Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 40

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 22, 2026 3 Mins Read
8 Comments

“ދާއި؟ ކިހިނެތްވީ؟” ލަޝްކާ އެނދުން ތެދުވަމުން އެހިއެވެ. “ދާއީ؟؟ ކިހިނެތްތަވީ؟؟” ލަޝްކާ ދައްކަމުން ދިޔަ ވާހަކަ އިވޭ ވަރަށް ވުރެ ދާއިޔަލް ހުރީ މާ ބިރުންނެވެ.

(40 ވަނަ ބައި)

“ލަޝް… އަވަހަށް ހިނގާ މިގެއިން ނިކުންނަން. މިގޭގަ ހުރުން ރަނގަޅެއް ނުވާނެ. އަވަހަށް ދޭ. ފާހާނާއަށް ދޭ. ގޮސް ވުޟޫ ކޮށްގެން ނިކުމޭ. ދާއި އެއްޗެހި ޕެކް ކުރާނަން” މާނޭވާލަމުން ދާއިޔަލް ވާހަކަ ދެއްކިއެވެ. “އެކަމަކު ކިހިނެތްތަ ވީ؟ ދާއި ދަތްދޮޅިއަށް ކިހިނެތްތަވީ؟ ބުނެބަލަ. ވާހަކަ ދައްކަބަލަ. ވީގޮތެއް އެނގިގެނެއްނުން ކަމެއް ވާނީ؟” ލަޝްކާ ދާއިޔަލްގެ ކޯތާފަތުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. ލަޝްކާގެ އެ ކުޑަ ކުޑަ ބީހިލުމުންވެސް ދާއިޔަލްގެ ހިތަށް ހަމަ ޖެހުން ލިބުނެވެ. އެއްއަތުން މޫނުގައި ހުރި ދާތަށް ފުހެލަމުން ދާއިޔަލް ލަޝްކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“ލަޝް… މިގޭ ކައިރި މިހިރި ގޭގަ އުޅޭނެ… އަންހެން ކުއްޖެއް… ލައިލީން ކިޔާ ކުއްޖެއް. އެމަންޖެ އެކަނި އުޅޭނީވެސް. މަންމައެއް ބައްޕައެއް ނެތް ކުއްޖެއް އެއީ. އަދި 19 އަހަރު ކަންނޭނގެ. މިރަށަށް އޭނަ ބަދަލުވީ ފަހުން އަދި ނޭނގެ މަހެއްވެސް ވީކަމެއް. އެ ކުއްޖާ… އެކުއްޖާ އޮތީ މަރުވެ، ކުނިވެފަ…” ދާއިޔަލްގެ ވާހަކަ އިވި ލަޝްކާއަށް އަނގަމަތީގައި އަތް އެޅުނު އިރު މުޅި ހަށިގަނޑުން ހީބިހިނަގައިގަތެވެ. “މުޅި މީހާ އޮތީ ކުނިވެފަ… ގައިގެ އެތަން މިތާ ކިލާފަނިތަކާ އެއްޗެހި ދުވޭ… ހީވަނީ މަރުވިތާވެސް ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެހެން…” ދާއިޔަލްއަށް ހިންދިރުވާލެވުނެވެ.

“ދާއި. އަވަހަށް ހިނގާ ޕޮލިހަށް ގުޅަން” ފޯނު ނަގަމުން ލަޝްކާ ބުނެލިއެވެ. ދާއިޔަލްއަށް އެނދަށް ޖެހިގަނެވުނެވެ. ހަގީގަތުގައިވެސް މިރޭ އޭނާ ވަރަށް ބިރުގަނެއްޖެއެވެ. އެމަންޒަރު ފެނި ލަޝްކާގެ ހިތަށް ތަދުވެލިއެވެ. އެމަންޒަރު ފެނުނީ އޭނާއަށް ނަމަ، ލަޝްކާއަށްވެސް ވީހީ އެވަރެވެ. ބަދިގެއަށް ގޮސް ފެންތައްޓެއް ހިފައިގެން އައިސް ދާއިޔަލްއަށް ލަޝްކާ ފެންދިނެވެ. ދާއިޔަލްގެ ނޭވާ ހަމައަކަށް އެޅުމުން ލަޝްކާ ދުރަށް ޖެހިލާ، އެޒިކިއެލްގެ ނަންބަރަށް ގުޅާލިއެވެ.

