ހާހޫރަ
~މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަގީގީ ވާހަކައެކެވެ. ވާހަކައިގައި ބޭނުން ކޮއްފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ~
މެންދުރުގެ ވަގުތެވެ. ނަމަވެސް މިއަދަކު އިރުގެ އެއްވެސް އަލިކަމެއް ނެތެވެ. ހެނދުނުން ސުރެ ވެހެމުން ދިޔަ ބޯވާރޭ ހުއްޓާލާފައިވީ ނަމަވެސް އަދިވެސް ވިލާތައް ވަނީ ކަޅު ކޮއްލާފައެވެ. ޖެހެމުންދާ ފިނި ވައިރޯޅިތަކުން ތުރުތުރު އަޅާހާވެޔެވެ.
ކޯޓުން ނިކުމެ، ބަރުހެލި ފިޔަވަޅު ތަކެއްގައިއައި އަފްޝާންގެ މޫނުމަތީގައިވީ ރުޅި ވެރި ކަމެވެ. އަފްޝާންގެ އިންތިޒާރުގައި ތަންކޮޅެއް ދުރުގައި ވިއްސާރަ ކޯޓެއް ލައިގެން ޒުވާން އަންހެނެއް ހުއްޓެވެ. އަފްޝާން ދިޔައީ އެދިމާލަށެވެ.
“ކޮބާ ކިހިނެތް ވީ؟” ޔޫލީ ސުވާލު ކޮއްލިއެވެ. ޔޫލީއަކީ އަފްޝާންގެ އަންހެނުންނެވެ. “ކިހިނެތް ހީވަނީ؟ އަނެއްކާ އަންނަންވީ. މިއަންނަ ހޯމަ ދުވަހު އަންނާށޯ. ހީވަނީ ހަމަ އަޝްޔަމް ހެން މޮޅު ވާނީ” އަފްޝާން އަޑު މަޑު ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޔޫލީ އަނގަ ލައްޕާލީ އެދިމާލަށް އަންނަމުން ދިޔަ އަޝްޔަމް ފެނިފައެވެ. ޔޫލީ މަޑުމަޑުން ކަރު ކެހިލިއެވެ.
“ދޮންބޭ” އަޝްޔަމް ދެމީހުން ކައިރީ ހުއްޓިލިއެވެ. “ދޮންބޭ. ދެން މި ކުޅި ގަނޑު ނިންމަންވީނުން؟ ދޮންބެއާއި ދޮންބެ ދައްތަ ތި ތިބީ ކައިވެނި ކޮއްގެން ދޯ މިހާރު. އަހަރެން ވަރަށް ބޭނުން އަޔާނީއަށް ކައިވެނި ކުރަން. އެހެންވެ ދޯ؟ ބޭކާރު ޙަރަދެއް ކުރާކަށް ނޫނޭނުން؟” އަޝްޔަމް ވާހަކަ ދެއްކީ ވިސްނައިދޭ ރާގަކަށެވެ.
“އަޝްޔަމް މޮޔަވީ ތަ؟ ތި އަޔާނީއަކާ އެހެން ޔާނީއަކާ ދިމާވިތާ އަދި ނުވޭ 2 ހަފްތާވެސް. ދެން ކޮން ކައިވެންޏެއްގެ ވާހަކަތަ ތިދައްކަނީ؟ އޭނ؟” އަފްޝާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“ދޮންބޭ. މަންމަމެން ނިޔާވިތާ އަދި މިއަދަށް މިވީ 6 ދުވަސް. އެ ކާރު އެކްސިޑެންޓްގެ ސަބަބުން އަހަރެމެނަށް މިގެއްލުނީ މި ރުފިޔާއަށްވުރެ މާ އަގު ބޮޑު ނިޢުމަތެއް. އަހަރެން ބޭނުމެއް ނޫން އަހަރެންނަށް ކުރެވޭ ކަމަކުން މަންމައާއި ބައްޕަގެ ދާއިމީ ގެދޮރަށް ގާއުކާކަށް. އެފައިސާގެ އެހީގައި މަށަށް އަޔާނީއަށް ކައިވެނި ކުރެވޭނެ. އެހެންނޫނަސް ވެސް ކައިވެނި ނުކޮށް މާ ގިނަ ދުވަހު ތިބޭކަށްވެސް ނުވާނޭނުން؟” އަޝްޔަމްގެ ވާހަކަ އަހާފައި އަފްޝާން ފެށީ ހޭށެވެ.
