Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދުވޭ ހިތުގާ މަގޭ ޓްރޭލާރް

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 5, 2025 2 Mins Read
12 Comments

ހަވީރުގެ ހިތްގައިމު ވަގުތެވެ. އުނދޯލީގައި އިށީނދެލައިގެން އިން ޔަލީޝާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޮތި ކޮޅަށެވެ. ޔަލީޝާ އިނީ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެޔެވެ. އަތުގައި އޮތީ އެކުއްޖާއަށް ފަހަމުން ދިޔަ ބާލިސް އުރައެކެވެ. ވިހަން ގާތް ވެފައި ވުމުން ޔަލީޝާ މިހާރު އަބަދުހެން ކުރާ ކަމަކީއެއީ އެވެ.

ކުއްލިއަކަށް ދުވަމުން ތެޅެމުން ފޮޅެމުން ދާއިން ވައިންތަން ފެނުނެވެ. ދާއިންގެ މޫނުމަތީގައި އޮށްދާ ހިތްލަމުން ދިޔައި އިރު މާނޭވާ ލެވެމުން ދިޔައެވެ. ބެލެވޭ ގޮތުން ނަމަ އެއައިތާކުން އެއައީ ދުވެފައެވެ.

“ދައްތާ. ދޮންބެ…” ދާއިންއަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް އިސްޖަހާލިއެވެ. ދާއިން އެވާހަކަ ޔަލީޝާ ގާތުގައި ބުނާނީ ކޮން ދުލަކުުން ހެއްޔެވެ؟ ދާއިންއަކީ ޔަލީޝާގެ ފިރިމީހާ ދާނިޝްގެ ކޮއްކޮއެވެ.

“ދާއިން؟ ކިހިނެތްތަ ވީ؟” މިހާރު ޔަލީޝާ ވެސް ހިތް އަވަސް ވެއްޖެއެވެ. އަނެއްކާ ދާނިޝްއަށް ކިހިނެތް ވީ ބާއެވެ؟

“ދައްތާ… މަޢާފް ކުރޭ… ދޮންބެ… މާލެ ދަތުރު ކުރި ބޯޓު އިންޖީނު ހަލާކު ވެގެން މޫދަށް ވެއްޓުނީ. ދެމީހުން ސަލާމަތް ވީ. ފަރުވާ ދެނިކޮށް އެތަނުން އެކަކު މަރުވެއްޖެ. ދެން ދޮންބެ.. ދޮންބެގެ ހަށިގަނޑު އަދިވެސް ނުފެނޭ..” ދާއިން ބުނެލީ ރޮވިފައި ވާ ހާލުގައެވެ.

ގޭގައި މަންމަ ރުއި ވަރު ދާއިންއަށް ފެނުނެވެ. ދެން މިހުރީ ދާނިޝްގެ އަންހެނުނެވެ. ޔަލީޝާ އޭނީ ބަލިވެޔެވެ. ޔަލީޝާއާއި ދާނިޝްގެ 5 އަހަރުގެ ކުއްޖަކު އެބަ ހުއްޓެވެ. އަނެއްކޮޅުން ޔަލީޝާ އޭނީ ވިހަން ގާތްވެފައެވެ.

“ނޫން.. ނޫން.. ދާނިޝް މަރެއް ނުވާނެ. މަރެއް ނުވާނޭ..” ޔަލީޝާ ރޯން ފެށިއެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ ޔަލީޝާއަށް ބިންމައްޗަށް ޖެހި ގަނެވުނެވެ. ދާނިޝްއަށް އެއްޗެކޭ ނުބުނެވެނީސް ޔަލީޝާގެ ހަށިގަނޑު ބިންމައްޗަށް ދެމުނެވެ.

“ދައްތާ. ދައްތާ؟ ހޭލަބަލަ؟” ދާއިން ޔަލީޝާ ހޭ އެރުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޔަލީޝާގެ ޙަބަރެއް ނުވިޔެވެ. އެންމެ ފަހުން ޔަލީޝާ އުރާލައިގެން ދާއިން ހޮސްޕިޓަލާއި ދިމާލަށް ދުއްވައިގަތެވެ.

އެމަންޒަރު ބަލަން ގޭ ދޮރު ކައިރީ އުމުރުން 5 އަހަރުގެ ނިޔާލް ހުއްޓެވެ. ނިޔާލަކީ ޔަލީޝާއާއި ދާނިޝްގެ ދޮށީ ދަރިފުޅެވެ. “ބައްޕީ…”

ހޮސްޕިޓަލަށް ގެންދެވުމުން ޔަލީޝާ ވެއްދުނީ އިމާރްޖެންސީ ސިޒޭރިއަނެއް ހެދުމަށެވެ. ކުޑަ ހިނދުކޮޅެއް ފަހުން ޔަލީޝާއަށް އެތުއްތު ފުރާނަ އުރާލަން ލިބުނެވެ.

ލޯބި ކުއްޖެކެވެ. ދޮން ދޮން މޫނަކާއި ކުޑަ، ރަތް ތުންފަތްކޮޅެކެވެ. ތުންފަތް ކައިރީ ކަޅު ތިލައެއް އިން އިރު ކުދި އެސްފިޔަތަކާއި ބޮޑު ލޯ ވަރަށް ވެސް ލޯތްބެވެ. މައުސޫމް ކަމާއި ނިޔަނެތި ކަމުގެ ނަމޫނާއެކެވެ. އެހެނަސް އެކުއްޖާއާއި ދިމާލަށް ޔަލީޝާ ބަލައިލީ ނަފްރަތުގެ ލޮލަކުންނެވެ…

(23 އަހަރު ފަސް)

