Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 7

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 1, 2025 4 Mins Read
8 Comments

“ނޫން ނާލު.. ނާލުގެ ސަބަބުން ދޮންބެއަކަށް އުނދަގުލެއް ނުވޭ. މިކަން މި ކޮއްދެނީ ވަކި މަޖުބޫރީއަކުން ވެސް ނޫން. ނާލުދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން. ނާލުއަށްޓަކާ ދޮންބެ ހުރިހާ އުފަލެއް ވެސް ގުުރުބާން ކުރާނަން” އީނާލްގެ ކޯތާފަތުގައި ފިރުމާލަމުން އީވާން ބުނެލިއެވެ.

(7 ވަނަ ބައި)

އީނާލްގެ މޫނަށް ބަލަން އިން އީވާން ފޯނަށް ބަލާލީ ވައިބްރޭޓް ވުމުންނެވެ. “މީނީ ތިގޭ ޖޯލިފަތީގަ” ވިނާލްގެ މެސެޖުގައި އިނެވެ. އީނާލްގެ ނިތުގައި ބޮސްދީފައި އީވާން ކޮޓަރިން ނިކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ވިނާލް އިނެވެ.

“ވިވީ ކޮންތާކު އުޅިފަ ތަ ތިއައީ؟ ކިހިނެތް ވީ ފޯނު ނިވާލާފަ؟ ޔޫ އޯކޭ؟” އީވާން އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. “ވިވީ ކުރާ ސުވާލު ތަކަށް ވާން ފުރަތަމަ ޖަވާބު ދީ” ވިނާލް ބަލާލީ ސީދާ އީވާންގެ ދެލޮލަށެވެ. “ކޮއްބާ؟”

“ވާން އަބަދުވެސް ވިވީއާ އެކުގަ ވާނަން ތަ؟” ވިނާލް ފުރަތަމަ ސުވާލު ކޮއްލިއެވެ. “ޔެސް. އޯލްވޭސް އެންޑް ފޯރްއެވާރ” އީވާން ވިނާލްގެ އަތުގައި ހިފާލިއެވެ. “ވާން ކިހާވަރަކަށް ވިވީދެކެ ލޯބިވޭ؟”

“ވަރަށް ލޯބިވޭ. ޖާނާ ފުރާނައިން ލޯބިވޭ. ވިވީ ތިއީ ވާންގެ ފުރަތަމަ ލޯބިވެރިޔާއެއް ވެސް ނޫން. އެކަމަކު ވެސް ވާން ވިވީދެކެ ވަރަށް ލޯބިވޭ. ކުރިން ލޯބިވީ އެއްވެސް މީހަކާ އަޅާ ނުކިޔޭ ވަރަށް ލޯބިވޭ. ތިއީ ވާންގެ ދިރިއުޅުން. ދުވަހަކު ވެސް ވިވީ ދޫކޮށްލާފައި ވާން ނުދާނަން” އީވާންގެ ޖަވާބު އިވި ވިނާލްއަށް ރޮވޭ ގޮތް ވިއެވެ. ވިނާލްދެކެ އީވާން އެހާ ލޯބިވާ އިރު، އެގުޅުމަށް ވިއާމް އެހާ ނުރުހެންވީ ކީއްވެގެން ހެއްޔެވެ؟

“ދެން އެހެންވީއާ ވާން މަށާ ކައިވެނި ކުރަންވީނުން؟” ވިނާލް އަހާލިއެވެ. “ވަޓް؟؟؟؟ ނޫން… ވާން ވިވީދެކެ ލޯބިވޭ. އެކަމަކު އަދި ކައިވެނި ކުރާކަށް ބޭނުމެއް ނޫން” ވިނާލްގެ އަތުގައި އީވާން ދޫކޮށްލިއެވެ. “އެއީ ކީއްވެ؟” ވިނާލްގެ އަޑު ކުރެހުނެވެ.