ސޯފާގާއި އިން އެޒިކިއެލް ވިސްނަމުން ދިޔައީ އެލާރާއާއި މެދުއެވެ. އެލާރާގެ އުޅުމަށް އެއައި ބަދަލަކީ ޒަވުލްތާއެވެ. އެކަން ހުއްޓުވަން އޭނާ ބޭނުންވިއެވެ. އެކަހަލަ މީހަކަށް އެލާރާ ހައްގުވެދާނެ ކަމަށް އެޒިކިއެލްގެ ހިތުގެ އެންމެ ތަންފުކެއްވެސް އެއްބަހެއް ނުވިއެވެ.

އެ ޙިޔާލުތަކުން އޭނާއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ގުޅަމުން ދިޔައީ ލަޝްކާއެވެ. “އަނެއްކާ ކިހިނެތްވީބާ؟…” ހިތާ ހިތުން އެޒިކިއެލްއަށް ބުނެވުނެވެ. “ހަލޯ؟” ކަންފަތުގައި ފޯނު ޖަހަމުން އެޒިކިއެލް ސޯފާގައި ހަމަ ޖެހިލިއެވެ.

“ސާރ. ވަރަށް ބޮޑު ވާޙަކައެއް ބުނަން މިގުޅީ…” ލަޝްކާ ހަމަ ޖެހިލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. “ލައްބަ. ކުރިއަށް ދޭ” އެޒިކިއެލް ވާހަކަ ދެއްކިއެވެ. އިވެން އުޅޭ ބޮޑު ޙަބަރުގެ ހިލަމެއް ނުވާ ހާލުގައެވެ. “ދާއިމެން ގޭ ކައިރީ އެކަނި އުޅޭ ކުއްޖެއް… ‘ތަރި’ ގޭގައި އުޅޭ ލައިލީން… މަރުވެ ކުނިވެފައި އޮއްވާ ދެންމެގަ ދާއިޔަލްއަށް ފެނުނީ…” ލަޝްކާ ބުނެލި ޖުމްލައާއި އެކު އެޒިކިއެލްއަށް ކޮޅަށް ތެދުވެވުނެވެ.

“ވަޓް؟؟ ކީކޭ؟؟ ކޮން އިރަކު؟؟” އެޒިކިއެލް އެއްފަހަރާ ސުވާލުތައް ކުރަން ފެށިއެވެ. ދާއިޔަލްއަށް ފެނުން މަންޒަރު ލަޝްކާ ކުރުކޮށް ކިޔައިދިނެވެ. “އޯކޭ. ޓީމެއް ގޮވައިގެން މިދަނީ އެކޮޅަށް” ފޯނު ބާއްވަމުން އެޒިކިއެލް ބުނެލިއެވެ. އަދި ގޮސް އެލާރާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ.

“އެލާ. މަރުވެ ކުނިވެފައި އޮތް އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނިގެން މިއުޅެނީ. އަވަހަށް ރެޑީވޭ ސީންއަށް ދާން” އެހެން ބުނެ އެޒިކިއެލް ނިކުތެވެ. އެލާރާވެސް ދިޔައީ އެލިގެންނެވެ. ފޯނު ކަންފަތުގައި ޖަހަމުން އެލާރާ ޒަވުލް ގާތުގައި އެހެން ބުނެލިއެވެ. “ހޫމް. ތިއީ ކަލެއަށް ވާނެ ވަރަކީ. ރައްޓެހިވީ އިރު ހީވި ހަނދާ ތަރިވެސް ދޭނޭ. ހޫން ދާން އުޅޭ. ރައްކާވޭ!” އެހެން ބުނެ ޒަވުލް ފޯނު ބޭއްވީ އެލާރާގެ ހިތަށް ހަންޖަރެއް ހަރާފައެވެ. ނަމަވެސް އެވަގުތު އޭނާ ރޯކަށް ބޭނުމެއް ނުވިއެވެ. އެ މަރުގެ ހަގީގަތް ހޯދަން އެލާރާ ދާން އެބަ ޖެހެއެވެ.

