Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 43

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 25, 2026 3 Mins Read
6 Comments

“ގުޅާތި. ވާނުވާ އަންގާތި. ރަނގަޅަށް ކައިގެން އުޅޭތި..” މީހުންގެ ލޯތަކަށް ބެލުމެއް ނެތި މިކްޔާ އެޒިކިއެލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެޒިކިއެލްވެސް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ހިތް ބިރުގަންނަނީއެވެ. ހީވަނީއެވެ. ބޮޑު ކަމެއް ވާން އުޅެނީއެވެ. ދެމީހުން ބައްދާލައިގެން އިރުކޮޅަކު ތިއްބެވެ. ކަރުނައިން ފުރިގެން ވާ ހާލުގައެވެ. އެ ދެމީހުނަށް ނޭނގުނު ނަމަވެސް އޭރު ‘އޭނާ’ އެ މަންޒަރު ބަލަން ހުއްޓެވެ.

(43 ވަަނަ ބައި)

“އޯހްހްހް. އެހެންވެ އެޒިކިއެލްއަށް މާ ހާއްސަ މީހަކީތާ ދޯ މިއީ..؟ ހެހެހެ. ރަނގަޅު ރަނގަޅު” އެއްމިޔަކަނުން ހީލަމުން އެޒުވާނާ ހިނގައިގަތެވެ. އޭރު އެދެލޮލުގައިވީ ބިރުވެރި ވިދުމެކެވެ.

އިންޑިއާގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ރަންވޭމައްޗަށް، ބިޔަ ދަގަނޑު ދޫންޏެއް ފަދައިން މަތިންދާ ބޯޓު ތިރިކޮށްލީ ވަރަށް އޮމާންކަމާއެކުގައެވެ. ބޯޓުގެ ފުރޮޅުތައް ތާރުގަނޑުގައި ޖެހުމާއެކު، އިންޖީނުގެ ގުގުމައިގެންދިޔަ އަޑާއެކު ބޯޓުގެ ދުވެލި މަޑުކޮށްލިއެވެ. ބޯޓުގެ ދޮރު ހުޅުވި، އެއިން އެންމެ ފުރަތަމަ ފޭބީ އެޒިކިއެލްއާއި ޔައުލާންއެވެ. ދެމީހުންގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމެއެވެ. ބޯޓުގެ ބަނޑުދަށުން މުދާ ނެރޭ ދޮރު ހުޅުވި، ލައިލީންގެ ފޮށިގަނޑު ބޭލުމަށް ތައްޔާރުވިއެވެ.

ލައިލީންގެ ފުރާނަނެތް މަސްގަނޑު ބޯޓުން ބޭލުމަށްފަހު، ވަގުތުން އެމްބިއުލާންސަށް އެރުވުނެވެ. އެޒިކިއެލްއާއި ޔައުލާން އިސްޖަހާލައިގެން ތިބެ، އެމްބިއުލާންސްގެ ފަހަތުން ދިޔަ ކާރަށް އެރިއެވެ. ސައިރަންގެ އަޑާއެކު، އިންޑިއާގެ ތޮއްޖެހިފައިވާ މަގުތަކުން ނައްޓާލައިގެން އެ ގާފިލާ މިސްރާބުޖެހީ “ނޭޝަނަލް ފޮރިންސިކް ސާރވިސް” އަށެވެ. ލައިލީންގެ މަރުގެ ހަގީގަތް އެނގުމަށް ވޭތުވަމުން ދިޔަ ކޮންމެ ސިކުންތަކީވެސް އެޒިކިއެލްއާއި ޔައުލާންގެ ހިތަށް ކެތްކުރަން ދަތި، އުނދަގޫ ވަގުތުތަކެކެވެ.

