“ހުރި ހަޔާތް ކުޑަކަން ބަލާބަލަ. ކަލޭ ކީކޭ ހިތަށް އަރައިގެންތަ ފިލަން ތިއުޅެނީ؟” ހުޝާލް އަޑަށް ބާރު ލަމުން ބުނެލިއެވެ. “ކ… ކީއްވެ ތަ އަޅުގަނޑަށް ތި އަނިޔާ ކުރަނީ؟ ކޮބާތަ އަޅުގަނޑުގެ ކުށަކީ؟” ޝިރާތަށް ރުއިމުގެ ތެރެއިން އަހާލެވުނެވެ. “ކުށަކީ ކޮބައި ކަން އެނގެން ބޭނުން ތަ؟” ހުޝާލް ފަހަތުގައި ހުރި މީހާ ވާހަކަ ދައްކަން ފެށިއެވެ. އެމީހަކު ޝިރާތާއި ކައިރި ވެލާފައި މޫނު މަތީގައި އިން މާސްކު ނެގިއެވެ. “ޒާން…؟” ހައުޒާންގެ މޫނު ފެނުމުން […]
“ކޮން’ނީޗިވާ ބޮސް” (އައްސަލާމު އަލައިކުމް ބޮސް) ކެންޒޯ އަހިސް ހުޝާލް ފުރަގަހުގައި ހުއްޓުނެވެ. އިސްޖަހާލައިގެން ކެންޒޯ ހުރި ގޮތުން ކެންޒޯ ދޭން އެއުޅެނީ ހުޝާލް އަހަން ބޭނުންވާނެ ޙަބަރެއް ނޫންކަން އެނގިގެން ދެޔެވެ. “ކިޔާބަލަ” ތުމުގައި އިން ސިނގިރޭޓުގެ ދުންތައް ފަޒާޔަށް ދޫކޮއްލަމުން ހުޝާލް ބުނެލިއެވެ. “ކަނޯޖޯ ވަޑޮކޯނީ މޯ މިއާޓަރީމަސެން” (އޭނަ މިރަށަކުން، އަދި މިއަތޮޅުންވެސް ލޮކޭޓެއް ނުކުރެވުން” ކެންޒޯގެ ޖަވާބާއި އެކު ހުޝާލް ހަޅޭ ލަވައިގަތެވެ. އަދި ކެންޒޯ މޫނު މަތީގައި އިން ހެލްމެޓް […]
“ހަހަ. ތިދެން ހާދަ ހެއްވާ ކަމެކޭ؟ ދެން ތިބުނީ އަމިއްލައަށް އެކުއްޖާ ޝިރާތުގެ ބަނޑަށް ފިރުކިފައި ވަނީއޭ ތަ؟ މޮޔަ ވާހަކަ ނުދައްކާ ޝިރާތް. މިހާރު ލަދުގަނޭ ތިއީ އިރެއްގައި މަގޭ އެންމެ ގާތް އެކުވެރިޔާއޭ ބުނަންވެސް. އައި ހޭޓް ޔޫ. ހައި ހޭޓް ޔޫ ސޯ މަޗް” ޔަދްޔާ ނުރުހުމާއި އެކު ބުންޏެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ. ޝިރާތު ހުރީ އިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. އެންމެ ފަހުން ޝިރާތު ނިންމީ ތެދުވާށެވެ. އޭނާގެ […]
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އުމުރުން 10 އަހަރުގެ އީވާން އިސްކޯލު ނިންމާފައި ދިޔައީ ގެއާއި ދިމާލަށެވެ. ގެއަށް ދިޔަ މަގު މަތީގައި އީވާން ތައްޔާރު ކޮއްފައި ހުރި ހެދިކާ ކޮޅު ހޮޓަލަކަށް ލިޔެވެ. އޭތިކޮޅު ވިއްކާލައިގެން ރުފިޔާކޮޅެއް ލިބޭ ތޯއެވެ. އީވާންގެ އުމުރުން 8 އަހަރުގައި އީވާންގެ މަންމައާއި ބައްޕަ ވަނީ ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާ ވެފައެވެ. އީވާންގެ މައިންބަފައިންގެ ކައިވެންޏަކީ ނުގަބޫލުގައި ކުރެވުނު ކައިވެންޏެއް ކަމުން އީވާންއާއި އީވާންގެ ކޮއްކޮ އީނާލް ބަލާނެ އެކަކު […]
ކޮޓަރިއަށް ވަދެ ހައުޒާން ގެނގުޅޭ ހޫޑީއެއް ގެނެސް ޝިރާތުގެ ހަށިގަނޑު ނިވާކޮއްލިއެވެ. އަދި ޝިރާތު އަތް ދަނޑިމައްޗަށް ނަގާ ދުއްވައިގަތީ ހޮސްޕިޓަލާއި ދިމާލަށް ދުއްވައިގަތެވެ. އަވަސް ފަރުވާ ދޭ ކޮޓަރި ކުރިމަތީގައި އިން ހައުޒާނަށް ދިޔައީ ރޮވެމުންނެވެ. ޝިރާތަށް އެހެން ހެދި މީހަކު އޭނާ ހޯދާނެއެވެ. ޝިރާތަށް އިންސާފު ހޯދައިދޭނެ ކަން ގައިމެވެ. (10 ވަނަ ބައި) ހައުޒާން ތެދުވެ ކޮންމެވެސް މީހަކަށް ގުޅާލިއެވެ. “ޔާއިން. ރެއިން ފެށިގެން މިއަދު ހެނދުނު 7 ޖެހުމާއި މެދުގެ ސީސީ.ޓީވީ […]