“ތި މީހަކު ހިނގައިދާނެ ދެދުވަސް ތެރޭ. ރަނގަޅަށް ވާއިރު ފައިސާގެ ބޭނުމުގައި އެއުޅެނީ. އެހެން ނޫނަސް ޔޫލީ ބަނޑުބޮޑު. އަހަރެމެންވެސް ހަމަ އެރުފިޔާ ބޭނުންވޭ” އަފްޝާންގެ ޖަވާބު ލިބުމުން ހައިރާންވީ ނަމަވެސް އަޝްޔަމް ވަރަށް އުފާވިއެވެ.
“އަސްލު ތަ؟ މަރްހަބާ ދެކުދިން” އަޝްޔަމް އުފަލާއި އެކު ބުންޏެވެ. އެހެނަސް އިތުރަށް އެއްޗެއް ނުބުނެ ޔޫލީގެ އަތުގައި ހިފައިގެން އަފްޝާން ހިނގައިގަތެވެ.
“އަފްޝާން މޮޔަވީ ތަ؟ ކީއްކުރަން އަހަރެން ބަނޑުބޮޑޭ ބުނީ؟” ޔޫލީ ހުރީ އެހެން ބުނުމުން ހިތް ހަމަ ނުޖެހިފައެވެ. ޔޫލީއަކީ ދަރިމައި ނުވާ މީހެއްކަން އަފްޝާންއަށް ހަމަ ރަނގަޅަށް އެނގޭނެވެ. ކުއްލިއަކަށް ހުރެފައި އެހެން ބުނުމުން ޔޫލީ ހަގީގަތުގައި ވެސް ހިތުގާ ޖެހުނެވެ.
“މައިތިރި ވެބަލަ. ހަޔާތުގައި ކާމިޔާބީ ހޯދަން ޖެހޭނެ ނުބައި ދޮރުތައްވެސް ހުޅުވަން” އަފްޝާން ބުންޏެވެ. އޭރު އޭނާގެ ތުންފަތުގައިވީ ވިހަ ހިނިތުންވުމެކެވެ.
“ތިބުނީ ކިހިނެތް؟” ޔޫލީ އެއްބުމަ ހިއްލާލަމުން އެއްސެވެ. “ސިހުރު” އަފްޝާން ހީލިއެވެ. “ކީކޭ؟ ސިހުރޭ؟ ނޫން ނޫން އެހެން ގޮތެއް” ޔޫލީ އަވަސް އަވަހަށް ބުންޏެވެ.
“ކޮން ނޫން ނޫންއެއް؟ އެ ރުފިޔާއިން ޔޫލީ އޮޕްރޭޝަން ކުރެވޭނެ. އޭރަށް އަހަރެމެނަށް ކުދިންވެސް ލިބޭނެ. އެހެންވެއޭ އަހަރެން އެހާ ވަރުން މިއުޅެނީ” އަފްޝާން ބުނެލީ “ލޯބިން” ނެވެ. ނަމަވެސް އަފްޝާން އެއަށް ވުރެ މަކަރުވެރިޔެވެ. އަފްޝާންގެ ޙިޔާލުގައިވީ ރުފިޔާ ކޮޅު ލިބުމުން ޔޫލީވެސް ވަރި ކުރާށެވެ.
