…މީކައިލްއާއި ވިޝާހާގެ ގުޅުންވެސް ދިޔައީ ބާރު ސްޕީޑުގައި ކުރިއަށް ދަމުންނެވެ. ދިޔާންގެ ބޭވަފާތެރިކަމުގެ ވާޙަކަ ނޭނގި ޔޫޒާ އޭނާއާއި އެކު އުފަލުގައި އުޅެމުން ދިޔައެވެ. އެކަނިވެފައި ތިބީ ޔައުލާންއާއި ވިޝާޔާއެވެ. ޔައުލާން އިންތިޒާރު ކުރަމުން ދިޔައީ އެލާރާއަށެވެ. ވިޝާޔާ ހުރީ އޭނާ ބޭނުންވާފަދަ ފިރިހެން ކުއްޖެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ވިޝާޔާގެ ވާހަކަތައް އަހާ ޝަރަފްގެ ދިރިއުޅުމަށްވެސް ވަނީ ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
***އެއްމަސް ފަސް***
(37 ވަނަ ބައި)
ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. އިޝާ ނަމާދު ކުރަމުން ދިޔަ އަޑު ފަޒާގައި ހިފާފައި ވިއެވެ. ރެއަކީ 15 ވިލޭރޭ ކަމުން ހަނދުގެ ރިހި އަލިން މުޅި ތަން ވަނީ އަލިކޮށްލާފައެވެ. މިރޭ އެއްވެސް ބޮތްކެއްވެސް ބޭނުން ނުވާފަދައެވެ. އެފަދަ އަލިކަމެއް ވިއެވެ.
ނަމާދުކޮށް ސަލާމް ދިން ލަޝްކާ ދެއަތް އުފުލާލިއެވެ. ދެލޯ ކަރުނައިން ފުރިފައިވާ ހާލުގައި ދުޢާ ކުރަން ފެށިއެވެ. “ޔާ ރަބް. ދާއިޔަލް ފަދަ ނިއުމަތެއް އަޅުގަނޑަށް ދެއްވީތީ އަލްހަމްދުލިއްލާހި. އެހެން އެކަކަށް ވެސް މިއަޅާގެ ހާލު ދެނެނުގަނެވުނު އިރު އިބަ އިލާހު މިއަޅާގެ ހާލު މޮޅަށް ދެނެވޮޑިގެންވި. ޔާ ރަބް. މިއަޅާއާއި ދާއިޔަލްގެ ކައިވެނީގައި ބަރަކާތް ލައްވާފާންދޭ… އަޅަމެންނަށް ސާލިހު ދަރިފަސްކޮޅެއް ދެއްވާފާންދޭ. ދުނިޔޭގައި އެކީގައި އުޅެވި، ޖަންނަތުގައިވެސް އެކީގައި އުޅެވޭނެ ގޮތެއް މެދުވެރި ކޮށްދެއްވާފާންދޭ. އާމީން”
ދުޢާކޮށް ނިމުން އިރު ލަޝްކާގެ ދެލޮލުގައި ފުރިފައިވީ ކަރުނަތައް ކޯތާފަތުގައި ފިރުމާލާފައި ވެއްޓުނެވެ. ނަމަވެސް މިއަދު އެއީ އުފާވެރިކަމުގެ ކަރުނައެވެ. މިރޭ މިއީ ލަޝްކާގެ ހަޔާތައް އައި އެންމެ އުފާވެރި ރޭ ކަން ކަށަވަރެވެ.
“ޓޮއް ޓޮއް”
ދޮރުގައި ޓަކި ދިން އަޑަށް ލަޝްކާ ކަރުނަ ފުހެލަމުން ދޮރާއި ދިމާލަށް ބަލައިލިއެވެ. “ކޮބާ ނަމާދުކޮށް ނިމުނީތަ؟” އެތެރެއަށް ވަދެލަމުން ލީރާ އަހައިލިއެވެ. “ލައްބަ. އާދޭ.” ލީރާ އެތެރެއަށް ވަނުމުން ލަޝްކާ ތެދުވެ މުސައްލަ ކަބަޑަށް ލިޔެވެ.
އާދައިގެ ހެދުމެއް ލައިގެން ހުރި ލަޝްކާ ލޯގަނޑު ކުރިމަތީގައި ހުއްޓި ފުނާއަޅަން ފެށިއެވެ. މޫނު މަތީގައި އެއްވެސް މޭކަޕެއް ނުކުރި ނަމަވެސް ‘ފޭސް ކްރީމް’ ކޮޅެއް ހާކާލިއެވެ.
