އެހިސާބަށް ވާހަކަ ދިޔައިރު ވަހީދާ އެނދުމަތި ކުރެވިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ފަޔާޒް އެކޮޓަރިން ނުކުތީ ދެލޯ ނިއްކުރި މައްޗަށް ލައިގެން ހުރެއެވެ. މީހާ ވަނީ ހާސްވެފައެވެ. ނިއްކުރިމަތިން ފެންނަމުން ދިޔަ ދާ ތިކި ތަކުން ފަޔާޒް ހާސް ވެފައިވާ މިންވަރު ރަގަޅަށް ސިފަވަމުން ދިޔައެވެ. އަނގައިން އެއްވެސް ބަހެއް ނުބުނެ އޭނާއަށް އެހެން ހުރެވުނީއެވެ. ކަރު އެލުވާލައިގެން ހުރި ފަޔާޒްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ފަޔާޒަށް ވެފައި ހުރިގޮތް ފެނި ކަމެއް ގޯސް […]
“ދެން އެންމެ ރަގަޅު ކޮއްކޮ ދިޔަޔަސް…. ބޭބެ މިތާ މަޑުކޮށްލާނަން…” ފުއާދު މިހެން ބުނުމުން ފަޔާޒް މަޑުނުކޮށް ހިނގައިގަތީ ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރިއާއި ދިމާލަށެވެ. ޝިޔާނާގެ ހާލު އަދިވެސް ހަމަ އެފަދައެވެ. ކިރިޔާ ލޯހުޅުވި ހޭ އަރާ އިރަށް ސްޓްރޯކު ޖެހެނީއެވެ. އެހެން ކަމުން މިހާރު ޝިޔާނާ ބާއްވަނީ ނިދާ އިންޖެކްޝަން ޖަހާ ނިންދަވާފައެވެ. 5 ދުވަސް ވުމުން ކުރިން ކުރި ހުރިހާ ސްކޭންތަކާއި ޓެސްޓުތައް ތަކުރާރު ކުރުމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބަދަލުވުން ދުވަސްތައް ފާއިތުވަމުން […]
ފާޔާޒް ފުއާދަށް ހިއްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް މާތް ﷲގެ އިރާދަފުޅުން ރަގަޅު ވަމުންދާނޭ ކަމަށް ބުނުމަށްފަހު ހޮސްޕިޓަލުން ނުކުތުމަށް މިސްރާބު ޖެހިއެވެ. ޖީބުގައިވާ ފޯނު ރިންގުވާން ފެށުމުން ފާޔާޒް ފޯނު ނެގިއެވެ. އެ ކޮޅުން އެގުޅީ ނާއިފެވެ. “ހަލޯ!… އަވަހަށް އާދެބަލަ…. މަށަށް މިއިންވެސްޓިގޭޝަންގެ ދެވަނަ ޓާގެޓް އެނގިއްޖެ….މަމީނީ ފަޔާޒް ކާރުކައިރީ…” ފަޔާޒް ނާއިފްގެ ކޯލު ކަނޑާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ފަޔާޒުގެ ކާރު ޕާރކު ކޮށްފައިވާ ޒޯނަށް ދިޔުމަށް ހިނގައިގަތެވެ. […]
“އަޅުގަނޑުގެ ނަމަކީ ނާއިފް….ވަރަށް ބޮޑަށް ޝުކުރިއްޔާ” ނާއިފް ޝާޑްއާއި އަތްގުޅާ ސަލާމްކޮށްލިއެވެ. އެ އޮފީހުން ނުކުމެ ފަޔާޒްއާއި އެކު ކާރަށް އަރަން ދެމީހުން އެކުގައި ހިނގައިގަތެވެ. އަދި ކާރުގެ ސީޓް ބެލްޓް އަޅަމުން ފަޔާޒް ނާއިފްގެ ދަޅު ދިއްކޮށްލިއެވެ. “އެ ދަޅު އެއްކޮށް ދަމާލީތަ؟…. ހެހެހެ… އެތާ ތެރޭ ހުރީ އެއްކަލަ ބޯދިގުކޮށްފަ ހުރި ސޮރު… އެއީ އޮފީހެއް… މަމިއައީ ދޮގެއްހަދާފަ އެ ކުންފުނީގެ ޕޯޓްފޯލިއޯ ހިފައިގެން….” ނާއިފްގެ ވާހަކަ މިހިސާބަށް ދިޔައިރު ފަޔާޒް ކާރު ސްޓާޓް […]
