އައިސީޔޫގައި އޮތް ލީރާ ކައިރީގައިވީ މެޝިން ތަކުގެ އަޑުން މުޅި ކޮޓަރިވަނީ އެއްއަޑު ކޮށްލާފައެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޮތް ލީރާގެ އަތުގެ އިނގިލި ތަޅުވާލިއެވެ. ދެލޯ މެރިފައި އޮތް އިރު އޭނާގެ ހިތި މާޒީ ފިލްމެއްގެ ސިފައިގައި އޭނާއަށް ފެންނަމުން ދިޔައެވެ. ދެލޯ މެރިފައިވީ ނަމަވެސް ލޮލުގެ ކަނަކުން ކަރުނަ އަންނަމުން ދިޔައެވެ. ***13 އަހަރު ކުރިން*** (23 ވަނަ ބައި) ފާހާނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ލީރާ ދިޔައީ ލޯގަނޑު ކުރިމަތީގައި […]
ދެލޮލުން ކަރުނަ ފުހެލަމުން ލަޝްކާ ހަމަ ޖެހިލިއެވެ. މިއަދު ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ މިއީ އޭނާ ނުރޮއެ ހޭދަ ކުރާ ފުރަތަމަ އުފަންދުހަށް ވާށެވެ. ނަމަވެސް ކޮޓަރިން ނިކުތުމާއި އެކު ފެނުން މަންޒަރުން އަނެއްކާވެސް ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. (22 ވަނަ ބައި) ސިޓިންގ ރޫމްގެ ބިންމަތި ވަނީ ރަން ކުލަޔާއި މުށި ކުލައިގެ ހަންތަކުން ފުރާލާފައެވެ. ސޯފާ ކައިރީ އިން ކުޑަ މޭޒު މަތީގައި ކޭކެއް އިން […]
“އޭ! އެއީ މައިޓު އިނގޭ؟ ހަހަ. މި ސޮރު މިހުރީ ހަމަ ރަނގަޅަށް ވެސް މި މަންޖެއާއި ހުރެ ދީވާނާ ވެފަ ދޯ؟” ޝަރަފް ދިމާ ކުރާ ރާގެއްގައި ބުނެލިއެވެ. ދާއިޔަލް ހީލާފައި “ގެރޭ” އޭ ބުނެލިއެވެ. (21 ވަނަ ބައި) އަވަސް ފަރުވާ ދޭ ކޮޓަރީގައި އޮވެފައި ލީރާ އައި ސީ ޔޫ އަށް ބަދަލު ކުރެވުނުތާ މިހާރު 3 ގަޑި އިރު ވެއްޖެއެވެ. މޮޅުކޮށް އެކްޓު ކުރަމުން އިމްރާން ރޮމުން ރޮމުން އެމަންޒު ފުލުހުނަށް […]
ޑިއުޓީ ނިންމާފައި ގެއަށް ވައިން އަކްނާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ފޯނުން ނަހާތުއަށް މެސެޖު ކުރަމުން ދިޔަ އިރު ދެކެވެމުން ދިޔައީ ދެން ދިމާވާނީ ކޮން އިރަކާއި މެދު ކަމެވެ. ކޮޓަރިއަށް ވަނުމާއި އެކު އަކްނާންއަށް ފުރަތަމަވެސް އިވުނީ ޒާލާގެ ރުއިމުގެ އަޑެވެ. އެހެންޏާ ވިއްޔާ އެއަޑަށް ހިތް ހަލާކުވާ އަކްނާންގެ މޫނުމަތިން މިއަދު ފެނުނީ ފޫހި ކަމެވެ. (20 ވަނަ ބައި) ފޫހި ކަމާއި އެކު ގޮސް އަކްނާން އެނދުގައި އިށީނެވެ. ފުރަގަސް ދީގެންނެވެ. އަކްނާންގެ ފޫހިވެފައިވީ […]
“ތިހެން މާ ހެނދުނާ އަންނާތީ ޒާލާ ޝައްކެއް ނުކުރޭތަ؟” އަކްނާންގެ އަތުތެރޭގައި އޮވެ، އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނަހާތު އަހައިލިއެވެ. އެނދުގައި އޮށޯވެގެން އޮތް އިރު ދެމީހުންގެ މޭމައްޗާއި ހަމައަށް ފޮތިގަނޑު އަޅައިގެން އޮތް އިރު ދެމީހުން ލައިގެން ހުރި އެއްޗެހި ބިންމަތީގައި ހުއްޓެވެ. “ހެޔޮ ޝައްކު ވިޔަސް. މިހާރު ހަމަ އަބަދުވެސް ބޭނުންވަނީ ނަހާ ކައިރިީ އޮންނަން” ނަހާތުގެ ތުންފަތައް ލޯބި ކޮށްލަމުން އަކްނާން ބުނެލިއެވެ. (19 ވަނަ ބައި) “ހޫމްމްމް. އަހަރެންދެކެ ލޯބިވާ ވަރުން […]
