Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 5

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 23, 2025 4 Mins Read
6 Comments

އީވާން އީނާލްދެކެ ވާލޯބި އެނގިފައި ނުހައިކްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ކީއްވެ ތަ ކިނބުލެއްހެން ތި ހެނީ؟” އީވާން ކަޅި އަޅާލިއެވެ. “ކިހިނެތް އަހަރެން ހަދައިދޭން ވީ؟ އަހަރެން އެހީވެދޭނަން” ނުހައިކް ބުނެލީ އަޒުމާއި އެކުއެވެ.

(5 ވަނަ ބައި)

“ސީރިޔަސް؟” އީވާން އަހާލީ ޔަގީން ކޮއްލާފަދައިންނެވެ. “ޔެސް. ސީރިޔަސް” ނުހައިކް ހިނިތުންވެލިއެވެ. އީވާން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ފޯނު ހުޅުވާލާފައި މޭޒު މަތީގައި ބާއްވާލިއެވެ. “މިޔޯ؟” ނުހައިކް ފޯނަށް ރީތިކޮށް ބަލައިލިއެވެ.

“ތިއީ އެމީހަކީ” އީވާން ދުރުބަލައިލިއެވެ. “އޭނ؟ ކީކޭ؟ ކިހިނެތް؟ މިއީ ކޮންތާކުން ހޯދި ކުރެހުމެއް؟” ކުރެހުމުގައި ފެންނަން އިން މެދުއުމުރުގެ ފިރިހެން މީހާއަށް ބަލަން އިނދެ ނުހައިކް އެއްސެވެ.

“ނާލު ވަރަށް ރީތިކޮށް ކުރަހާނެ. ނާލުއަށް ފެންނަ މަންޒަރެއް ކުރަހާލުމަކީ އެއްވެސް ކަމެއް ނޫން. ތިއީ ނާލުގެ ކުރެހުމެއް” އީވާން ބުނެލިއެވެ. “މިއީ އަސްލު ވަރަށް ބޮޑު ކުރިއެރުމެއް. އިންޝާ ﷲ އަހަރެމެންނަށް މިކަން ވާނެ” ނުހައިކް ބުނެލީ ހިތްވަރުދޭ ރާގަކަށެވެ. އީވާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. “އިންޝާ ﷲ ވާނެ”

ކޮޓަރި ތެރޭގައިވީ ކަނު އަނދިރިކަމެވެ. ހުރިހާ ބޮތްކެއް ނިވާލާފައިވީ އިރު ފަންކާ އެނބުރޭ އަޑާއި ކޮޓަރި ތެރޭގައި ޖަހާފައި ހުރި ބަޤަރާ ސޫރަތުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެޔެވެ. ސީލިންގާއި ދިމާލަށް ބަލަން އޮތް ވިނާލްގެ މޫނު މަތީގައި އެއްވެސް އިހުސާސެއް ނެތެވެ. މަރު މައްޔިތެއް ފަދައެވެ. ދުވަހަކު އުފަލެއް ލިބުނު ފަރާތެއްހެން ހީވެސް ނުވެޔެވެ.

ފުންނޭވާއެއް ދޫކޮށްލާފައި ވިނާލް ތެދުވިއެވެ. އެނދުން ފައިބައިގެން ކޮޓަރިން ވެސް ނިކުތެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް ޖެހިގެން އިން ކޮޓަރިއަށް ވަނެވެ. ވިނާލްގެ ހަރަކާތްތަށް ފެނުނު ވާއިލްއަށް ތެޅިގަނެފައި ވިނާލް ފަހަތުން ދެވުނެވެ.

ކޮޓަރި ދޮރު ހުޅުވާލިލެއް ބާރު ކަމުން އަނެއްކޮޅުގައި ކޮޓަރި ދޮރުގެ ތަޅު ޖެހިފާ އަނެއްކާ ދޮރު ލެއްޕެން އުޅުނެވެ. އެއްއަތް ހިއްލާފައި ވިނާލް ދޮރު ހުޅުވިއެވެ. އެނދުމަތީގައި އިށީނދެގެން އިން ވިއާމް ކަޅި އަޅާލިއެވެ. ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިން ނީރާ ތެދުވީ ވިނާލް ހުއްޓުވުމަށެވެ. “ބައްޕަ ނުގަބޫލަސް ވަރިހަމަ. ވިވީ ވާންއަށް ކަައިވެނި ކުރާނަން!” ވިނާލް ބުނެލީ އަޒުމުގައެވެ.

