Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 6

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 29, 2025 4 Mins Read
8 Comments

“ނާލު ޔޫ އާރް ސޯ ކްރޫލް” އީނާލް ބޮލުގައި އަތުން ޖަހަމުން ވާހަކަ ދެއްކިއެވެ. “ނާލުގެ ސަބަބުން ދޮންބެ އެއުޅެނީ އެއްވެސް އުފަލެއް ނުލިބިގެން. ތިއީ ހާދަ އަމިއްލަ އެދުން ބޮޑު ކޮއްކޮއެކޭ” އީނާލް ބޮލުގައި ހިފާ ވާން ކޮއްލިއެވެ. “މަންމާ… ބައްޕާ… ނާލުއަށާއި ދޮންބެއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ތަ؟ ކީއްވެ ތަ ދޮންބެ އެހާ ބޯހަރީ މަންމާ؟؟ ބައްޕާ…؟” އީނާލަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ.

(6 ވަނަ ބައި)

ކޮޓަރިއަށް ވަދެ “ބަން” ކިޔާފައި އީވާން ދޮރު ޖެހިއެވެ. އެނދުމަތީގައި ހުރި ބާލީސްތަކާއި ރީތިވާ އެއްޗެހި އެތަން މިތަނަށް އުކަމުން ދިޔައެވެ. އައިސްފައި ހުރި ރުޅިވެރިކަން ކޮޓަރިއަށް ބާލަމުން ދިޔައެވެ. “އާހްހްހްހްހހ” އީވާން ބޮލުގައި އަތް އަޅާލަމުން ބާރަކަށް ހަޅޭ ލަވައިގަތެވެ.

***15 އަހަރު ކުރިން***

ހަވީރުގެ ހިތްގައިމު ވަގުތެވެ. އިރުގެ ރަންދޯދިތަށް ކަނޑަށް އެޅިފައިވާ މަންޒަރަކީ އެއްވެސް އިންސާނަކަށް ނަކަލު ކުރެވޭނެ ވަރުގެ ރީތި ކަމެއް ނޫން ކަން ކަށަވަރެވެ. ކުދި ކުދި ބަރަވެލި ތަކާއި ކަކުނިތަށް ވެލިގަނޑު މަތީގައި ދުވަމުން ދިޔަ މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ. ބަލާ ބަލާ ފޫހި ނުވާ ވަރުގެ މަންޒެކެވެ. ކުޑަ ކުދިންތަށް އަތިރި މަތީގައި ދުވެ ނަގަމުން ދިޔައީ އެއްވެސް ޙިޔާލެއް ފިކުރެއް ނެތިއެވެ. ދިރިއުޅުމުގެ އެއްވެސް ކަމަކާއި މެދު ނުވިސްނާ ހާލުގައެވެ. އެކުދިންގެ ތެރޭގައި އުމުރުން 5 އަހަރުގެ އީވާން ވެސް ހިމެނުނެވެ.

“މަންމާ ބަލާލަ” “ބިސްކޮލާޓާ” ތައްޓެއް ހިފައިގެން ދުވެފައިއައި އީވާން ބުނެލިއެވެ. “ރީތި ދޯ؟” ތަށި ތެރޭގައި އެކި ކުލަ ކުލާގައި ހުރި ބޮލިތަށް ދައްކާލަމުން އީވާން އަހާލިއެވެ. “ހެހެ. ލައްބަ ވަރަށް ރީތި” އީވާންގެ މަންމަ އީމާން ބުނެލިއެވެ. “ކޮއްކޯ… ދެން އަވަހަށް ނިކުމެބާ. ދޮންބެ ބޭނުން ކޮއްކޮއާ އެކު ބޮލި ހޮވަން” އީމާންގެ 7 މަހުގެ ބަނޑުގައި ފިރުމާލަމުން އީވާން ބުނެލިއެވެ.

