“ނިކާލް” ދުރުން އައިރިކް ގޮވާލި އަޑު އިވުނެވެ. ނިކާލް ފުންނޭވާއެއްލާ ހަމަ ޖެހިލިއެވެ. އަދި އައިލާ ބާއްވާފައި އޮތް ބޮޑު ޓެންޓު ތެރެއަށް ވަނެވެ. ކުރިން މަރުވި ތިން ކުދިންނާއި އެއްގޮތަށް އައިލާގެ ވެސް ނިޔަފަތިތަށް ވަނީ އެކީގައި ކަނޑާލެވިފައެވެ. މޫނު މަތީގައާއި ހަށިގަނޑުގެ އެތަން މިތާގައި ލަކުނުތަށް ހުއްްޓެވެ. ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތުމުން ހަށިގަނޑުގައިވަނީ ފޮތިގަނޑެއް އަޅާލާފައެވެ. ބޮލުގެ އެއްދިމާލަކުން ފަޅައިގެން ގޮސްފައިވީ އިރު ބޮލުގެ ނާށިގަނޑުގެ ބައެއްވެސް ފެންނަމުން ދިޔައެވެ. ބޮލު ނާށިގަނޑުގައި […]
“މަށަށް ހެޔޮ. މަށަށް އެނގޭހާ ވެސް އެއްޗަކީ ތި އީވާންއަކާއި އެކު އުޅޭހާ ހިނދަކު މަގޭ ވިނާލް ކިޔާ ދަރިއަކު ނުހުންނާނެކަން” ވިއާމް ފަހު ނިންމުން އިއްވާފައި ކާގެއިން ނިކުމެގެން ދިޔައެވެ. (4 ވަނަ ބައި) ވިއާމް ނިކުމެގެން ދިޔުމުން ވިނާލް ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. “ކީއްވެ؟ ކީއްވެ؟ ވިވީގެ ދިރިއުޅުމުގެ ހުރިހާ ކަމެއް މަންމަމެން ތި ކޮންޓްރޯލް ކުރަނީ. ކީއްވެގެން؟ ކޮބާ ތަ އަޅުގަނޑުގެ ކުށަކީ؟ ވިވީ ވާންދެކެ ވަރަށް ލޯބިވޭ. ވާންއާއި ނުލާ […]
“މިއޮތީ އާދެވިފަ” ޔާލާ ރުކާން ކުރިމަތީގައި ހުއްޓުނެވެ. “އާދެވުނީތަ ތި؟ މަފަކީރު ދެފައިކޮޅު ވާގިދޭ އެބަ މިހާރު ކޮޅަށް ހުރެ ހުރެ” ރުކާން ތުންކޮޅު އޮޅާލަމުން ބުނެލިއެވެ. “ހަހަ އިށީންނަމާ…؟” ޔާލާ ބެންޗު ތަކާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ރުކާން ޔާލާ ކުރިމައްޗަށް އެރިއެވެ. ދެން ރުކާން ކޮއްލި ކަމަކުން ޔާލާގެ ދެލޯ ބޮޑުވެ، ހިތުގެ ތެޅުން އަވަސް ވެލީ ބަސް ބުނާހާ އަވަހަށެވެ. (3 ވަނަ ބައި) “ރުކާން!!!” ޔާލާ ރުކާންގެ މޭގައި އަތް […]
“އަނެއްހެން އޯކޭ. އެކަމަކު މަންމަ ތަންކޮޅެއް ސްޓްރެސް ވެފައިވާކަން ފާހަގަ ކުރެވޭ” ޝިވާގެ ޑަކްޓަރު ޖިނާ ބުނެލިއެވެ. “އާނ. ޝިވާ ކިޔަވާ ދުވަސްކޮޅު ވީމައެއީ” ޝިވާއަށް އެއްޗެކޭ ނުބުނެވެނީސް ނިޔާލް ބުންޏެވެ. ނިޔާލްގެ ބަހަށް ޝިވާ ބޯޖަހާލިއެވެ. ޑަކްޓަރަށް ދައްކާ ނިމުމުން ހޮސްޕިޓަލުން ނިކުން ޝިވާއާއި ނިޔާލް، ހޮސްޕިޓަލަށް ވަދެ ވަދެ ހުރި ޔުނާލަށް ވަރަށް ރީތިކޮށް ފެނުނެވެ. ޔުނާލް ކައިރީ ހުރި ގަހެއްގެ ފުރަގަހަށް ވަދެ ފިލިޔެވެ. މޫނު މަތީގައި މޭކަޕް ހުރި ނަމަވެސް ޝިވާގެ […]
އަހަރެންނަކީ ހއ ކެލާއަށް ނިސްބަތްވާ ޒުވާނެކެވެ. އުމުރުން 22 އަހަރެވެ. އަންބެއް ނުހުރެޔެވެ. އަހަރެންގެ ވަޒީފާއަކީ ހިނެވުމެވެ. މަރުވެފައިވާ ކިތަންމެ މީހަކާ އަހަރެންނަށް ދިމާ ވެޔެވެ. މީހުން ބުނެޔެވެ. ތިޔައީ ރަނގަޅު ވަޒީފާއެއް ނޫނެވެ. ނަމަވެސް އަހަރެން އެކަން ކުރީ ކުރާ ހިތުންނެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟ މަރު މައްޔިތުންގެ ސަބަބުން އަހަރެން މަރު މަތިން ހަނދާން ނުނެތޭތީއެވެ. 2025 ވަނަ އަހަރާއި ހަމައަށް އަހަރެމެނަށް ވާސިލް ވެވުން އިރު ދުނިޔެ މިވަނީ އެފުށް މިފުށަށް ޖެހިފައެވެ. […]