ލީރާގެ އެހީއާއި އެކު 8 ޖަހަންވީ އިރަށް ލަޝްކާ ރެޑީވެ ނިމުނެވެ. ލަޝްކާ ހުރީ ހުދު ކުލައިގެ ފޭރާމެއްގައި ހިތްގައިމު ސޫރައެއް ފަދައިންނެވެ. އެއީ ލޭހާއި ވިދާ ބަބުޅާ މުތީތަކުން ޖަރީކޮށްފައިވާ ފަންނުވެރި މަސައްކަތުގެ ފުރިހަމަ ނަމޫނާއެކެވެ. އެ ހެދުން އޭނާގެ ވަށައިގެން އޮހިފައިވަނީ ގަނޑުވެފައިވާ ފެންއޮހޭ މާލަމެއް ފަދައިންނެވެ. އޭގެ ކޮންމެ ފަތްޖެހުމަކާއި ރޫތަކެއް ފަރުމާކޮށްފައިވަނީ އަލި އެޅުމުން ހިތްތައް ދަމައިގަންނަ ފަދަ ފަރުވާތެރިކަމާއެކުގައެވެ. އެ ހެދުމުގެ ދިގު، ހަށިގަނޑަށް ހެޔޮވަރު އަތްވަނީ އެފަދަ ފަރުވާތެރި ކުދި މުތީތަކުން ޖަރީކޮށްފައެވެ. ނާޒުކު އަތުގެ މުލައްދަނޑިއާ ހަމައަށް ފަރުމާކޮށްފައިވާ އެ އަތުން، އޭނާގެ ކިބައިގައިވާ މާތްކަމާއި ރީތިކަން ހާމަކޮށްދެއެވެ. ލަޝްކާގެ ބުރުގާއަކީ ތުނި ފޭރާމެއްގެ ހިތްގައިމު ދުންފިންޏެއް ފަދަ އެއްޗެކެވެ. އެއިން ވަށާލެވިފައިވާ އޭނާގެ މޫނުމަތިން ފެންނަނީ މަޑުމައިތިރި އުފާވެރިކަމެވެ. އެ މަޑު ފޭރާން އޭނާގެ ހަމުގައި ބީހެމުންދަނީ ނުހަނު އޮމާންކަމާއެކުގައެވެ. މި ހެދުމަކީ ހަމައެކަނި ފޮއްޗެއް ނޫނެވެ. އެއީ ހަގީގަތަކަށް ވެފައިވާ ހުވަފެންތަކުގެ ރަމްޒެކެވެ. އަދި އަބަދުގެ އަބަދަށް ހަނދާނުގައި ބިންވަޅު ނެގިގެންދާނެ ފަދަ ވަގުތުކޮޅެއްގެ އުންމީދެކެވެ.
“މާޝާ ﷲ މަންމަގެ ލަޝް ބޮޑު ވީ ދޯ؟” ލަޝްކާގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ. ލަޝްކާގެ ލޮލުގައި ވިދަންފެށީ އުފާވެރި ކަމުގެ ކަރުނައެވެ. “ހެހެ އަދި މަޑު ކުރޭ ދަރިފުޅާ. އަދި ނުވޭ ރޯކަށް” އެހެން ބުނެލި ނަމަވެސް ލީރާގެ ލޮލުގައިވެސް އޭރު ކަރުނަތައްވިއެވެ.
ހުދުކުލައިގެ ގަމީހަކާއި އެކު ކޯޓު ފަޓުލޫނެއް ލައިގެން ހުރި ދާއިޔަލް ލޯގަނޑު ކުރިމަތީގައި ހުރީ ޓައީ އަޅަންށެވެ. އެވަގުތު އެތަނަށް ޝަރަފްވެސް ވަނެވެ. “ހޫމްމް. ސާބަހޭ. މިހާރު ރީއްޗޭ ދެން” ދިމާ ކުރާ ކަހަލަ ގޮތަކަށް ޝަރަފް ބުނެލިއެވެ.