“ނޭޝަނަލް ފޮރިންސިކް ސާރވިސް” ގެ ގޭޓުން އެމްބިއުލާންސް އެތެރެވިއިރު، އެ އިމާރާތުގެ ބޭރުފުށުން ފެންނަނީ ހިތްދަތި ކަމާއި ސީރިއަސްކަމެވެ. ހުދުކުލައިގެ ބޮޑު އިމާރާތުގެ ދޮރުމަތީގައި މަޑުކޮށްލި އެމްބިއުލާންސްގެ ފަހަތު ދޮރު ހުޅުވާލުމާއެކު، ހުދު ކޯޓުލައިގެން ތިބި އޮފިޝަލުންތަކެއް ނުކުމެ ލައިލީންގެ ހަށިގަނޑު އޮތް ފޮށިގަނޑު ފުރޮޅުލީ އެނދަކަށް ބަދަލުކުރިއެވެ. އެތެރެއަށް ވަދެގެންދިޔަ ހޯލުތަކުގައި ވަނީ އާދަޔާ ހިލާފު ފިނިކަމަކާއި، ބޭސްފަރުވާގެ ސާމާނުތަކުގެ ވަހެވެ. ކޮރިޑޯގެ ދެފަރާތުގައި ހުރި ހުދު ބޮކިތަކުގެ އަލި، ތަޅުންގަނޑުގެ މައްޗަށް އެޅިފައިވާއިރު، މުޅި މާހައުލުގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. އެޒިކިއެލް އާއި ޔައުލާންގެ ފިޔަވަޅުތަކުގެ އަޑު ފިޔަވައި އިތުރު އަޑެއް އެ ގަޑީގައި އެތަނަކުން ނީވެއެވެ.

އެތައް ކޮރިޑޯއެއް ހުރަސްކޮށް، އެންމެ ފަހުން އެމީހުންނަށް މަޑުކޮށްލަން ޖެހުނީ “އޮޓޮޕްސީ ތިއޭޓަރު” ގެ ބޮޑު ދަގަނޑު ދޮރު ކުރިމަތީގައެވެ. ދޮރުގެ މަތީގައި ހުރި ރަތް ބޮކި ދިއްލުމާއެކު، އެއީ އެހެން މީހުންނަށް ވަނުން މަނާ ސަރަހައްދެއްކަން އަންގައިދިނެވެ. ލައިލީންގެ ހަށިގަނޑު ބޭއްވިފައިވާ އެނދު، އެ ފިނި ކޮޓަރީގެ އެތެރެއަށް ވައްދާލިއިރު، އެޒިކިއެލްގެ ހިތް ހުއްޓުނު ކަހަލައެވެ. ލައިލީންގެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި ހަދަންޖެހޭ އޮޓޮޕްސީގެ މަސައްކަތް ފެށުމަށްޓަކައި އެ ބަރު ދޮރު ލެއްޕިގެން ދިޔައެވެ.

އޮޓޮޕްސީ ކޮޓަރީގެ އެތެރެއަށް ލައިލީންގެ ހަށިގަނޑު ވެއްދުމާއެކު، ފެނިގެންދިޔައީ ފަންނީ އަދި އެހާމެ ބިރުވެރި މާހައުލެކެވެ. މުޅި ކޮޓަރީގައި ހުރީ ދަގަނޑާއި ތަޅުންގަނޑުގެ އޮމާންކަމެވެ. މެދުގައި ހުރި ދަގަނޑު މޭޒުގެ މައްޗަށް އެޅިފައިވާ ގަދަ ހުދު އައްޔަކީ، ހަށިގަނޑުގެ ކޮންމެ ކުޑަ ތަފްސީލެއްވެސް ވަރަށް ސާފުކޮށް ދައްކައިދޭ އަލިކަމެކެވެ. ކޮޓަރީގެ އެކި ދިމަދިމާލުގައި ހުރި ތަހުލީލުކުރާ މެޝިންތަކާއި، ކަފާލުމަށް ބޭނުންކުރާ ތޫނު އާލާތްތައް ތަރުތީބުން އަތުރާލެވިފައި ހުއްޓެވެ. އެތަނުގެ ފިނިހޫނުމިން ހުރީ ގަނޑުވާ ފަދަ ދަރަޖައަކަށް ތިރިކުރެވިފައެވެ. މުޅި ތަނުގައި ހިފާފައިވަނީ ކެމިކަލާއި ސާފުކުރަން ބޭނުންކުރާ ބޭހުގެ ވަހެވެ.