“ހެހެ ދަރިފުޅޫ. އަދި ކޮއްކޮ އަންނަން ހާދަ ދުވަހެއް އޮބޯތޭ” އީވާންގެ ބައްޕަ މުހައްމަދު ބުނެލިއެވެ. “ދެން ކީއްވެ ތަ މިހާރު ކޮއްކޮއަށް ނާދެވެން ވީ؟” އީވާން ތުންކޮޅު އޫކޮށްލިއެވެ. “ދޫނީ… މަންމަ ބަނޑުގަ އޮވެގެން ދަރިފުޅުގެ ކޮއްކޮ ހެދި ބޮޑު ވަނީއޭ އެ. ދުނިޔެއަށް އާދެވޭވަރަށް ބޮޑުވީމަ ކޮއްކޮ އަންނާނީ” މުހައްމަދު ބުނީ އީވާންއަށް ވިސްނޭ ވަރަށެވެ.

“ދެން ދޮންބެއައީ ކިހިނެތް؟ ހަމަ އެހެން ތަ؟” އީވާން ޝައުގުވެރި ވެލިއެވެ. “ހެހެ ޔެސް” އީވާންގެ ކޮލުގައި ހިފާލަމުން އީމާން ބުނެލިއެވެ. “ހެހެ. ދަރިފުޅު ކޮން ކަހަލަ ކޮއްކޮއެއް ތަ ބޭނުމީ؟” އީމާން އަހާލިއެވެ. “ދޮންބެ ބޭނުމީ އަންހެން ކޮއްކޮއެއް” އީވާން ވިސްނާލާފައި ބުނެލިއެވެ. “އެހެން ތަ؟ އެހެން ވީއާ ދަރިފުޅު ވާނެ ވަރަށް ރަނގަޅަށް މި ކޮއްކޮ ބަލަން. އަންހެން ކުއްޖަކަށް ވީއާ އަދި އަމުދުން. އަންހެން ކުދިންނަކީ ވަރަށް މާތް ބައެއް. މަންމައާއި ބައްޕަ ނެތް ދުވަހަކުން ވެސް ދަރިފުޅު ވާނެ އިނގޭ މި ކޮއްކޮ ރައްކާތެރި ކޮއްދޭން؟” މުހައްމަދު ބުނެލިއެވެ.

“ޔެސް. ޕްރޮމިސް” އަންނާރު އޮށްކޮޅެއް ފަދަ ދަތްތަށް ދައްކާލަމުން އީވާން ހީލިއެވެ. އީވާންގެ ހަށިގަނޑުގައި އީމާން ބައްދާލީ އުފާވެފައެވެ. “ހިނގާ ދޯ މޫދަށް ދަމާ؟” އީވާންގެ ދަތްދޮޅީގައި ހިފާލަމުން އީމާން ބުނެލިއެވެ. އީވާން ބޯޖަހާލާފައި ދުއްވައިގަތެވެ.

***މިހާރު***

“ދޮންބެ ކޮއްކޮ ރައްކާތެރި ކޮއްދޭނަން. އެއީ މަންމައާއި ބައްޕައަށް ދޮންބެ ވީ ވަސިއްޔަތެއް. އެ ވަސިއްޔަތަކަށް ދޮންބެ ޙިޔާނާތްތެރިއެއް ނުވާނަން” ކޯތާފަތުގައި ހުރި ކަރުނަތަށް ފުހެލަމުން އީވާން ބުނެލީ އަޒުމުގައެވެ. ހީވާ ފަދައެވެ. އެއްވެސް ކަމަކާއި ހުރެ އީވާން އެކަމެއް ނުހުއްޓާނެއެވެ.