“ހޫމް. ހެވޭ. ރީތިވާނޭ އަހަރުމެން.” ފޮނިވެލަމުން ދާއިޔަލް ބުނެލިއެވެ. “މަވެސް ދެން އަވަހަށް ކުއްޖަކު ހޯދަންވީ ދޯ؟ ތި ކަހަލަ ނަސީބެއް މަށަށްވެސް ލިބޭނެ ނަމަ” ޝަރަފް ބުނެލިއެވެ. “އަދި ލިބޭނެ. އަސްލު މަވެސް ވަރަށް އުފާވޭ ޝަރަފްއަށް ތިއައި ބަދަލު ފެނިފަ” އެކުވެރިޔާއަށް އައި ހެޔޮ ބަދަލުން ދާއިޔަލްވެސް ހުރީ ވަރަށް އުފާވެފައެވެ. “ދެން ﷲ އިރާދަ ކުރެއްވިއްޔާ ޝަރަފްއަށްވެސް ރަނގަޅު ލޯބިވެރިއެއް ލިބޭނެ” ޝަރަފްގެ ކޮނޑުގައި ޖަހާލަމުން ދާއިޔަލް ބުނެލިއެވެ.
މުޅި ހޯލު ތެރެއަށް ވެރިވެފައިވަނީ ‘އޯޓަމް’ ނުވަތަ ފަޅު މޫސުމުގެ ހިތްގައިމު ކުލަތަކެވެ. މުށި ކުލައިގެ ތަފާތު ވައްތަރުތަކާއި، ރަންކުލައިގެ ފަނޑު އަލިކަމުން މުޅި މާހައުލު ވަނީ އުންމީދީ އުޖާލާކަމުން ފުރާލާފައެވެ. ހިކި ފަތްތަކާއި، ގުދުރަތީ ފަރުމާތަކުން ޒީނަތްތެރި ކޮށްފައިވާ އެ މައިދާނަކީ ލަޝްކާއާއި ދާއިޔަލްގެ ލޯބީގޭ އައު ފެށުމަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ހުވަފެނީ ދުނިޔެއެވެ.
ދާއިޔަލް ހުރީ ލަޝްކާގެ އިންތިޒާރުގައި ފުރަގަސްދީގެންނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެފައި ވާއިރު، ފަހަތުން އިވެމުން ދިޔަ ލަޝްކާގެ މަޑުމަޑު ފިޔަވަޅުތަކުގެ އަޑުން އޭނާގެ ނޭވާ މަޑުންޖެހުނު ކަހަލައެވެ. ލަޝްކާ ގޮސް ދާއިޔަލްގެ ފަހަތުގައި ހުއްޓި، އޭނާގެ ކޮނޑުގައި ވަރަށް ލޯބިން އަތް ލުމާއި އެކު، ދާއިޔަލް މަޑުމަޑުން އެނބުރިލިއެވެ. ކުރިމަތީގައި ހުރި ލަޝްކާ ފެނުމާއި އެކު ދާއިޔަލްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައުޅުވާން ފާޅުވާން ފެށިއެވެ.
ކައިވެނީގެ ހެދުމުގައި ހުރި ލަޝްކާއެއީ އޭނާގެ މުޅި ދިރިއުޅުމުގެ ހަމަ ޖެހުންކަން މުޖައްރިބެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު، ބަހަކާ ނުލައި އެތައް ވާހަކައެއް ދެކެވުނު ކަހަލައެވެ. އެއީ އެކަކު އަނެކަކަށްވީ ގުރުބާނީއާއި، ދިގު އިންތިޒާރުގެ ނިމުން އައިސް، ދެ ހިތް އެކުވި ބާއްޖަވެރި ވަގުތުކޮޅެވެ.
ފަސްހާސް ރުފިޔާގެ ރަނާއި އެކު، ލަޝްކާއާއި ދާއިޔަލްގެ ކައިވެނި ކުރެވުނު ވަގުތަކީ މުޅި ހޯލުގައި ތިބި އެންމެންގެ ލޮލުން ކަރުނަ ހިލުވާލި ވަގުތެކެވެ. “އަނބި ގަބޫލުކޮށްލފީމޭ” ދާއިޔަލް ބުނެލި އަޑުގައި ހުރި ސާބިތުކަމާއި އޯގާތެރިކަމުން ލަޝްކާގެ ހިތަށް ބަޔާންކުރަންދަތި އަސަރެއް ކުރިއެވެ.