“ކައިވެންޏެއް ކުރުމުގެ ކުރިން އަހަރެން ކުރަން ޖެހޭ ކަމެއް އެބަ އޮތް” އީވާން ދުރުބަލާލަމުން ބުނެލިއެވެ. “އެއީ ކޮން ކަމެއް…؟” ވިނާލް ސުވާލު ކޮއްލިއެވެ. “ނާލު ވޯޒް ރޭޕްޑް…” އީވާން ފުންނޭވާއެއް ދޫކޮށްލާފައި ބުނެލިއެވެ.

“ވަޓް؟ ކީކޭ؟ ކޮން އިރަކު؟ ކާކު ކުރި ކަމެއް؟” ވިނާލް އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. “ވަރަށް ކުރިން. 10 އަހަރު ކުރިން”

“ދެން ޕޮލިހަށް ގުޅަން ވީނުން؟” ވިނާލް އެއްބުމަ ހިއްލާލިއެވެ. “ގުޅިން… އެމީހުން ބުނީ ޕްރޭންކް ކޯލްސް ނުކުރާށޭ. ހަމަ އެދުވަހު ހަމަ އެވަގުތު ވާން ގުޅިން. އެކަމަކު… އެއީ ވީ ގޮތަކީ. ފުލުހުންވެސް ވާންއަށް ފުރަގަސް ދިނީ. ވާންގެ މަންމައާއި ބައްޕަގެ ކައިވެންޏަކީ ދެއާއިލާގެ ނުރުހުމުގަ ކުރެވުނު ކައިވެންޏެއް ވީމަ މުޅި އާއިލާ ވެސް ވާން އެކަނި ކޮއްލީ. ވާންއާއި ނާލު މިއީ އެކަނި ވެރިން…”

އީވާންގެ ވާހަކައިވި ވިނާލްގެ ހަރަކާތްތަށް ހުއްޓުނެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދާނޭ ގޮތެއް ނޭނގުނެވެ. ބުނަންއައި ވާހަކަ ބުނާނެ ގޮތެއް ވެސް ނޭނގުނެވެ. “ވާން…” ވިނާލަކަށް ދެން ވާޙަކައެއް ކުރިއަކަށް ނުގެންދެވުނެވެ.

އަތުގައި އޮތް “ފިޖެޓް ސްޕިނާރ” އަނބުރާލަ އަނބުރާލަ އިން ވިއާމް އިނީ ބޮޑު ވިސްނުމެއްގައެވެ. ވިނާލްގެ ކާވެނި އީވާންއަށް ކުރެވޭކަށް އެއްގޮތަކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. ދެން ވިއާމް ހަދާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ނުގަބޫލުގައި ވެސް ވިނާލް އެކައިވެނި ކޮއްފާނޭ ހީވަނީއެވެ. އެކަމަކު އެހެން ވެއްޖެ ނަމަ…؟

ވިއާމް ފޯނު ނެގީ އޭނާގެ ކޮއްކޮއަށް ގުޅާލާށެވެ. ނަމަވެސް އެވަގުތު ޕޭޝަންޓެއްއައި ކަމުގެ އިއުލާން ލިބުނެވެ. ފޯނު ބާއްވާފައި އެމީހަކު ވަނުމަށް ފުރުސަތު ދިނީ އެހެން ވެގެންނެވެ.

ނަންބަރު ޖެހެންދެން އިންތިޒާރުގައި ތިބި ކްލާރާއާއި ނުހައިކްގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެޔެވެ. ހީވަނީ ދުރުހިލޭ ބައެއްހެންނެވެ. އެދެމީހުންނަކީ އިނދެގެން އުޅޭ ބައެކޭ ބުންޏަސް އެކަކުވެސް ގަބޫލު ނުކުރާނެކަން ޔަގީނެވެ.

