“ނިޔާ… ޕްލީޒް.. ޝިވް ނަގައިދީބަ.. ވަރަށް… ތަދުވޭ އެބަ…” ޝިވާއަށް ކެތް ނުވެގެން އެންމެ ފަހުން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އެއަޑަށް ޔަލީޝާ އައިސް ދޮރު ހުޅުވާލިއެވެ.
(5 ވަނަ ބައި)
“ކިހިނެތް ތަ މިވަނީ؟” ޔަލީޝާ އަހާލިއެވެ. “މަންމާ. ޝިވާ މަށަށް ކާން ނުދޭން ގަދަ ހަދަނީ” ނިޔާލް ކުޑަ ކުއްޖެއްހެން ޝަކުވާ ކޮއްލިއެވެ. “ތެދެއް؟ ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ! ކަލޭ ތިކާކު މަގޭ ދަރި ހައިބަނޑަށް ބަހައްޓަން؟” ޔަލީޝާ ގޮސް ޝިވާގެ ކަންކަށި މަތީގައި ޖެހިއެވެ. ޔަލީޝާ ޖެހިލެއް ބާރު ކަމުން ޝިވާގެ މުޅި ހަށިގަނޑަށް އޭގެ އަސަރު ކޮއްލިއެވެ.
“ހިނގާ ދަރިފުޅާ” ޝިވާއާއި ދިމާލަށް ކަޅި އަޅާލާފައި ޔަލީޝާ ނިޔާލް ގޮވައިގެން ނިކުތެވެ.
ރޮމުން ދިޔަ ޝިވާ ފާހާނާއަށް ވަނީ ފިރުކެމުން ކަހަލަ ގޮތަކަށެވެ. މޫނު ދޮންނަ ތަށީގެ އެހީގައި ޝިވާ ކޮޅަށް ތެދުވެ އަމިއްލަ މޫނަށް ބަލައިލިއެވެ. “އައިމް ސޮރީ ނާލް…”
ނިދިފައި އޮތް ނިކާލަށް ހޭލެވުނީ ނޭވާ ހާސް ވެގެންނެވެ. މޭގައި އަތް އަޅައިގެން ފުންނޭވާ ތަކެއްލާތާ މިހާރު 30 ވަރަކަށް މިނިޓް ވެދާނެއެވެ. ނޭވާ ނުލެވިގެން އެފަކީރު ތެޅި ފޮޅޭތަން ބަލާނެ އެކަކުވެސް ނެތެވެ. ނިކާލަކީ އެކަނި ވެރިއެކެވެ.
ރީތިވާ މޭޒު މަތީގައި އޮތް އިންހޭލާ ނެގުމަށް ދެވޭތޯ ނިކާލް ތެދުވިއެވެ. ނަމަވެސް ކޮޅަށް ހުންނާނެ ވަރު ނެތުމުން އަނެއްކާވެސް އޮށޯތެވެ. ނިކާލަށް ރޮއެ ގަނެވުނެވެ. “މަންމާ…” ނިކާލްގެ ދުލުން ނިކުތީ މަންމަގެ ނަމެވެ. މަންމަގެ ލޯތްބަށް އެ ހިތް ފެންބޮވައި ގަނެފައިވާތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ؟ އެލޯބި ހަމަ ނިކާލްގެ ނަސީބުގައި ނެތީ ހެއްޔެވެ؟
މޭގައި އަތް އަޅާފައި ނިކާލް ތެދުވިއެވެ. ގުދަށް އޮވެގެން ހޫރެމުން ކަހަލަ ގޮތަކަށް ނިކާލަށް ރީތިވާ މޭޒާއި ދިމާލަށް ދެވުނެވެ. އިންހޭލާރް ނަގާ ތިން ހަތަރު ފަހަރު ނިކާލް ދަމާލިއެވެ. ހަށިގަނޑަށް ލުއި ކަމެއް ލިބުނީ ދެނެވެ.
