~މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަގީގީ ވާހަކައެކެވެ. ވާހަކައިގައި ބޭނުން ކޮއްފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ~ މެންދުރުގެ ވަގުތެވެ. ނަމަވެސް މިއަދަކު އިރުގެ އެއްވެސް އަލިކަމެއް ނެތެވެ. ހެނދުނުން ސުރެ ވެހެމުން ދިޔަ ބޯވާރޭ ހުއްޓާލާފައިވީ ނަމަވެސް އަދިވެސް ވިލާތައް ވަނީ ކަޅު ކޮއްލާފައެވެ. ޖެހެމުންދާ ފިނި ވައިރޯޅިތަކުން ތުރުތުރު އަޅާހާވެޔެވެ. ކޯޓުން ނިކުމެ، ބަރުހެލި ފިޔަވަޅު ތަކެއްގައިއައި އަފްޝާންގެ މޫނުމަތީގައިވީ ރުޅި ވެރި ކަމެވެ. އަފްޝާންގެ އިންތިޒާރުގައި ތަންކޮޅެއް ދުރުގައި ވިއްސާރަ […]
“ނިޔާ… ޕްލީޒް.. ޝިވް ނަގައިދީބަ.. ވަރަށް… ތަދުވޭ އެބަ…” ޝިވާއަށް ކެތް ނުވެގެން އެންމެ ފަހުން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އެއަޑަށް ޔަލީޝާ އައިސް ދޮރު ހުޅުވާލިއެވެ. (5 ވަނަ ބައި) “ކިހިނެތް ތަ މިވަނީ؟” ޔަލީޝާ އަހާލިއެވެ. “މަންމާ. ޝިވާ މަށަށް ކާން ނުދޭން ގަދަ ހަދަނީ” ނިޔާލް ކުޑަ ކުއްޖެއްހެން ޝަކުވާ ކޮއްލިއެވެ. “ތެދެއް؟ ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ! ކަލޭ ތިކާކު މަގޭ ދަރި ހައިބަނޑަށް ބަހައްޓަން؟” ޔަލީޝާ […]
“ތިއީތަ ލޯތްބަކީ؟ ލޯތްބަކީ ހިލިހިލާ ތަ؟ މަ ނުދެކެން ޝިވާ މިގެއަށް ވައިން ފަހުން އެ ހިލިހިލާ އޭނާގެ ފައިގައި ނެތްތަނެއް. މުޅި ހަށިގަނޑުގައި އެހުރީ ލަކުނު. ޝިވާ ރޮއެ ހޭރޭ އަޑު މަށަށްވެސް އިވެޔޭ” ނިކާލްއާއި ނިޔާލްގެ ޒުވާބު ހޫނު ވަމުން ދާތީވެ ޝިވާ ހުރީ ބިރުން ރޫރޫ އަޅާ ހާލުގައެވެ. (4 ވަނަ ބައި) “އޭ! ކޮންހާ ހަޅޭކެއްތަ ތިލަވަނީ؟” އެވަގުތު ބަދިގެއަށް ވައިން ޔަލީޝާ ރުޅި އަހިސްފައި އަހާލިއެވެ. “މަންމާ. މަންމައަށް ވެސް […]
ނިކާލް މަރުވެފައިވީ މައުވާ ގާތަށް ޖެހިލި އިރު ރައިޒެލް ދިޔައީ ކުޅި ކައިރިން އެއްވެސް ކަހަލަ ހެއްކެއް ފެނޭތޯ ބެލުމަށެވެ. “ޒެލް” ފަހަތުން އިވުނީ ލުއި އަންހެން އަޑެކެވެ. ރައިޒެލް ހިނިތުންވެލާފައި ފަހަތަށް އެނބުރުނެވެ. (3 ވަނަ ބައި) ރައިޒެލްއާއި ދިމާލަށް ލަސް ހިނގުމުގައި ހިނގާލާފައި އަންހެން ފުލުހަކު އަންނަމުން ދިޔައެވެ. ފުލުސް ޔުނީފޯމުގައި ހުރި އިރު، މޭމަތި ނިވާވާ ގޮތަށް އަޅާފައިވީ ބުރުގާއިން އެކުއްޖާގެ މޫނުމަތިން ފެންނަނީ ނިޔަނެތިކަމެވެ. ފިޔާތޮށި ކުލައިގެ ތުނި ތުންފަތެއް ލިބިފައިވީ […]
އެކުއްޖާ ދަތްކުނޑި ވިކާލިއެވެ. އަދި އެކުއްޖާއަށް ހަމަ ޖެހިފައިވީ ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ. ނިކާލް ހީލީ ކަމެއް ކާމިޔާބު ވުމުން ހީލާ ބީދައިންނެވެ. ނިކާލް މަޑުމަޑުން ގޮނޑީގައި އިށީނެވެ. (2 ވަނަ ބައި) އަމާން އޮމާން ދަތުރަކަށް ފަހު ބޯޓު ހދ.ކުޅުދޫފުށި އެއާޕޯޓަށް ޖެއްސިއެވެ. ބޯޓުން ފައިބާފައި ނިކާލް ރައިޒެލް އަންނަންދެން މަޑު ކޮށްލިއެވެ. ޖީބަށް އަތް ޖަހާލައިގެން ފޯނަށް ބަލަމުން ދިޔަ ނިކާލްއާއި ދިމާލަށް ތަނުގައި ތިބި އެންމެންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އެހެނަސް ނިކާލްގެ […]