ދަންވަރުގެ ވަގުތެވެ. އެހެނަސް މާލޭގެ ކާރޫބާރޫ މަގުތަކަށް އެއްވެސް ބަދަލެއް އައި ހެނެއް ހިޔެއް ނުވެޔެވެ. ކަޅު ހޫޑީއަކާއި ޖީންސް ލައިގެން އަޅައިގެން ހުރި އަފްޝާންގެ މޫނު ވަނީ އަޅައިގެން ހުރި ހެލްމެޓުން ވަންހަނާ ވެފައެވެ. ބްރިޖް ހުރަސްކޮއް އަފްޝާން ދިޔައީ ހަދަން ފަށާފައިވީ ފްލެޓެއްގެ ތެރެޔަށެވެ. އޭރު އަފްޝާންގެ އިންތިޒާރުގައި މުސްކުޅި ފިރިހެނަކު ހުއްޓެވެ. އެއީ ހަސަނެވެ. މާލޭގައި ހުރީ އެންމެ މަޝްހޫރު ސިހުރުވެރިޔާއެވެ.
“އެންމެ ރަނގަޅު. އަހަރެން ތިކަން ފުރިހަމަ ކޮއްދޭނަން” ހަސަން ބުނެލިއެވެ. “މިރެއިން މިރެއަށް ވެދާނެ ތަ؟” އަފްޝާން ހުރީ ކެތްމަދުވެފައެވެ. “މައްސަލައެއް ނެތް. އަހަރެން ގެންގުޅޭ ތަނުން ޖިންނީގެ ބައެއް ފޮނުވާލާނަން. އެކަމަކު 60 ހާސް އިނގޭ” ހަސަން ޝަހާދަތް އިނގިއްޔާއި ބޮޑުވައިން އިނގި ހާކާލަމުން ބުނެލީ ދަހިވެތި ރާގެއްގައެވެ. “ހާސް ނުވޭ. ކަލޭ ބުނި ވަރެއް މަ ދޭނަން” އަފްޝާން ބުނެލީ ފަޙުރު ވެރި ވެލާފައެވެ.
އެގޮތުން ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ހަފްތާއެއް ވަނީއެވެ. ދުވަހަކީ އާދިއްތަ ދުވަހެވެ. މާދަމާވީ ކޯޓަށް ދާށެވެ. އަދިވެސް އަޝްޔަމް ގަދަވެ ސަލާމަތުން އެބަހުއްޓެވެ.
އެރޭ ހަސަނަށް އަފްޝާން ގުޅިއެވެ. “މާދަމާ އަޅެ ކޯޓަށް ދާންވީއޭ. ކަލެއަށް ކީއްވެތަ އެކަން ނުވެގެން ތިއުޅެނީ؟” އަފްޝާން ދަތްކުނޑިވިކާލަމުން ސުވާލު ކުރިޔެވެ. އަފްޝާންގެ ސުވާލާއި އެކު ދެން އިވުނީ ހަސަން ހޭން ފެށި އަޑެވެ.
“ދޮންކަލޯ ހަމަ ޖެހޭ. މަދޯ ރުޅި އަންނަންވީ؟ ކަލޭ މަށަށް ފޭކު ފޮޓޯ ގަނޑެއް ދައްކާ ހަދާފަ. ކަލޭ އަސްލު ވެސް ހާދަ ފޭކޭ. މަށަށްވެސް އިވޭ ކޮއްކޮމެން ގެންގުޅޭ އޭއައި އަކާ އެޗް އައި އަކާ. އެކަމަކު ސަމާސަ ކުރިޔަސް ބޮޑު ވަރު ދޯ؟ މަގޭ ގެންގުޅޭ އެންމެ ކުޅަދާނަ ޖިންނިންނަކަށް ވެސް ތިސޮރެއް ނުފެނޭ”
ހަސަންގެ ޖަވާބާއި އެކު އަފްޝާން ދިޔައީ އެލިގެންނެވެ. އޭރު އަފްޝާންގެ ވާހަކަ އަހަން ޔޫލީ ހުއްޓެވެ. އެވާހަކަތައް އިވި ޔޫލީގެ ހަށިގަނޑު ތުރުތުރު ލަމުން ދިޔައެވެ.
