހުންގެ އިންތިޒާރުގެ ނިމުން ނިކަން ދެކި ބަލާށެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ އެތަކެއް ގޮންޖެހުންތަކެއް ކަޑައްތުކޮށްފައި ވެސް ދެމީހުން އެތިބީ އެކުގައެވެ. ދެ ހިތުންވި ތެދުވެރި ލޯބީގެ އިންތިޒާރުގެ ސަބަބުންނެވެ.
(ނިމުނީ)
އުންމީދު ކުރަން މި ވާހަކަ ކިޔުންތެރީންނަށް ވަރަށް ކަމުދިޔަ ކަމަށް.
Love you guys so much for the support. Without you guys I couldn’t have completed this story.
އުންމީދު ކުރަން އަޅުގަނޑުގެ ނިއު ސްޓޯރީ ވެސް ކިޔާލާނެ ކަމަށް. ‘ލޯބި އޭގެ އަސްލުގައި’ މައި ނިއު ސްޓޯރީ. ކިޔާން އެން ތާރާ… އައި މީން ސާރާ. ހެހެ. ކިޔާން އެން ސާރާގެ ސްޓޯރީ ރީތިވިފަދައިން އެ ސްޓޯރީ ވެސް ކިޔުންތެރީންނަށް ރީތި ވާނެކަމަށް އުންމީދު ކުރަން.
Good luck to all those who are doing their exams.
And stay safe❤️❤️
4 Comments!
Comments are closed.





Wow. So nice. Ekam kihineh mi vy?? Episode 44 ge fahun episode 53?
Hi. Readers. U probably already noticed that chap 44 ah fahu fahubai kan ais iny. I’m really sorry. It was a mistake on my side. Maa avahah 53 vana bai review ah send kurevuny. 44 aa 53 aa dhemedhuga huri baithah adhi hury pending ga. Sorry. Ebai thah kiyaalan libeyne v avahah iraadha kurevviyyaa
Lysm ❤️
Aslu ves hithah ery kihinehbaa ey mi v???????vvv kada v????
❤❤thank you❤❤wow masha allah keep it up❤❤