“އެއްލޫ. ހަމަ ޖެހިބަލަ. މިރޭ 30 12 ގެ ފްލައިޓުން އަހަރެމެން ރާއްޖެ ދަމެއްނުން؟ އިރާދަކުރެއްވިއްޔާ ދެން މިކްޔާއަކަށް އެއްވެސް ކަމެއް ނުވާނެ. ހުއްޓާލާ. ހަމަ ޖެހޭ. ކެތްކުރޭ. މިކްޔާއަށްޓަކައިވެސް ކެއްކުރޭ…” އެޒިކިއެލްގެ ކަރުނަތައް ފުހެދެމުން ޔައުލާން ވާހަކަ ދެއްކިއެވެ.
(45 ވަނަ ބައި)
މީކައިލް މިކްޔާ ގޮވައިގެން މަޑުމަޑުން ހިނގަމުން ދިޔައީ މަންމައާއި ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ބަލައިލުމަށެވެ. އެ ހިސާބަށް ދެވުނުއިރު، މީކައިލްގެ ފައި ތުރުތުރުލަމުން ދިޔައެވެ. އޭނާގެ ހިތް ކުދިކުދިވަމުން ދިޔައިރުވެސް، ކޮއްކޮގެ ކުރިމަތީގައި ހިތްވަރުގަދަވާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަކީ ހިތުގެ ކެކުޅުންތަކުގެ ހެއްކެކެވެ. މަރުކަޒީ މިސްކިތުގެ އެ ހިމޭން މާހައުލުގައި އެ ދެބެންގެ ގިސްލުމުގެ އަޑު މުޅި ތަނަށް ފެތުރިފައިވެއެވެ.
ދެ ހަށިގަނޑާ ގާތްވި ވަގުތު މީކައިލްގެ ހިތް ހުއްޓުނު ކަހަލައެވެ. އެންމެ ފަހުން މަންމައާއި ބައްޕަ ފެނުނުއިރު ހުރި އުޖާލާކަމާއި ހިނިތުންވުމެއް މިއަދަކު އެ މޫނުމަތީގައި ނެތެވެ. އަލިފާނުގެ އަސަރުން އެ ދެ މޫނު ވަނީ ދެނެގަންނަން ދަތިވާ ވަރަށް އަނދައި، ކަޅުވެފައެވެ. ސަފިއްޔާގެ އޮމާން މޫނާއި، މިރުޝާލްގެ ފިރިހެންވަންތަ ސިފަ މިއަދު ވަނީ އަޅިއަށް ވެފައެވެ. އެ މަންޒަރު ފެނުމުން މީކައިލްގެ ކަކޫ މައްޗަށް ތިރިވެވުނެވެ.
މިކްޔާ ބާރަށް ރޮއިގަންނަމުން “މަންމާ! ބައްޕާ!” އޭ ކިޔައި ގޮވައިލިއެވެ. އޭނާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. “ދޮންބޭ… މިއީ ހަމަ މިކީމެންގެ މަންމައާއި ބައްޕަތަ؟ ކީއްވެ އެހާ ކުޑަ ހިނދުކޮޅެއް ތެރޭގައި މިކީމެން އެކަނިވެރިވީ؟ މިކީ މިހާރު ކާކަށް މަންމާއޭ ކިޔާނީ؟ ކާކުގެ އަތުގައި ހިފައިގެން ހިނގާނީ؟” މިކްޔާގެ މި ޖުމްލަތަކުން މީކައިލްގެ ހިތް ފަޅައިގެންދާ ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާ ތުރުތުރުއަޅާ އަތުން ކޮއްކޮގެ ބޮލުގައި ފިރުމާލަމުން، ގިސްލަމުން ބުންޏެވެ. “ކޮއްކޯ، ހިތްވަރުކުރޭ. މަންމައާއި ބައްޕަ ވަކިވެދިޔައީ އަހަރެމެންނަށް ދުވަހަކުވެސް ފޮހެލަން ނޭނގޭނެ ފަދަ ބިރުވެރި ހަނދާންތަކެއް ދީފަ. އަދި ހަމަ އެއާއި އެކު އެހާމެ މަޖާ ހަނދާންތަކެއްވެސް ދީފަ. އެކަމަކު ދޮންބެ ހުއްޓާ ކޮއްކޮ އެކަންޏެއް ނުވާނެ.”