ދެނަމާދު ދޭތެރޭގެ ވަގުތެވެ. މަޤްރިބް ނަމާދުކޮށް ނިމި ސަލާމް ދިން އަޑު އިވުނެވެ. ފެހި ކުލައިގެ ގަމީހަކާއި ވަޅު ފެހި ކުލައިގެ ހިމަ ޓައީއަކާއި އެކު ކަޅު ކުލައިގެ ޖީންސެއް ލައިގެން ހުރި ނުހައިކް މިސްކިތުން ނިކުމެ ދިޔައީ ގެއާއި ދިމާލަށެވެ. އިރުގެ އަލިކަން އެކީ ވަނީ ފަނޑުވެފައެވެ. މަގުތަކުގައި ދިއްލާފައި ހުރި ބޮކީގެ އައްޔާއި އެކު ޖައްވުގައިވީ ހަމަ ހިމޭން ކަމެކެވެ. ސައިކަލުގައި ގެއަށް ދިޔަ ނުހައިކްގެ ހިތް ހަމަ ޖެހުމާއި އެކު ގެއަށް ދިޔައެވެ.

ގެއަށް ވައިން ނުހައިކްއަށް އިވުނު އެއަޑުން ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެވުނީ ގަންނާ ކުރެއްވީ ބިރުންނެވެ. ފާހާނާއަށް ވައިން އިރު ކަމަކުދާކަށް ނެތެވެ.

“ލާރާ…؟” ހޮޑު ލަމުން ދިޔަ ކްލާރާގެ އުނަގަނޑުގައި ފިރުމާލިއެވެ. ކްލާރާ ހޮޑު ލާ ނިމުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފެންތައްޓެއް ގެނެސްދިނެވެ. ކޯދޮވެލައިގެން ނިކުމެ އެފެންތަށި ކްލާރާ ބޯލިއެވެ.

“ކިހިނެތް ވީ؟ ބަލީ ތަ؟” ނުހައިކްގެ ސުވާލަކަށް ކްލާރާ ޖަވާބެއް ނުދިނެވެ. އެނބުރި ގޮސް އެނދުގައި އޮށޯތެވެ. “ބަލަ ލާރާއަށޭ މި ވާހަކަ ދައްކަނީ” ޓައީ ދޫކޮށްލަމުން ނުހައިކް ބުނެލިއެވެ. ކުއްލިއަކަށް ނުހައިކްގެ ހަރަކާތްތަށް ހުއްޓުނެވެ.

“ލާރާ…؟ ބަނޑު… ބަނޑުބޮޑީ ތަ…؟” ދެލޯ ބޮޑު ކޮއްލަމުން ނުހައިކް އަހާލިއެވެ. ކްލާރާ ފެށީ ހޭށެވެ. “އިކޫ. މޮޔަ ވާހަކަ ނުދައްކާ. އިކޫ މަށާއި އެކު ސްލީޕް ނުކުރާތާ 7 މަސް. ކިހިނެތް އަހަރެން ބަނޑުބޮޑު ވާނީ؟ ދެން ތިބުނަނީ އަހަރެން ބޭވަފާތެރިވީއޭ ތަ؟” ކްލާރާ ތެދުވެ އިށީނެވެ.

“ދެން…؟ ކީއްވެ ހޮޑު ލީ؟” ނުހައިކް އަހާލިއެވެ. “އަޅެ އަޖައިބެއް. ދެން އަންހެނަކު ހޮޑު ލީއާ އޭގެ މާނައަކީ އެ އަންހެނާ ބަނޑުބޮޑީ އޭ ތަ؟ ތިއީ ދެން އަރަތެއް އެކަމަކު” ކްލާރާ އެނދުގައި ހަމަ ޖެހިލިއެވެ. “އިކޫ ބުނާނެ އަހަރެންދެކެ ލޯބިވެޔޭ. އިކޫއަށް ކިހާ އެއްޗެއް ނޭނގޭ ދޯ އެކަމަކު؟ ލާރާ ރޯގާ ޖެހި ހޮޑު ލެވޭތީ މިއުޅެނީ އިއްޔެއިން ސުރެ. އަދި ކިރިޔާނުން ތި އެނގުނީ” ކްލާރާ ކަޅި އަނބުރާލިއެވެ.

