“ދަރިފުޅޫ… މަންމަ ވަރަށް ލޯބިވޭ” އުޔޫނާގެ ހަށިގަނޑުގައި ބައްދާލަމުން އުޔޫނާ ބުނެލިއެވެ. “ހެހެ ޔޫންވެސް މަންމަ ދެކެ ވަރަށް ލޯބިވޭ” އުޔޫނާގެ އަޑު ކުރެހުނެވެ. “އޭ އަދި ނުވޭ އިނގޭ ރޯކަށް. ދެކުދިންވެސް ހުއްޓާލާ އަވަހަށް” ދެމައިންނަށް ރޮވެން އުޅުމުން ސަމާސާ ރާގެއްގައި ޔީޝާ ބުނެލިއެވެ. އެއާއި އެކު ދެމީހުނަށްވެސް ހެވުނެވެ. ބޭރަށް ނިކުމެވުނު އިރު އަޝްރަފް ދެމައިންގެ އިންތިޒާރުގައި ހުއްޓެވެ. “މާޝާ ﷲ ދަރިފުޅު މިރޭ ވަރަށް ރީތި” އުޔޫނާގެ އަތުގައި ހިފާލަމުން އަޝްރަފް ބުނެލިއެވެ. […]
“ލުކް… މިއީ ބައްޕަމެންގެ ނުގަބޫލުގަ ކުރެވޭ ކައިވެންޏެއް ވިޔަސް އައިމް ހެޕީ އޭ ދޮންބޭ. މިއީ ވިވީ ބޭނުންވާ ގޮތް. ވިވީ ހުންނާނީ ވާންއާ އެކު އުފަލުގަ. އިންޝާ ﷲ މުޅި އުމުރަށް ވެސް…” ވިނާލް ޔަގީން ކަން ދިނެވެ. “ދޮންބެގެ ޕްރިންސެސް ބޮޑުވީ ދޯ؟” ވާއިލް ހީލާފައި ވިނާލްގެ ކޮލުގާ ހިފާލިއެވެ. (10 ވަނަ ބައި) “ހެހެ ހޫމް މާ ބޮޑަށް ވެސް.. ހެހެ. ދެން ދޮންބެ ކޮން އިރަކުންތަ ކައިވެނި ކުރަނީ؟ ވިވީ ބޭނުން ވިއްޔާ […]
“އަޅެ މީތި ކަމުނުދާތީ އޭ އެރޮނީ…” ޝިވާ ރޮވިފައިވާ ހާލުގައި ބުނެލިއެވެ. ލޯބިވާ ދަރިފުޅު އެވަރަށް ރޯ އިރުވެސް އެއްވެސް ކަމެއް ނުކުރެވޭތީވެ ޝިވާގެ މައިލަގޮނޑިއަށް ކެތް ވާވާރެއް ނޫނެވެ. “މަގޭ ކައިރީގަ މި ދަރިފުޅު ބޭނުމޭ އޭއްޗެކޭ މީއްޗެކޭ ކިއީ އިރު ހީވޭ ލައްކައެކޭ. ވިހޭމަ ތިއުޅެނީ ކިރު ފޮދެއްވެސް ނުދެވިގެން. ތިއީ ކީއް ކުރާނެ މީހެއް ތަ އަޅެ؟” ނިޔާލް ބާރަކަށް ބުނެލިއެވެ. އަދި ބާލިސް ހިފައިގެން ކޮޓަރިން ނިކުތެވެ. ޝިވާ ބުއްފުޅި ބައިންދާފައި […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގު ތަކުގައިވީ ހަމަ ހިމޭންކަމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހާ އެންމެން ވެސްވީ އަރާމު ނިންޖަކުން ނިދާލާފައެވެ. ހާލާއި ކޮވެލި ގޮވާ އަޑު ނޫން އެހެން އެއްވެސް އަޑެއް މަގު ތަކަކުންނެއް ނީވެޔެވެ. ޖައްވުގައިވީ އެ ހަމަހިމޭންކަން ނައްތާލީ ފަތިސް ނަމާދުގެ މޫރިތި ކަލިމަތަކެވެ. އެވަގުތު ވެގެން ދިޔައީ އުމުރުން 23 އަހަރުގެ ޝިއާރާގެ ފޯނު ސޯނާވީ ވަގުތަށް ވެސް މެއެވެ. އާފުރިލަމުން އޭނާ ތެދުވެ އިށީނެވެ. މޯޅި އަކަށް ދެމިލާފައި […]
”ދެން ޕީރިއެޑް ވެފަ ހުރީމައޭ..“ އާފުރިލަމުން ޔޫއާ ބުންޏެވެ. ”ހެހެ އޯކޭ އޯކޭ. ނާޔާ ބަލައިދީބަ.. ދޮންބެ ދައްތަ ފެންވަރާލަން މިދަނީ.. ދޮންބެ ދައްތަ މިއަދު ނިންމީމި ހަހަ“ ހިދާޔާ އުރުުގައި އިން ހިނާޔާ އަނގައިން އަތް ނެރެލަމުން ވާހަކަ ދެއްކިއެވެ. ޔޫއާ ބޯޖަހާލާފައި ހިނާޔާ އުރާލިއެވެ. ”މިހާރު ނާޔޫ ވަރަށް ބަސް ނާހާދޯ؟ އަބަދު އިނގިލިތައް ބޮނީ“ ޔޫއާ ހިނާޔާ އުރާލިއެވެ. (4 ވަނަ ބައި) ”ނާޔޫ… ކޭން ޔޫ ބިލީވް އިޓް؟ ދޮންތި މިއުޅެނީ […]
