Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 35

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 17, 2026 3 Mins Read
6 Comments

“ދާއިޔަލް…” ލީރާ ދާއިޔަލްއާއި ދިމާލަށް ބަލައިލިއެވެ. ދާއިޔަލް މިހާރުވެސް މަންމައަށް ވުރެ ރަނގަޅަށް ލަޝް ރައްކާތެރި ކޮށްދީފި. ދެންވެސް އެކަން ކޮށްދެއްޗޭ… މިއީ މި މަންމަގެ ފުރާނަ” ލީރާ ބުނެލިއެވެ. “އަޅުގަނޑު ދިރި ހުރިހާ ދުހާކު ލަޝްކާ ހުންނާނީ ރައްކާތެރި ކަމާއި އެކު…” ދާއިޔަލް ޔަގީންކަން ދިނެވެ.

(35 ވަނަ ބައި)

“އިމްރާން؟؟ އިމްރާން!!” ޙިޔާލު ތަކުން އިމްރާންއަށް ނިކުމެވުނީ އެޒިކިއެލް ވާހަކަ ދައްކަން ފެށި އަޑަށެވެ. އިސްޖަހާލުމާއި އެކު އިމްރާންއަށް ފެނުނީ ބިޑި އަޅުވާފައި އިން އޭނާގެ ދެއަތެވެ. “ޝިޓް…” ދަތްކުނޑި ވިކައިލަމުން އިމްރާން ބުނެލިއެވެ. “ވާހަކަ ދައްކަން ތައްޔާރުތަ؟” އެޒިކިއެލް އަހައިލިއެވެ.

“ފަށަމާ ދޯ؟” އިމްރާންގެ މޫނު މައްޗައް އަރަމުން ދިޔަ ކުލަތައް ރަނގަޅަށް ދިރާސާ ކުރަމުން އެޒިކިއެލް ވާހަކަ ދައްކަން ފެށިއެވެ. “އިމްރާން! މަރިޔަމް ލަޝްކާ އިމްރާންގެ އުމުުރުން 6 އަހަރުން ފެށިގެން އިމްރާން ލަޝްކާ ރޭޕް ކޮށްފައިވާ ކަމުގެ ހެކި އަޅުގަނޑު މެނަށް މިވަނި ލިބިފައި. އެކުށަށް އިމްރާން އެއްބަސް ވާންތޯ؟” އަދަބުވެރިކަމާއި އެކު އެޒިކިއެލް އަހައިލިއެވެ. “އެބަ އަޅުވާލަން އޯޑިއޯއެއް” ދެންވެސް އިމްރާން އެއްޗެއް ނުބުނުމުން އެޒިކިއެލް ބުނެލިއެވެ. އަދި އޭރު އެލާރާ ފޮނުވި އޯޑިއޯ އަޅުވާލިއެވެ.

އިމްރާން: ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟

ރަޝާ: ކިހިނެތްވީ؟ ހާސްވީތަ؟؟ ހާސްނުވޭ. ލީރާ އެއޮތީ ނިދާފައެއްނުން؟ ލީރާއަކަށް ނޭނގޭނެ މަށެއް. ކަލެއަށާ ލަޝްކާއަށް ދޯ މަ އެނގޭނީ؟

އިމްރާން: ވާޙަކަ ނުދައްކާ! ރައްކާވޭ މިތަނުން. މަށެއް ނުދަންނަން ކަލެޔެއް. މިހާރު ނޭނގެ ލަޝްކާ ދުނިޔޭގަ ވެސް ހުރި ކަމެއް. އެކަން އެ ނިމުނީ. ދެން ކަލޭ ދަންނަ އެކަކުވެސް ނުހުންނާނެ.

“ބުނަންތަ ރަނގަޅު ވާހަކައެއް؟ މަމީ ކަލޭ ނަމަ ކަލެއަށްވެސް ވީހީ ހަމަ އެހެން. ބަލަ އެ ލީރާ ނަފްސާނީ އަރައިގެން ގޮސް 24 ގަޑި އިރު ކޮޓަރީގައޭ އެ އޮންނަނީ. މަ ކައިރިވިޔަސް ‘ނެތް މޫޑެއް’ ، ‘ވަރަށް ވަރުބަލި’ ، ‘މިއަދަކު ނޫން’. ބަލަ މަ ވެސް މިއީ ހިއްސު ސަލާމަތުން ހުރި ބޮޑު ފިރިހެނެކޭ” އިމްރާންގެ ވާހަކަތައް އިވި އެޒިކިއެލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

