Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 45

Listen to this story Audio · 6:26 Powered by Esfiya Voice
0:00 6:26

އެވަގުތު އެތަނައް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އަކިޔަލް ވަނެވެ. އެލާރާއާއި އެކު ‘ސީން’ އަށްި ދިޔަ ފުލުހަކީ އަކިޔަލްއެވެ. “އެލާރާ… އަނެއްކާ…” އަކިޔަލްގެ ނޭވާ ވަނީ ކުރުވެފައެވެ. އެކަމުންވެސް އޭނާ އެތަނަށް އެއައީ ދުވެފައިކަން އެނގުނެވެ.

(48 ވަނަ ބައި)

“ކިހިނެތްވީ؟ އަނެއްކާ ކިހިނެތްވީ؟” ޔައުލާން ހާސްވެފައި ތެދުވިއެވެ. “އަނެއްކާވެސް… އެހެން ކޭސްއެއް. 19 އަހަރުގެ ކުއްޖެއް. އަލޫކާ… ހަމަ ވަރަށް އިހާނަތިކޮށް މަރާލާފަ…” އަކިޔަލްގެ އަޑުއައީ ކެނޑިކެނޑިގެންނެވެ.

އަކިޔަލްގެ ވާހަކަ އިވި އެލާރާގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. އަނެއްކާވެސް އެ ދިޔައީ މައުސޫމް ފުރާނައެކެވެ. ކުށެއް ނެތް އަންހެން ކުއްޖެކެވެ. އޭނާގެ ދިރިއުޅުން އެކީގައި އަދި އެއޮތީ ކުރިއަށެވެ. އެހާ ޅަ އުމުރުގައި އެކުއްޖާގެ ފުރާނަ އެދިޔައީ ނާއިންސާފުންނެވެ.

“ހިނގާ ދާން ސީންއަށް ދޯ؟” އިރުކޮޅެއްގެ ހަމަ ހިމޭންކަމަށް ފަހު އެޒިކިއެލް ބުނެލިއެވެ.

“ދޮންބެމެން ދޭ އިނގޭ؟ އެލާ އެބަ ދަން” އެލާރާ ބުނެލިއެވެ. ޔައުލާންއާއި އެޒިކިއެލް އަދި އަކިޔަލް ނިކުތުމުން އެލާރާ ފޯނު ނެގިއެވެ. ނިޔަފަތިތައް ހަފަމުން އޭނާ ގުޅާލީ ޒަވުލްއަށެވެ. ފުރަތަމަ ފަހަރު ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރުވެސްމެއެވެ. ތިންވަނަ ފަހަރުވެސް ނުނަގާނޭ ހިތައް އެރިފަހުން ޒަވުލް ފޯނު ނެގިއެވެ.

“ހޫމް.. ކިހިނެތްވީ؟ އަނެއްކާވެސް ކުއްޖަކު މަރުވިއްޔޭ ބިޒީ ވާނޭ ބުނަން ދޯ ތިގުޅީ؟” ފޯނު ނެގި ގޮތައް ޒަވުލް އޭނާގެ ވިހަ ގަދަ ބަސްތަކުން އެލާރާއަށް ހަމަލާ ފޮނުވާލިއެވެ.

“ޒަވޫ… ޕްލީޒް… ރުޅި ނާދެބަ… އަޅެ މިއީ އެލާގެ ވަޒީފާއޭ…” އެލާރާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.

“ނުވާނެ ދެން މިކަމެއް. ލައްކަ ދުވަހު ކެތްކޮށްފިން ހަމަ ހުވާ. މޮޔަކަމުންނޭ ހީވޭ ފުލުހަކަށް ރައްޓެހި ވެވުނީ. މަ ވަރަށް ސާފުކޮށް މިބުނަނީ! އެލާރާ މަ ދެކެ ލޯބިވޭތަ؟” ޒަވުލް ކޮށްލީ ބޮޑު ސުވާލެކެވެ.