“ކަލޭ ކޮން ހަޅޭއެއްތަ ތިލަވަނީ؟ ތިބުނަނީ މަށާއި ހެދި އޭތަ މަ ބަނޑުބޮޑުވީ؟ ކާކުތަ ފުރަތަމަ މަގޭ ގަޔަށް އެރީ؟ ކާކުތަ ކޮންމެ ރެއަކު ހައިވެފައި އޮތް ޖަނަވާރެއްހެން މަގޭ ގައިމަތީ ތަތް ވެގެން އޮތީ؟ އެއީ މަ ބޭނުންވެގެން ކުރި ކަމެއްތަ އޭނ؟ އަދި ބުނަން؟ މަގޭ މަންމަ މެނާ ނުބެހޭ. މަގޭ ދިރިއުޅުން ހަލާކު ކުރިހެން މަގޭ މަންމަމެން ކައްވަޅުގައިވެސް އޮތަ ނުދެންތަ ތިއުޅެނީ؟” ޝިރާތު ކެއްސާލާފައި ވާހަކަ ދެއްކިއެވެ. ހުޝާލަށް އަނިޔާ ވެފައިކަން […]
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ފަރުދާގެ ފުރަގަހުގައި ހުރެ ޝިރާތަށް ހުޝާލް ކޮންމެ ރެއަކު ގޯނާ ކުރަމުން ދިޔައެވެ. އެކަން ވަނީ ހައުޒާނަށާއި އަރޫމާއަށް ވަންހަނާ ވެފައެވެ. އެހާލުގައިވެސް ޝިރާތު މަސައްކަތް ކުރަމުން ދިޔައީ އެގޭގައެވެ. ހައުޒާނާއި ޝިރާތުގެ ކައިވެނި ކުރެވޭ ދުވަސް ކައިރިވަމުން ދާތީވެ ޝިރާތު ދިޔައީ ކެތް ކުރަމުންނެވެ. ހައުޒާނާއި ކައިވެނި ކުރެވުމުން އެ ނަރަކައިން ޝިރާތަށް ނިކުމެވޭނެ ކަމުގެ އުންމީދުގައި ޝިރާތު ހަނު ހުއްޓެވެ. (8 ވަނަ ބައި) ހެނދުނުގެ ވަގުތެވެ. ހުޝާލްގެ އާއިލާއާއި […]
ޝިރާތު އެނބުރި ފާހާނާއިން ނިކުން އިރު ހައުޒާންގެ ދެމިސްކޯލް އިނެވެ. ފުންނޭވާއެއް ދޫކޮށްލާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ޝިރާތު ހައުޒާނަށް ގުޅާލިއެވެ. “ކޮބާ މިރޭ ފްރީ ވާނެ ދޯ އެހެންވެ؟” ހައުޒާން ފޯނުނަގާފައި އަހާލިއެވެ. “ޔާ. ދާނަން. އިޝާ ކޮއްގެން ގުޅާނަން. ވަރަށް ވަރުބަލި” ޝިރާތު ބުންޏެވެ. އަރާމު ކޮއްލުމަށް ބުނެފައި ހައުޒާން ފޯނު ބޭއްވިއެވެ. (7 ވަނަ ބައި) ޝިރާތު އެނދުގައި އޮށޯވެލީ ނިދުމުގެ ބޭނުމުގައެވެ. އެހެނަސް ނިދިވީ އެދެލޮލާއި މާދުރުގައެވެ. ޝިރާތަށް ހަމަ […]
~މިހާ ހިސާބުން މިވާހަކަ ގެނެސްދޭނީ ކޮންމެ އާދިއްތަ، އަންގާރަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހެވެ~ “ދާދި ދެންމެ އަކު ށ.ކޮމަންޑޫގައި 29 އަހަރުގެ އަންހެނަކަށް މީހަކު ވަޅިން ހަމަލާ ދީފި. އަޅުގަނޑުމެނަށް ޙަބަރު ލިބޭ ގޮތުގައި އޭނާ ގަޔަށް ވަޅި ހަރާފައިވަނީ އޭނާ މަސައްކަތް ކުރާ އޮފީހުގެ ފާހާނާ ތެރޭގައި އުޅުއްވަނިކޮށް. ވަޅި ހެރިފައި ވަނީ އޭނާގެ ކޮނޑަށް ކަމަށާއި އެއަންހެން މީހާ މާލެ ގެންދިޔުމުގެ ތައްޔާރީތައްވެސް ވަމުން ދާކަން އަޅުގަނޑުމެނަށް ވަނީ ޙަބަރު ލިބިފައި. އިތުރު […]