އެ ވަގުތު ކޮޓަރީގެ އެތެރެއަށް ވަދެގެން އައީ އޮޓޮޕްސީ ހެދުމަށް ހާއްސަވެފައިވާ ޑޮކްޓަރު ސަލްމާނެވެ. އޭނާ ހުރީ ފެހިކުލައިގެ ސާޖިކަލް ގައުންއަކާއި، މާސްކެއްގެ އިތުރުން ދެ އަތަށް އަންގި ލައްވައިގެންނެވެ. ޑޮކްޓަރު ސަލްމާނަކީ އުމުރުން ދުވަސްވީ، ތަޖުރިބާކާރު ކަމަށް ދައްކާ، މޫނުމަތިން ސީރިއަސްކަން ފާޅުވާ ބޭފުޅެކެވެ. އޭނާގެ ދެލޮލުން ފެންނަނީ ކަންކަން ދެނެގަތުމުގެ ފުން ނަޒަރެކެވެ. އޭނާ ވަރަށް މަޑުމައިތިރިކަމާއެކު ލައިލީންގެ ހަށިގަނޑާ ގާތްވެލުމަށްފަހު، އެއްޗެއް ނޯޓުކޮށްލިއެވެ. ކޮންމެ ހަރަކާތަކުންވެސް ފެންނަނީ ކަމަށް ކުޅަދާނަ، ފަރުވާތެރި ސިފައެކެވެ. ލައިލީންގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ނިޝާންތަކަށް ބަލަމުން، އޭނާ އޮޓޮޕްސީ ފެށުމަށް ތައްޔާރުވިއެވެ.

“ޕޭޝަންޓް ނޭމް، ހައްވާ ލައިލީން. 19 އަހަރު. ގަޑިން 13:05. އަޅުގަނޑު އޮޓޮޕްސީ ފަށާނަން” ޑަކްޓަރު ސަލްމާން އޮޓޮޕްސީ ފަށަމުން ބުނެލިއެވެ. ފުރަތަމަ ސަލްމާން ބަލައިލީ ލައިލީންގެ އަތަށެވެ. “ނިޔަފަތި ތަކާއި އިނގިލީގެ ނިޝާންތައް ވަނީ ވަކިކޮށްފައި” ސަލްމާން ބުނެލުމާއި އެކު ދެން އެތަނުގައި ހުރި ކުއްޖާ ގޮސް ބޯޑުގައި ނޯޓު ކުރަން ފެށިއެވެ. ދެން ހުރި ކުއްޖާ ދިޔައީ ފޮޓޯ ނަގަމުންނެވެ.

“ގަދަ ހަދާފައި ކަމުގެ ނިޝާނެތް ނެތް. ބޮލުގައިވެސް އެއްވެސް ގެއްލުމެއް ނެތް” ސަލްމާން ލައިލީންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާ ޔަގީން ކުރިއެވެ. “ހޭނެތީސްބާ މިކަންކަން ވެފަ މިހުރީ؟” ފޮޓޯ ނަގަން ހުރި ކުއްޖާ ބުނެލިއެވެ. “އަދި މާ އަވަހެއްނުން ގޮތް ނިންމަން؟. ދެން އެތެރެ ހަށި ބަލާލާނަން” ހަމަ ޖެހިލަމުން ސަލްމާން ހަށިގަނޑު ކެފުމައް ބޭނުން ކުރާ ވަޅި ނެގިއެވެ.

