
އަބަދުވޭ ހިތުގާ މަގޭ 1

(1 ވަނަ ބައި)
މާލޭގެ ކާރޫބާރޫ މަގުތަކުގައި އެއްވެސް ހުއްޓުމެއް ނެތި އުޅަނދުތައް ދުއްވަމުން ދިޔައެވެ. މެންދުރުގެ ހޫނު ގަދަ ވަގުތުގައިވެސް މެއެވެ. ކޮންމެ މީހަކު ވެސް ހިނގަމުން ދިޔައީ އެމީހެއްގެ މަންޒިލާއި ދިމާލަށެވެ. އެއްބަޔަކު ލޯމަތީގައި އައިނެއް އަޅާލެވިފައިވީ އިރު، އަނެއް ބަޔަކު ލޯމަތީގައި އަތް އަޅާ އަވިން ދެލޯ ރައްކާތެރި ކުރަމުން ދިޔައެވެ.
“ތެރަޕީ ސެންޓާރ” ކްލިނިކްގައި އިން ނިކާލް އިނީ އިސްޖަހާލައިގެންނެވެ. ނިކާލް ކުރިމަތީގައި އިން ޖުވެއިންގެ ނަޒަރު ހުއްޓިފައިވަނީ ނިކާލާއި ދިމާލަށެވެ. ހީވާ ގޮތުން ނަމަ ނިކާލްގެ ޖަވާބަކަށް އިނތިޒާރު ކުރަނީއެވެ.
“ކީކޭ ބުނާނީ؟ މަންމަގެ ދަރިފުޅު ފަރުވާއެއް ނެތް ބައްޔަކުން މަރަށް ތައްޔާރު ވަނީއޭ ތަ؟” ނިކާލް އަހާލިއެވެ. ސިއްރު ކުރަން މަސައްކަތް ކުރި ނަމަވެސް އެއަޑުގައިވީ ވޭން ޖުވެއިނަކަށް ސިއްރެއް ނުވިއެވެ.
“ދެން މިއަދަށް ސެޝަން ނިންމާލަން ވީނުން ދޯ؟” ޖުވެއިންގެ ޖަވާބެއް ނުލިބެނީސް ނިކާލް ބުނެލިއެވެ.
އުމުރުން 23 އަހަރުގެ ނިކާލަކީ ހދ ކުޅުދޫފުއްޓަށް ނިސްބަތްވާ ޒުވާނެކެވެ. ކަޅު ކުލައިގެ ސްވެޓާރް އަކާއި އެކު ކަޅު ކުލައިގެ ޖީންސްއެއް ލައިގެން ހުރި ނިކާލް ވަރަށް…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
mi part vx v reethi !
jazaakallah khairan shynyx inax 🤍
oooohh.. Love the first episode. sorry for late comment.
Nikaal dhw.. emme first episode ga ves mi aii bodu balimadukamehge vhk. and it gets even worse since he’s hiding it from everybody!
But that girl MaShaAllah<3 sooo me.
I have a feeling she would be a very important part of Nikaal's journey! <3
LOVE this episode ingey!!
jazaakallah khairan Oreo gurll 🤍
yeah dhwww 😭
haha 🤣
let’s see dhww dhen kihineh thw vany hehe