މީކައިލް ކަރުނުން ފުރިފައިވާ ދެލޮލުން ބައްޕަގެ އެ އަނދާފައިވާ މޫނަށް ބަލައިލިއެވެ. އެ ކަޅުވެފައިވާ މޫނުތަކުން ފެންނަން ހުރީ އެންމެ ފަހު ވަގުތު އެމީހުން އުފުލި ވޭނާއި ތަދެވެ. މީކައިލް ހިތާހިތުން ވަޢުދުވީ މިއަދުން ފެށިގެން އޭނާއަކީ ކޮއްކޮގެ ބައްޕައާއި މަންމަ ކަމުގައި ވުމަށެވެ. މަންމައާއި ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ކައިރީގައި ތިބެ، އެ ދެބެން ކުރި ހިތާމައަކީ މުޅި ތަނުގައި ތިބި މީހުންގެ ލޮލުން ކަރުނަ ހިލުވާލި ކަމެކެވެ. އެއީ އެ ދެބެންގެ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި، އަދި އެންމެ އަސަރުގަދަ ވަގުތުކޮޅެވެ.
އިޝާ ނަމާދު ފަހުން މިރުޝާލްއާއި ސަފިއްޔާގެ ވަޅުލެވުނެވެ. ހަސްފަތާލުން އެ ދެ ގަބުރު ނެރެވެންދެން ހަސްފަތާލު ތެރޭގައިވެސްވީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. އަބަދުވެސް މަޖަލާއި ސަކަރާތުގައި އުޅޭ މިކްޔާއާއި މީކައިލް މިއަދު އޭނީ ނެގިމަޑުވެފައެވެ. އެކަމުގެ ހިތާމަ މިއަދު މުޅި ހަސްފަތާލުވެސް އެދަނީ ކުރަމުންނެވެ.
އެ ދެމަފިރިންނަށް ކަށު ނަމާދު ކުރެވި ވަޅުލަން ގެންދެވުނީ ހިތާމައިން ފުރިގެންވާ ހާލުގައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މަރަކީ އެއްވެސް މީހަކަށް ފިލޭނެ އެއްޗެއް ނޫނެވެ. މަރަކީ އަޅުގަނޑުމެނާއި އެންމެ ގާތުގައިވީ އެއްޗެވެ. ނިކަން ދެކިބަލާށެވެ. ސަފިއްޔާއާއި މިރުޝާލްއަށް އިރުއެރީ އެއީ ހަމަ އާދައިގެ ދުވަހެއްގެ ގޮތުގައެވެ. ނަމަވެސް ދުވަސް ނިމިގެން އެދިޔައީ ހުރި ދެދަރިންގެ ހިތް ފިސްފިސް ވާ ހާލުގައެވެ.
ދެން ކުރިމަތިވީ އެއަށް ވުރެ މާ ބޮޑުކަމަކަށެވެ. ދެން ދެބެން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ މުޅިގެ ވަނީ އަނދާ ހުލިވެފައެވެ. ގޭގެ ވަށައިގެން ފުލުހުން އުޅޭ ކަމުގެ ޓޭޕުތައް ދަމާފައިވީ އިރު އެދިމާލުން ފުލުހުންގެ ބޮކިތަކުގެ އަލިތައް ނުނިވެޔެވެ. އެހެން ނޫނަސްވެސް އެގޭގައި ދެން އުޅެވުމަކީ ވާނެ ކަމެއް ނޫން ކަން ކަށަވަރެވެ.
މާޔޫސްވެފައިވީ މިކްޔާގެ އުނަގަނޑުގައި ފިރުމާލަ ފިރުމާލަ އިން އެލާރާ ދުރަށް ޖެހިލީ ފޯނު ރިންގުވާން ފެށުމުންނެވެ. “މިކީ މަޑުކޮށްލައްޗޭ އިނގޭ؟” މަޑުމަޑުން އެލާރާ ބުނެލިއެވެ. މިކްޔާ ބޯ ޖަހައިލިއެވެ.