ހެނދުނު 8 ޖެހި އިރު ރައިޒެލް ސްޓޭޝަނަށް ވަންނަނީއެވެ. ދޮރު ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައިރިކް ފެނި ރައިޒެލްގެ ފިޔަވަޅުތައް އަވަސް ކޮއްލިއެވެ. “ކިހިނެތްވީ ހާދަ ފިކުރު ބޮޑު ވެފަ؟” ރައިޒެލް ސުވާލު ކޮއްލެއެވެ.
“ޒެލް؟ ކޮބާ ތަ ނިކް؟ ތި ދެމީހުން އައީމަ މީޓިންގެއް ފަށަން މިއުޅެނީ” އައިރިކް ބުނެލިއެވެ. “ނިކް ނާދޭތަ އަދި؟” ޖީބުގައި އޮތް ފޯނު ނަގާ ރައިޒެލް ނިކާލްގެ ނަންބަރަށް ޑައިލް ކޮއްލިއެވެ. “ޔެސް. ނާދޭ”
ނޭވާ ހަމަޔަކަށް އެޅުމުން ބިންމަތީ އޮށޯވެލައިގެން އޮތް ނިކާލް އޮތީ ސީލިންގާއި ދިމާލަށް ބަލާށެވެ. ނޭވާ ހާސްވެ ގިނަ އިރުތަކެއް ވުމުން ހަށިގަނޑުގައިވީ ވަރުބަލި ކަމުގެ ސަބަބުންނެވެ. ރީތިވާ މޭޒު މަތީގައި އޮތް ފޯނު ވައިބްރޭޓް ވަމުންދާ އަޑަށް ނިކާލް ސިހުނެވެ. ވަރުބަލި ވެފައި ވުމުން ފޯނު ނަގާ ހިތް ނުވެފައި އޮތަސް ނިކާލް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ ރައިޒެލްއަށް ވުމުންނެވެ.
“ނިކް. އާދެބަ ވަރަށް އަވަހަށް ސްޓޭޝަނަށް. މީޓިންގެއް ބާއްވާލަން” ރައިޒެލް ބުނެލިއެވެ. މިދަނީކަމަށް ބުނެ ނިކާލް ފޯނު ބާއްވާފައި ވަނީ ފެންވަރާލަންށެވެ. ފެންވަރާ ތާޒާ ވެލައިގެން ކޮޓަރިން ނިކުން ނިކާލަށް އެންމެ ފުރަތަމަ ވެސް ފެނުނީ ދަށް ބަނޑުގައި އަތް އަޅައިގެން ހިނގަން އުނދަގޫ ވާތީ އުޅުނު ޝިވާއެވެ.
ދަށް ބަނޑުގައި އަތް އަޅާފައި ހުރުމުން ޝިވާ ލައިގެން ހުރި ދޫ ޓީޝާޓުގެ ތެރެއިން ވެސް ޝިވާގެ ބަނޑުބޮޑުހެން ނިކާލަށް ހީވިއެވެ. “ޝިވާ… ބަނޑުބޮޑީ ތަ؟” ނިކާލަށް އަހާލެވުނެވެ. ޝިވާ މަޑުމަޑުން ބޯޖަހާލިއެވެ. “6 މަންތްސް” ކުރަކިވެފައިވީ އަޑުން ޝިވާ ބުނެލިއެވެ.
ނިކާލަށް މަޑު އާހެއް ލައްވާލެވުނެވެ. އުފާވެސް ވިޔެވެ. ކޮއްކޮއެއް ލިބެން އުޅޭތީއެވެ. ހަމަ އެ އުފަލާއި އެކު ދެރަވެސް ވިޔެވެ. 6 މަސް ދުވަސް ވީއިރު ނިކާލަށް އެ ޙަބަރު ނުލިބުމުންނެވެ. ޝިވާގެ ދަރިފުޅު ބޮޑުވާނީ ރަނގަޅު މާހައުލެއްގައި ނޫން ކަން އެނގޭތީއެވެ.