ވިނާލްގެ ޖުމްލަ އިވި ވިއާމްއަށް އެރީ ކޮންކަހަލަ ބާރެއް ކަމެއް ވެސް ނޭނގެޔެވެ. މަޑުމަޑުން އިނދެފައި ކުއްލިއަކަށް ތެދުވެ ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ވިނާލްގެ ކަންކަށިމަތީގައި ޖެހިއެވެ.

“ތިއީ ތަ އަހަރެން ކަލޭ ބަލާ ބޮޑު ކުރި ގޮތަކީ؟ ކަލޭތި ކާކު މަގޭ ކުރިމަތީ ފުއްޕަން އޭނ؟ ހަނދާން ކުރާތި. މިއަދުން ފެށިގެން މިގެން ބޭރަށް ކަލޭ އެންމެ ފިޔަވަޅެއް އެޅިޔަސް ހުރިހާ ހުޅުތަކެއް ބިންދާލާނަން! މަމީ ފިސަހައިރި ނުބައި މީހެއްކަން ދައްކާލާނަން!!” ވިއާމް ހުރީ ރުޅި އައިސްގެން ރޫރޫ އަޅާހާލުގައެވެ.

“ބައްޕާ!” ދުރުގައި މަންޒަރު ބަލާކަށް ވާއިލްއަކަށް ނުހުރެވުނެވެ. “ކީއްވެ ތި ޖެހީ؟ އުމުރު ދުވަހު ވެސް ބައްޕަ ތިއީ އަހަރެމެންނަށް އަނިޔާ ކުރި މީހެއް ނޫން. އަހަރެމެން ބޮޑުވެ މީހުނާ އިންނަ ވަރުވީމަ ތަ އަނިޔާ ކުރަންވީ؟” ވާއިލް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

“ކަލޭ ތަ ވިނާލް ބަލާ ބޮޑު ކުރީ؟ ކަލެއަށް ތަ އެނގޭނީ ވިނާލްއަށް ހަދާނެ ގޮތެއް؟ ކަލޭ ތިވަރަށް ފުއްޕާނީ މަގޭ މަރުވާ ދުވަހަކުން. އަދި މައިތިރި ވެގެން ހުރޭ” ވިއާމްއާއި ވާއިލްގެ ޒުވާބު ހޫނުވާތީވެ ނީރާގެ ހިތް “ޑަން ޑަން” ލަމުން ދިޔައެވެ.

“ވާ ހެޔޮ ދަރިން މަށަށް ލިބިފަ މިތިބީ. ދޭތިން ކުރެ އެކަތި ވެސް ދެން މިގެއިން ނިކުމެގެން ނުވާނެ. ނިކުތީއާ ދެން އަލުން މިގެއަށް ވަދެގެން ނުވާނެ!” ވިއާމް ކޮޓަރިން ނިކުމެގެން ދަމުން ބުނެލިއެވެ.

ހަވީރުގެ ވަގުތު ކަމުން މަގުތަކުގައިވީ ހިތްހަމަ ޖެހުމާއި އަމާން، އޮމާންކަމެވެ. ދޫނި ސޫފި ގޮވާ އަޑު އަޑުގެ އިތުރުން ކުޑަ ކުދިން ސަކަރާތް ޖަހާ އަޑު އަޑު ވެސް ހުއްޓުމެއްނެތި އިވެމުން ދިޔައެވެ. ކަޅު ކުލައިގެ ސޯޓަކާއި އެކު ކަނޑު ނޫކުލައިގެ ޓީޝާޓެއް ލައިގެން ގޭ ޖޯލި ފަތީގައި އޮތް އީވާން އޮތީ ދެލޯ މަރާލައިގެންނެވެ. ފޯނު ކަންފަތާއި ކައިރި ކޮއްގެން އޮތް އިރު ހީވަނީ ކޮންމެވެސް މީހަކާ ގުޅަނީ ހެންނެވެ.

“ތިޔަ ގުޅުއްވި ނަންބަރު މިވަގުތު ވަނީ ނިވާލާފަ. ފަހުން ގުޅުއްވާލައްވާ…” މިފަހަރު ވެސް ލިބުނީ ހަމަ އެޖަވާބެވެ. ފޯނު ކަންފަތާއި ދުރު ކޮއްލާފައި ފޯނާއި ދިމާލަށް ބަލައިލިއެވެ. “މައި ލަވް” ގެ ނަމުން ސޭވް ކޮއްފައި އިން ވިނާލްގެ ނަންބަރަށް އީވާން ގުޅިމިއީ 12 ވަނަ ފަހަރެވެ. ކޮންމެ ފަހަރަކު ވެސް ލިބުނީ ހަމަ އެޖަވާބެވެ.

