(1 ވަނަ ބައި)
ހެނދުނުގެ ވަގުތެވެ. 7 ޖަހަން 10 މިނިޓްއަށް ވީ އިރު އުމުރުން 19 އަހަރުގެ ޔޫއާ އިނީ ސިޓިންގް ރޫމްގައި ސައިތައްޓެއް ބޯންށެވެ. އަތުގައި ނޯޓް ފޮތެއް އޮތް އިރު އޭގައި ހުރި އެއްޗެއް އޭނާ ދިޔައީ ފަރުވާތެރި ކަމާއި އެކު ކިޔަމުންނެވެ. ”ސާބަހޭ ދޫންޔާ. ތި ފޮތް ލޮލުގަ ތަތް ކުރަންވީނުން؟“ އެވަގުތު ސިޓިންގް ރޫމްއަށް ނިކުން ޔޫއާގެ ދޮންބެ ޔޫއާން ހީލާފައި ސޯފާގައި އިށީނެވެ.
”ކިހިނެތްތަވީ؟“ ޔޫއާ ގަލަމާއި ފޮތް މޭޒުމަތީގައި ބާއްވާލިއެވެ. ”ދޮންބެ ނޫޅުނިއްޔަ ކިޔަވާކަށް. އެހެންވެ ޔޫ ކިޔެވޭތޯ މިއުޅެނީ. މަންމަމެންވެސް ބޭނުންވާނެ ދޯ ކިޔަވައިގެން ހުރި ކުއްޖެއް ހެހެ“ ޔޫއާ ދޫނެރެލިއެވެ.
”ނުކިޔެވީއާ ކީއްތަ؟ މިހާރުވެސް ދޮންބެ މިއުޅޭ އޮފީހުން ދޮންބެއަށް އެބަ ލިބޭ 20 ހާސް ރުފިޔާ. ދޮންބެގެ އަންހެނުންނާއި ދަރިފުޅަށް މީގެން ހަރަދު ދެވޭ“ ފޮނި ވެލާފައި ޔޫއާން ބުންޏެވެ.
”ހޫމް އެންމެ ރަނގަޅޭ. ކޮބާތަ ނާޔާ؟ ހޭލީ ތަ؟“ ހިނާޔާއަކީ ޔޫއާންގެ ދަރިފުޅެވެ. ”“ހޫމް ހޭލައޮބޮތް. ދާޔާ ފީޑު ކުރަނީ“ ޔޫއާން ބުންޏެވެ. އެއާއި އެކު ޔޫއާ އަށް އެރީ ވަރުގަދަ ފޯރި އެކެވެ. ވަގުތުން ސޯފާއިން ތެދުވިޔެވެ.
”އޭ ކީއްކުރަން ތިދަނީ؟“ ޔޫއާން ނިތް ހިއްލާލިއެވެ. ”ދެން ނާޔާ އުރާލަންށޭ“ ޔޫއާ ބުންޏެވެ. ”ނާޔާ އުރާނީ ފީޑްކޮށް ނިމުނީމަ ދެން ބަސް އަހައިގެން އިނދޭ. ދާޔާ މަވެސް ނެރުނީ ވިއްޔާ“ ތުންކޮޅު އޮޅާލާފައި ޔޫއާން ބުންޏެވެ.
”ހަހަ ދޮންބެއަށް ބްރެކްފާސްޓް ނުލިބެނީ ދޯ މިހާރު ބޭބީއެއް ލިބުނީމަ؟“ ޔޫއާ ހީގަންފައި ބުންޏެވެ. ޔޫއާ އެބުނީ ކީކޭކަން އެނގުމުން ވަގުތުން ޔޫއާންގެ މޫނު ރަތްވިޔެވެ. ”އަސްތާ ދޮންބެ އަށްވެސް ލަދު ގަންނަން އެނގޭ ތަ؟“ ޔޫއާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ”ހޭނެ ކަމެއް ނެތޭ“ ޔޫއާން ކުޑަ ކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ.
ކުޑަ ހިނދުކޮޅެއް ފަހުން 4 މަހުގެ ކުޑަ ކުޑަ ހިނާޔާ ގޮވައިގެން ޔޫއާންގެ އަންހެނުން ހިދާޔާ ނުކުތެވެ. ހިނާޔާ ފެނުމާއި އެކު ޔޫއާ ދުވެފައި ގޮސް ހިޔާނާ އުރާލިއެވެ. ”ހޫމް ދެންމެ އެނިކުތީ އިނގޭ ފީޑް ކޮއްގެން ދެން ހޮޑު ދުއްވާލާ ތަޅުވަ ތަޅުވާފަ“ ޔޫއާން ބުންޏެވެ.
