“ނޫން ނާލު.. ނާލުގެ ސަބަބުން ދޮންބެއަކަށް އުނދަގުލެއް ނުވޭ. މިކަން މި ކޮއްދެނީ ވަކި މަޖުބޫރީއަކުން ވެސް ނޫން. ނާލުދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން. ނާލުއަށްޓަކާ ދޮންބެ ހުރިހާ އުފަލެއް ވެސް ގުުރުބާން ކުރާނަން” އީނާލްގެ ކޯތާފަތުގައި ފިރުމާލަމުން އީވާން ބުނެލިއެވެ. (7 ވަނަ ބައި) އީނާލްގެ މޫނަށް ބަލަން އިން އީވާން ފޯނަށް ބަލާލީ ވައިބްރޭޓް ވުމުންނެވެ. “މީނީ ތިގޭ ޖޯލިފަތީގަ” ވިނާލްގެ މެސެޖުގައި އިނެވެ. އީނާލްގެ ނިތުގައި ބޮސްދީފައި އީވާން ކޮޓަރިން ނިކުތެވެ. […]
(1 ވަނަ ބައި) ހެނދުނުގެ ވަގުތެވެ. 7 ޖަހަން 10 މިނިޓްއަށް ވީ އިރު އުމުރުން 19 އަހަރުގެ ޔޫއާ އިނީ ސިޓިންގް ރޫމްގައި ސައިތައްޓެއް ބޯންށެވެ. އަތުގައި ނޯޓް ފޮތެއް އޮތް އިރު އޭގައި ހުރި އެއްޗެއް އޭނާ ދިޔައީ ފަރުވާތެރި ކަމާއި އެކު ކިޔަމުންނެވެ. ”ސާބަހޭ ދޫންޔާ. ތި ފޮތް ލޮލުގަ ތަތް ކުރަންވީނުން؟“ އެވަގުތު ސިޓިންގް ރޫމްއަށް ނިކުން ޔޫއާގެ ދޮންބެ ޔޫއާން ހީލާފައި ސޯފާގައި އިށީނެވެ. ”ކިހިނެތްތަވީ؟“ ޔޫއާ ގަލަމާއި ފޮތް […]
ލޯތްބަކީ ކޮބާ ހެއްޔެވެ؟ ކޮކާލާއި ފިނިފެންމާ ހެއްޔެވެ؟ ނޫނެކެވެ. މަރުވެފައިވާ ފަތްތަކާއި ތޫނު ކަށިތަށްވެސް ހިމެނޭ އެއްޗެކެވެ. އުފާވެރި ކަމެކެވެ. ނަމަވެސް ދިރިއުޅުން ހަލާކު ވެދާނެ ފަދަ ޒަހަރެއްވެސް މެއެވެ. ޔޫއާ އަކީ ލޯބި ދެގޮތުގައި ފެނުނު އުމުރުން 20 އަހަރުގެ އަންހެން ކުއްޖެކެވެ. އެހެން ކުދިންތަށް ފަދައިން ޔޫއާ ވެސް ލޯތްބާއި މެދު ތަފާތު އުންމީދު ތަކެއް ކުރިއެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ. ކޮޓަރި ތެރޭގައި އެއްވެސް އަލިކަމެއް […]
“ނާލު ޔޫ އާރް ސޯ ކްރޫލް” އީނާލް ބޮލުގައި އަތުން ޖަހަމުން ވާހަކަ ދެއްކިއެވެ. “ނާލުގެ ސަބަބުން ދޮންބެ އެއުޅެނީ އެއްވެސް އުފަލެއް ނުލިބިގެން. ތިއީ ހާދަ އަމިއްލަ އެދުން ބޮޑު ކޮއްކޮއެކޭ” އީނާލް ބޮލުގައި ހިފާ ވާން ކޮއްލިއެވެ. “މަންމާ… ބައްޕާ… ނާލުއަށާއި ދޮންބެއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ތަ؟ ކީއްވެ ތަ ދޮންބެ އެހާ ބޯހަރީ މަންމާ؟؟ ބައްޕާ…؟” އީނާލަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. (6 ވަނަ ބައި) ކޮޓަރިއަށް ވަދެ “ބަން” […]
ގޭތެރެއަށް ވަދެގެން އައި ނިކާލްގެ މޫނުމަތީގައި ކުރެހިފައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ނިކާލް އެތެރެއަށް ވަނެވެ. އޭރު ޔަލީޝާ އިނީ ޖޯލި ފަތީގައެވެ. “މަންމާ” ނިކާލް ގޮވާލީ ވަރަށް ލޯބިންނެވެ. ނަމަވެސް ނިކާލާއި ދިމާލަށް ޔަލީޝާ ބަލައިވެސް ނުލިއެވެ. އެމަންޒަރު ގޭ ދޮރާށި ކައިރީ ހުއްޓުނު ޔީޝާއަށް ވެސް ފެނުނެވެ. “މަންމާ.. މިއޮތީ މަންމައަށް އަޅުގަނޑު ގެނެސްދިން ހަދިޔާއެއް” ނިކާލް އަތުގައި ހުރި ކޮތަޅުތަށް ޔަލީޝާއަތަށް ދިނެވެ. ނިކާލް ހީކުރި ގޮތާއި ޙިލާފަށް […]