“އަނެއްކާ ކަމެއް ވީ ބާ؟” ވިނާލްއަކީ ނިދަން އޮށޯންނަމުން ވެސް ފޯނު ނިވާލާ ކުއްޖެއް ނޫނެވެ. ދެން މިއަދު ފޯނު ނިވާލާފައި އޮތުމުން އީވާން ހަގީގަތުގައި ވެސް ހައިރާން ވިއެވެ.

“ކިހިނެތް ވީ ބިމަށް ތުން ހަރައިގެން ތީނީ؟” އެވަގުތު ގެއިން ނިކުން އީނާލް އަހާލިއެވެ. ކަޅު ކުލައިގެ ހޫޑީއަކާއި އެކު ކަޅު ކުލައިގެ ޖީންސްއަކާއި އެކު ކަޅު ކުލައިގެ ވަށް ބުރުގަލެއް އަޅައިގެން ހުރި ވިނާލްގެ މޫނު ފެންނަނީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. މޫނު މަތީގައި އެއްވެސް މޭކަޕެއް ނެތް އިރުވެސް ހައިރާން ވާހާ ރީތި ކަމެކެވެ.

“ބިމަށް ތުން ހަރައިގެން ތަ މީނީ؟ ނުދެނަ ހުރިން” އީވާން ހީލިއެވެ. އީވާންގެ އެކަންބޮޑު ވުން އީނާލްއަށް ދައްކާކަށް އީވާން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.

“މިއަދު ބޭރަށް ނުދަނީ ތަ؟” އީވާން އަވަހަށް ވާހަކަ އޮޅުވާލިއެވެ. “ޔާ. ދެން ނާލު ވެސް އެކަނިވީނުން. ރުކާންއާއި ލާލަ ވެސް ދެން މާ ހިންގަން ފަށައިފި ވިއްޔާ” އީވާން ގާތުގައި އިށީންނަމުން އީނާލް ބުނެލިއެވެ.

“އޭނ؟ ތިބުނީ؟” އީވާންއަކަށް ސާފެއް ނުވިއެވެ. “މިބުނީ އެދެމީހުން ރައްޓެހިވީއޭ” އީނާލް ބުނެލިއެވެ. “އޯ އެމް ޖީ. ދެން ނާލު ވެސް ބިޓެއް ހޯދަން ވީނުން؟”

“އައްޗީޑި. ނޫޅެން. ދެން ޔަކް. ފިރިހެނުންދެކެ ވަރަށް ފޫހިވޭ. އެމީހާ ވެސް ހީވަނީ މީހަކާ އިނދެ ދަރިން ލިބިފަ ހުރި މީހެން ހެން.. އެކަމް ވެސް އޭނާ ނާލު…” އީނާލްގެ އަޑު ކުރެހުނެވެ.

“ސޮރީ…” އެހެން ބުނެވުމުން ހަގީގަތުގައި ވެސް އީވާންގެ ހިތަށް ތަދުވިއެވެ. “ހެހެ އިޓްސް އޯކޭ. ދޮންބޭ. ނާލު ވާހަކައެއް ބުނަން ބޭނުން” އީނާލް ބުނެލިއެވެ. “ދޮންބެ ދެން އޭނަ ހޯދުން ހުއްޓާލަން ވީނުން؟” އިނގިލިތަކާއި ކުޅެން އިނދެ އީނާލް ބުނެލިއެވެ.

“ކީކޭ؟” އީވާންއަށް ކޮޅަށް ތެދުވެވުނެވެ. “ކީއްވެ؟ ކީއްކުރަން؟ ކޮބާ ސަބަބަކީ؟ ކީއްވެ ދޮންބެ މިކަން ހުއްޓާލަން ވީ؟ ކީއްވެ؟ ކޮއްކޮގެ ހިތުގަ އަޅާ ވޭނޯ؟ ކޮއްކޮ ތިރޯ ރުއިމޯ؟ ދޮންބެ އަހަމޭ ރޭގަނޑު ކޮއްކޮ ރޯއަޑު” ހިތްހަމަ ނުޖެހިފައި ހުރުމުން އީވާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“ދޮންބެއަކަށް އޭނައެއް ނުފެނުނޭނުން؟ ދެން ކީއްކުރަން؟ ދޮންބެ މީހަކާ ނީންނަން ތިހުރީ ވެސް އެހެން ކިޔާފަ. ދޮންބެ ވީވީއާ ކައިވެނި ކޮއްބަ. ފަހަރިއެއް ލިބުނީމަ ނާލު ކިހާ އެކަނިވެރިކަން ފިލާނެ؟ އޭރަށް ވެސް މިކަމުން އަރައިގަނެވިދާނޭނުން؟ ޕްލީޒް ދޮންބޭ. ނާލު ބޭނުމީ ދެން ދިރިއުޅުމައިގެން ކުރިއަށް ދާން. ނާލު ބޭނުމީ ދެން އުފަލުގަ އުޅެން. ފަހަތަށް ބަލަމުން ކިހިނެތް ކުރިއަށް ހިނގާނީ؟ ނާލުއަކަށް ދެން ނުވާނެ މިކަމެއް” އީނާލްގެ އަޑު ކުރެހުނެވެ.