”ޔޫއަށް އިނގެޔޭ ބޭބީޒް ގެންގުޅެން ދޯ؟ ޔޫ މާ މޮޅު ނާޔާ ގެންގުޅެން ނާޔާ ބައްޕިއަށް ވުރެ“ ޔޫއާ އާއި ބައިވެރި ވެލަމުން ހިދާޔާ ބުންޏެވެ. ”ހޫމް ދެމީހުން މަށާ ތޮޅެން ހިފާފަ ހުރި ދުހެއް ދޯ؟“ ޔޫއާން ތުން އަނބުރާލިއެވެ.
ހިދާޔާ ނުކުތުމުން އާއިލާ އެކުގައި ނާސްތާ އިންސާފު ކުރުމަށް އިށީނެވެ. ”ދަރިފުޅު ކޮބާ ކޮން އިރަކުން ޓެސްޓު އޮތީ؟“ ކެއުމުގެ ތެރެއިން ޔޫއާގެ މަންމަ ޔަޒީދާ އެއްސެވެ. ”މިއަދު 1 ޖަހާ އިރު“ ޔޫއާ ބުންޏެވެ. ޔޫއާ އަކީ އޭލެވެލް ކިޔަވަމުން ދާކުއްޖެކެވެ.
އަހަރަކީ ޔޫއާގެ ފަހު އަހަރު ވުމުން އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ނަމަވެސް ޔޫއާ ކުރަމުންދާ މަސައްކަތް ފެނި ގްރޭޑް 10 އަދި 11 ގައި ފަދައިން 12 ގައިވެސް ފާސްވާނެ ކަމުގެ އުންމީދުގައި ޔޫއާގެ މައިންބަފައިން ދެމިހުއްޓެވެ.
ސައިބޮއެ ނިމުމުން ކޮޓަރިއަށް ވަދެ ޔޫއާ ފޯނު ނަގާ ރިއާނާއަށް ގުޅާލިއެވެ. ރިއާނާ އަކީ ޔޫއާގެ އެންމެ ގާތް އެކުވެރިޔާއެވެ. ”ކޮބާ ރިއާ ރެޑީ ތަ؟“ ރިއާނާ ފޯނު ނެގުމުން ޔޫއާ އަހާލިއެވެ. ”އެހެން ކަމަށް. އާހް… މައި ހާޓް.. ހިތް ތެޅޭ ވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެން“ ރިއާނާ ބުންޏެވެ. ”ދޯ؟ ސޭމް.. އިންޝާ ﷲ ރަނގަޅުވާނެ ހެހެ“ ޔޫއާ ބުންޏެވެ.
ހަވީރު 4 ޖަހަން އުޅެނިކޮށް ޔޫއާ އާއި ރިއާނާ ޓެސްޓު ނިންމާފައި ސުކޫލް އިން ނުކުތެވެ. ބޮލުން ބޮޑު ބަރެއް ނެގެވުނު ކަހަލަ އިހުސާސެއް ދެކުދިންނަށްވެސް ކުރެވުނެވެ. ކުލާސް ކުދިންނާއި އެކު ޓެސްޓުގެ ވާހަކަ ދެއްކުމަށް އިރުކޮޅަކު ތިބެފައި ހުރިހާ ކުދިންތަށްވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ.
”ދަރިފުޅާ ކޮބާ ޓެސްޓު ކިހިނެތް؟“ ގެއަށް ވަދެގެންއައި ޔޫއާ ފެނި ސޯފާގައި ހިނާޔާ އުރައިގެން އިން ޔަޒީދާ އެއްސެވެ. ”އަލްހަމްދުލިއްލާހި ވަރަށް ބެސްޓު.. ނާޔޫ އާދެބަ ދޮންތި ގާތަށް“ ހިނާޔާ އުރާލަމުން ޔޫއާ ސޯފާގައި އިށީނެވެ. ”ދެން ދަރިފުޅު ފުރަތަމަ ދަގަ ޔުނީފޯމް ބަދަލު ކޮއްލަން“ ޔަޒީދާ ބުންޏެވެ. ”ދެން މަންމާ އިރުކޮޅަކުން ދާނަމޭ“ ޔޫއާ ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދު ކޮއްލައިގެން ޔޫއާ ދިޔައީ ޔަޒީދާއާއި އެކު ކެއުން ތައްޔާރު ކުރުމަށެވެ. ”ކޮބާ ދޮންބެ ދައްތަ؟“ ބަދިގެއަށް ވައިން އިރު ހިދާޔާ ފެންނަން ނެތުމުން ޔޫއާ އެއްސެވެ. ”ހޫމް އެދެމީހުން މިއަދު ބޭރަށް ކާން ދިޔައީ“ ޔަޒީދާ ބުންޏެވެ. ”އެހެންތަ؟ ނާޔާ ނިދީތަ؟“ ޔޫއާ އަހާލިއެވެ. ޔަޒީދާ ބޯޖަހާލިއެވެ.