ލައިލީންގެ މެއިން ފެށިގެން ބަނޑުގެ ފޫޅާއި ހަމައަށް ސަލްމާން ކަފައިލިއެވެ. “މޭ ކަށިގަނޑު ވަނީ ހަލާކުވެފައި. ހިތް ނެގުމުގައި އުޅުން އިރު ފުއްޕާމޭވެސް ވަނީ ހަލާކުވެފައި. ޑަކްޓަރެއް ނޫން ލައިލީންގެ ހިތްނެގީ” ސަލްމާން ބުނެލި ޖުމްލައަށް ފޮޓޯ ނަގަން ހުރި ކުއްޖާވެސް އެއްބަސްވެލިއެވެ.

ދެން ސަލްމާން ކަފާލީ ލައިލީންގެ ބަނޑެވެ. “ހަޖަމުވެފައި އެއްވެސް ކާއެއްޗެއް ނެތް” ސަލްމާން ބުނެލިއެވެ. “ތިން ވަރަކަށް ދުވަހު ނުކައި ދޯ އެހުރީ؟” ލިޔަން ހުރި ކުއްޖާ ބުނެލިއެވެ.

އޮޓޮޕްސީ ނިމެންދެން އިންތިޒާރުގައި ތިބި ޔައުލާންއާއި އެޒިކިއެލް ތިބީ ކެތްމަދުވެފައެވެ. ލައިލީންގެ މަރުގެ ހަގީގަތް އެނގެން ދެމީހުންވެސް ތިބީ ކެތްމަދުވެފައެވެ. ޑަކްޓަރު ސަލްމާން އޮޓޮޕްސީ ހަދައިގެން ނިކުތުމާއި އެކު ޔައުލާންއާއި އެޒިކިއެލް ދުވެފައި ކަހަލަ ގޮތަކަށް ސަލްމާން ގާތަށް ދިޔައެވެ. “ކޮބާ ކިހިނެތްތޯ ވީ..؟” ދެމީހުނަށް އެހުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

“ލައިލީންގެ ހަށިގަނޑުގައި ގަދަ ހަދާފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތް. އަޅުގަނޑު ބެލި ބެލުމުން އެނގުން ގޮތުގައި ލައިލީންގެ ހިތް ނެގީކީ ޑަކްޓަރެއް ނޫން. ލައިލީންގެ މޭ ކަށިގަނޑުގަޔާއި ފުއްޕާމޭގައި ހުރި އަނިޔާތައް އެކަމަށް ހެކި ދޭ” ސަލްމާން ވާހަކަ ދެއްކިއެވެ. “ދެން؟ ސީ އޯ ޑީ އަކީ ކޮބާ؟” އެޒިކިއެލް އެހިއެވެ.

“އިތުރައް އެއްޗެއް ބުނަން އެނގޭނީ ޓޮކްސިކޮލޮޖީ ރިޕޯޓްތައް ލިބުމުން. އެހެން ހުރިހާ ގުނަވަންތައް ބަހައްޓާފައި ހަމަ އެކަނި ލައިލީންގެ ހިތް ނެގުމުގައި ސިއްރެއްވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ” ސަލްމާން ބުނެލިއެވެ.

އެޒިކިއެލް ފުރުވާފައި ގެއަށް އައިސް އޮށޯވެލި މިކްޔާއަށް ހިނދުކޮޅެއްގެ ތެރޭގައި ނިދުނެވެ. ޑިއުޓީ އޮތީ ރޭގަނޑު ކަމުން އޭނާ ބޭނުންވީ ރަނގަޅަށް ނިދާލާށެވެ. ނަމަވެސް ނިދުންތާ އިރުކޮޅެއް ނުވެ މިކްޔާއަށް ހޭލެވުނީ ބާރު އަޑު ފައްގަނޑެއް އިވިގެންނެވެ. އެއާއި މެދު ރަނގަޅަށް ވިސްނާ ނުލެވިގެން އުޅެނިކޮށް ކޮޓަރި ތެރެއިން ފެނުން ދުމުން އޭނާގެ މޭގަނޑު އަނގައަށް ނައީ ކިރިޔައްޔެވެ. “މަންމާ!!!”

