Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 47

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 29, 2026 3 Mins Read
6 Comments

“ނިކުމޭ ދަރިފުޅާ. މިކީ ހޯދާ. މިކީ ބަލާތި. މަންމަވެސް ބައްޕަވެސް ވަރަށް ލޯބިވޭ ދަރިފުޅުމެންދެކެ…” މަޑުމަޑުން މިރުޝާލްގެ އަޑު މަޑުވާން ފެށިއެވެ. ފިހުނަސް ހެޔޮކަމަށް ބަލާ މީކައިލް އުޅުުނީ ވަންނާށެވެ. ނަމަވެސް އެކަން ހުއްޓުވީ އެވަގުތު އެތަނަށް އައި ފުލުހުންނެވެ…

***

(47 ވަނަ ބައި)

“އަޅެ ވިޝާ ބުނެބަ… އަހަރެން ކިހިނެތް މިކަމުން އަރައިގަންނާނީ؟ ކިހިނެތް އެ މަންޒަރު ހަނދާނުން ފުހެލާނީ؟ މަންމަމެން އެ މަރުވީ ހާދަ ވޭންދެނެވި ގޮތަކަށޭ…” މީކައިލް ދައްކަމުން ދިޔަ ވާހަކަތަކުން ވިޝާހާގެ ހިތް ފިސް ފިސް ވަމުން ދިޔައެވެ. އެއީ ކޮންކަހަލަ އިހުސާސެއް ކަމެއް ވިޝާހާގެ ހިތައް ނުވެސް ގެނެވޭނެއެވެ. އަނގަމަތީގައި އަތް އަޅައިގެން އިން މީކައިލްއާއި އެކު ވިޝާހާވެސް ރޮމުން ދިޔައެވެ.

ފަތިހުގެ އަނދިރިކަން ފިލާ އައު ދުވަހަކަށް ތައްޔާރު ވުމާއި އެކު އިރު އަރާ މުޅި ދުނިޔެ ހޫނު ކޮށްލައިފިއެވެ. ފަތިހުގެ ތެތް ފިނިކަން ފިލާ ޖައްވައް ހޫނުކަން ފެތުރެން ފެށި ނަމަވެސް، އެމީހެއްގެ ވަޒީފާތައް އަދާ ކުރުމަށް ހޭލައިގެން ގޭގެއިން ނިކުންނަން މީހުން ފެށިއެވެ. މަރުވެ ދިޔަ ލައިލީން، ސަފިއްޔާ އަދި މިރުޝާލްގެ މަރަށް މުޅި ރަށްވެސް ދިޔައީ ހިތާމަ ކުރަމުންނެވެ.

ނިދިފައި އޮތް އެޒިކިއެލްއަށް ހޭލެވުނީ 7 ޖަހަން އުޅެނިކޮށެވެ. މޯޅިއަކަށް ދެމިލަމުން އޭނާގެ މޭގައި ބޯ އަޅާލައިގެން ނިދިފައި އޮތް މިކްޔާގެ މޫނަށް ބަލައިލިއެވެ. މިކްޔާގެ ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތައް ހުއްޓެވެ. ދެލޯ ވަޅު ވަދެފައިވީ އިރު ކޯތާފަތާއި ނޭފަތް ވަނީ ރަތްވެފައެވެ. ދެތުންފަތް ހިކިފައިވީ އިރު އެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައީ އިންތިހާއަށެވެ.

“އިންޝާ ﷲ އެއްލު މިކީގެ މަންމަމެންގެ މަރުގެ ހަގީގަތް ހޯދާނަން. ޕްރޮމިސް…” މިކްޔާގެ ނިތުގައި ތުންޖައްސާލަމުން އެޒިކިއެލް ބުނެލިއެވެ. އަދި މިކްޔާގެ ހަށިގަނޑުގައި ރީތިކޮށް ފޮތިގަނޑު އަޅައިދީފައި އޭނާ ކޮޓަރިން ނިކުތީ ސްޓޭޝަނަށް ދާންވާއިރައް ތައްޔާރުވާށެވެ.

ނިދިފައި އޮތް އަކްނާންއަށް ހޭލެވުމާއި އެކު މޯޅިއަކަށް ދެމިލިއެވެ. ދެލޯ ކަހާލަމުން ލޯ ހުޅުވާލި އިރު ފުރަތަމަވެސް ފެނުނީ އޭނާ ކައިރީގައި އިށީނދެލައިގެން އިން ނަހާތުއެވެ. “ނަހާ ކިހިނެތް ވެފަ…؟ ތެދުވެ އިށީންނަމުން އަކްނާން އަހައިލިއެވެ.

“ދެރަވެފަ…” ނޭފަތް ދަމާލަމުން ނަހާތު ބުންޏެވެ.