…ރަށަށް އައުމުން ޖަވާބު ދޭން ފުރުސަތު ދޭނަމޭ ބުނެފައި ވިޔަސް ކޮންމެ ދުވަހަކުވެސް ވިސްނިއްޖެ ތޯ އައިރިކްއަށް އެހެޔެވެ. ކޮންމެ ފަހަރަކުވެސް ޔީޝާގެ ޖަވާބަކީ “ވިސްނަނީ” އެވެ. އައިރިކް ދިޔައީ ޔީޝާގެ ފަރާތުން ލިބޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. ކޮންމެ ޖަވަބަކަށް ވީ ނަމަވެސްއެވެ. އެހެނަސް ނިކާލްއާ ޔީޝާގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ދެހިތުގައިވެސް ވަނީ ލޯބި އުފެދިފައެވެ. އެހެނަސް އެކަންވަނީ ދެމީހުންގެ އިތުރުން ދެމީހުންގެ އަމިއްލަ ނަފްސަށް ވެސް ވަންހަނާ ކުރެވިފައެވެ. ޔުނާލް ވެސް […]
“އެއްކަލަ އީވާން އަށޯ ކައިވެނި ކުރަންވީ” ވިއާމް ބުނެލިއެވެ “ކޮން؟” ވިޔާމް އަހާލިއެވެ. “އީމާންއާ ހުމޭދުގެ” ވިއާމްގެ ޖުމްލައާއި އެކު އެތަނުގައި ބޮމެއް ގޮވިފަދައެވެ. “އޭނ؟ ކީކޭ؟ ނުވާނެ ތިކަމެއް. އީވާންއާ ވިނާލްގެ ކައިވެނި ކުރެވިގެން ނުވާނެ! އެކަން ދުވަހަކު ވެސް ވެގެން ނުވާނޭ!” ވިޔާމް އަޑަށް ބާރު ލަމުން ބުނެލިއެވެ. (9 ވަނަ ބައި) “ތި އަނގަ މައިތިރި ކޮއްބަލަ. މިތާ ތިބި އެންމެނަށް އެވާހަކަ އިއްވަންތަ ތިއުޅެނީ؟ ވިޔާމް ބޭނުމީއާ އަމިއްލައަށް ފަޟީހަތްވޭ. އަހަރެން […]
”ވަދޭ ދަރިފުޅޫ. ނިކްޔާން.. ދޭބަލަ ޔޫއާ ގޮވައިގެން ކޮޓަރި ދައްކާލަން. މަންމަ މިއަންނަނީ ފެންވަރާ ތާޒާ ވެލައިގެން ޔޫއާގެ ހެދުން ލައްވަން.. ވަރަށް ދާހިތްލާފަ“ މާޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ”ލެޓްސް ގޯ ލިޓްލް ގާލް“ ނިކްޔާން ޖީބަށް އަތް ޖަހާލަމުން ހިނގައި ގަންނަމުން ބުންޏެވެ. މޫނު ކުނި ކޮއްލާފައި ޔޫއާ ނިކްޔާންއާއި އެކު ހިނގައިގަތެވެ. (3 ވަނަ ބައި) ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. ސީލިންގުގައި ”ނިއޯން ލައިޓްސް“ ހަރުކޮއްފައިވީއިރު ވަރަށް ރީއްޗެވެ. ކޮޓަރި ކަނެއްގައި […]
~މިބައި ގެނެސްދޭން އެހާ ލަސްވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިބައި ކިޔުންތެރިންނަށް ކަމުދާނޭ ކަމަށް އުންމީދު ކުރަމެވެ~ ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގުތަކުގައިވީ ހަމަ ހިމޭން ކަމެވެ. ފަތިސް ނަމާދު ކުރާ އަޑު އިވެމުން ދިޔައިރު މަގު ތަކުގައިވީ ހަމަހިމޭން ކަމެވެ. ހާލާއި ކޮވެލި ގޮވާއަޑު އިވެމުން ދިޔައީ ލުއި މިއުޒިކެއް ފަދައިންނެވެ. ދުވަހަކުވެސް ފޫހި ނުވާނޭ ފަދަ ހިތްގައިމު ކަމެކެވެ. “اَلسَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ” ގޮނޑީގައި އިނދެ ނަމާދުކޮށް ނިންމާލި އިވްޔާ […]