ޔޫޝާ ހިނިތުންވެލިއެވެ. އަކްވާންގެ ސިފަތަކުން ޔޫޝާއަށް އެންމެ ކަމުދާ ސިފައަކީ އެއީއެވެ. އަކްވާނަކީ އެއްއިރަކުވެސް ގޭގެ ހުރިހާ ކަމެއް ޔޫޝާއަށް ޖެއްސި މީހެއް ނޫނެވެ. އަބަދުވެސް ޔޫޝާއަށް ގޭތެރޭގެ ކަންކަމުގައި އެހީތެރި ވެދެޔެވެ. “ލޯބި ބަނޑުބޮޑު ވީމަ ދެން ނުޖެހޭނެ މިއީން އެއްވެސް ކަމެއް ކުރާކަށް. އޭރަށް އަހަރެން ހުރިހާ ކަމެއް ކޮއްދޭނަން ހެހެ” އަކްވާން ބުނެލިއެވެ. ނޫޑްލްސް ޕެކެޓްތައް ފުނޑުވަން ހުރި ޔޫޝާ ސިހުނެވެ. އަކްވާނާއި ދިމާލަށް ބަލައިލީ ދެރަވެފައެވެ. “ސޮރީ…” ޔޫޝާއަށް މަޑުމަޑުން ބުނެވުނެވެ. […]
“ޔާ. ވިނާލް ކިޔަނީ އެކުއްޖާއަށް… މިރަށު ކުއްޖެއް. މާލޭގަ އުޅިފަ މިއަދު ރަށަށް އައީ. މިރޭ ދިމާ ކުރާ ވާޙަކަ ދޮންބެ ބުނި…” އީނާލް ކިޔައިދިނެވެ. ޔާލާގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅައިގަތީ ބަސް ބުނާހާ އަވަހަށެވެ. (2 ވަނަ ބައި) “އެ… އޯކޭ ވާނެ. ޔާލު މިއީ ކާކު ތަ ވާން ކަހަލަ ހޭންޑްސަމް ކުއްޖަކު ލިބެން…” ޔާލާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ނޫން ލާލަ. ތިހެން ނުބުނޭ. އިންޝާ ﷲ ލާލައަށް އަދި ދޮންބެ […]
~މިހާ ހިސާބުން މިވާހަކަ ގެނެސްދޭނީ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހެވެ~ ނިކާލް ފުންނޭވާއެއް ދޫކޮށްލާފައި ގެއިން ނިކުމެގެން ދިޔައެވެ. ޝިވާ ބަނޑުބޮޑުކަން އެނގުމުން ހަގީގަތުގައި ނިކާލް ވީ ހައިރާނެވެ. ނަމަވެސް ކޮއްކޮއެއް ލިބެން އުޅޭތީ އުފާވެސް ވިޔެވެ. ޝިވާ ވިހެއުމުން ނިޔާލްގެ އުޅުން ބަދަލުވޭތޯ ނިކާލް ހިތާހިތުން ދުޢާ ކޮއްލިއެވެ. ނިކާލް ނިކުމެގެން ދިޔުމުން ޝިވާ ސޯފާގައި އިށީނެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލިއެވެ. އޭރު ކުލަ ނޫން ގޮތަކަށް ޝިވާއަށް މަންޒަރެއް ސިފަ ވަމުން […]
(1 ވަނަ ބައި) މަންމަ އަބަދު ދުވެސް ބުނެޔެވެ. ދުނިޔެ ހިނގަނީ ތޮށަޅި ދުޅަޔަށެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. ނަމަވެސް އީވާންގެ ހަޔާތަށް އެ އުސްގަނޑު ކޮބާ ހެއްޔެވެ؟ އުމުރުން އެންމެ 8 އަހަރުގައި ލޯބިވާ މަންމައާއި ބައްޕަ ގެއްލިގެން ދިޔައެވެ. އުމުރުން 10 އަހަރުގައި، އެންމެ 5 އަހަރުގެ ކޮއްކޮގެ އަބުރު އެއްވެސް ރަހުމެއް ނެތި މީހަކު ފޭރި ގަނެއްޖެޔެވެ. އެކަން ކުރި މީހަކު ހޯދުމަށް ބޮޑެތިންގެ ފަރާތުން އީވާންއަކަށް އެއްވެސް އެހީތެރި ކަމެއް ނުލިބުނެވެ. އެހާދިސާއަށް […]