“އެއީ ކިހިނެތްވީ ދެރަވެފަ…؟ އަކޫއަށް ގޯހަށް ކަމެއް ކުރެވުނީތަ؟” ވަގުތުން އަކްނާން ހާސްވިއެވެ. ނަހާތު ހިތުގައި ޖެހޭ ފަދަ އެއްވެސް ކަމެއް ކުރާކައް އޭނާ ބޭނުމެއް ނުވެއެވެ.

“އަކްނާންގެ ތި އުޅުމައް އައި ބަދަލުންވެސް ޒާލާއަށް މިހާރު ހުންނަން ޖެހޭނީ ޝައްކުވެފަ ދޯ؟ އެކަމަކުވެސް… ޒާލާ އަދިވެސް އެހުރީ އަކޫއާއި އެކު އުޅެން ވިއްޔާ…” ނަހާތު ޝަކުވާ ކޮށްލިއެވެ.

“ހެހެހެ އެހެންވެތަ؟ އެހެން ވިޔަސް އަހަރެން ލޯބިވަނީ ނަހާދެކެއޭ” ނަހާތުގެ ކޮނޑުގައި ތުން ޖައްސާލަމުން އަކްނާން ބުނެލިއެވެ.

“އެހެން ވިއްޔާމުން އަކޫ އެ ޒާލާ ވަރިކޮށްފާނަންތަ؟” ފަހަތައް އެނބުރިލަމުން ނަހާތު އެހިއެވެ.

“ކިހިނެތްވީ ކުއްލިއަކަށް؟”

“އާއެކޭ ނޫނީ ނޫނެކޭ” ނަހާތު އިނީ ވަގުތުން ޖަވާބެއް ބޭނުންވެފައެވެ. އެކަން އޭނާގެ މޫނުމަތީގައިވީ އިހުސާސްތަކުންވެސް އެނގެމުން ދިޔައެވެ. އަކްނާންއަށް އެއްޗެކޭ ނުބުނެވެނީސް ނަހާތު އެނދުން ތެދުވިއެވެ. އަދި ކަބަޑު ހުޅުވާލަމުން ކުޑަ އެއްޗެއް ގެނެސް އަކްނާންގެ އަތައް ލައިދިނެވެ.

“ނަހާ…؟ ބަނޑުބޮޑީތަ؟…” އެއަށް ބަލާލެވުމުން އެއީ މާބަނޑުތޯ ބަލަން އަހްނެނުން ބޭނުންކުރާ ޓެސްޓު ކިޓުކަން އަކްނާންއަށް ވަގުތުން އެނގުނެވެ. ނަހާތު އިތުރު އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ.

ވީ އުފަލުން އަކްނާން ނަހާތުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަދި ވަރަށް ލޯބިން އެތަން މިތާގައި ބޮސް ދޭން ފެށިއެވެ. “އާހްހްހް ނަހާ… އައި ލަވް ޔޫ ސޯ މަޗް… ތި ދިނީ ވަރަށް އަގު ބޮޑު ހަދިޔާއެއް. އަޅޭ އައި ލަވް ޔޫ ސޯ ސޯ ސޯ މަޗްޗްޗް…” އަކްނާންގެ ލޮލުގައި އުފާވެރިކަމުގެ ކަރުނަތައް އަންނަން ފެށީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

ޑިއުޓީގައި ތިބި ޔައުލާންއާއި އެޒިކިއެލް އިންތިޒާރު ކުރަމުން ދިޔައީ އެލާރާ އެތަނަށް އަންނާނެ އިރަކަށެވެ. އެ ވޭދަނަ ބެލުމައް ހަމަ ޖެހިފައިވީ ފުލުހަކީ އެލާރާއަށް ވުމުންނެވެ. މާގިނަ އިރަކު މަޑު ކުރާކައްވެސް ނުޖެހުނެވެ. ހިނދުކޮޅެއް ފަހުން އެލާރާ އައިސް އެތަނަށް ވަނެވެ.

“މިއޮތީ އެގޭގައި ރޯވި ސަބަބު” އެލާރާ ދައްކާލީ ކުޑަ ކުޑަ ރަބަރު ޕެކެޓެކެވެ. އެއޮށް ކުޑަކުޑަ އެތި ފެނިފައިވެސް ޔައުލާންއާއި އެޒިކިއެލް ދިޔައީ އެލިގެންނެވެ.

“ވަޒަނެއް…؟” ހައިރާންވެފައިވާ ހާލުގައި އެޒިކިއެލްއަށް ބުނެވުނެވެ.

