“ސާރާ!…. ސާރާ!” ޝިޔާން ހިނދު ހިނދު ކޮޅުން އަހަންނަށް ގޮވަމުން ދިޔައެވެ. އަހަރެން އިސް ޖަހާލައިން ހުރުމުން ޝިޔާނަށް ކަމުނުދިޔައީ ކަންނޭނގެއެވެ. އަހަރެންގެ ފައިބުޑަށް ތިރިވެ ދެ ކަކޫ ޖަހައިލުމުން ޝިޔާން އަހަންނަށް ބަލައިލިއެވެ. “ސާރާ!.. އަހަންނާ ވާހަކަ ދައްކަބަލަ.. އަހަރެން މިތަނަށް މިއައީވެސް ސާރާ ބުނެގެންނު. ޕްލީޒް! އެންމެ ފަހަރަކު ވިޔަސް ހެޔޮ.. އަހަންނާ ވާހަކަ ދައްކަބަލަ..” އާދޭހުގެ ރާގުގައި އެހެން ބުނެލަމުން ޝިޔާން ތެދުވެލިއެވެ. “ސާރާ!.. މި ވީހާ ދުވަހު ސާރާ އުޅުނީ ކޮންތާކު؟ […]
“ކޮންމެސް ތާކުން ފެނުނު ވަޅިއެއް.. ކޮން ތާކުންބާ؟” ޝިޔާން ހިތާއި ހިތުން އަމިއްލަ ނަފްސާއި ސުވާލުކުރަމުން ދިޔައީ ޝައްކުގެ ނަޒަރުން އެ ވަޅިއަށް ބަލަން ހުރެއެވެ. “ގައިމުވެސް ކޮންމެސް ގޮތަކަށް މަށާ ގުޅުން ހުރި މީހެއް. އެހެން ނޫންނަމަ މި ވަޅި ކިހިނެއް…؟” ވިސްނާ ވިސްނާ ވެސް ޝިޔާންގެ ސިކުނޑިއަށް ހިލަމެއް ނުވިއެވެ. އެހެންވެ ޝިޔާންގެ ފޯރިގަނޑު އިތުރަށް ގަދަވެ ޖޯޝުގައި ދަބަސް ހާވަން އަވަސްވެ ގަތެވެ. އެންމެ ފަހުން ޝިޔާން ނެގީ ކުޑަ ވަރެއްގެ ފޮއްޓެކެވެ. […]
ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ކުރިމަތިން ސިފަވީ ބިރުވެރި މަންޒަރެކެވެ. އެނދުގައި އޮތް ޒީނާގެ ހަށިގަނޑުގަ އެއްވެސް ހަބަރެއް ނެތެވެ. އެނދުން ބޭރަށް ވާގޮތަށް އެއް އަތް އޮތީ އެލިފައެވެ. އެއީ ޒީނާގެ ވައަތެވެ. އެ އަތުން ހުއްޓުމެއް ނެތި މުށިތައް މައްޗަށް ލޭތިކި ތަޅަމުން ދިޔައެވެ. ވެއްޓިފައި އޮތް ކަޓަރާއި އޭގެ ތިލައިގައި ވަނީ ލޭ އުނގުޅިފައެވެ. އެ މަންޒަރު ފެނުމާއިއެކު، ހައިރާން ވެފައި ހުރެ އަނގަ މަތީގައި އަތް އަޅައި ލަމުން ޝާއިރާއަށް ރޮއެ […]
އަފީފު ސޯފާގައި އިށީންދެލިއެވެ. ވައިގެ ތެރެއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ހަށިގަނޑު ގައި ވާގި ނެތް މީހެއްފަދައިން ސޯފާގައި ބޯ އަޅައިލިއެވެ. އެވަގުތު އަފީފުގެ ހަނދާނަށް އަންނަން ފެށީ މާޒީގެ ބަނަ ދުވަސްތަކެވެ. އަފީފު އިނީ އޮފީހުގައެވެ. މޭޒުމަތީގައި ބާއްވާފައި އޮތް މޯބައިލް ފޯނު ރިންގވީ އަދަދެއްް ބުނެ ދެވޭނީ އަފީފަށެވެ. އެހާ ގިނައިން އެ ފޯނު ރިންގް ވީއިރު ވެސް ފޯނަށް ޖަވާބު ދޭން އަފީފު ބޭނުމެއް ނުވިއެވެ. އެންމެ ސަބަބަކަށްޓަކައެވެ. ފޯނު ކުރަނީ […]