“އެކީއްވެ ނުފެންނަންވީ؟” އަފްޝާން އަހާލިއެވެ. “ކަލޭ ހާދަ ގަމާރޭ ދޯ؟ ނަމާދުކޮށް ޤުރްޢާން ކިޔަވާ ޒިކުރު ކިޔާ މީހަކަށް ކޮން ގެއްލުމެއް ދެވޭނީ-”
“ހެޔޮ. ދެން ހަދާނީ ސީދާ ސިހުރު. ކާން ދެވޭ ކަހަލަ އެއްޗެއް ހަދާ. މަދޭނަން 70 ހާސް. އެންމެ ރަނގަޅެއްނުން؟” އަފްޝާން ހުރީ އެއްގޮތަކުން ނުވީއާއި އަނެއް ގޮތަކުންވެސް އަޝްޔަމް މަރާލަން ހިފާފައެވެ. އެމަންޒަރުފެނި ޔޫލީ ހުރީ ހައިރާން ވެފައެވެ. އެއީ ހަމަ އޭނާ ކައިވެނި ކުރީ އަފްޝާން ހެއްޔެވެ؟
ޔޫލީ ވަގުތުން އެތަނުން ދުރަށް ދިޔައެވެ. ނަމަވެސް އިވުނު ބާރު އަޑު ފައްގަނޑާއި އެކު އަލުން އެދިމާލަށް ދެވުނެވެ. އޭރު އަފްޝާން އޮތީ ބިންމަތީގައެވެ. ނޭފަތުންނާއި އަނގައިން ހޯސްލާފައި ލޭއަންނަމުން ދިޔަ އިރު މޫނު މަތީގައި ފާޑެއްގެ ބިހިތަކެއް ނަގާފައި ވެޔެވެ. ޔޫލީ ގަންނާ ކުރެއްވީ ބިރުން ހަޅޭ ލަވައިގަތެވެ. ބަލަން ނުކެރިގެން ދެލޯ މަރާ ބާރު ކޮއްލިއެވެ. ނަމަވެސް އަފްޝާން ހޭރޭ އަޑު ޔޫލީއަށް އިވެމުން ދިޔައެވެ. އޭރު ޔޫލީ ދިޔައީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ.
އިރުކޮޅެއް ފަހުން ޔޫލީ އެދިމާލަށް ބަލައިލިއެވެ. ނަމަވެސް ފެނުން މަންޒަރުން ޔޫލީ ހޭދެބައި ވިއެވެ. އަފްޝާން މަރުވެފައި އޮތް އިރު ބޮލާއި ހަށިގަނޑުވެސް ވަނީ ވަކިވެފައެވެ.
ޖެހިގެންއައި ދުވަހު އަފްޝާން ވަޅުލެވުނެވެ. އެއީ ގުދުރަތީ މަރެއް ކަމަށް އަޝަޔަމް ގަބޫލެއް ނުކުރެޔެވެ. އަފްޝާންގެ ޖަނާޒާ ނިންމާފައި އަޝްޔަމްއަށް އަފްޝާން ސިހުރު ހަދަން އުޅުނު ވާހަކަ ޔޫލީ ކިޔައިދިނެވެ. އެހެންކަމުން އަޝްޔަމް ވަގުތުން ރުޤްޔާ ކުރާ މިހަކާ ބައްދަލު ކުރިޔެވެ.