“އެހެންވެގެންނޭނުން މިބުނަނީ ދޮންބެ މިކަމެއް ނުހުއްޓާނަމޭ؟ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮއްލަން ކެރުނު މީހަކު އަތުލާފަ ނޫނީ މި އީވާން މުހައްމަދެއް ހުއްޓާ ނުލާނަން. ސާފު؟” އީވާން ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ގޭތެރެއަށް ވަނެވެ.

“ނާލު ޔޫ އާރް ސޯ ކްރޫލް” އީނާލް ބޮލުގައި އަތުން ޖަހަމުން ވާހަކަ ދެއްކިއެވެ. “ނާލުގެ ސަބަބުން ދޮންބެ އެއުޅެނީ އެއްވެސް އުފަލެއް ނުލިބިގެން. ތިއީ ހާދަ އަމިއްލަ އެދުން ބޮޑު ކޮއްކޮއެކޭ” އީނާލް ބޮލުގައި ހިފާ ވާން ކޮއްލިއެވެ. “މަންމާ… ބައްޕާ… ނާލުއަށާއި ދޮންބެއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ތަ؟ ކީއްވެ ތަ ދޮންބެ އެހާ ބޯހަރީ މަންމާ؟؟ ބައްޕާ…؟” އީނާލަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ.

(ނުނިމޭ)

ހަވަނަބައިގެ ތެރެއިން:

ގެއަށް ވައިން ނުހައިކްއަށް އިވުނު އެއަޑުން ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެވުނީ ގަންނާ ކުރެއްވީ ބިރުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތުގެ ރިހުން (30)

Next

އެދިގެން ކަލާ ލިބޭތޯ 13

Next
September 24, 2025

އެދިގެން ކަލާ ލިބޭތޯ 13

Previews
September 23, 2025

ހިތުގެ ރިހުން (30)

6 Comments!

  1. Aanaa says:
    September 23, 2025 at 10:57 pm

    Masha allah mi part vs vrh reethi🫶🏻
    Alheyyy viaam haadha goaheyy
    Viaam vrh close viehnu eyna ge patient akaaa
    Aanaa ah vrh hiivey viaam hen eenaal r*** kuryyy????ehn viyya eevaan vinaal r marry kuraanehn hiyeh nuvey,,maybe kohfaane
    Eenaal ge sababunneh nuney,,,,naalu eii selfish kuhjeh nuneyyh😭
    Sooo curious ingey
    BTW mail kohlaafa ihnaane imp ehcheh
    Curiously waiting
    When next???
    Lyyy🫶🏻

    1. shihaamaa ali shihaamaa ali says:
      September 24, 2025 at 2:29 pm

      jazaakallah khairan dear
      hehehehehe neynge dhww dhen.. balamaa dhen vany kihineh thoaaa
      😭😭😭😭😭😭😭
      next in sha allah on monday stay tuned
      lyt

  2. Typeleter6835 says:
    September 24, 2025 at 7:40 am

    This part is also nice
    When’s next

    1. shihaamaa ali shihaamaa ali says:
      September 24, 2025 at 2:29 pm

      jazaakallah khairan dear
      next in sha allah on monday stay tuned

  3. Your fav bab Your fav bab says:
    September 24, 2025 at 4:00 pm

    Alhe nuhaik ah heyn ves engeny kibuleh hen tha🤣🤣🤣🤣
    Eenaal I feel so bad for her😭😭😭
    Firihenun dheke ehkoh foohi vee dhw!!
    She needs a man not a boy
    Viaam ah SUS kuran ingey!! Eenal ge kanthakaa!!
    Alhe fahe viam ah tha engenee eynage dharin inna meehun??
    BTW loved this part❤️
    When next?
    Sorry comment eh nukurevi Gina dhuvas veema! Then mid term break eh libunu avahah rashun filee viyya😅😅
    Lysssm and tc💕

    1. shihaamaa ali shihaamaa ali says:
      September 25, 2025 at 12:00 pm

      hahahaha 🤣
      dhwww i feel so bad for her tooooo :((((((((
      hmmm hehe balamaa dhwww dhenn
      jazaakallah khairan dearr
      hehe its okay it happensss
      lyt tc 2

Comments are closed.

Next Episodeހަންޖަރު 6←


All Right Reserved!