އެހަމަހިމޭންކަން ފިލުވާލީ ރިންގުވާން ފެށި ނުހައިކްގެ ފޯނެވެ. ގުޅަމުން ދިޔައީ އީވާންއެވެ. ހަމަ އެވަގުތު އީވާންގެ އެސް އެމް އެސްއެއް ވެސް ލިބުނެވެ. “ބްރޯޒް ކޯޑް” އެމެސެޖު ކިޔާފައި ކޮންމެވެސް ކަމެއް ވެއްޖެކަން ނުހައިކްއަށް ދެނެގަނެވުނެވެ. ހަމަ އެވަގުތު ވީ ކްލާރާގެ ކިއު ނަންބަރު ޖެހުނު ވަގުތަށް ވެސްމެއެވެ. “ލާރާ ވަދޭ. އޮފީހުން ފޯނެއް އައިސްގެން..” ފޯނު ނަގަަމުން ނުހައިކް ދުއްވައިގަތެވެ.

ކަންވާނީ އެކަހަލަ ގޮތަކަށް ކަން މާކުރިން ވެސް ކްލާރާއަށް އެނގެޔެވެ. އަބަދުވެސް ވަނީ އެކަހަލަ ގޮތެއް ކަމަށް ވާތީއެވެ. އަޅާނުލާ އެތެރެއަށް ވަނީ އެހެން ވެގެންނެވެ. ހަގީގަތުގައި ނުހައިކް ދިޔުމުން ކްލާރާ ހިތްހަމަ ޖެހުނެވެ. ސަބަބަކަށްވީ އޭނާއަށް އަސްލު ވަމުންދާ އުނދަގުލަކީ ރޯގާގެ އުނދަގޫ ނޫން ކަން ނުހައިކްއަށް ނޭނގޭތީއެވެ.

“ކިހިނެތް ތޯ ވަނީ؟” ކްލާރާ އައިސް އިށީނުމުން ވިއާމް އަހާލިއެވެ. ދަށް ބަނޑުގަ ރިއްސާފަ ހޮޑު ލެވެނީ. ދެން ވަރަށް ލޭއާދޭ…” ކްލާރާ ބުނެލިއެވެ. ކްލާރާގެ އައީޑީ ނަންބަރު ޖަހާލާފައި ވިއާމް އޭނާއާދި ދިމާލަށް ބަލާލިއެވެ.

“ކުރިން މިސްކެރިޖްޑް ދޯ؟” ވިއާމްގެ ސުވާލަށް ކްލާރާ ޖަވާބު ދިނީ ބޯޖަހާލަމުންނެވެ. “ސްކޭނެއް ކޮއްލަން ދޭނަން. އަދި މިސްކެރިޖް ވެފަ އެހާ ގިނަ ދުވަސް ނުވާތީވެ އަދި ވެސް ކްލާރާގެ ހަށިގަނޑުގައި ދަރިފުޅުގެ ކުދި ކުދި ތަންކޯކޮޅު ވުން އެކަށީގެންވޭ” ވިއާމްގެ ޖަވާބު އިވުމުން ކްލާރާއަށް ހިނދިރުވާލެވުނެވެ. ބުނާނީ އެހެންކަން ކުރިންވެސް ކްލާރާއަށް އެނގޭފަދައެވެ.

ވިއާމްގެ ކޮޓަރިން ނިކުމެ ކްލާރާ ސްކޭން ހެދުމަށް ކިއު ނަންބަރެއް ނެގިއެވެ. އޭނާއަށް ޖެހެން އިރުކޮޅެއް އިނުމުން ކްލާރާ ސޯފާގައި އިށީނެވެ. ލައްގަނެލަމުން ސީލިންގާއި ދިމާލަށް ބަލާލި އިރު މަންޒަރު ފެންނަމުން ދިޔައީ ފުސްކޮށެވެ. ސަބަބަކަށް ވީ ދެލޯ ފޫއަޅުވާލާފައި ނިކުންނަން ތައްޔާރުވަމުން ދިޔަ ކަރުނައެވެ. ދެލޯ މަރާލުމާއި އެކު ކަރުނަތަށް އޭގެ މަގާމު ދޫކޮށްފައި ނިކުތެވެ.