(1 ވަނަ ބައި) މާލޭގެ ކާރޫބާރޫ މަގުތަކުގައި އެއްވެސް ހުއްޓުމެއް ނެތި އުޅަނދުތައް ދުއްވަމުން ދިޔައެވެ. މެންދުރުގެ ހޫނު ގަދަ ވަގުތުގައިވެސް މެއެވެ. ކޮންމެ މީހަކު ވެސް ހިނގަމުން ދިޔައީ އެމީހެއްގެ މަންޒިލާއި ދިމާލަށެވެ. އެއްބަޔަކު ލޯމަތީގައި އައިނެއް އަޅާލެވިފައިވީ އިރު، އަނެއް ބަޔަކު ލޯމަތީގައި އަތް އަޅާ އަވިން ދެލޯ ރައްކާތެރި ކުރަމުން ދިޔައެވެ. “ތެރަޕީ ސެންޓާރ” ކްލިނިކްގައި އިން ނިކާލް އިނީ އިސްޖަހާލައިގެންނެވެ. ނިކާލް ކުރިމަތީގައި އިން ޖުވެއިންގެ ނަޒަރު ހުއްޓިފައިވަނީ ނިކާލާއި ދިމާލަށެވެ. […]
ރޭގަނޑުގެ ވަގުތެވެ. މިރޭވެސް ޝިރާތް އިނީ ކުލާހުގައެވެ. 10 ޖެހުމުން ނިންމާލާފައި އާދައިގެ މަތިން މިރޭވެސް ޝިރާތް ކޮޓަރިން ނިކުތީ ކާން ދިޔުމަށެވެ. ކޮޓަރިން ނިކުން އިރު ގޭތެރޭގައިވީ އަނދިރި ކަމުން ޝިރާތް ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ. އިރުކޮޅަކު އެއަނދިރި ކަމަށް ހޭނެން ނެގިއެވެ. ޝިރާތް މަޑުމަޑުން ތިރިއަށް ފޭބިއެވެ. ކުއްލިއަކަށް ބޮކިތައް ދިއްލުމުން ޝިރާތަށް މޫނު މަތީގައި އަތް އެޅުނެވެ. މުޅި ސިޓިންގ ރޫމް ތެރޭގައި ފިނިފެންމާ ފިޔަތަށް އެތުރިފައިވީ އިރު ރަތް ކުލައިގެ […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. އުނދޯލީގައި އިށީނދެލައިގެން އިން ޔަލީޝާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޮތި ކޮޅަށެވެ. ޔަލީޝާ އިނީ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެޔެވެ. އަތުގައި އޮތީ އެކުއްޖާއަށް ފަހަމުން ދިޔަ ބާލިސް އުރައެކެވެ. ވިހަން ގާތް ވެފައި ވުމުން ޔަލީޝާ މިހާރު އަބަދުހެން ކުރާ ކަމަކީއެއީ އެވެ. ކުއްލިއަކަށް ދުވަމުން ތެޅެމުން ފޮޅެމުން ދާއިން ވައިންތަން ފެނުނެވެ. ދާއިންގެ މޫނުމަތީގައި އޮށްދާ ހިތްލަމުން ދިޔައި އިރު މާނޭވާ ލެވެމުން ދިޔައެވެ. ބެލެވޭ ގޮތުން ނަމަ […]
“އިއްޒަތް ތެރި ގާޒީ. މިއީ އޭއައި އާއި ފޭކު އެޑިޓްތަށް ހެދުމުގައި ޒުވާން ކުދިންނއަރާ ތިބި ޒަމާނެއް. ތިކަހަލަ އެއްޗެއް ފޭކު ކުރުމަކީވެސް މިޒަމާނުގެ ކުދިންނަށް އެއްވެސް ކަމެއް ނޫން” ހުޝާލްގެ ލޯޔަރް ރިޝްފާން ތެދުވެ ވާހަކަ ދެއްކިއެވެ. “އެއީ ފޭކު ނަމަ ކްރައިމް ސީން އިން ހުޝާލް ނެރެވުނީ ކިހިނެތް ތޯ؟” މާޝާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއި އެކު ގާޒީ އަޑު މަޑު ކުރުމަށް އެދުނެވެ. “މަޢާފް ކުރަށްވާ” މާޝާ މަޢާފަށް އެދުނެވެ. “އަޅުގަނޑު […]