Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 45

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
May 30, 2021 5 Mins Read
2 Comments

“ހީ އިޒް މެންޓަލް. އައި ޖަސްޓް ފައުންޑް ދި ބޭސްސިޓީ.”

 

“ބުނަންތަ ވާހަކައެއް ކަލޭމެން ގާތު؟ ތިތަނުގަ އެބަހުރިތަ އަންބަކު، ދަރިއަކު، ނޫނީ އަންހެން ކޮއްކޮއަކު ނޫނީ، ދައްތައަކު ވިޔަސް މަންމަ ވިޔަސް، ކެއާ ކުރާ މީހަކު ހުރި މީހެއް؟” ތާރާ އެއްސެވެ. އެތަނުން ގިނަ މީހުން ބޯ ޖަހާލިއެވެ. “އެމީހުން ދެކެ ލޯބިވޭތަ؟ އެމީހުންނަށްޓަކައި ކޮންމެ ކަމެއް ވެސް ކުރަން ފަސްނުޖެހޭނެ ވަރަށް؟” ތާރާ އަހާލިއެވެ. ނާއިލް، ދީމާ، އަދްޔަން، ބާތިން އަދި ބިލާލް ފިޔަވާ ދެންތިބި މީހުން ބޯ ޖަހާލިއެވެ.

ތާރާގެ ހަނދާނަށް އައީ ބިލާލް އޭނާގެ އަންހެނުންނާއި ދަރިފުޅު މަރާލި ވާހަކައިގެ ހަނދާނެވެ. އެހެންކަމުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.

“އެންމެ ރަނގަޅު. ކަލޭމެން ބުނެބަލަ. އެއިން މީހަކާ އެހެން މީހަކު ފޮށެފިއްޔާ ރުޅި އަންނާނެތަ؟” އެމީހުންގެ ތެރެއިން ބަޔަކު ބޯ ޖަހާލިއެވެ. “ތި މީހުން ކެއާ ކުރާ މީހަކު މަރާލަން އުޅެފިއްޔާ، ނޫނީ މަރާލައި ފިއްޔާ، ނޫނީ ކިޑްނެޕްކޮށް ރޭޕްކޮށްފިއްޔާމު މަޑުން ހުންނާނަންތަ؟” ތާރާ ކުރި ސުވާލަށް އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ. އެ އެންމެން ވެސް އިސްޖެހީއެވެ. “އާނ. އަހަރެންގެ ކޮއްކޮގެ ގައިގަ އިނގިލި ކުރި ޖައްސައިލިޔަސް އެމީހެއްގެ ދުވަސް ދުއްވާލަން.” ހުމޭދު މަޑުމަޑުން ބުނި އަޑު އިވުނެވެ. އެހެން ބުނުމުން ދެން ތިބި މީހުން ވެސް ބޯ ޖަހާލިއެވެ.

“އެހެންވީރު ތިމީހުނަށް ނުވިސްނޭތަ އެހެންމީހުން އެމީހެއްގެ ޢާއިލާ މީހަކަށް އެހެންވީމާ ވާނެ ދެރަ؟ ރޯނެ ވަރު؟ ކުރާނެ ޝަކުވާ؟” ތާރާގއ ލޮލުން ކަރުނަ ހިލުނެވެ. “އިމޭޖިން ދިސް. ސާރާގެ ބަދަލުގަ އެއީ ތިމީހުން ކެއާ ކުރާ މީހެއްގެ ގޮތުގަ އިމޭޖިން ކޮށްލަބަ. ދެން އިމޭޖިން އެކުއްޖާ ކިޑްނެޕްކުރީ ތިމީހުން ނޫން އެހެން ބަޔަކުކަމަށް. ތިމީހުން ސާރާއަށް ދިން އަނިޔާ އެކުއްޖާއަށް ދޭ މަންޒަރު ހިޔާލަށް ގެނެސްބަ. އެކުއްޖާ ރޯތަން. އާދޭސް ކުރާތަން. ޝަކުވާ ކުރާތަން. ވޭނަށް ކެތް ނުވެގެން ހަޅޭއްލަވާ މަންޒަރު. އިމޭޖިން އެކުއްޖާގެ ލޮލުން ވޭނާއި ބިރު ފެންނަ މަންޒަރު. އެހީއަކަށް އެދި ގޮވާ މަންޒަރު. މައިންބަފައިންގެ ލޯތްބަށާ އަޅާލުމަށް ފެންބުވައިގަނެފަ ތިބޭނެ މަންޒަރު. ބިރުގަންނާނެވަރު އެކަނިމާއެކަނި އެކަހަލަ މާޙައުލެއްގަ އުޅެން. ވިސްނާލަބަލަ.” ތާރާ އަސަރުން ފުރިގެންވާ ޙާލު ވާހަކަ ދެއްކިއެވެ. އޭރު އެންމެން ތިބީ އިސްދަށަށް ޖަހާލައިގެނެވެ.