“އަހަރެން ތިހެން އެހީން. ބުނީ ބައްޕަ ބުންޏޯ މާކުރިގަ ބައްޕަ ގާތަށް ކިޔަވަން އައި ކުއްޖަކާ ހެދި ބައްޕަގެ ގިނަ ރައްޓެހިން ބައްޕައަށް އިތުބާރު ނުކުރަނީ އޭ.. އެކަމާ ހެދި މީހުން ބައްޕައަށް އިހްތިރާމް ކުޑަވެ، ރައްޓެހިކަން ހީނަރު ވީޔޭ.” އަހަރެން ކިޔައިދިނީމެވެ. “އެހެންތަ؟ އަފީފް ހާދަ އަޅާލުން ކުޑައޭ…. އެކަމު ތިކަމުގެ އަސްކާ ބަލާނީ އަފާ އަކަށް ނޫން ދޯ؟” ނިޝާމާ ބުނެލިއެވެ. “ނިޝާމާ!… އަޅާނުލާ! އަހަރެން ވަޒީފާގަ ހުރިހާ ދުވަހަކު އަފާ ފަރުވާ ކުޑަ […]
“ހެހެ… މަށަށް އިނގޭތީ މިބުނީ… ޝްޝްޝް!! ހާސް ނުވޭ… މަ ނުބުނާނަން އެއްވެސް މީހެއް ކައިރި ކަލޭ ތި ކުރަން އުޅޭ ކަމެއް.. އަވަހަށް ދޭ… ދޭ… ދޭ…. ނަފީސާ އެބަ އާދެ މިތަނަށް ވަންނަން.” އަހަރުމެންގެ މަންމަ އެ ކޮޓަރިއަށް ވަންނަން އަންނަ ވާހަކަ ބުނަމުން އިރާޝާ އަނެއްކާވެސް ހެލެން ފެށިއެވެ. އަހަންނަށް ނުކުމެވުނީ މަންމަގެ ކުރިމައްޗަށެވެ. ކޮނޑުގަ އަޅުވާ ދަބަހެއް މަންމަ އަތުން ހޯދައިން އަހަރެން ހިނގައިގަތީމެވެ. ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިއްޖެ […]
އިރާކޮޅު ވަގުތެވެ. ހަމަ ހިމޭން ކަމާއި އަމާން އޮމާން މަގުތަކުގައި ވަނީ އަނދިރި ކަމުގެ ތެރެއިން ވާ ނާމާން ކަމެވެ. ބިރުވެރި ކަމެވެ. އެކަނި ހުރެ އަހަރެން ކާށިދޫ ބޮޑު މަގުން ފުއްޓަރު ފަރާތަށް ހިނގަމުން ދިޔަ އިރު ކުރެވެނީ ބިރުވެރި އިހްސާސެކެވެ. އަހަރެންގެ ކުރިމަތިން ވެސް ކުރެވެނީ ނާމާން ކަމުގެ އިހްސާސެވެ. ހަމަ އެގޮތަށް އަހަރެންގެ ފުރަގަހުން އެ އިހްސާސް ކުރެވޭލެއް މާ ބޮޑަށް ވެސް ބިރުވެރިއެވެ. އެ ނާމާން ކަމުގެ ތެރެއިން ވެސް އަހަރެން ހިނގަމުން […]
“އައްސަލާމް ޢަލައިކުމް. ޝަނާ ކިހިނެއްތަ؟” އަހަރެން އަހާލީމެވެ. “ރަނގަޅު.. ދެން ކިހިނެއްތަ އެކަން ވީ؟….. އަސްލު ވެސް ވަރަށް އުފާވެއްޖެ އިނގޭ. ނަސީބެއް ނުޖެހުން ކަން.” އަހަރެން ދައްކަމުން ދިޔަ ވާހަކަތައް ނިޝާމާއަށް އިވޭނެތީ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ވިސްނައިންނެވެ. “އަޅޭ! ވަރަށް އަވަހަށް ދާނަމޭ… ދެން މިރޭ ގުޅާލާާނަން އިނގޭ. މިގަޑީގަ މި އިނީ މީހެއް ކައިރީގަ.” އަހަރެން ބެލީ އަވަހަށް ފޯނު ބޭއްވޭތޯ އެވެ. “ޝަނާ އެއީ… އެ ގުޅާލީ އަހަރެން ގާތު […]
މާއިލް އާއި ރަމްޕެ އިރުކޮޅަކަށް ހުއްޓުން އެރިއެވެ. އަހަރެން ބުނި ވާހަކައިގެ ސަބަބުން އާޝޯޚު ވެފައި ތިބެ އެމީހުން ދިޔައީ އަހަންނަށް ބަލަމުންނެވެ. ޚާއްސަކޮށް އަހަރެންގެ ފިރިމީހާ މާއިލްއެވެ. “އިތޫ! ކީއްކުރަން ދަނީ؟ އިތޫ އަކަށް ނޭނގޭނެ ރަމްޕެ ކަހަލަ މީހުން އުޅޭ ގޮތެއް. އައްޑާއަށް ގެންގޮސް ކޮންމެ ކަހަަލަ ގޮތެއް ވެސް ހަދާލަފާނެ. ގޭގަ ހުރޭ… މަ އެބަ އަންނަމޭ..” އަހަރެންގެ ކަންފަތް ދޮށަށް މާއިލްގެ ތުންފަތް ކައިރި ކޮށްލަމުން ސިއްރުން ބުނެލިއެވެ. “އަހަރެން ދާނަމޭ… […]