ދަންވަރުގެ ވަގުތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ކޯރު ހެދިފައި ވިއެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން ގަސްތައްވެސް އެކި ގޮތް ގޮތަަށް ނަށަމުން ދިޔައެވެ. ‘މަންޒިލް’ ގޭ ބަދިގެ ތެރޭގައި ހުރި އިމްރާން ޖޫސް ފުޅިއަށް ކޮންމެވެސް އެއްޗެއް ފުނޑުފުނޑުކޮށް އަޅަމުން ދިޔައެވެ. ‘ރައިބީނާ’ ޖޫސް އެއީ ރީޝާ އެކަނި ބޯ އެއްޗެއްކަން އެއީ އިމްރާންއަށް އޮޅިފައިވީ ކަމެއް ނޫނެވެ. “އަހަރެން ދުނިޔެއަކަށް ފަލީހަތް ވާކަށް ނެތިން…” އަތް ފޮޅާލަމުން އިމްރާން ބުނެލިއެވެ. […]
“އިމްރާން… މަށާ ކައިވެނި ކުރަންވީނުން…؟” އިމްރާން ފޯނު ނެގުމާއި އެކު ރީޝާ ރޮއެގަތެވެ. “އޭނ؟ ކީކޭ ތިކިޔަނީ؟” އިމްރާން ހައިރާންވިއެވެ. “އަހަރެން… އަހަރެން ބަނޑުބޮޑު… މިދަރިފުޅު އަހަރެމެން އެކީގަ ބޮޑު ކުރަން… ހެޔޮނުވާނެ…” ރީޝާ ބުނެލީ އާދޭހުގެ ރާގަކަށެވެ. “ބަނޑުބޮޑޭ؟ ތި ދަރި ބޭނުމޭ؟ ކަލޭ މޮޔަވީތަ؟؟” ދަތްކުނޑިވިކާލަމުން އިމްރާން އަހައިލިއެވެ. (33 ވަނަ ބައި) “އިމްރާން… ހެޔޮނުވާނެ… އަހަރެން މި ދުނިޔެއަށް ގިނަ ނުކޮށްލާ… މަަށާއި ކައިވެނި ކުރޭ…” ރީޝާއަށް އޭރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. […]
އިމްރާން ދައްކަން ޖެހޭ ވަރަށް ވާހަކަ އެބަ ހުރި. ސުވާލު ކުރާ ކޮޓަރިއަށް ވަދެވެންދެން މަޑުކޮށްލާ” އެޒިކިއެލް ބުނެލިއެވެ. ޔައުލާން ހިނގައިގަތީ ލީރާ ކައިރިއަށެވެ. “ލަޝްކާ ނޫން އެހެން ކުއްޖެއް އިމްރާން ހުންނަކަން އެނގޭތަ؟” ޔައުލާން ކޮށްލި ސުވާލު ބޭރަށް ނިކުންނަން އައި ލަޝްކާއަށް ވެސް އިވުނެވެ. ވަގުތުން އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ. (32 ވަނަ ބައި) “ކި… ކީކޭ…؟” ލީރާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ފަހަތުގައި ހުރި ލަޝްކާ ވެސް ހުރީ ކުޑަވަރެއްގެ […]
“ޓޮއް ޓޮއް” “ދޮންބޭ. އާދެބަ…” ކުޑަކޮށް ދޮރު ހުޅުވާލަމުން އެލާރާ ބުނެލިއެވެ. ފައިލްތައް ލައްޕާލަމުން ދާއިޔަލް އެ ކޮޓަރިން ނިކުތެވެ. (31 ވަަނަ ބައި) “ލަޝްކާ ބުނާ ގޮތުން ނަމަ އިމްރާން އޭނާ ރޭޕް ކުރާތީވެ އެކަމުން އޭނާ ސަލާމަތް ކުރުމުގެ ގޮތުން ދާއިޔަލް އޭނާ ރަހީނު ކުރީ” އެލާރާ ބުނެލިއެވެ. “ދޮގު؟ ދާއިޔަލް ވެސް ހަމަ އެހެން ބުނީ. ދެމީހުން އެއްބަސް ކިޔައިގެން ކަމަށް ވެސް ވެދާނެ. އިމްރާން ބުންޏެއްނުން އެދެމީހުން ތިބީ މިހާރު ހިތުބާ […]