އެކަކު ވެސް އެއްޗެކޭ ނުބުނެއެވެ. ނާއިލެއްވެސް، ދީމާއެއްވެސް، ބާތިން އެއްވެސް އަދި ބިލާލާއި އަދްޔަން ވެހެވެ. އެމީހުންނަށް އެމީހުންގެ ކުށް ވިސްނިއްޖެއެވެ. އަމިއްލަ ނަފްސާމެދު ލަދުގަތެވެ. ވަގުތު ފާއިތުވެއްޖެ ކަން އެމީހުނަށް ވިސްނުމުން އެކަމާ ހިތާމަ ކުރާ ޙާލު ނާއިލާއި،އަދްޔަނާއި، ދީމާ ފިޔަވައި ދެންތިބި މީހުން ފުލުހުންނާއިއެކު ތެދުވެގެން ދިޔައެވެ. ތޭރި ތަކުގެ ފަހަތަށް އެމީހުންލެވުނީ އެއްވެސް ގަދަ ހެދުމަކާއި ނުލައެވެ.

 

ތާރާއަށް ގަބުވެފައި ހުރެ ވުނީއެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލާފައިވާ ކަހަލައެވެ. އެ ހުރި ގޮތަށް ހުރެ ތާރާ އެތަނުން ނިކުންނަން ހިނގައިގަތެވެ. “ތާ؟ ނާއިލްމެންގެ ކަންތައް…” ރީހަންގެ ބަސް ފުރިހަމަ ނުވަނީސް ތާރާ ވާހަކަ ދެއްކިއެވެ. “އައި ކާންޓް ޑޫ ދިސް ޓުޑޭ. މާދަމާއަށް ބަދަލު ކުރޭ. އައިމް ގޮއިން ހޯމް މި ވަގުތަށް.”

“ލެޓް މީ ޓޭކް ޔޫ.” ރީހަން ބުންޏެވެ. ތާރާ ބޯ ޖަހާލުމުން ރީހަން ތާރާ ގޮވައިގެން ގޮސް ގެއަށް ލާދިނެވެ. ތާރާ ދިޔަ ގޮތަށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެއްވެސް ކަމަކާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ގަޔަކު މި ވަގުތަކު ނެތެވެ.

އެހެންކަމުން ފޯނު ނަގައި ޒީނާއަށް މެސެޖް ކުރިއެވެ. ‘އައި ކާންޓް ކަމް މިއަދު.’

 

……………………..

ޒީނާ ފާޚާނާއަށް ދިޔަ ވަގުތަކީ ކިޔާން އައިސް ވަން ވަގުތެވެ. އޭރު އެނދުމަތީގައި ތުއްތު ތުއްތު ޒާޔާ ހޭލައި އޮތެވެ. އަތުގައި އޮތް ރާބޮއްޔެއް އޮތެވެ. އޭތި އަނގަޔަށް ލައިގެން އޮތުމުން ކިޔާން ގޮސް އެ ރާބޮލި ޒާޔާގެ އަނގައިން ނެގިއެވެ. އަދި ޒާޔާ އުރާލައިގެން އެނދުގައި އޮށޯވެލިއެވެ. ދެމީހުން ސަކަރާތް ޖަހަމުން ދިޔައިރު އެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ. ޒާޔާގެ ހުނުމުގެ އަޑާއި ކިޔާންގެ ހުނުމުގެ އަޑެވެ.

ކުއްލިއަކަށް ޒީނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެހެންކަމުން ކިޔާން އެ ގޯނު ނަގާ ބަލައިލިއެވެ.