ކުޑަ އިރުކޮޅެއް ފަހުން ހުމައިދު އައިސް ބަދިގެއަށް ވަނެވެ. ހުމައިދު ކާގެއަށް ވަނުމުން 3 މީހުން ކާން އިށީނެވެ. ”ބައްޕާ.. އަންނަ މަހުން އެބައިން އެމް.އެން.ޔޫ އިން ނާސިންގ ކޯހަކަށް އެޕްލައި ކުރަން ހުޅުވާފަ. އަޅުގަނޑު އެޕްލައި ކުރިޔަސް އެންމެ ރަނގަޅު ތޯ؟“ ޔޫއާ މަޑު މަޑުން ސުވާލު ކުރިއެވެ. ޔޫއާގެ ސުވާލާއި އެކު އައި ރުޅީގައި ހުމައިދު ސަމްސާ ތަށި މައްޗައް ދޫކޮށްލިއެވެ.
”ޔޫއާ ގާތު މަށަކަށް ނުބުނެވޭ ތަ އަންހެން ކުދިން އެވަރަށް ކިޔަވާކަށް ނުޖެހޭނޭ؟“ ހިތްހަމަ ނުޖެހިފައި ހުމައިދު އެހިއެވެ. ”ކާކު ތަ އެހެން ބުނީ؟ ކޮންތާކު އޮތް ފޮތެއްގަ ތަ އެހެން އިނީ؟ ޔޫ ބޭނުން ކިޔަވަން. ޔޫ ބޭނުން ނަރުހަކަށް ވާން..“ ޔޫއާ ބުންޏެވެ. ”ހެވޭ ބޭނުމަސް.. މިހާރު ތިހުރީ އޭލެވެލްވެސް ހެދިފައި. 19 އަހަރުވެސް ވެއްޖެ. ދެން ޔޫއާ ޖެހޭނީ މީހަކާ އިންނަން. އަންނަ ހަފްތާ ރަންކިޔުން ހަމަ ޖައްސާނަން. ބައްޕަ ރައްޓެހި ނާހިލްގެ ނިކްޔާންއާއި ކައިވެނި ކުރަން ތައްޔާރުވޭ!“ ހުމައިދު ބުންޏެވެ. އަދި ޔޫއާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ކާގެއިން ނިކުމެގެން ދިޔައެވެ.
(ނުނިމޭ)
ދެވަނަބައިގެ ތެރެއިން:
”ލަދުންނޭ؟ ނޯވޭ. ސަޕް ލިޓްލް ގާލް.“ ނިކްޔާން ޔޫއާ އާއި ކައިރި ވެލާފައި ޔޫއާ އާއި އެއްވަރަށް ތިރިވެލަމުން ބުންޏެވެ. ”ލިޓްލްއޭ؟ މިވެސް ބޮޑުވެފަ ހުރި އަންހެނެއް އިނގޭ؟“ ޔޫއާ ކަޅި އަޅާލަމުން ބުންޏެވެ. ”އެހެން ތަ؟ އަހަރެން ހީކުރީ އަދި 12 އަހަރު ކުއްޖެއް ކަމަށް“ ޔޫއާގެ ކޮލުގައި ހިފާލަމުން ނިކްޔާން ބުންޏެވެ. ”ޔޫ ބާސްޓާރްޑް“ ޔޫއާ ކަޅި އަޅާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Story fashaigen dhw thi genesdhenee!!
Btw cover pic vrh loabi💗💗💗
Thnx mi vaahaka mi site ga up kuraathee😁😁😁
Lysm
When next?
labba
jazaakallah khairan dear 🫶🏻
hehe baarakallah feekum 🫶🏻
next ep in sha allah on friday
Dhe site ah vaahaka upload nukureveyne tha??
maybe, maybe not
Tae n Irene wow what a couple🩷🩷❤️❤️❤️❤️
hehe
yooaa doesnt need a husband she needs a new father
heheh