ދެމަފިރިން އެކަކު އަނެކަކު އަތުގައި ކައިވެނީގެ އަނގޮއްޓި އަޅުވާފައި، އެކަކު އަނެކަކު ގައިގައި ބައްދާލީ މުޅި ދުނިޔެއަށްވެސް ސިހުން ގެނުވާފަދަ ފުން އަސަރާއެކުގައެވެ. ދާއިޔަލްގެ ކޮނޑުމަތީގައި ބޯ އަޅައިގެން ހުރި ލަޝްކާ ގިސްލަ ގިސްލާފައި ރޮމުން ދިޔަ އިރު، ދާއިޔަލްގެ ލޮލުން ފޭބި ކަރުނަތައް ލަޝްކާގެ ބޮލުގައި އިން ޝޯލް ތެންމަމުން ދިޔައެވެ.
ހަފްލާއަށް ހާޒިރުވެ ތިބި އާއިލާގެ މީހުންނާއި ރައްޓެހިން އެކަކަު އަނެކަކަށްފަހު އައިސް ދެމަފިރިންނަށް މަރުހަބާ ކިޔަން ފެށިއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ނުހަނު އުފާވެރި ކަމެވެ. ހެޔޮ ދުޢާ ތަކުން ހުރިހާ އެންމެންގެ ހިތްތައްވެސް ވަނީ ފުރިފައެވެ.
އެ އުފާވެރި ވަގުތުގައި ލަޝްކާ ސްޓޭޖުން ފައިބައި ލީރާގެ އަތުގައި ހިފާ ސްޓޭޖަށް އެރިއެވެ. ދެމައިންނަށް ސްޓޭޖު ހުސްކޮށްދީފައި، ދާއިޔަލްވެސް ސްޓޭޖުން ފޭބިއެވެ. ލަޝްކާ އޭނާގެ ބޮލުގައި އިން ރިހި ތާޖު ނަގާ ލީރާގެ ބޮލުގައި ލޯބިން އަޅުވާލިއެވެ.
“މަންމާ… މިއީ މަންމަ ލަޝްއަށްޓަކައިވީ ގުރުބާނީގެ އަގު މުޅި އުމުރު ހޭދަ ކުރިޔަސް އަދާ ނުކުރެވޭނެ. ވަރަށް ލޯބިވޭ…” ލަޝްކާގެ އަޑު ކުރެހުނެވެ. ލީރާ އޭނާގެ ލޮލުގެ ކޮއެ ފަދަ ދަރިފުޅު މޭގައި ޖައްސާ ބާރުކޮށްލަމުން ރޯން ފެށިއެވެ. “ލަޝް… މިއަދު މަންމަގެ ހުރިހާ ހިތްދަތި ކަމެއް ފިލައިފި” ލީރާ ގިސްލަމުން ބުނެލިއެވެ.
ކައިވެނީގެ ހަފްލާ ނިމުމާއި އެކު ލަޝްކާއާއި ދާއިޔަލް ދިޔައީ އެމީހުންގެ އައު ދިރިއުޅުން ފެށުމައްޓަކައި ދާއިޔަލްގެ އެޕާޓްމެންޓަށެވެ. ކޮޓަރިއަށް ވަދެވުނު އިރު، މުޅިތަން ވަނީ ‘އޯޓަމް’ ތީމަށް ގުޅުވާ ނުހަނު ފުރިހަމަކޮށް ޒީނަތްތެރި ކުރުވާފައެވެ. އުއްބައްތީގެ ފަނޑު އަލިކަމުން މުޅި ކޮޓަރި ވަޏީ އޮރެންޖު އަދި ރަންކުލައިގެ ހޫނުކަމެއްގެ ތެރޭގައެވެ. ކޮޓަރީގެ އެކި ދިމަ ދިމާލުގައި ރަތް ފިނިފެންމާ ހުރި އިރު، އެނދުމަތީގައިވެސް “އަބަދަށްޓަކައި” ޖަހާފައި އޮތެވެ.
ދާއިޔަލް މަޑުމަޑުން ލަޝްކާގެ އަތުގައި ހިފާލަމުން އޭނާއާއި ގާތަށް ޖެހިލިއެވެ. “މިވަގުތުން ފެށިގެން ލަޝްތިއީ ހަމަ އެކަނި ދާއިގެ މީހެއް. ހަމަ އެކަނި ދާއިގެ” ލަޝްކާގެ ނިތުގައި ބޮސް ދެމުން ދާއިޔަލް ސިއްރު ސިއްރުން ބުނެލިއެވެ. “ދާއިވެސް ތިއީ ހަމަ އެކަނި ލަޝްގެ މީހެއް” ދާއިޔަލްގެ ކަރުގައި މަޑުމަޑުން ދަތް އަޅަމުން ލަޝްކާ ބުނެލިއެވެ.