***4 މަސް ކުރިން***

ކަޅު ކުލައިގެ ދޫހަރުވާޅަކާއި އެކު ފެހި ކުލައިގެ އަތް ދިގު ޓީޝާޓެއް ލައިގެން ފާހާނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ކްލާރާގެ މޫނުމަތީގައިވީ ހާސްކަމާއި ކަންބޮޑު ވުމެވެ. ފޯނު ހިފަހައްޓައިގެން ހުރި އިރު ހީވަނީ ކަމަކަން އިންތިޒާރު ކުރާހެންނެވެ. އަތުގައި އޮތް ފޯނު ސޯނާ ވުމާއި އެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް މޫނު ދޮންނަ ތަށިމަތީގައި އޮތް ޓެސްޓު ކިޓު ނެގިއެވެ.

ބަނޑުބޮޑު ކަމަށް އިއުލާން ކޮއްފައި އިން ޓެސްޓު ކިޓު ފެނި ކްލާރާއަށް ރޮވެން އުޅުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެ ފޯނު ނަގާ ނުހައިކްއަށް ގުޅާލިއެވެ. “އިކޫ… އައިމް ޕްރެގްނެންޓް” ކްލާރާ އުފަލާއި އެކު ބުންޏެވެ. “އޭނ؟ ކީކޭ؟؟؟” ނުހައިކްގެ އަޑު އެކޮޅުން އިވުނެވެ. އެއަޑުގައިވީ ހައިރާން ކަމެވެ. “އެބަ ދަން” ނުހައިކް ފޯނު ބޭއްވިއެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ކްލާރާ ހުރީ ނުހައިކްގެ އިންތިޒާރުގައެވެ. އިރުކޮޅެއްފަހުން ނުހައިކް ވަނެވެ. އެއާއި އެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ނުހައިކްގެ ހަށިގަނޑުގައި ބައްދާލިއެވެ. “އިކޫ… ލާރާ މަންމައަކަށް ވަނީ… އިކޫ ބައްޕައަކަށް ވަނީ… އަލްހަމްދުލިއްލާހި” ކްލާރާ އުފަލާއި އެކު ބުނެލިއެވެ. ނަމަވެސް ނުހައިކް އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“ކިހިނެތް ވީ؟” ކްލާރާ އެއްބުމަ ހިއްލާލިއެވެ. “ކިހިނެތް ހޭ ވީ؟ ކީއްވެ ލާރާ ބަނޑުބޮޑު ވީ؟” ނުހައިކްގެ އަޑުގައިވީ ހިތް ހަމަ ނުޖެހުމެވެ. އެސުވާލު އިވި ކްލާރާ ސިހުނެވެ. ނުހައިކް މިކިޔަނީ ކީކޭ ހެއްޔެވެ؟

“ކީއްވެ ޖަވާބު ނުދެވެންވީ؟ މަ މިއަހަނީ ކީއްވެހޭ ލާރާ ބަނޑުބޮޑުވީ؟ އަހަރެން ލާރާއާ އެކު ޕްރޮޓެކްޝަން ޔޫޒް ނުކޮށް އެއްދުހު ވެސް ގުޅުން ހިނގާފައި ނުވާނެ. ދެން ކީއްވެ ހޭ ލާރާ ބަނޑުބޮޑު ވާން ވީ؟” ނުހައިކް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. “ދެން ތިބުނީ ކީކޭ؟ އަހަރެން ބޭވަފާތެރިވީއޭ ތަ؟” ކްލާރާ ސުވާލު ކުރިއެވެ. “އާނ. އެހެން މިބުނީ” ނުހައިކް ސާފުކޮށް ބުނެލިއެވެ.

“ވާއު… ކައިވެނިކޮށް 5 އަހަރުވީ އިރު ތިއީ ތަ އިކޫ މަށަށް ކުރި އިތުބާރަކީ؟” ކްލާރާ ވެސް ހިތް ހަމަ ނުޖެހިއްޖެއެވެ. “ލާރާއޯ؟ ލާރާ ވެސް ވަކި ތެދުވެރިއެއް ނުވިއޭނުން؟” ނުހައިކް ހަރަމް ބަނދެލިއެވެ.