“އާރްރްރްރްގްގްގްގް.. ކޮންމެ ދުވަހަކު އެ ނިކާލް ގަނޑު އެބަ ބުނެޔޭ އަހަރެން ބޮޑެތިންނާއި އެކު ސްލީޕް ކޮއްގެންނޭ ކާމިޔާބު ވީ. އޭނަ ހީކުރަނީތަ މިއީ ފައި ފުއްސެކޭ؟ އަރްގް. ފޫހި މީހެއް ސަހާދެއް. އެކަމަކު. ނިކާލް ހާދަ ހޮޓޭ… އާރްގްގ ކީއްވެތަ އެކަހަލަ މޮޔައިން އެހާ ރީތި ވާން ވީ؟ ހުހް ވަރަށް ފޫހިވޭ” އޭގަނޑު ކިޔާފައި ނިކާލަށް ހެވުނެވެ. ޔީޝާ ހޭއެރުމުން ދިމާކޮށްލަން ނިންމާފައި ނިކާލް ގެއިންނިކުމެގެން ދިޔައެވެ. ޔީޝާގެ ޙަބަރު ލިބުމުން އައިރިކް އަވަހަށް […]
އަތިރިމަތީގައި އިން އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސާލަމުން ދިޔަ ރާޅު ތަކާއި ދިމާލަށެވެ. ދިޔަވަރު ހިކިފައި ވުމުން މާބޮޑެތި ރާޅު ތަކެއް ނުޖެހި ނަމަވެސްއެވެ. މިހާރު އިރު އޮއްސުނުތާ ވެސް އިރުކޮޅެއް ވެއްޖެއެވެ. މެންދުރުން ސުރެ އަހަރެން މީނީ މިތަނުގައެވެ. އެކަންޏެވެ. މިއަދު އަހަރެންނަކީ އެކަނިވެރިއެކެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅާއި އެކު އަހަރެން ލޮލުންވެސް ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. އެއްވެސް ރަހުމެއް ނެތި އަހަރެންގެ ކޯތާފަތުގައި އެކަރުނަތިކި ބީހިލާފައި ވެއްޓިއްޖެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ […]
ސްޓޭޝަނުން ނިކުން ނިކާލް ދިޔައީ ސައިކަލު ދުއްވާލަންށެވެ. ބޯގޮވާފައި ހުރި ވަރުންނެވެ. ގެއަށް ގޮސްފި ނަމަވެސް ހަމަ ބޯ ގޮވާނީކަން އެނގުމުން ނިކާލް ގެއަށް ދާ ކަހަލަ ޙިޔާލެއް ނުކުރެޔެވެ. ސްޓޭޝަނުން ނިކުން ނިކާލް ސައިކަލުގައި ދިޔައީ ބަނދަރާއި ދިމާލަށެވެ. ބޯގޮވާފައި ހުރުމުން ފިނި ވައިކޮޅެއް ލިބޭތޯއެވެ. ބަނދަރު ކައިރީ ހުރި ފިހާރައަށް ވަނީ ފިނި ބުއިމެއް ނަގަންށެވެ. އެހެނަސް ވިއްކަން ހުރި ސިނގިރޭޓު ފޮށިތަށް ފެނުމުން ނިކާލްގެ ޙިޔާލު ބަދަލު ވިއެވެ. ސިނގިރޭޓަކީ ނިކާލްގެ ސިއްހަތަށް […]
އީވާން އީނާލްދެކެ ވާލޯބި އެނގިފައި ނުހައިކްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ކީއްވެ ތަ ކިނބުލެއްހެން ތި ހެނީ؟” އީވާން ކަޅި އަޅާލިއެވެ. “ކިހިނެތް އަހަރެން ހަދައިދޭން ވީ؟ އަހަރެން އެހީވެދޭނަން” ނުހައިކް ބުނެލީ އަޒުމާއި އެކުއެވެ. (5 ވަނަ ބައި) “ސީރިޔަސް؟” އީވާން އަހާލީ ޔަގީން ކޮއްލާފަދައިންނެވެ. “ޔެސް. ސީރިޔަސް” ނުހައިކް ހިނިތުންވެލިއެވެ. އީވާން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ފޯނު ހުޅުވާލާފައި މޭޒު މަތީގައި ބާއްވާލިއެވެ. “މިޔޯ؟” ނުހައިކް ފޯނަށް ރީތިކޮށް ބަލައިލިއެވެ. “ތިއީ އެމީހަކީ” […]