ހެޔޮވަރު ދުވެއްޔެއްގައި ސައިކަލު ދުއްވާފައި ގޮސް ދާއިޔަލް މަޑުކޮށްލީ ދިޔާން ދިރިއުޅެމުން ދިޔަ ގޭ ކައިރީގައެވެ. ލަޝްކާގެ އަތުގައި ހިފާލަމުން ދާއިޔަލް އެތެރެއަށް ވައިން އިރު ޔޫޒާއާއި ދިޔާން ސޯފާގައި ތިއްބެވެ. “ލަޝް…” ނިޔަފަތިތައް ހަފަން އިން ޔޫޒާއަށް ލަޝްކާ ފެނި ދުވެފައި ގޮސް އޭނާގެ ގައިގައި ބައްދާލެވުނެވެ. “ލަޝް އޯކޭތަ؟” ލަޝްކާގެ ބޮލުގައި ފިރުމާލަމުން ޔޫޒާ އަހައިލިއެވެ.

“ހަމަ ޖެހިބަލަ ދޮންބެ ދައްތާ. ލަޝް އޯކޭ އޭ” ހަމަ ޖެހިލަން މަސައްކަތް ކުރަމުން ލަޝްކާ ބުނެލިއެވެ. “ދާއި ދަތްދޮޅި ކިހިނެތްތަ؟” ދިޔާންވެސް ހާސްވެފައި އެހިއެވެ. “ދެން… މިހާރު ދެން އޯކޭ. ލަޝް ބޭސް އަޅާދިންފަހުން” އިސްޖަހާލަމުން ދާއިޔަލް ބުނެލިއެވެ. އޭރުވެސް އޭނާއަށް ސިފަވަމުން ދިޔައީ ލައިލީންގެ ގަބުރެވެ.

ހޮސްޕިޓަލުގައި އެޒިކިއެލް، އެލާރާ، އަދި ޔައުލާން ތިއްބެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޑަކްޓަރު ނިކުމެ ދޭނެ ޙަބަރަކަށެވެ. އެހެން ވިޔަސް، އެލާރާގެ ޙިޔާލުގައިވީ ޒަވުލްއެވެ. ހީނަރުވަމުން ދިޔަ އެ ގުޅުމުގެ ސަބަބުން އެ ހިތްވަނީ ފިސްފިސްވެފައެވެ. ކައިރީގައި އިން ޔައުލާންވެސް އިނީ އެކަހަލަ ހާލެއްގައެވެ. އެލާރާއަށް ވީ ނުވީއެއް ނޭނގި މިއަންނަ ބަދަލުން ޔައުލާންއަށްވެސް ދިޔައީ އަސަރު ކުރަމުންނެވެ. ވީ ކީއްތޯ އަހާ އަހާވެސް އޭނާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައެއް ނެތެވެ.

ކުޑަ ހިނދުކޮޅެއް ތެރޭގައި ޑަކްޓަރު ނިކުތެވެ. ވަކި ވަކިން ތިން ފުލުހުންގެ މޫނަށް ބަލައިލިއެވެ. “އަޅުގަނޑު ބޭނުންވަނީ ދެ ފިރިހެން ފުލުހުންނަށް މި ވާހަކަ ދައްކާލަން…” އެލާރާއަށް ވެދާނެ ގޮތަކާއި މެދު ވިސްނާލާފައި ޑަކްޓަރު މާހިން ބުނެލިއެވެ. ޔައުލާންއާއި އެޒިކިއެލް އެކަކު އަނެކަކަށް ބަލައިލިއެވެ. ލިބެން އުޅޭ ހަބަރަކަށް ތައްޔާރުވެލީ ކަންނޭނގެއެވެ.