“މަރިޔަމް ލަޝްކާ އިމްރާން ރަހީނު ކުރިކަމުގެ ތުހުމަތުގައި އާދަމް ދާއިޔަލް ޖިނާން މި ހައްޔަރު ކުރެވުނީ…” ދާއިޔަލްގެ އަތުގައި ބިޑި އެޒިކިއެލް ބިޑި އަޅުވަމުން ދެއްކި އެއްވެސް ވާހަކައެއް ދާއިޔަލްއަކަށް ސާފެއް ނުވިއެވެ. އޭނައަށް ފެންނަމުން ދިޔައީ ގިސްލަ ގިސްލާފައި ރޮމުން ދިޔަ ލަޝްކާއެވެ. ދާއިޔަލްގެ ލޮލުގައިވީ ކަރުނަތަކުގެ ސަބަބުން އޭނާގެ ހިތާމައިން ފުރިފައިވީ މޫނުވެސް ފުސްވިއެވެ. (30 ވަނަ ބައި) “ލަޝްކާ! ދާއިޔަލް ގައިން ދޫކޮށްލާ. ހަމަ މިހާރު ހިނގާ ގެޔަށް” ލަޝްކާގެ އަތުގެ މުލައްދަނޑީގައި […]
“އަޑު އަހާކަށް ބޭނުމެއް ނޫންތަ؟ މަށަށް އެނގޭ ލަޝްކާ ވީ ކޮންތާކުކަން” އިމްރާން ހިނގައިގަތުމުން ރަޝާ ބުންޏެވެ. ރަޝާގެ އެޖުމްލައާއި އެކު އިމްރާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ސިހިފައި ފަހަތް ބަލާލެވުނެވެ. “ހޫމް. ހަމަ ރަނގަޅަށް ތި އިވުނީ. ލަޝްކާ ވީ ކޮންތާކުކަން މަށަށް އެނގެޔޭ” ރަޝާ ތަކުރާރު ކޮށްލިއެވެ. “ކޮންތާކު…؟” ހިންދިރުވާލަމުން އިމްރާން އެއްސެވެ. (29 ވަނަ ބައި) އަވަސް ފިޔަވަޅު ތަކެއްގައި ހަސްފަތާލުން ނިކުން އިމްރާންގެ ހަރަކާތްތައް އަވަހެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އޭނާ […]
“ހަލޯ؟ ދިޔާން. ދާއިޔަލް ވީތަން އެނގިއްޖެ” ހަލޯ އޭ ބުނަން އަނގަ ހުޅުވާލި ވަގުތު އެފަރާތުން ބުނި ޖުމްލައާއި އެކު ރަޝާގެ ހަރަކާތްތައް ހުއްޓުނެވެ. “ދާއިޔަލްވީ އޭނަގެ ބެސްޓް ފްރެންޑްގެ ގޭގެ މަތީ ފްލޯރގަ. ގެސްޓު ބައިގަ. އެއުޅޭ ލަޝްކާ ގޮވައިގެން އޭނަ އުޅެނީ. އެމަންޖެ ރަހީނު ކުރީވެސް ދާއިޔަލް ކަމަށް ވަނީ. އަދި މީގެ ފައްކާތަންކޮޅު އިނގޭތަ؟ މިހާރު އެމީހުން ތިބީ އެންގޭޖް ވެފަ.” ޒެއިންގެ ފަރާތުން އިވުނު ޙަބަރާއި އެކު ރަޝާގެ ތުންފަތައް ވެރިވީ […]
ދޮރުގައި ޓަކި ދޭން ފެށުމުން ޓީވީ ބަލަން އިން ރަޝާ ތެދުވިއެވެ. އަތުގައި އޮތް އާފަލު ކަމުން ގޮސް ދޮރު ހުޅުވާލި އިރު ދޮރު ކުރިމަތީގައި ހުރި ދިޔާން ފެނި ނިތައް ރޫތައް ގިނަވިއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟ މަށަކަށް ނޭނގެޔޭ ދާއިޔަލް ވީތަނެއް” ކަޅި އަޅާލަމުން ރަޝާ ބުންޏެވެ. “އަހަރެން މިއައީ ދާއިޔަލްގެ ވާހަކަ ދައްކާކައް ނޫނޭ” ރަޝާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ދިޔާން ބުނެލިއެވެ. (27 ވަނަ ބައި) ހަމަ އެވަގުތެވެ. ޕަބްޖީއަށް […]
~މިބައިން ފެށިގެން “ވިވިއަން” ގެ ނަން ވާނީ “ވިޝާޙާ” އަށް ބަދަލު ކުރެވިފައެވެ~ ނަމަވެސް ދާއިޔަލް މާ ހުޝިޔާރެވެ. އޭނާ ހުރީ ލަޝްކާގެ އެ އަމަލަށް ތައްޔާރު ވެގެންނެވެ. ލަޝްކާގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް ގެނެސް ދުރަށް ނުދެވޭ ވަރަށް ބައްދާލިއެވެ. އަދި ލަޝްކާއާއި އެއްވަރަށް ތިރިވެލަމުން ލަޝްކާގެ ތުންފަތައް ބޮސް ދިނެވެ. (26 ވަނަ ބައި) ލާންޗުން ފޭބި ޒުވާން އަންހެން ކުއްޖާއާއި ދިމާލަށް މީހުންގެ ލޯތައް ހުއްޓެން ފެށިއެވެ. ފިޔާތޮށި ކުލައިގެ ޝޯލްއަކާއި […]