***

ދާނިޝްގެ ފުރާނަ ސަލާމަތް ވާނެ ބާއެވެ؟

ޔަލީޝާގެ ހިތުގައި އެކުއްޖާއާއި މެދު ނަފްރަތް އުފެދުނީ ބާއެވެ؟

ޔަލީޝާ ދެން ކަން ކުރާނީ ކިހިނެތް ބާއެވެ؟

މިކަމުގެ ސަބަބުން ޔަލީޝާ، އަދި ޔަލީޝާގެ ދެކުދިންގެ ހަޔާތަށް ކުރާނީ ކޮން ކަހަލަ އަސަރު ތަކެއް ބާއެވެ؟

މި ސުވާލު ތަކުގެ ޖަވާބު ހޯދެއްވުމަށް އަޅުގަނޑުގެ 10 ވަނަ ދިގު ވާހަކަ “އަބަދުވޭ ހިތުގާ މަގޭ” އަށް އިންތިޒާރު ކޮއްލައްވާ…!

***

މިއީ އަޅުގަނޑުގެ 10 ވަނަ ދިގު ވާހަކައެވެ. “އަބަދުވޭ ހިތުގާ މަގޭ” މި ވާޙަކަ ވެސް ހުރިހާ ކުދިންނަށް ކަމުދޭނޭ ކަމަށް އުންމީދު ކުރަމެވެ. މި ވާޙަކައިގެ ފުރަތަމަ ބައި ގެނެސްދޭނީ “ޝިރާތް” ގެ ފަހުބަޔާއި އެކު މާދަމާއެވެ. އިންތިޒާރު ކޮއްލައްވާ…!

~މިވާހަކައަކީ އަޅުގަނޑު ޕްރޯ ސްޓޯރީއަށް ލިޔާ ވާހަކައެކެވެ. މިވާހަކައިގެ ފުރަތަމަ 5 ބައި ހިލޭ ކިޔާލަން ލިބޭނެއެވެ~

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ލޭގެ ބަދަލް-7

Next

ހިތުގެ ރިހުން (25)

Next
September 5, 2025

ހިތުގެ ރިހުން (25)

Previews
September 5, 2025

ލޭގެ ބަދަލް-7

12 Comments!

  1. Its_me_aish20 says:
    September 5, 2025 at 1:06 pm

    I’m first dhw
    Mashaallah mi trailer vx vrh salhi i hope kureege vhk thakekey ehfadhain mi vhk vx reethi vaane kamah

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:21 am

      jazaakallah khairan dear 🤍

  2. Aanaa says:
    September 5, 2025 at 4:07 pm

    Masha allah mi trailer vssss vrhhh reethiii
    Ekmm pro stry eh dhwww😭
    Lyyy🫶🏻

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:21 am

      jazaakallah khairan dear 🤍
      hehe yeah
      lyytt

  3. Nah......HeL says:
    September 5, 2025 at 7:41 pm

    Shiraath last part please free koh!!!!!!!!!

  4. Oreo gurll says:
    September 5, 2025 at 8:25 pm

    ooohh. A new story!!! I was so excited to see another one of ur stories.. and the trailer! is awesome! love the names ingey Shiherr. <3
    varah interesting kamaa eku mi kiyaalee trailer, was so happyyy ingey new story eh libuneema. But.. Esfiya Pro ah liyaa story ekey buni hisaabun…. so sad… mi vaahaka ves gehlunee.
    and Shiraath vx nimunee dhw? varah heevey reethi hen. kuda than thankolhun kiyaaleen. varah interesting kamah lafaakurevenee. mi story vx In'Sha'Allah <33
    first 5 episodes ah mihaaru inthizaaru kuranee.
    speaking of which, kobaa Shiherr buni Khanjaru story? i thought u said eii kamah Shiherr ge 10th dhigu vaahaka akee. and eythi hiley kiyaalan libeyne kamah. u said sep 10 ga ey Shiherr ge exams nimenee. thats tmrw. So…?
    Anyways, all the best from mee!!! lysssmm Shiherrr <3

    1. Oreo gurll says:
      September 8, 2025 at 7:29 pm

      I am soo sorryy Shiherr! I really wasn’t hama egadee.. Maybe a bit too excited ingey! aslu sep 5 ehnu eii… dw.. I’m still waiting patiently.
      And I feel so sorry for you Shiherr. but dw.. you’ll face different things throughout life. and take those unpleasant comments as part of it. Ik it’ll hurt. but face it bravely ingeyy.. there will be people like that. But there are also people like us! People who would cherish you and ur stories always no matter what – and we will correct u if smth goes wrong.
      Honestly, reehchah buneema e nimunee. and its a comment section. no need ekahala vhk dhw!
      Either way, just wanted to say this ingey. and soo veryyy good luck on exams! I hope for the best!..
      lyysssmm

    2. shihaamaa ali shihaamaa ali says:
      September 16, 2025 at 8:21 am

      jazaakallah khairan dear 🤍

  5. Its_me_aish20 says:
    September 7, 2025 at 6:19 am

    I apologise for every thing I said but like mistakes rangalhu kohlan bunaa iru thankolheh reethi koh hurihaa meehun vx bunan vaanee alright?

    1. Its_me_aish20 says:
      September 7, 2025 at 1:02 pm

      @ raiha
      pls thankolheh reethikoh vhk dhakkan try kobba
      mistake eh ragalhu kuran bunanvaanee egothah rude kosheh noon dhw

  6. Raiiiiiiiii-her says:
    September 8, 2025 at 10:40 pm

    This comment is good
    Actually I apologized they way said
    And shiha forgave 💞

    Mikudhinge comment thakun ITZ ME AISB VES VEHJE dhaskuran ehcheh

  7. Ur.Pookie says:
    September 9, 2025 at 10:28 am

    Ehnney heevany hama vhk eh hen kalw

Comments are closed.



All Right Reserved!