“ޝިވާ… އަޅެ. އިޒް ދިސް ރިއަލީ ވޯތް އިޓް؟ ވިސްނާލަބަ ބަނޑުގަ ތިއޮށް ދަރިފުޅާއި މެދު” ނިކާލް ބުނެލީ ވިސްނައިދޭ ރާގަކަށެވެ. ނިކާލާއި ދިމާލަށް ޝިވާ ބަލައިލީ ކަރުނުން ފޯވެ، ރަތްވެފައިވީ ދެލޮލުންނެވެ. އެދެލޮލުގައިވީ އާދޭހެވެ. ވޭނާ އުދާހެވެ. “ޔެސް. އެދުވަހު ނިޔާ ބޭނުންވިހެން ކަން ކުރިނަމަ މިއަދު މިހެން ނުވީސް. މިއީ މަގޭ އަމިއްލަ އެދުން ބޮޑު ކަމުން ވީ-”
“އަމިއްލަ މީހާގެ އުފާވެރިކަން ހޯދަން އުޅުމަކީ އަމިއްލަ އެދުން ބޮޑު ވުމެއް ނޫން” ނިކާލް ބުނެލީ ޝިވާގެ ވާހަކަ މެދު ކަނޑުވާލަމުންނެވެ. ޝިވާ ބުނާނީ ކީކޭކަން ނިކާލަށް އެނގޭތީއެވެ.
ނިކާލް ފުންނޭވާއެއް ދޫކޮށްލާފައި ގެއިން ނިކުމެގެން ދިޔައެވެ. ޝިވާ ބަނޑުބޮޑުކަން އެނގުމުން ހަގީގަތުގައި ނިކާލް ވީ ހައިރާނެވެ. ނަމަވެސް ކޮއްކޮއެއް ލިބެން އުޅޭތީ އުފާވެސް ވިޔެވެ. ޝިވާ ވިހެއުމުން ނިޔާލްގެ އުޅުން ބަދަލު ވޭތޯ ނިކާލް ހިތާހިތުން ދުޢާ ކޮއްލިއެވެ.
ނިކާލް ނިކުމެގެން ދިޔުމުން ޝިވާ ސޯފާގައި އިށީނެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލިއެވެ. އޭރު ކުލަ ނޫން ގޮތަކަށް ޝިވާއަށް މަންޒަރެއް ސިފަ ވަމުން ދިޔައެވެ. ދެލޯ މަރާލުމާއި އެކު ޝިވާގެ ދެލޯ ފޫއަޅުވާލާފައި ކަރުނަތަށް ފައިބައިގަތެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހަށިގަނޑު ސޯފާއަށް ދޫކޮށްލީ އެ ކުލަ ނޫން މަންޒަރުގައި ކުލަ ޖައްސާލާށެވެ…
***1 މަސް ކުރިން***
(ނުނިމޭ)
ހަވަނަބައިގެ ތެރެއިން:
މެންދުރުގެ ވަގުތެވެ. ބްރޭކް ނިންމާފައި ޔުނާލް އެނބުރި ހޮސްޕިޓަލަށް ވަނެވެ. ނިތްކުރި މަތީ ހުރި އޮށްދާތަށް އަތުގެ ނުފުށުން ފޮލެހާފައި އިސްތަށިކޮޅު ވެސް އަތްފުޅާ އަޅާލިޔެވެ. ކޮނޑާ ހަމައަށް އަރާ ޔުނާލްގެ އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލާފައި އޮތް އިރު، ލައިގެން ހުރި ކަޅު ގަމީހުގެ އަތު ކުރި އޮޅާލާފައި ވުމުން ޔުނާލްގެ ފުއްޕާލާފައިވީ ނާރުތައް އެއްވެސް ހުރަހެއް ނެތި ފެންނަމުން ދިޔައެވެ. ނަރުހުންނާއި ޑަކްޓަރުންގެ އިތުރުން، ބަލި މީހުންގެ ނަޒަރުވެސް ޔުނާލްއަށް ދިޔައީ ހުއްޓެމުންނެވެ. ނަމަވެސް އެއްވެސް ވަރަކަށް އަޅާނުލާ، ޔުނާލް ދިޔަ ގޮތަށް ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