“ދެން އޭގެ މާނައަކީ ތިމާގެ ދަރި ގަޔަށް އަރާށޭތަ؟” އެޒިކިއެލް އެހެން އެހުމުން ބުނެވުނީ ކީކޭކަން އިމްރާންއަށް ރެއަކާ ލިއެވެ. “އޯހް ޝިޓް” ހިތާ ހިތުން އެހެން ބުނަމުން އިމްރާން ގޮނޑިން ތެދުވެ ކުޑަކަކޫ ޖެހިއެވެ. “މަށަށް މަޢާފް ކުރޭ. ހުރިހާ ކަމެއްވެސް ވީ ލީރާ ނަފްސާނީ ވުމުން. ލަޝްކާއާއި ލީރާ ވައްތަރުވީމަ އޭނަ ކައިރިއަށް ދާހިތްވީ. ދެން ނުވާނެ އެހެނެއް. އަޅުގަނޑަށް މަޢާފް ކުރޭ…” ދެއަތް ޖޯޑު ކޮށްލަމުން އިމްރާން ސަލާން ޖަހަން ފެށިއެވެ.

“އެހެން ވިއްޔާ މީގޭ 18 އަހަރު ކުރިން ރަޝާގެ މަންމަ ރީޝާގެ ބުއިމަކަށް ސުކްސިނިލްކޮލިން އަޅައިގެން ރީޝާ ޕެރެލައިޒް ކޮށްލުން. އެއީ ކޮން ކަމެއްބާ؟ ގައިމު ރަޝާ އެއީ އިމްރާންގެ ދަރިއެއްނުން؟”

“ހުއްޓާލާ!” އެޒިކިއެލްގެ ވާހަކަ ތަކުން އިމްރާން ދިޔައީ ހައްތަހާ ރުޅި ގަދަވަމުންނެވެ. “ކީއްކުރަން ހުއްޓާލަންވީ؟” އެވަގުތު އެތަނަށް ރަޝާ ވަނެވެ. “އަނެއްކާވެސް ކަލޭ؟؟؟ ކިހާ ބޮޑު މުސީބާތެއްތަ މިއީ ދެން އޭނ؟؟؟” ރައްކާވާށޭ މަގޭ ލޯ ކުރިމަތިން” ރަޝާގެ ކަރުގައި ހިފާ ފާރަށް ތަތް ކޮށްލަމުން އިމްރާން ބުނެލިއެވެ. “އިމްރާން! ރަޝާގެ ކަރުން ދޫކޮށްލާ” އެޒިކިއެލްގެ އަޑު އިވުމާއި އެކު އޭނާއަށް ހުރެވުނީ ކޮންތާކުކަން ރެއަކާ ލިއެވެ. ވަގުތުން ރަޝާގެ ކަރުން ދޫކޮށްލީ އެހެން ވެގެންނެވެ.

“އިމްރާން ކަލޭ ތިއީ ބައްޕައިންނަށްވެސް ހުރި ހުތުރެއް. ކަލޭ ތިއީ ކަލޭ ‘ލޯބި’ ވެގެން އިން މީހާއާއި އެކު ލިބުން ދަރި ގަޔަށް ވެސް އެރި ނުލަފާ ޖަނަވާރެއް. މާމަގެ ދުނިޔޭގަ ބަދީގޭގައި އިން ސީސީޓީވީ ކެމެރާގެ ރިކޯޑިންގ އޮތީ މަށަށް ދީފަ. ކަލޭ މަންމަގެ ރައިބީނާ ފުޅިއަށް ސުކްސިނިލްކޮލިން އެޅިތަން ކެމެރާއަށް އޮންނާނީ އަރާފަ. އެކަން މަށަށް އެނގުނީންސުރެ ބަދަލު ހިފުމުގެ ރޫހު މަގޭ ހަށިގަނޑުގައި ހިފި. ފުރަތަމަ އަހަރެން އުޅުނީ ލަޝްކާގެ ދިރިއުޅުން ހަލާކުކޮށް ކަލޭމެން މޮޔަ ވާ ވަރު ކުރަން. އެކަމަކު މާ ފަހުން އެނގުނީ މީނަވެސް މިހުރީ އެކަމާ އަރާކަން. ހެއްޔޮ ދަރި ވިއްޔާ މިއޮށް ހާ ދުވަހު މި ރޭޕް ކުރީ. ނަސީބެއް ތިކަހަލަ ބައްޕައެއް މަށަށް ނުލިބުންކަން!!”