“އަފްޝާން ބޭނުންވީ ކޮއްކޮއަށް ރުފިޔާ ފޮއްޗެއް ނުލިބި އޭނާއަށް ހުރިހާ ރުފިޔާއެއް ލިބެން. އަފްޝާން އުޅުނީ ކޮއްކޮ މަރާލުމަށް. އެކަން ކާމިޔާބު ނުވީ ކޮއްކޮ ކޮންމެ ދުވަހަކު ކުރާ ނަމާދާއި ސުންނަތް ނަމާދުގެ އިތުރު، ކުރާ ޒިކުރާއި ކިޔަވާ ޤުރްޢާންގެ ސަބަބުން. ހާއްސަކޮށް ކޮންމެ ދުވަހަކު ކޮއްކޮ ކިޔެވި ބަޤަރާ ސޫރަތުގެ ސަބަބުން. އެކަން އެހެން ނުވުމުން ސިހުރު ޖެހުނީ އަފްޝާންއަށް. އަފްޝާން މަރުވީ ކޮއްކޮއަށް ހަދަން އުޅުނު ސިހުރު ޖެހިގެން…”
(ނިމުނީ)
ސިހުރަކީ ފްލޯކް ވާހަކައެއް ނޫނެވެ. ސިހުރަކީ ހަގީގަތެކެވެ. ބިރުވެރި ހަގީގަތެކެވެ. ސިހުރަކީ މުއްސަދިން، އަދި ފަގީރުންނަށްވެސް ޖެހިދާނެ އެއްޗެކެވެ. ސިހުުރުން ރައްކާތެރި ވުމަކީ އަހަރެމެންގެ އަތް ދަށުގައި އޮންނަ ކަމެކެވެ. ސިހުރުން ރައްކާތެރި ވުމަށް އަޅުގަނޑުމެން ފިޔަވަޅު އަޅަމާ ހިނގާށެވެ. ބަޤަރާ ސޫރަތަކީ ސިހުރު ހާހޫރައިގެ އިތުރުން އެސްފީނާއިން ވެސް ސަލާމަތް ވުމަށް ކުރެވިދާނެ ކަމެކެވެ. ހަށި ރައްކަލެކެވެ. ހުރިހާ ކިޔުންތެރިން ވެސް މިއަދުން ފެށިގެން ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔަވާނެ ކަމަށް އުންމީދު ކުރަމެވެ. މަދު ވެގެން ސަފްޙާއެއް ވެސް މެޔެވެ. ދުވާލާއި ހަވީރުގެ ޒިކުރު ކިޔާނެ ކަމަށް އުންމީދު ކުރަމެވެ…!
8 Comments!
Comments are closed.







Masha allah mi vhk vs vrh reethi
Aanaa hiikuryyy cover fenifa birun heynethey varuvaane kmh..ekm naseebeh ehaa biruveri nunkan
Knmne miihaku kuriyas vrh goas kmh dhww sihuru hedhun eii..
Vrh bodah sry engey abadhu vey hithuga magey ga cmnt nukohlevunyma..hun aisgen vrh balikoh mi ulheny
Vrh avahah mikahala ibratheh libey vhk eh kiyaalan libeyne kmh unmeedh kuran..vafaatheri maveemey ge part vs vrh reethi n abadhuvey hithuga magey vs vrhh reethi
Abadhuvs aana ge spt shihaa ah libeyne
Lyyy n tcc🫶🏻🫶🏻🫶🏻
jazaakallah khairan aanaa 🫶🏻
hahahahaha shihaa akah nukereyne ehaa biruveri vaahaka liyaakah i am a scary cat myself haha🤣
awlheyyy shafaakallah 🤍
in sha allah anehkkaa vess hama iburaiytheri vaahaka eh kiyaalan libeyne soon
lyttt
Maasha Allah mi xv hama vrh salhi stry ey 💛💜
Vrh salhi sifa kohdheefa huri goiy vx…
Shiherr ge mikahala stry akah inthizaaru kuran 💛💜
Tc
Lyy💛💜
jazaakallah khairan gurrrrl 🫶🏻
awwww im so happy to hear that 🥺🤍
tc lyt
Real story eh dhw!!
Loved the way how u brought this story
❤️❤️❤️
Ur stories really keep me entertained 👏👏👏
Lyssm
jazaakallah khairan your fav bab 🫶🏻
yes its a true story
lytt
This story is like a horror story
It’s good
Kep going on shierrr
jazaakallah khairan tanoymous76🫶🏻
yesssss