“ރަނގަޅު. އެގޭގައި އަލިފާން ރޯވީކީ ނޫން. ރޯކޮށްލީ. ލައިލީން މަރާލި މީހާ ކަމަށް ގަބޫލު ކުރެވެނީ މިކަންވެސް ކުރީ” މިކްޔާ ޔަގީން ކަމާއި އެކު ބުނެލިއެވެ.

“އަހަރެން އޭނާ ހޯދާނަން! ދުވަހަކުވެސް އޭނާއަށް ހަމަ ޖެހިލާގެން ނޫޅެވޭނޭ” އެޒިކިއެލް ކޮޅަށް ތެދުވަމުން ބުނެލިއެވެ. “މިހާރު އޭނާގެ ސަބަބުން ތިން މީހުން މަރުވެގެން އެ ދިޔައީ…” ދަތްކުނޑިވިކާލަމުން އެޒިކިއެލް ބުނެލިއެވެ.

އެވަގުތު އެތަނައް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އަކިޔަލް ވަނެވެ. އެލާރާއާއި އެކު ‘ސީން’ އަށްި ދިޔަ ފުލުހަކީ އަކިޔަލްއެވެ. “އެލާރާ… އަނެއްކާ…” އަކިޔަލްގެ ނޭވާ ވަނީ ކުރުވެފައެވެ. އެކަމުންވެސް އޭނާ އެތަނަށް އެއައީ ދުވެފައިކަން އެނގުނެވެ.

(ނުނިމޭ)

ސާޅީސްއަށްވަނަބައިގެ ތެރެއިން:

“އާނ އާނ ތިވީނުން؟ ތީ ކަލެއަށް ކުރަން އެނގޭނެ ކަމަކީ. އެންމެ ރަނގަޅޭ. ލައްކަ ދުވަހު މަ ކެއްކޮށްފިން. އެކަމަކު ދެން ނުކުރާނަން. މި ނިމުނީ މިހިސާބުން މިގުޅުން!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ..10

Next

އާއެކޭ ލޯބިވޭ… ތިރީސްހަވަނަބައި ( އަނދިރީގެ ކަނު އަނދަވަޅު)

Next
April 29, 2026

އާއެކޭ ލޯބިވޭ… ތިރީސްހަވަނަބައި ( އަނދިރީގެ ކަނު އަނދަވަޅު)

Previews
April 29, 2026

ގޮތް ހުސްވެފައި ހުރީމޭ..10

6 Comments!

  1. Your fav bab Your fav bab says:
    April 29, 2026 at 7:19 pm

    Wtf aknaan?? I thought panick vaanee kamah ekm ufalun rony🤦 Feel like zaalaa confront kuranee hen aknaan aa next ep ge there in kiyaafa!
    A bullet???? Alhe hama seedhaa ‘ehkah soru’ ge kameh!!
    Ey js came up with another theory btw😅
    Like what if vishaha ge dad eii?? Ellu vishaahaa ah hoadha dheyn?? Like miky aa dhimaa kuree ellu ah haassa veema? Plus ‘rashu radio’; her mum wanted them to be together ehnu??
    Btw this part was incredible💓💓💓👏
    Ly✨

    1. Sheex says:
      April 29, 2026 at 8:33 pm

      Asluves konkahala ehge firehenen aknaan akee?
      Nice BTW but I think the murder is zavul hen plus he
      started the fire on there house
      Hmm! Right shiha?

    2. shihaamaa ali shihaamaa ali says:
      April 30, 2026 at 6:48 am

      Ikrrr..😭😭😭
      Hehe yess it was a bullet..
      Whaaaa vishaahaage dad??🫢 damn thats a new theoryy.. haha lets see dhww..
      Jazaakallah khairan your fav bab.. 🩶🫶🏻
      Likewisee

    3. shihaamaa ali shihaamaa ali says:
      April 30, 2026 at 6:49 am

      Aknaan is just a red flagg😭😭
      Hehe neynge dhww Sheex.. lets seeee

  2. Sheex says:
    April 29, 2026 at 7:21 pm

    V reethi MA
    Alhey meekail haadha roai ey dhw v dheravejje
    I feel so sad hope the sibling life will be the BEST Inshaallah
    Miky dheke ellu haadha loaybehveyey
    I hope I get someone like that Inshaallah
    Oooh that’s a vazaneh dhww sheex heekuree drugs kamah
    Owwwwh v reethi thankolhakun thi ninmalee
    CW4THENEXTP
    Tc

    1. shihaamaa ali shihaamaa ali says:
      April 30, 2026 at 6:50 am

      Jazaakallah khairan Sheex..🩶🫶🏻
      Yesss dhww Meekail🥺
      Asluvess dhww.. yesss in sha allah Sheex ah vess Ellu kahala partner eh libeyne.. aameen🫶🏻
      Heheh sorry sorry in sha allah next soon.. stay tuned tc

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 48←


All Right Reserved!