“ޔެސް… އެލާ ވަރަށް ލޯބިވޭ ޒަވޫދެކެ. ތީ އެލާގެ ފުރާނަ. މުޅި އުމުރު ދުވަހުވެސް އުޅެން ބޭނުމީ ޒަވޫ-”

“ހޫމް. މަދެކެ ތިހާ ލޯބި ވަންޏާމުން މަ ބުނާ ކޮންމެ ކަމެއްވެސް ކުރެވޭނެތާ ދޯ؟ އެލާރާ ތި ވަޒީފާއިން ކެނޑޭ. އޭރު އަހަރެން އެލާއާއި ކައިވެނި ކުރާނަން” އެލާރާގެ ވާހަކަ ހުއްޓުވާފައި ޒަވުލް ބުނެލިއެވެ. އެލާރާ ޒަވުލްއަށް ކައިވެނި ކުރަން ބޭނުމެވެ. ނަމަވެސް…

ކުޑަކުޑަ ހިނދުކޮޅެއް ތެރޭގައި އޭނާގެ މުޅި ދިރިއުޅުން އެލާރާއަށް ސިފަވެލި ފަދައެވެ. އުމުރުން އެންމެ 5 އަހަރުން ސުރެ ފުލުހަކައް ވުމަށް ކުރަމުން އައި އުންމީދެވެ. ފުލުސް ޔުނީފޯމް ‘ކޮސްޓިއުމްސް’ ލައިގެން އުޅުން ހަނދާނެވެ. ކިޔެވި ކިޔެވުމެވެ. އެޒިކިއެލްއާއި ދެމީހުން އެކުގައި ‘ޓްރެއިނިންގ’ އަށް ދިޔަ ދުވަސްވަރެވެ. އެޒިކިއެލްއާއި ދެބެން ހުވާ ކުރި ރެޔެވެ. ފުރަތަމަ ފުލުސް ޔުނީފޯމު ލީ ދުވަހެވެ.

“ޒަވޫ… އެލާ… ޒަވޫދެކެ ވަރަށް ލޯބިވޭ… އެކަމަކު…”

“އާނ އާނ ތިވީނުން؟ ތީ ކަލެއަށް ކުރަން އެނގޭނެ ކަމަކީ. އެންމެ ރަނގަޅޭ. ލައްކަ ދުވަހު މަ ކެއްކޮށްފިން. އެކަމަކު ދެން ނުކުރާނަން. މި ނިމުނީ މިހިސާބުން މިގުޅުން!” އެލާރާގެ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް ޒަވުލް ފޯނު ބޭއްވިއެވެ. އެލާރާ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަލުން ޒަވުލްއަށް ގުޅާލިއެވެ. އެކަމުން އެނގުނީ ޒަވުލް އޭނާ ބުލޮކް ކޮށްލާފައިވާކަމެވެ.

“އެލާ… ނުރޮއެ… ހުއްޓާލާ… އެލާ ތިހުރީ މާތް ﷲ ގަންދީ ހުވައެއް ކޮށްގެން. ލޮތްބައް ވުރެ މުހިއްމު ވާނީ އެ ހުވަޔަށް ސާބިތުކަމާއި އެކު ތެދުވެރިވެ ހުރުން. އެލާ.. ކެތް ކުރޭ..” ތުންފިއްތާލަމުން އެލާރާ އަމިއްލަ ނަފްސަށް އަޑު ލައްވާލިއެވެ.

ދަންވަރު ޑިއުޓީ ނިންމާފައި ގެއަށް ވައިން ޒާލާގެ މޫނުމަތީގައި ވަރުބަލި ކަންވިއެވެ. މޫނުމަތިން ހިތާމަވެރިކަންވެސް ފެންނަނީ އިންތިހާއަށެވެ. ވާނީވެސް އެހެންނުން ހެއްޔެވެ؟ އެހެންޏާ ވިއްޔާ ދަންވަރު ޑިއުޓީ ނިންމާފައި ގެއަށް އަންނަ އިރު އަކްނާން ހުންނާނީ ޒާލާއަށް ކޮފީ ގިރައިގެން އިންތިޒާރުގައެވެ. އޭނާގެ އަތާފައި މޮޑެދީ ހަދާނެއެވެ. ނަމަވެސް މިއަދު…

ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ޒާލާގެ ހިތައް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކޮންމެވެސް އެއްޗެއް މަދުވި ކަހަލަ އިހުސާސެކެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ތުވާލި ހަރެވެ. އަކްނާންގެ ތުވާއްޔެއް ނެތެވެ. ދަބަސް ހޫރާލަމުން ޒާލާ ގޮސް ކަބަޑު ދޮރު ހުޅުވާލިއެވެ. އަކްނާންގެ އެއްވެސް އަންނައުނެއްވެސް ނެތެވެ. ޒާލާ މޭޖެހޭ ގޮތް ވާން ފެށިއެވެ. ރޮވޭ ނުރޮވޭ ހާލުގައި އަކްނާންއަށް ގުޅަން ފޯނު ނަގަން އުޅެނިކޮށް އެނދުމަތީގައި އޮތް ކަރުދާސްގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ.

“ޒާލާ. އަހަރެން ޒާލާއާއި އެކު އުޅެވޭތޯ ވަރަށް ކެތްކޮށްފިން. އެކަމަކު… ދެން ނުވާނެ. އަހަރެން ކުއްޖަކު ބޭނުން. ޒާލާއަކަށް އެކަމެއް ނުވާނެ. އަހަރެން ބޭނުމެއް ނޫން ކުއްޖަކު އެޑޮޕްޓް ކުރާކަށް. އަހަރެން ބޭނުން ވަނީ އަހަރެންގެ އަމިއްލަ ލޭ. އެ އުންމީދަކީ ޒާލާ އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ހާސިލް ކޮށްދެވޭނެ ކަމެއް ނޫން. ލައްކަ ދުވަހު އަހަރެން އިންތިޒާރު ކޮށްފިން. ޒާލާ ރަނގަޅުވޭތޯ ފަރުވާވެސް ކުރެވިއްޖެ. އެކަމަކު… ދެން ނުވާނެ. އަހަރެން ބޭނުންވަނީ ވަރިވާން. ދެން އަހަރެމެން ދިމާ ކުރާނީ ކޯޓުން. -އަކްނާން”

އަކްނާންގެ އެ ނޯޓު ކޮޅު ކިޔާ ނިމުމާއި އެކު ޒާލާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެ ބާރަކަށް ހަޅޭ ލަވައިގަތެވެ. ހިތުގައި ޝަކުވާ އުފެދުނީ އިންތިހާއަށެވެ. ދަރިން ނުލިބުން އެއީ އޭނާގެ ކުށެއް ހެއްޔެވެ؟

ޒާލާގެ ހަޅޭކުގެ އަޑަށް އެތަނަށް ދުވެފައި ކަހަލަ ގޮތަކަށް ނައުރީން އައިސް ވަނެވެ. ބިންމަތީގައި އިނދެ ރޮމުން ދިޔަ ހަމަ އެކަނި އަންހެން ދަރިފުޅު ފެނި ނައުރީން ދުވެފައި ގޮސް ޒާލާ ގާތުގައި އިށީނެވެ. “ދަރިފުޅާ؟ ކިހިނެތްވީ ދޫނީ؟” ޒާލާގެ ކޯތާފަތުގައި ހިފާ އޭނާއާއި ދިމާލަށް ޒާލާގެ ނަޒަރު ހުއްޓުވަމުން ނައުރީން އެހިއެވެ.

“މަންމާ… އަކޫ… އަކޫ…” ޒާލާއަށް ބުނެވުނީ އެވަރަށެވެ. ދެން ފެނުނީ ނަރުރީންގެ އަތުތެރެއަށް ޒާލާގެ ހަށިގަނޑުން ދެމުން މަންޒަރެވެ.