ކައިވެނީގެ ފުރަތަމަ ރޭ ކުރާ ނަމާދުކޮށްލައިގެން ލަޝްކާ ފާހާނާއަށް ވަނީ މޫނު ދޮވެލުމަށެވެ. ލަޝްކާގެ ފަހަތުން ދާއިޔަލްވެސް ފާހާނާއަށް ވަނެވެ. “ދެން ހިނގާބަލަ. މިހާރުވެސް ކެއްވާ ވަރެއް ނޫނޭ” ލަޝްކާގެ ކަންފަތު ފޫޅުގައި ދާއިޔަލް މަޑުމަޑުން ދަތް އަޅާލިއެވެ.
“ހޫމްމް. ހާދަ ކެތްމަދޭ ދޯ؟” ލަޝްކާ ލަދުން ހުރެ ބުންޏެވެ. “ދެން އަޅެ ހާދަ ބަނޑުހައޭ. ބަނޑުހައިވީމަ ކެއްތެރިކަން ފިލާނެ ދޯ؟” ތުންކޮޅު އޮޅާލަމުން ދާއިޔަލް ބުނެލިއެވެ. “ގައިމު ބޮޑު ނޫޑްލްސް ތައްޓެއް ކޭ ދާއި؟” ހައިރާން ވެފައި ލަޝްކާ ފަހަތަށް އެނބުރުނެވެ. “އަޅޭ މައި ނައީވް ލިޓްލް ގާލް. އައި ވޯންޓު އީޓް ޔޫ” އެއްލޯ މަރާލަމުން ދާއިޔަލް ބުނެލި ވާހަކައާއި އެކު ލަޝްކާ ލަދުން މޫނު ފޮރުވާލިއެވެ.
“މިރޭ ލަދެއް ނުގަނެވޭނެ އިނގޭ؟ އަވަހަށް ހިނގާ. ބީ ޑޭޑީސް ގުޑް ގާލް” ލުއި ފަތެއްހެން ލަޝްކާގެ ހަށިގަނޑު އުފުލާލަމުން ދާއިޔަލް ފާހާނާއިން ނިކުތެވެ. އުއްބައްތީގެ ފަނޑު އަލިން ލަޝްކާއާއި ދާއިޔަލް ފެންނަމުން ދިޔައީ އެކަކު ފަދައިންނެވެ. ކައިވެނީގެ ހަލާލު ގުޅުމުން ދެހިތް ގުޅިއްޖެއެވެ. ދެމީހުންގެ ‘ފޯރްއެވާރ’ މިއަދުން ފެށިގެން މި ފެށުނީއެވެ. ގިނަ ގުނަ އިމްތިހާނު ތަކަށް ފަހުގައެވެ.
(ނުނިމޭ)
ތިރީސްއަށްވަނަބައިގެ ތެރެއިން:
“ކޮބާ ދާއިޔަލޫ. ދެން ނިކުންނާށޭ” ކޮޓަރި ދޮރުގައި ބާރަކަށް ޖަހައިގަންނަމުން ޝަރަފް ގޮވާލިއެވެ. ޝަރަފްއާއި ބައިވެރި ވެލަމުން ދިޔާންވެސް ގޮސް ދޮރުގައި ޖަހަން ފެށިއެވެ.
~މިބައިގައި ލަޝްކާގެ ކައިވެނީގެ ހެދުން ސިފަކޮށްދިނުމުގައި އެހީވެދިން، މިސައިޓުގައި ވާހަކަ ލިޔާ ‘Itxlevender’ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







I appreciate the credit 🥹💗 lysm 💗
Ilym🩶🫶🏻
MA V reethi🥰
Omg haadha romantic ey dhww😘
Alhey Lash ah very sheex Maa bodah blush vejje 🫣🫠
I’m so happy to read the mommy-daughter moments 👭
Awww❤️🥹
Wish them a happy life 🤲
Congratulations to the newly couples ❤️
CW4THENEXTP 🙃
Tc💛🎀
Jazaakallah khairan Sheex 🩶🫶🏻
Hehe ikrr.. i was blushiiingggg🫣🫣 dhww goosebumps.. happy happy married life🫶🏻 in sha allah next episode today.. tc too
Allahumma baarik! loveddd this part 😍
Vrh vrh reethi 😍
So romantic 🫣 Hama rangalhahves blushvi mi part kiyaafa👀
Impressive descriptions 😍
Jazaakallah khairan dearr.. asluvess even i was blushinggg🫣🫣