“ސޮރީ… ބިޒީކަމުން…” ނުހައިކް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. “ހްމްމް. އަބަދުވެސް ބިޒީ. މަށަށް ޔަގީން ރައީސް ވެސް އިކޫއަށް ވުރެ ފްރީ ވާނެ” ކްލާރާ އެނދުގައި އޯށޯތެވެ. “ނޫން… ސޮރީ… ހިނގާ ޑަކްޓަރަށް…؟” ނުހައިކް ކްލާރާ ގާތުގައި އިށީނެވެ. ހަގީގަތުގައި ނުހައިކްއާއި އެކު ދާކަށް ކްލާރާ ބޭނުމެއް ނޫނެވެ. އެހެނަސް ހަށިގަނޑުގައި އަޅަމުން ދާ ވޭނުގެ ސަބަބުން އޭނާއަށް ކެއްވާވަރެއް ނޫނެވެ. ދާން އެއްބަސް ވީ އެހެން ވެގެންންނެވެ.

ކޮޓަރި ތެރެއަށް ހީވަނީ ތޫފާނެއް އައިސްފައިވާ ހެންނެވެ. ބާލިސް ތަކާއި ރަޖާ ގަނޑުވެސް ވަނީ އެގޮތް މިގޮަތަށެވެ. ބިންމަތީގައި ވެސް ހުރި އެއްޗެހި މަދެއް ނޫނެވެ. ފާރުގައި ލައްގަނެގެން އިން އީވާން އިނީ ދެލޯ މަރާލައިގެންނެވެ. މޫނުމަތީގައިވީ އިންތިހާ ކަންބޮޑު ވުމެވެ. ދިރިއުޅުން އޭނާއަށް މިކުރަނީ ކޮން ކަހަަލަ ސަމާސާއެއް ހެއްޔެވެ؟

ޙިޔާލުތަކުން އީވާންއަށް ނިކުމެވުނީ ފޯނު ރިންގުވާ އަޑަށެވެ. ނަގާ ހިތް ނުވި ނަމަވެސް ގުޅަމުން ދިޔައީ ވިނާލް ކަމުން އީވާން އަވަސް އަވަހަށް ނެގިއެވެ. “ވިވީ ކޮންތާކު އުޅިފަ ތިއައީ؟” ބޯ ގޮވާފައި އިނުމުން އީވާންއަށް ރޮވޭ ގޮތް ވިއެވެ.

“ސޮރީ… ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ…” ވިނާލް ވާހަކަ ފެށީ ދުރުދުރުންނެވެ. އީވާންގެ ހިތް ތެޅިގަތެވެ. އަނެއްކާ ކިހިނެތް ވީބާއެވެ؟ ވިނާލް ބޭވަފާތެރިވީ ބާއެވެ؟

“ގޭތެރޭގެ ކަމެއް. ދިމާ ވެލަން ބޭނުމީ…” ވިނާލް ބުނެލިއެވެ. “އޯކޭ. ކޮން އިރަކުން؟” އީވާން އަހާލިއެވެ. “ދަން ތަ ތިގެއަށް؟” ވިނާލް އަހާލިއެވެ. “ޔެސް، އާދޭ” އީވާން އެއްބަސް ވިއެވެ.

“ވާން… ވިވީ ސުވާލެއް ކޮއްލަން ބޭނުން…” ވިނާލްގެ އަޑު ކުރެހުނެވެ. “ޔެސް؟ ކިހިނެތް ވީ؟ ރޮނީ ތަ؟” ވިނާލްގެ އަޑުގައިވީ ވޭން އިވި އީވާން ހާސްވިއެވެ. “ވާން އަބަދުވެސް ބުނަމެއްނުން ދޯ ވިވީއާ އެކުގަ ވާނަމޭ؟ މިއީ ވާންގެ ލޯބީގެ ތެދުވެރިކަން ވިވީއަށް ދައްކަން އޮތް ދުވަސް…” ވިނާލް ނޭފަތް ދަމާލިއެވެ. “ވިވީ… ދޫނީ… އާދެބަ. އައިސް ވާހަކަ ދައްކާނީ” އީވާން ބުނެލިއެވެ. މިދަނީ ކަމަށް ބުނެ ވިނާލް ފޯނު ބޭއްވިއެވެ.