ވީޑިއޯ ކްލިޕް ނިއްވާލުމަށްފަހު ފަޔާޒަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ އެކުވެރި ނާއިފަށެވެ. ދެމީހުންވެސް ތިބީ މިފެނުނު މަންޒަރުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކޮށްފައެވެ. ޝިޔާނާގެ ހަޔާތުގައި ހިނގަމުންދާ ތޫފާނުގެ އޮއެވަރުގެ ބާރުކަން އިހްސާސްވެ މި ތޫފާނަށް ނިމުމެއް ގެންނައުމަށް ދެމީހުން އަޒުމް ކަނޑައެޅިއެވެ. ގޮނޑިން ތެދުވެ ލެޕްޓޮޕް ގެ ސްކްރީން ލައްޕާލަމުން ފަޔާޒް ބުންޏެވެ. “މި ކޭސް އިތުރަށް އިންވެސްޓިގޭޓް ކުރަން ލަސްނުކޮށް އަހަރެމެން ޝިޔާނާގެ ގެއަށްދާން ފެނޭ” ނާއިފްވެސް ފަޔާޒް ދެއްކި ވާހަކައަށް […]
ފަޔާޒް ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަ ހޯދަން ޝިޔާނާ އެއަރޕޯޓަށް އަންނާނެ ކަމަކަށް ފަޔާޒް އުންމީދެއް ނުކުރެއެވެ. “ނާއިފް، ވަރަށް ބޮޑަށް ސޮރީ… އަހަރެން އެކޮޅަށް ދިޔައިރު މަންމަގެ ހާލު ވަރަށް ސީރިއަސް… އަނެއްކޮޅުން ޔުނިވަރސިޓީއަށް ވަނުމަށް ފޯމު ފުރުމާއި އިންޓަރވިއުތަކުގައި އަވަދިނެތި އުޅެން ޖެހުނީ….. ދެތިން މަސް ފަހުން މެއިލް ޗެކް ކުރަން ބެލިއިރު އަހަރެންގެ އީމެއިލް އައިޑީ އިނީ ހެކްކޮށްފައި… ސޯ.. އާ އައިޑީއެއް ހެދީ… ޝިޔާނާގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފަ އޮތީ….” ފަޔާޒް […]
ފަސްޓް ފްލޯރގެ އޮފީސް ބަޔަށް ވައިން އިރު އޮފިސަރ އައިންތު ފެނުމުން ފަޔާޒް ނާއިފް ކޮބައިތޯ ސުވާލުކޮށްލިއެވެ. އައިންތު މުޅި އެ ކޮޓަރިތެރެއަށް ކަޅި ހިންގާލުމަށް ފަހު ބުންޏެވެ. “ދެންމެ މިތާ އުޅުއްވި؟… ސަރ.. އަޅުގަނޑު ބްލަޑް އަދި ޔޫރިން ސާމްޕަލް ނަގާ އިންވެސްޓިގޭޝަނަށް ފޮނުވައިފިން…. މާދަމާ ހެނދުނު ފަޔާޒް ސަރ ދުރުވަންވާއިރަށް ބަޔާންވެސް ނިންމާލާނަން” ފަޔާޒް ފަސް އެނބުރުނީ ފޯނުނަގާ އަނެއްކާވެސް ނާއިފަށް ގުޅާލަމުންނެވެ. އެވަގުތު އެ ކޮރިޑޯގެ އަނެއް ފަރާތުގައި ހުރި ކުށްވެރިން ބަހައްޓާ […]
ފުލުސް އޮފީހުން ނުކުމެ ރޭބަން އަވި އައިނު އަޅާލުމަށް ފަހު ޖީބުން ނެގީ އޭނާގެ ‘ޓޮޔޯޓާ އައުރިސް’ ހުދު ކާރުގެ ތަޅުދަނޑިއެވެ. ކާރު ޕާކުކޮށްފައި އޮތްހިސާބަށް އަރާ ހަމަވުމުން އެ ތަޅުދަނޑީގެ ސްވިޗަށް ފިތާލާ ކާރުގެ ލޮކް ހުޅުވާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ސީޓްބެލްޓް އަޅުވާލިއެވެ. ކާރު ސްޓަރޓް ކޮށްލުމަށް ފަހު ގިޔަރަށްލާ ކާރު ޕާކިންގް ޒޯންއިން ނެރުނެވެ. އަދި ގިޔަރު ބަދަލުކޮށްލުމަށް ފަހު ބާރު ސްޕީޑެއްގައި ކާރު ދުއްވާލީ މައިމަގާ ދިމާލަށެވެ. […]
“އަސްލުވެސް މަތީނު ޝިޔާނާގެ ކޮއްކޮ ހާދަ ރީއްޗޭ…. ހުންންން… މި ކޮފީވެސް އެހާމެ މީރު… މަ ބޭނުމީ މިކަހަލަ ހޫރު ޕަރީއެއް” ޝާޑް ތަޢުރީފްގެ ބަސްތައް އައީ ފަހަރެއް ފަހަރަކަށް ގިނަ ވަމުންނެވެ. މުއާޒްވެސް ޝާޑާއި އެއްބައިވެފައި ބުންޏެވެ. “ދޮގެއްވާ ނޫން… މިހާ މީރު ކޮފީއެއް އަދި ނުބޮން..” މަތީން ވެސް ހިނިތުންވެލިއެވެ. އަދި ތެދުވެ ހިނގައިގަތީ ކޮޓަރިޔާ ދިމާލަށެވެ. ހުކުރު ދުވަސް ސިއްސައިގެންދިޔައީ ދޮރުގައި ބާރުބާރަށް މީހަކު ޓަކި ޖަހާލުމުންނެވެ. ޝިޔާނާ އަވަސްއަވަހަށް ޓޮޕްކޮޅު ރީތިކޮށްލުމަށްފަހު […]