Skip to content
އެސްފިޔަ
PRO · MVR 2.00

އަބަދުވޭ ހިތުގާ މަގޭ 12

ގޭތެރެއަށް ވަދެގެން އައި ނިކާލްގެ މޫނުމަތީގައި ކުރެހިފައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ނިކާލް އެތެރެއަށް ވަނެވެ. އޭރު ޔަލީޝާ އިނީ ޖޯލި ފަތީގައެވެ.
“މަންމާ” ނިކާލް ގޮވާލީ ވަރަށް ލޯބިންނެވެ. ނަމަވެސް ނިކާލާއި ދިމާލަށް ޔަލީޝާ ބަލައިވެސް ނުލިއެވެ. އެމަންޒަރު ގޭ ދޮރާށި ކައިރީ ހުއްޓުނު ޔީޝާއަށް ވެސް ފެނުނެވެ. “މަންމާ.. މިއޮތީ މަންމައަށް އަޅުގަނޑު ގެނެސްދިން ހަދިޔާއެއް” ނިކާލް އަތުގައި ހުރި ކޮތަޅުތަށް ޔަލީޝާއަތަށް ދިނެވެ. ނިކާލް ހީކުރި ގޮތާއި ޙިލާފަށް ޔަލީޝާ އޭގައި ހިފިއެވެ.
(12 ވަނަ ބައި)
“މަންމަ މޫނު ބުރުގާ އަޅާ ހިތްވާ ވާހަކަ ދެއްކި އަޑު އިވުނީ މަ އަޅުގަނޑު މަންމައަށް މިގަނެދިނީ. ލޯބި ދޯ؟ ބަލާލަބަ ހެޔޮވަރު ތޯ” ނިކާލް އުފާވެލާފައި ބުނެލިއެވެ. އެއީ ޔަލީޝާ ނިކާލް ދިން އެއްޗެއްގައި ހިފި ފުރަތަމަ ފަހަރަށް ވުމުން ނިކާލް ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް…
އޭގައި އޮތް ބުރުގާއާއި މޫނު ފޮތި ކޮޅު ނަގާ ޔަލީޝާ ވީދާލިއެވެ. އެމަންޒަރު ފެނި ޔީޝާ ހައިރާން ވިއެވެ. އެހާ ލޯބިން ދިނީމައި އެ ހަލާކު ކޮއްލީ ކީއްވެގެން ހެއްޔެވެ؟ ދެން ޔަލީޝާ ތެދުވެ ނިކާލްގެ ކަންކަށި މަތީގައި ޖެހި…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.