“ކޮބާ ކޮން އިރަކުން ދޮންބެ އަންނަނީ؟” ފޯނު ނަގަމުން އެލާރާ އެހިއެވެ. “30 12 ގަ. ފަތިސްކޮޅު ދެވޭނީ.” އެޒިކިއެލް ބުނެލިއެވެ. އެއަޑު އިވިފައިވެސް އެޒިކިއެލް އެހުރީ ވަރަށް ރޮއެފައިކަން އެލާރާއަށް އެނގުނެވެ.
“ދޮންބެ… އޯކޭތަ…؟” އެލާރާ އެހިއެވެ. “ދެން… އެކަހަލަ ގޮތެއް ދޯ؟ ދޮންބެ މިގުޅީ… ދެންމެ ގުޅިން މަންމަމެނަށް. ބުނިން މިކީމެން އަހަރެމެން ގޭގެ ގެސްޓު ރޫމްގައި ބަހައްޓަން. ދެކޮޓަރިވެސް އެބަ ހުއްޓެއްނުން. އެތަނަށް ދެމީހުން ގެންދޭ އިނގޭ؟ އެދެބެން ދާނެ އެއްވެސް އެހެންތަނެއް މިހާރު ނެތް…” އެޒިކިއެލްގެ އަޑު ކުރެހުނެވެ.
“ދޮންބެ… މިކީދެކެ ލޯބިވޭ ދޯ…؟” އަހަން ނާހަން ހުރެފައި މިކްޔާ އެހިއެވެ. އެކަމަށް މިހާރު އޭނާއަށް ޝައްކުވާ ވަރުންނެވެ. “ވަރަށް… ވަރަށް ވަރަށް ބޮޑަށް ލޯބިވޭ. އެއީ ދޮންބެގެ ފުރާނަ. މިކީއަށް އެހާ ބޮޑު ކަމެއް ވީ އިރު މިކީ ކައިރީގަ ނުހުރެވުނީމަ ދޮންބެ މޮޔަވާން އެބަ އުޅޭ މިހާރު… މިކީ… އައިމް ސޮރީ…”
އަނެއްކާވެސް އެޒިކިއެލްއަށް ރޮވުނެވެ. އެއަޑުގައިވީ ވޭން އިވި އެލާރާގެ ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ. އެޒިކިއެލް ގާތުގައި އިން ޔައުލާންއަށްވެސް ވީ ހަމަ އެވަރެވެ. “އެއްލޫ… އަހަރެންވެސް… އެލާދެކެ ހަމަ ތިހާ ލޯބިވޭ…” މަޑުމަޑުން ޔައުލާން ބުނެލި އިރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ކޯތާފަތުގައި ފިރުމާލާފައި ވެއްޓުނެވެ.
(ނުނިމޭ)
ސާޅީސްހަވަނަބައިގެ ތެރެއިން:
“އެއްލޫ…” ކޮޓަރިއަށް ވައިން އެޒިކިއެލް ފެނި ދުވެފައި ގޮސް އޭނާގެ ހަށިގަނޑުގައި މިކްޔާ އޮޅުލައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Maasha allah.
Mi prt vs vrh reethi
When next sissy?
Lysm n TC 💛🖤
Jazaakallah khairan N0nni_77
In sha allah next tmrw🩶🫶🏻
MaaShaAllah…❤️😭😭 such a blessing to have u..As one of the Authors!
Ooowhh…I sobbed while Kiyaafa Over Micky mouse Sobbing…😭😭😭 Mickyy..My BbG Rovahnullah Heyonuvaane…I might die Exikiyal So so Gudddyyy…Micky save kuran coming…
Btw, where’s Lash × Couple? MeeKaail..Jaanaai
Furaana Wakivendhen Lwbi vaa Sibling Gengulheythi!
IA, When’s next? Shiherr..🫶💔
Keep it up!❤️😭…sobbss
Awwwwhhh this is sooooo sweeeetttt jazaakallah khairan Mrs.Blackyy🥹🥹
Awlheyy sorryyyy rovvaalevuniima😭😭 they will be here again soon..
In sha allah next tnrw.. jazaakallah khairan 😭🩶🫶🏻
Nonny akee Noddy tha???
Bcx I teacher ge name ehhh …..