ކޮޓަރިން ނިކުމެ އެންމެ ފުރަތަމަ ވެސް އީވާން ދިޔައީ އީނާލް ވީތަނެއް ބަލާލުމަށެވެ. ނިދިފައި އޮތް އީނާލް ފެނި އީވާންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ލަސް ހިނގުމުގައި ގޮސް އީނާލް ގާތުގައި އިށީނެވެ.

“ނޫން ނާލު.. ނާލުގެ ސަބަބުން ދޮންބެއަކަށް އުނދަގުލެއް ނުވޭ. މިކަން މި ކޮއްދެނީ ވަކި މަޖުބޫރީއަކުން ވެސް ނޫން. ނާލުދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން. ނާލުއަށްޓަކާ ދޮންބެ ހުރިހާ އުފަލެއް ވެސް ގުުރުބާން ކުރާނަން” އީނާލްގެ ކޯތާފަތުގައި ފިރުމާލަމުން އީވާން ބުނެލިއެވެ.

(ނުނިމޭ)

ހަތްވަނަބައިގެ ތެރެއިން:

“ލާރާ ވަދޭ. އޮފީހުން ފޯނެއް އައިސްގެން..” ފޯނު ނަގަަމުން ނުހައިކް ދުއްވައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 12

Next

ތިޔައީ މަގޭ މިތުރާއޭ

Next
September 29, 2025

ތިޔައީ މަގޭ މިތުރާއޭ

Previews
September 29, 2025

އަބަދުވޭ ހިތުގާ މަގޭ 12

8 Comments!

  1. Snowflake says:
    September 29, 2025 at 9:23 pm

    Heyyy shiher… Maasha allah mi part vx vrh vrh reethi.. I fr want a brother like eevaan.. And Nukaik dhww.. I hope he’ll get better visnigenvx.. Vinaal keekeybaa kiyan eulheny.. cant wait for the next part.. Ur one of my fav Authors.. Lysssmmm❄

    1. shihaamaa ali shihaamaa ali says:
      September 29, 2025 at 9:43 pm

      Heyy snowflake.. jazaakallah khairan dear.. dhww aslu vess.. eevaan is the best hama.. hehe dhw let’s see dhw dhen vany kihineh tho.. let’s seee hehe next ep ga ingeyne vinaal kiyany keekey kan.. awwwhhhh jazaakallah khairan snowflake means so much.. ilytt🫶🏻🥹

  2. Aanaa says:
    September 30, 2025 at 12:45 am

    Masha allah mi part vs vrh reethi
    Sry for the lateee cmnt
    Eevaan ah vaanee kihineh veenaal evhk bunyma???
    Nuhaik alhe namakah tha laara r marry khgn e ulheny?wrk dhw nuhaik ah imp vy
    Curiously waiting
    When next??
    Lyyy

    1. shihaamaa ali shihaamaa ali says:
      September 30, 2025 at 9:55 am

      Jazaakallah khairan dear 🤍
      Hehe its okayys..haha lets see dhww.. nuhaik and laaraa dhwww😭 balamaa dhw dhen.. next in sha allah on wednesday
      Lyt

  3. UR FUTURE THUHTHA says:
    September 30, 2025 at 11:38 am

    Curiously waiting for next. can’t wait. Eeeeeeeeeeeeeeeeshhhhhhhhhhh♥️♥️♥️♥️♥️

    1. shihaamaa ali shihaamaa ali says:
      September 30, 2025 at 1:41 pm

      nex episode in sha allah tmrw stay tuned❤️

  4. NONNI_07 says:
    September 30, 2025 at 11:39 am

    CAN’T WAIT SHIHERRRRRRR FOR NEXT EPPP.🖤💚🖤💚

    1. shihaamaa ali shihaamaa ali says:
      September 30, 2025 at 1:42 pm

      jazaakallah khairan dearr stay tunedd next tmrw ❤️

Comments are closed.

Next Episodeހަންޖަރު 7←


All Right Reserved!