‘ހޭ. ޒީން. އައި ކާންޓް ކަމް ތިގެއަށް މިއަދު. އައިމް ނިޓް ފީލިން ވެލް އެހެންވެ. މާދަން ދާނަން އިރާދަ ކުރެއްވިއްޔާ.’ މެސެޖުގައި ބުނެފައި އިނެވެ. ކިޔާން އެމީހެއްގެ ކޮންޓެކްޓް ނަން ބަލައިލިއެވެ. ‘ތާރާ’ ޖަހާފައި އިންތަން ފެނުމުން ދެބުމަ ގޮށްޖެހުނެވެ. އެވަގުތަކީ ޒީނާ ވެސް ފާޚާނާއިން ނުކުތް ވަގުތެވެ.

“ޔާން. ހާދަ އަވަހަކަށް މިއަދު ތިއައީ؟” ޒީނާ އަހާލިއެވެ. “އާނ. މިއަދު އަވަހަށް ނިންމާލީ. ސުވާލެއް ކޮށްލަންތަ؟” ކިޔާން އެއްސެވެ. “ހުމްމްމް. ކޮށްބަ.” ޒީނާ ބުންޏެވެ. “ތާރާ މިގެއަށް އާދޭ ދޯ؟” ކިޔާން އެއްސެވެ. ޒީނާ ކިޔާނަށް ބަލައިލި ވަގުތު ކިޔާންގެ އަތުގައި ޒީނާގެ ފޯނު އޮތްތަން ފެނުނެވެ. ފޯނުގެ ސްކްރީނަށް ތާރާގެ މެސެޖް އަރާފައި  އިންތަން ފެނުމުން ކިޔާނަށް އެނގުނީކަން އެނގުނެވެ.

“ހުމްމްމް. އަހަރެން ކިޔާވަރުން އަންނާނެ ދޭތެރެ ދޭތެރެއިން. ޝީ އިޒް މައި ފްރެންޑެކޭ. ޒާއްކޮ އާ އެއްކޮށް ކުޅެލާ ހަދާނެ އައިސް ބައެއް ފަހަރު.” ޒީނާ ބުންޏެވެ. ކިޔާން ހޫން އަޅުވާލިއެވެ. އަދި ޒީނާ އަތަށް ޒީނާގެ ފޯނު ދިނެވެ. “ނާދެވޭނެޔޯ މިއަދު.” ކިޔާން ބުންޏެވެ. ޒީނާ މެސެޖް ކިޔާލިއެވެ.

“ދެން އައިމް ގޮއިން ޒާއްކޮ ގޮވައިގެން އެގޯއްޗަށް.” ޒީނާ ފޯނު ތާރާގެ ނަންބަރަށް ގުޅާލިއެވެ.

 

“ހަލޯ؟” ވަރުބަލި އަޑަކުން ތާރާ ވާހަކަ ދެއްކިއެވެ. “ހޭ. ބަލީތަ؟” ޒީނާ އެއްސެވެ. “ނޫނޭ. އައިމް ޖަސްޓް ފީލިން އެ ބިޓް ޑައުން. ދެޓްސް އޯލް.” ތާރާ ޖަވާބު ދިނެވެ. “ވާ ޔޫ ކްރައިން؟” ޒީނާ އަނެއްކާވެސް ސުވާލު ކުރިއެވެ. ތާރާގެ އަޑު ކުރުހިފައި ހުރުމުންނެވެ. “ން..ނޯ. އައި ވޯޒްންޓް.”

“ޔޫ ކާންޓް ލައި ޓު މީ، ތާރާ ރަައްޔާން. އައި ކޭން ޓެލް ދެޓް ޔޫ ވާ ކްރައިން.” ޒީނާ ރައްދުގައި ބުންޏެވެ. އޭރު އެ ހުރިހާ ވާހަކައެއް އަޑުއަހަން ކިޔާން ހުއްޓެވެ. “އައިމް ނޮޓް ކްރައިންނޭ. އަސްލު ވެސް.” ތާރާ ދެންވެސް ދެކޮޅު ހެދިއެވެ.

“ވަޓްއެވާ ޔޫ ސޭ. އައިމް ކަމިން ތިގެއަށް ޒާ ގޮވައިގެން. އެން ޔޫ ކާންޓް ސްޓޮޕް މީ. އައި ނޯ ދެން ތިބި އެންމެން ވީ ޖޮބްގަ ކަން. ތިގެއަށް ނުވަދެ ވެއްޖެއްޔާ އެމީހުން އަތުން ތަޅުދަނޑި ހޯދައިގެން ވިޔަސް ވަންނާނަން. ޔޫ އާ ނޮޓް އެލޯން އިން ދިސް. އައި ހޭވް ޔޯ ބެކް.” ޒީނާ އެއްފައްޗަކަށް އަމުނާލިއެވެ. އަދި ފޯނު ކަނޑާލުމަށް ފަހު އާދައިގެ ގޮތަކަށް ތައްޔާރު ވެލި އެވެ. އަދި ޒާޔާ ވެސް ފެންވަރުވައި ްރީތި ކޮށްލިއެވެ.