“އޯހްހްހް. މިއީ ދޯ މިވާ ގޮތަކީ؟ މާ ނޭނގޭ ކަމަށް ހަދާފަ މަގޭ ވަނަވަރު ހޯދަނީ ދޯ؟ ނޫނޭ. ކުޅަދާނަ. ހޫމް. އޯކޭ. މަށަށް ކިޔަނީ މީކައިލް މުހައްމަދު މިރުޝާލް. އުމުރުން 23 އަހަރު. މަށަކީ ތެރަޕިސްޓެއް. ވިވިއަން އޯ؟” މީކައިލް އަހައިލިއެވެ. “ވިވިއަން އަހުމަދު ރަޒާން. 20 އަހަރު. ލިލީ ފިހާރައިގަ މަސައްކަތް ކުރަނީ” ސަލާމަށް އަތް ދިއްކޮށްލަމުން ވިވިއަން ބުނެލިއެވެ. (18 ވަނަ ބައި) މީކައިލް ހިނިތުންވެލާފައި ސަލާމް ކޮށްލިއެވެ. ވަގުތުން ވިވިއަންގެ މުޅި […]
“ދޮންބޭ… ދެން އެހެން ނޫޅެއްޗޭ. ދޮންބެ އެހެން އެކަނިވެރި ވެފަ އޮންނަތަން ފެނުނީމަ މިކީގެ ހިތް ހަލާކު ވި… މިކީ ވަރަށް ދެރަވޭ ދޮންބެ އެހެން ދެރަވެފަ އޮންނަތަން ދެކެން” މިކްޔާ މަޑުމަޑުން ބުނެލިއެވެ. މީކައިލް ހިނިތުންވެލާފައި މިކްޔާގެ ބޮލު މެދުގައި ބޮސް ދިނެވެ. (17 ވަނަ ބައި) ގޭތެރެއަށް ވަދެގެންއައި އެލާރާގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ތިރީ ތުންފަތުގައި މަޑުމަޑުން އިނގިލި ހާކާލަ ހާކާލަ ހުރި އިރު ޒަވުލްއާއި އެކު ހޭދަ ކުރެވުނު […]
“ލަޝް.. ހިނގާ ފާހަނަޔަށް. މިހާރު ތިއޮތީ ހުން އައިސް ރަތްވެފަ” ލަޝްކާ އަތްދަނޑިމައްޗަށް ލަމުން ދާއިޔަލް ބުނެލިއެވެ. ލަޝްކާގެ ހަށިގަނޑު ބާތް ޓަބް އަށް ލުމުން ވީ ފިނިން ލަޝްކާ ކުކުރައިލިއެވެ. “ލަޝް… ބަސް އަހާ. އޭރަށް އަވަހަށް ރަނގަޅުވާނީ” ޖީބުގައި އޮތް ޕެނަޑޯލް ކާޑު ނަގަމުން ދާއިޔަލް ބުނެލިއެވެ. (15 ވަނަ ބައި) ދާއިޔަލްގެ ކޮންމެ އަމަލަކުން ވެސް އެ ހިތުގައި ލަޝްކާއަށްޓަކައިވީ ލޯބި އެއްވެސް ސިއްރެއް ނެތި ހާމަ ވަމުން ދިޔައެވެ. ދާއިޔަލް އާއި […]
ފަތިހުގެ ފަނޑު އަލިކަން ދުނިޔެމައްޗަށް ފެތުރެން ފެށީ، ރޭގަނޑުގެ ކަނު އަނދިރިކަން މަޑުމަޑުން ފިލުވައިލަމުންނެވެ. އިރުމަތީ ފަރާތު އުދަރެސް ރަން އަލިކަމުން ފުރި، އުޖާލާވަމުން އައީ މުޅި ފަޒާގައި އާރޯކަމާއި ދިރުން އުފައްދަމުންނެވެ. ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކުން މާހައުލު ގުގުމާލިއިރު، ޖެހެމުންދިޔަ ފިނިރޯޅިތައް ގައިގައި ބީހިލަނީ އައު އުންމީދުތަކަކަށް ދައުވަތު ދެމުންނެވެ. ކަނޑުގެ ނޫކުލައިގެ ރާޅުތަކުގެ ތެރެއިން އިރު މައްޗަށް އަރައިގެން އައި ރީތި މަންޒަރަކީ ކޮންމެ މީހެއްގެ ހިތަށް ވެސް ތަސައްލީއެއް ގެނެސްދޭނެ ފަދަ ހިތްގައިމު […]