(ނުނިމޭ)

އަށްވަނަބައިގެ ތެރެއިން:

“އޭނ؟ ކީކޭ؟ ނުވާނެ ތިކަމެއް. އީވާންއާ ވިނާލްގެ ކައިވެނިކުރެވިގެން ނުވާނެ! އެކަން ދުވަހަކު ވެސް ވެގެން ނުވާނޭ!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 3

Next

ޖިންނި…

Next
October 1, 2025

ޖިންނި…

Previews
October 1, 2025

ހިތަކުން ނުދާނޭ ފިލާ 3

8 Comments!

  1. Aanaa says:
    October 1, 2025 at 7:57 pm

    Masha allah mi part vs vrh reethi
    Nuhaikkk..nuvaane dhw ehn bunaakah
    Assu nuhaik r lara r dhemedhu jehunu massala akii eii tha?noony dhemeehun dhemedhu ehn kmh othy tha?
    Vinaal vs e vhk buniyya rangalhu vaany..ehn nuny anehkaa ehn massala eh kurimathi vedhaane
    8vana baige therein kiyaafa vrh curious vehje.. Ehn e buny nuhaik tha nuny viaam tha or viaam ge kokko??!?
    Curiously waiting,,when next??
    Btw aneh site ah nuliyantha vhk eh dhn??? Mibuny vafaatheri maveeemey???eii e site in mihaar kiyey vhk thah
    Lyy🫶🏻

    1. shihaamaa ali shihaamaa ali says:
      October 1, 2025 at 8:44 pm

      Jazaakallah khairan dear 🫶🏻
      Keke maybe maybe not dhn balamaa dhww.. ya dhww maybe vinaal bunevess faane dhn balamaa.. next episode ga ingeyne kaaku kan ehn buny hehe.. next in sha allah on sunday
      Lyt
      Ya dhn no

  2. Your fav bab Your fav bab says:
    October 2, 2025 at 3:44 pm

    Vaa vaa salhi mi part ves👏👏👏👏
    Aslu vinaal then buneli nama dhw aslu dhiya reason! Eevan and eenal alhe ekani kuranjeheythrrr😭😭😭
    Viamm then kon visnumeh visnaakah? he is the one who doesn’t let his daughter marry anybody she wants!! Then ofcz even if her dad doesn’t allow her she’ll marry!!
    I actually really REALLYYY think viam is the one who did this to eenal😶😭
    Nuhaik tf???!??
    He doesn’t want kids??
    Why would he blame it on clara tho?? Ugh so rude vrh foohi vejje thi nuhaik eh dheke🙄
    Loved this part💗💗💗
    When next?
    Ly

    1. shihaamaa ali shihaamaa ali says:
      October 2, 2025 at 7:09 pm

      jazaakallah khairan dearrr 🫶🏻
      ikrrrr 🙁 true truee dhww.. hmm hmm neynge dhww.. dhn balamaa kaaku kan engeyne adhi fahun hehe.. nuhaik aslu rulhi aii kyhve kan vess engeyne adhi fahun stay tuned for sunday’s episode to find out .. lytt

  3. TAnoyMous76 says:
    October 3, 2025 at 4:37 pm

    Mi part vez vrh reethi
    MAASHA ALLAH
    WHEN’S NEXT SHIERRRRR?

    1. shihaamaa ali shihaamaa ali says:
      October 3, 2025 at 5:59 pm

      Jazaakallah khairan TAnoyMous76 in sha allah on Sunday☺️

  4. Leeeeeeeeen says:
    October 4, 2025 at 6:39 pm

    is the next part comming tmmrw?

    1. shihaamaa ali shihaamaa ali says:
      October 4, 2025 at 8:54 pm

      Labbaaaaa

Comments are closed.

Next Episodeހަންޖަރު 8←


All Right Reserved!