ކޮޓަރި ދޮރު ހުޅުވާފައި ނިކުން އިރު ކަމަކު ދާކަށް ނެތެވެ. ބަދިގެ ތެރޭގައިވީ އަލިފާނުގެ އަސަރު ސަފިއްޔާއާއި މިރުޝާލްގެ ކޮޓަރިއަށްވެސް ވަނީ ކޮށްފައެވެ. “ނޫން ނޫން. މަންމާ! ބައްޕާ!” މިކްޔާގެ ކަރުން ހަންދާ ވަރަށް އޭނާ ގޮވާލިއެވެ. ސަފިއްޔާ ހުރީ ބަދިގޭގައެވެ. މިރުޝާލް ހުރީ ކޮޓަރީގައެވެ. ދެން…؟

(ނުނިމޭ)

ސާޅީސްހަތަރުވަނަބައިގެ ތެރެއިން:

“ނޫން ނޫން. މަރެއް ނުވާނެ. ތި ހަދަނީ ހުސް ދޮގު. ދޮންބޭ. ބުނެބަލަ. އެހަދަނީ ހުސް ދޮގޭ!” ބޮލުގައި ގޮށް މުއްކަވާފައި ޖަހަމުން މިކްޔާ ވާހަކަ ދެއްކިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 34

Next

އާއެކޭ ލޯބިވޭ… ތިރީސް ހަތަރުވަނަބައި (ނުތަނަވަސްކަމާއި ސިއްރުގެ ހިޔަނި)

Next
April 25, 2026

އާއެކޭ ލޯބިވޭ… ތިރީސް ހަތަރުވަނަބައި (ނުތަނަވަސްކަމާއި ސިއްރުގެ ހިޔަނި)

Previews
April 25, 2026

ހިތް އެދޭ މަންޒިލަކީ… 34

6 Comments!

  1. N0nni_77 says:
    April 25, 2026 at 12:53 pm

    Masha allah.
    Mi prt vs vrh reethi.
    When next sissy?
    Lysm n TC

    1. shihaamaa ali shihaamaa ali says:
      April 25, 2026 at 1:38 pm

      Jazaakallah khairan N0nni_77 🩶🫶🏻
      In sha allah next tmrw..likewisee

  2. shav shav says:
    April 25, 2026 at 2:03 pm

    Sooo if its not a doc, then its prolly zawul. And i think he is targetting mikee now. And ig mikee ge parents died?
    Anyways, mibaives vrh vrh reethi mashallah. When next?
    Keep up the good work shihaa and take care and be healthy and safe
    Lots of love 💗💜

    1. shihaamaa ali shihaamaa ali says:
      April 25, 2026 at 2:47 pm

      Hehehe neynge neynge shihaa akh lmaoo😭😂
      Wellllll… lets see dhww whoo died.. next episode ga ingeyne.. likewise love be safe.. lots of love from mee too 🩶🫶🏻

  3. Mrs.Black says:
    April 25, 2026 at 2:26 pm

    MaashaAllah❤️‍🔥This part is also intrggg!The best award should gone to you…Shiher❤️‍🔥Ur’e a gem I think in here..Who writes a moral for the ones who reads!!❤️‍🔥✨I really appreciate Ur hardwork better, I wonder who might be under Lai’s case Aslu Vx I think That disgusting owner is the one who is under this…What happened to Mikyer? MIKKIE …Why’re you crying..😭 I better can sobbing hearing ur sobbs;
    Anyways, When’s next?Al.com
    Lysm& Tc Shiherr❤️‍🔥✨😭😭
    Curiously waiting for the next part!

    1. shihaamaa ali shihaamaa ali says:
      April 25, 2026 at 2:49 pm

      Awwwhhhhh jazaaakallah khairan Mrs.Black this made me sooooo happyyyy🥹🫶🏻
      Hehe yea dhww.. shihaa akh neynge lai ge case ge fahathuga huryyy kaaku kameh haha.. awwhhh letss see dhww what happened to micky.. in sha allah next tmrw.. stay tuned for next. Likewise 🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 44←


All Right Reserved!