“ޔޫ އާ ކަމިން ވިތު މީ.” ޒީނާ ކިޔާނަށް ބުންޏެވެ. “ވަޓް؟ ވައި؟” ކިޔާން އެއްސެވެ. “އައްދެ. ދެން ޒީ ދާންވީ ހިނގާފަތަ؟” ޒީނާ ބުމަ އަރުވާލިއެވެ. “އޯކޭ. އޯކޭ. ހިނގާ ދާން.” ކިޔާން ލޮލަށް ގޮތެއް ހަދާލަމުން ބުންޏެވެ.

 

………………….

 

“މަށާ އެއްކޮށް މަޑު ކުރޭ. ގެއަށް ލާ ދޭން ވެސް ޖެހޭނެއެއްނު.” ޒީނާ އެހެން ބުނުމުން އިތުރު ގޮތެއް ނެތުމުން ކިޔާން އެއްބަސްވިއެވެ. ޒީނާ މޫންލައިޓްގޭގެ ބެލް ޖަހާލިއެވެ. އިރުކޮޅެއް ފަހުން ތާރާ ދޮރު ހުޅުވާލިއެވެ. ތާރާ ހުރިގޮތް ފެނުމުން ޒީނާ އާއި ކިޔާންގެ ދެލޯ ބޮޑުވިއެވެ.

ތާރާ ލައިގެން ހުރީ ގަޔަށް ވަރަށް ދޫ ޕަޖާމާ ޓީޝާޓަކާއި ދޫ ހަރުވާޅެކެވެ. އެ ކުރުކުރު އިސްތަށިކޮޅުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ތާރާގެ ދެލޯ ރަތްވެފައި ހުރިއިރު މުޅި މޫނުމަތި ހުރީ ދުޅަވެ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. މީހާގެ ގައިގައި ކުޑަ ތުރުތުރު އެޅުމެއް ހުއްޓެވެ.

ތާރާއަށް ޒާޔާ އުރައިގެން ހުރި ކިޔާން ފެނުމުން ދެލޯ ބޮޑުވިއެވެ. އަދި ވަގުތުން އިސްޖަހާލައި އޭނާގެ ނިތްގަނޑުގައި ހުރި ކުދިކުދި އިސްތަށިތަކުން އޭނާގެ ރޮއެފައިވާ މޫނު ފޮރުވާލިއެވެ. އަދި ތަންދެމުން އެތެރެއަށް އައުމަށް އެދުނެވެ. އަދި އޭނާގެ ވައަތް ފަހަތަށް ލައި ފޮރުވިއެވެ.

 

“ތާ. ވަޓް ހެޕެންޑް؟” ކިޔާން ޒާޔާ ގޮވައިގެން އެތެރެއަށް ވަނުމުން ޒީނާ ތާރާގެ ގައިގައި ބައްދާލިއެވެ. “ނަތިން. އައިމް ފައިން.” ތާރާ ހިތްވަރު ކޮށްފައި ބުންޏެވެ. “ސްޓޮޕް ލައިން.” ޒީނާ ބުންޏެވެ. “ލެޓްސް ނޮޓް ޓޯކް އެބައުޓް އިޓް.” ސާރާގެ އެ ވީޑިއޯ ތާރާއަށް ސިފަވުމުން ތާރާގެ ލޯ ކަރުނުން ފުރުނެވެ. އޭނާގެ ގައިގައި ވީ ތުރުތުރުއެޅުން އިތުރުވިއެވެ.

“ހޭ. އާދޭ އެތެރެއަށް. އައި ވިލް މޭކް ޔޫ އެ ކޮފީ. ޔޫ ލުކް ލައިކް ޔޫ ނީޑް އިޓް.” ޒީނާ ތާރާގއ ކޮނޑުގައި ހިފާ ދުރުކޮށްލިއެވެ. އަދި ތާރާގެ އަތުގައި ހިފައިގެން ގޭ ތެރެއަށް ހިނގައިގަތެވެ. އޭރު ވެސް ކިޔާން އިނީ ބަލަހައްޓައިގެންނެވެ.