ރަޝާގެ ވާހަކަ އަހަން ހުރި އިމްރާން ހުރީ ލަދުން ވިރި ވިރިއެވެ. އެހާ ރުޅިވެސް އައިއްސައެވެ. ލަދު ގަތީ ކުށްތައް ފަޅާ އެރުމުންނެވެ. ރުޅި އައީ ލަދުގަތުމުންނެވެ. ދެންވެސް ކުރެވުނު ކުށާއި މެދު ދެރަވެ، މަޢާފަށް އެދެމުގެ ޙިޔާލެއް އިމްރާންގެ ބޯ ހަރު ސިކުނޑިއަކަށް ނައެވެ.

“ކަލޭ… ކަލޭ މަގޭ މުޅި ދިރިއުޅުން ތި ހަލާކު ކޮށްލީ…” ދެންވެސް އިމްރާންއަށް ބުނެވުނީ އެހެންނެވެ. “ފެއާކޮށް ދޯ ކުޅެންވާނީ؟ ކަލޭ ފުރަތަމަ މަގޭ ދިރިއުޅުން ހަލާކު ކޮށްލީ. މަގޭގެ ބައްޕައަކަށް ވާން ނުކެރުނު އިރު އެހުރީ މަގޭ މަންމައަށް ހަދާލި ގޮތް. ކަލޭ މަގޭގެ މުޅި ދިރިއުޅުން ހަލާކު ކޮށްލީ” އިމްރާންގެ ކަންކަށި މަތީގައި ޖަހަމުން ރަޝާ ބުންޏެވެ. އަދި ބަރުހެލި ފިޔަވަޅު ތަކެއްގައި އެތަނުން ނިކުމެގެން ދިޔައެވެ.

(ނުނިމޭ)

ތިރީސްހަވަނަބައިގެ ތެރެއިން:

“ދެން؟ ރަޝާ އޯ؟” ދިޔާން އަހައިލިއެވެ. “އަހަރެން… އަހަރެން މިއީ ބޭކާރު މީހެއްނުން…؟” ހިނިތުންވުމަކާއި އެކު އެހެން ބުނި ނަމަވެސް ރަޝާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނިޢުމަތެކޭ ތިއީ

Next

ހަގީގަތަކީ ކޮބައިހޭ؟…18

Next
April 17, 2026

ހަގީގަތަކީ ކޮބައިހޭ؟…18

Previews
April 17, 2026

ނިޢުމަތެކޭ ތިއީ

6 Comments!

  1. Sheex says:
    April 17, 2026 at 6:48 pm

    MA haadha reechey ❤️
    Alhey past kiyaidhee nimunu iru sheex ah rovijje🥺
    Hama asluves if I was rashaa nama hama kurimatheega bas bunevey ne bappa akas😤
    HAADHA dhera ekey leeraa ah🥺
    CWTHENEXTP
    TC

    1. shihaamaa ali shihaamaa ali says:
      April 17, 2026 at 7:50 pm

      Jazaakallah khairan Sheex 🩶🫶🏻
      Awlheyyyy sorrryy rovvaalevuniima😭
      Asluvess dhwww…
      Stay tuned for next ep in sha allah maadhan
      Tc

  2. ♡えんげね♡ says:
    April 17, 2026 at 7:03 pm

    Maasha allah.
    Mi prt vs vrh reethi.
    Sorry kurin dhethin episode ga comment nukurevuneema.
    Busy v ma mihaaru gina fahahru vhk kiyeneevs 1 day fahun.
    When next?
    Lysm🖤💛

    1. shihaamaa ali shihaamaa ali says:
      April 17, 2026 at 7:52 pm

      Jazaakallah khairan dear 🩶🫶🏻
      Hehe e ok vaane
      Stay tuned for next ep in sha allah maadhan
      Likewise🫶🏻

  3. Un_known says:
    April 17, 2026 at 8:16 pm

    Masha Allah mi part vx vrh reethi 🤩💯
    Knme dhuvahakun vx enme inthizaaru kureveyy eh vhk..
    Baeh myhun ge past ga Kan vaa gothun vx dhiriulhun gehlli goas magu ikhthiyaaru kurevey dhw 😭
    Rasha ah ehves ufaleh nehhh😔
    Imran haadha goaheyyyy
    When’s next???
    Curiously waiting for the next part

    1. shihaamaa ali shihaamaa ali says:
      April 18, 2026 at 9:11 am

      jazaakallah khairan Un_known 🩶🫶🏻
      asluvess dhww.. ur childhood will effect your whole adulthood.. asluvess dhw i feel soo bad for Rasha 🥲 asluvess Irmaan vrh goass.
      in sha allah today stay tuned

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 37←


All Right Reserved!