ދެމީހުން ގޮވައިގެން މާހިން ދުރަށް ޖެހިލިއެވެ. ހަރަމް ބަނދެލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ލައިލީންގެ މަރަކީ އާދައިގެ މަރެއް ނޫން. އެކަމުގައި މީހެއްގެ އަތެއް އެބަވޭ…” އެހިސާބުން މާހިން ހުއްޓާލީ ދެން ބުނަން އޮތް ޖުމްލަ ބުނަންވީ ގޮތެއް ނޭނގިގެންނެވެ. “ލައިލީންގެ… ހަށިގަނޑުގައި އޭނަގެ ހިތެއް ނެތް… މޭ ފަޅާލާފަ ފަހަންވެސް ފަހާފަ އޮތީ…” މަޑުމަޑުން މާހިން ބުނެލި ޖުމްލަ ޔައުލާންއަށާއި އެޒިކިއެލްއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

(ނުނިމޭ)

ސާޅީސްއެއްވަނަބައިގެ ތެރެއިން:

“ދެން… ކިހިނެތް ހަދަނީ؟…” ނޭވާ ހަމައަކަށް އަޅުވާލަމުން އެލާރާ އަހައިލިއެވެ. “އޮޓޮޕްސީއަކަށް ފޮނުވާލާނީ.” ފުންނޭވާއެއް ދޫކޮށްލަމުން އެޒިކިއެލް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ދެވުނީ ވޭނޭ 60

Next

އާއެކޭ ލޯބިވޭ… ތިރީސްތިންވަނަބައި (ނާމާން ގެކޮޅުގެ ބިރުވެރި ދަތުރު)

Next
April 22, 2026

އާއެކޭ ލޯބިވޭ… ތިރީސްތިންވަނަބައި (ނާމާން ގެކޮޅުގެ ބިރުވެރި ދަތުރު)

Previews
April 22, 2026

ދެވުނީ ވޭނޭ 60

8 Comments!

  1. N0nni_77 says:
    April 22, 2026 at 7:00 pm

    Maasha allah.
    Mi prt vs vrhreethi.
    When next?

    1. shihaamaa ali shihaamaa ali says:
      April 22, 2026 at 7:17 pm

      Jazaakallah khairan N0nni_77 🩶🫶🏻
      In sha allah tmrw

  2. Lamtty Lamtty says:
    April 22, 2026 at 7:45 pm

    Allahumma baarik! Vrh reethi mi partves ❤️
    What the hell is wrong with zavul alhe ..eyna ehn ulheythee haadha Sus ey mihaaru.
    Ekm heart nagaafa ey 😱
    My god!!!
    Ekm kaakubaa evaruge rahum Kuda amaleh hingee eh…poor girl 😭

    1. shihaamaa ali shihaamaa ali says:
      April 22, 2026 at 9:03 pm

      Jazaakallah khairan Lamtty🩶🫶🏻
      Hehe dhww.. lets seee👀
      Yeaahhh😭😭😭 neynge dhwww… ikrr i feel so bad for herrr tooo☹️

  3. Sheex says:
    April 22, 2026 at 7:49 pm

    V reethi mi part MA
    What hitheh nethey
    WHATTTTTTTTT Hama image kohlevijje
    CW4THENEXTP
    Tc

    1. shihaamaa ali shihaamaa ali says:
      April 22, 2026 at 9:03 pm

      Jazaakallah khairan Sheex🩶🫶🏻
      Yeaapp😭😭😭😭 eekkk😭😭😭 in sha allah next tmrw.. tc

  4. cutie girl says:
    April 23, 2026 at 12:16 am

    mi part ves v reethi masha allah
    curiously waiting for next part
    i feel bad for elaa zavul khineh eulheni
    haadha curious kohlaafa thi nimaaly
    really appreciated your hard work
    heart nagaafa ey khinehbaa dhen vaani
    when next

    1. shihaamaa ali shihaamaa ali says:
      April 23, 2026 at 10:55 am

      Jazaakallah khairan cutie girl 🩶🫶🏻
      In sha allah next episode todayy..
      Dhww i feel bad for them too☹️
      Yeapp😭 lets see dhw.. in sha allah today knmes irakun.. stay tuned

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 41←


All Right Reserved!