(ނުނިމޭ)

ސާޅީސްނުވަވަނަބައިގެ ތެރެއިން:

“އެލާ!!!” ވަގުތުން ޔައުލާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ފޫދުއްވާލާފައި ހޫނު ކަރުނަތައް އަންނަން ފެށީ ބަސްބުނާހާ އަވަހަށެވެ. އެލާރާއާއި ދިމާލަށް ޔައުލާން ދުއްވައިގަތެވެ. ދުވެވުނު އެންމެ ބާރަކަށެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Sheex

    Haadha reecheyyyyyyyyyyyy MA
    What is wrong with zavul elaa vazeefaain kedykah nujeheyne eyna bunyas
    In my opinion he is a jerk
    What aneh kaaves kujjaku maraalee
    Zavul is rlly SUS! hmmmm!!
    What zalaa ah ehen hadhaa kah heyonuvaane dharin nulibumakee anhenunge kusheh NOON
    Sheex ah goas vee aknaan eyna marry kuraairu ehurihaa kamakah ready vegen dhww mary kuranves vanee
    Kujjaku nulibuneema vari kuraakah noon dhw
    Sheex ge bain bunee zalaa ah baby eh libeyneyey bit aknaan ge ley
    CW4THENEXTP
    Tc

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex 🩶🫶🏻
      Yeaa dhww.. asluvess.. asluvess hama a jerkkk😭 asluvess dhwww.. #jerknumber2😭😭😭
      Yesss.. lets see whats the changes that comes to Zaala’s life dhw dhen..
      In sha allah next soon.. tc

  2. Your fav bab

    What the??! Another murder?? Alhe kaaku thr ehen e hadhanee???
    Zawul alhe why are you so heartless😭😭 aachaa!! Mi oth haa dhuvahu Kehkuree zawul kameh I dhene nuhurin!🤦
    Elaaa forget about him and move onn!! Yau is there for you!
    Aknaan vx zaalaa dhookohlee dhw?
    Vrh furihama n emotional mi part MA! Hama rovijje😭
    Appreciate ur hard work darling👏
    Ly💖

    1. shihaamaa ali
      Your fav bab

      Yaaaapppp another murder😭😭😭
      Asluvess dhwww.. zaalaa is just rudeee..
      Aaekey heeveyeynun ehn.. 🫩
      Hehe yesyes..
      Yap aknaan and zaalaa is over..
      Awlheyyy sorry rovvaalevuniima😭😭😭
      Jazaakallah khairan Your fav bab🩶🫶🏻

  3. Mrs.🤎

    MashaAllah…❤️I’ve read all the recent parts!
    You’re truly a one Who have the blessing to make Fable stories for us…Tysm..❤️❤️
    Xaler…Sad for her!Niher vx Preggg vihyya Alu’s wish fulfilled only by Niher…Btw, Xaler can start a new life and Neh Kashin confidence Hoadhaa..Now,Alu’s case…Pis,pis
    Fortunately,I read Recent parts!
    Lysm & Tc of yourself 🫶🏻☺️🤎
    🤎🤎🤎

    1. Mrs.🤎
      Mrs.🤎

      *Aku

    2. Mrs.🤎
      Mrs.🤎

      Afterwards……????
      Curiously waiting for Afterwards….
      CW4THENEXTP????

    3. shihaamaa ali
      Mrs.🤎

      Awwwwnnnn Mrs.🤎 this is toooo sweeettt jazaakallah khairan lovee🥹🥹🥹
      Hehe yesyes.. letss see dhw what happens.. likewise deear🩶🫶🏻

    4. shihaamaa ali
      Mrs.🤎

      Ya

    5. shihaamaa ali
      Mrs.🤎

      In sha allah next todayy

  4. Mrs.Blackyyy

    IA ,Shiherr.. Mireyge hisaabu Story publish kohlaane ehnnu dhw…☺️🤎
    Ok..Take your time, Just publish we’ll be waiting right here for you…🤠🙌🏻

    1. shihaamaa ali
      Mrs.Blackyyy

      Labba.. hopefully in a while.. jazaakallah khairan Mrs.Blackyyy 🫶🏻🩶

Comments are closed.