‘ޝީ އިޒް އެ ވިކްޓިމް. ޝީ ވޯންޓްސް ޖަސްޓިސް.’ ތާރާ އާއި ބެހޭގޮތުން އެ ފުލުސް މީހާ ބުނި ބަސް ކިޔާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

 

ތާރާ ކިޔާން ގާތު އިންނަން ބޭނުން ނުވުމުން ޒީނާ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ. ޒީނާ ތާރާއަށް ކޮފީ ގިރައިދިނުމުން ތާރާ އެ ބުއެވެ.

“ޒީ! ޒާއްކޮ ހޮޑު ލައިފި!” ކިޔާން ގޮވާލި އަޑު އިވުމުން ޒީނާ އެބަ އަންނަން ކަމަށް ބުނެ ދިޔައެވެ. އިރުކޮޅެއް ފަހުން ކިޔާން ވަދެގެން އައެވެ. ކިޔާން ޓީޝާޓު މަތިން ލާފައި ހުރި ޖެކެޓުގައި ހޮޑު ހުރުމުން ދޮންނާށެވެ. ކިޔާންގެ މިސްރާބު ހުރީ ޒިންކާއި ދިމާއަށް ކަން އެހނގުމުން ތާރާ އިންތަނުން ތެދުވިއެވެ. އަދި އަވަސް އަވަހަށް ގޮސް ޒިންކާއި ކިޔާނާއި ދޭތެރެއަށް ވަނެވެ. ތާރާ އެގޮތަށް ކަންތައް ކުރުމުން ކިޔާން ހިތްހަމަ ނުޖެހުނެވެ.

 

“އިހަށް.. އެ.. އެކޮޅަށް އެނބުރެބަ. ކު.. ކުޑަކަމެއް ކޮށްލަން އެބަ.. ޖެހޭ.” ތާރާ ބުންޏެވެ. ކިޔާން ކޮނޑުއަރުވާލަމުން އަނެއްފަރާތަށް އެނބުރުނެވެ. ތާރާ އަވަސްއަވަހަށް ޒިންކު ތެރޭގައި އޮތް ކަޓަރު ތިލަ ނަގައި ފޮރުވަން އުޅުނެވެ. ނަމަވެސް އޭތި ބިންމައްޗަށް ވެއްޓުނެވެ. ހާސްވެފައި ހުރި ވަރުން އޭތި ނަގަން ގުދުވެލި ތާރާގެ އަތް ޖެހުނީ ޒިންކު ކައިރީގައި ހުރި ބިއްލޫރި ތައްޓެއްގައެވެ. އޭތި އަރިއަޅާލައިގެން ބިންމައްޗަށް ވެއްޓި ތެޅުނެވެ. ތާރާ އިތުރަށް ހާސްވިއެވެ.

އޭތި ވެއްޓުނު އަޑަށް ސިހިފައި ކިޔާނަށް އެނބުރި ބަލައިލެވުނެވެ. އެވަގުތު ތަޅައިގެން އޮތް ބިއްލޫރި ތަށި ފެނުނެވެ. އަދި ތާރާގެ އަތުން ލޭ ފައިބަމުން ދިޔަތަން ފެނުނެވެ. ކިޔާނަށް ވީ ގޮތް ވެސް ނޭނގުނެވެ. އަވަހަށް ތިރިވެލާފައި ތާރާގެ އަތުގައި ހިފާލެވުނެވެ. “އާ ޔޫ އޯކޭ؟”

ނަމަވެސް ތާރާ ވިދާލި ވިދުވަރެއްހާ ހަލުވިކޮށް އޭނާގެ އަތް ދަމައިގަތެވެ. “އައިމް ފައިން. ކި.. ކިޔާން ޖެކެޓް ދޮވެބަ. އަހަރެން މިތަން ސާފު ކުރާނަން.” ތާރާ ބިންމަތީގައި އޮތް ކަޓަރު ތިލަ ނަގައި އަތުގެ މުށުތެރޭގައި ފޮރުވިއެވެ. ކިޔާން އަވަހަށް އޭނާގެ ޖެކެޓް ބާލައި އެ ދޮވެލިއެވެ. އަދި އަނެއްކާވެސް ތާރާ ކައިރިއަށް އައެވެ.

“ކޮބާ ފަސްޓް އެއިޑް ފޮށި؟”

“ކިޔާން. މަށަށް އަމިއްލައަށް އަތުގަ ބޭސްއެޅޭނެ.” ތާރާ ބިއްލޫރިކޮޅުތައް ޖަސްތުގަނޑަށް އަޅާލުމަށްފަހު ރަބަރު ކޮތަޅަކަށް ލައި ޑަސްބިނަށް ލިއެވެ. ނަމަވެސް އޭނާ އެތާގައި މޮޕު ލާން އުޅުމުން ކިޔާން އެކަން ހުއްޓުވިއެވެ.

“ކޮބާހޭ ފަސްޓް އެއިޑް ފޮށި؟” އަނެއްކާވެސް ކިޔާން އެއްސެވެ. “ކިޔާން. އައި ކޭން ޑޫ އިޓް މައިސެލްފްއޭ!” ތާރާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. ތާރާ ގޮތްދޫނުކުރާނެ ކަން އެނގުމުން ކިޔާން ވަތްގަނޑުތައް ޗެކު ކުރަން ފެށިއެވެ. ބަދިގޭގެ މަތީ ކަބަޑުތަކުގެ ތެރެއިން އެންމެ ކަބަޑެއްގައި އެ ފޮށި ހުރިތަން ފެނުމުން އެ ނެގިއެވެ. ނަމަވެސް ތާރާ ވަގުތުން އެ ފޮށި އަތުލިއެވެ.

 

“އައި ކޭން ޑޫ އިޓް. ބިސައިޑްސް ކުޑަކުޑަ ތަންކޮޅެއް ހަލާކުވީ. އާދައިގެ މަލަންފޮއްޗެއް އަޅާލީމަ އޯކޭ ވާނެ.” ތާރާ އެހެން ބުނެފައި ދުރަށް ދާން ހިނގައިގަތެވެ. އެކަމަކު އޭނާއަށް ހުއްޓެން މަޖުބޫރުވީ ކިޔާން އޭނާގެ އަތުން އެ ފޮށި އަތުލުމުންނެވެ. “ވައި އާ ޔޫ ސޯ ސްޓަބޯން، ތާރާ؟” ކިޔާން ހިތްހަމަނުޖެހުނެވެ. އަދި ތާރާގެ އަތުގައި ހިފާފައި ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

ތާރާ ތެދުވަން އުޅުމުން ކިޔާން ތާރާ އިން ގޮނޑީގެ ދެފަރާތުގައި ތާރާގެ ކޮނޑާއި ދިމާލުގައި އަތް ވިއްދައި މޫނު ކައިރި ކޮށްލިއެވެ. ތާރާ ފަހަތަށް މޫނު ގެންދިޔައީ ކިޔާން އެހާ ކައިރީގައި ހުރުމުންނެވެ. “ދު.. ދުރުގަ ހު..ރޭ.” އަޅަ އަޅައިގަންނަމުން ތާރާ ވާހަކަ ދެއްކިއެވެ. “ވައި؟” ކިޔާން އެއް މިޔަކަނުން ހީލަމުން އަހާލިއެވެ. އަދި ކުރިއަށް ވުރެ ބޮޑަށް ގާތްވެލިއެވެ. ތާރާ ހިތްދިރުވާލީ އޭނާގެ ހިތުގެ ވިންދު އަވަސްވިލެއް ބޮޑުކަމުންނެވެ.

ތާރާ އާއި އެހާ ގާތުގައި ހުރުމުން ކިޔާންގެ އަތުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނާގެ ޙިއްސުތައް ކޮޅަށް ލައިގެން ދިޔައެވެ.

❤️?❤️?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 31

Next

އަންނަންދެން ހުންނާނަން ލޯބިން – އިޢުލާން

Next
May 30, 2021

އަންނަންދެން ހުންނާނަން ލޯބިން – އިޢުލާން

Previews
May 30, 2021

ނަފްރަތުން ވެވުނު ލޯބި 31

2 Comments!

  1. ♕♕Princess♕♕ says:
    May 30, 2021 at 1:43 pm

    My god….. This Part is so so so so cute ? ? I feel so sad for thaa and Sara….. Anyway Love this part too… Hope the next part will update soon

  2. Rainberry says:
    May 30, 2021 at 3:00 pm

    Wow. So nice love it love it kyp up

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 46←


All Right Reserved!