Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަކުޑަކުދިންގެ

ކަނބިލި

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 8, 2025 3 Mins Read
14 Comments

އެއްފަހަރެއްގެ ބޮޑު ޗުއްޓީގައި އިފްހާމް އޭނާގެ ބައްޕަ އަދި މަންމަ އާއި އެކު ކާށިދޫއަށް ދިޔައެވެ. އެއީ އިފްހާމްގެ މާމަ އާއި ކާފަގެ އިތުރުން އާއިލާގެ ބައެއްކުދިން އެރަށުގައި އުޅޭތީއެވެ. އުފާވެރި މަޖާ ދުވަސްތަކެއް އެރަށުގައި ހޭދަކޮށްލުމަކީ އިފްހާމް ވަރަށް ބޭނުންވާ ކަމެކެވެ.

އެއްދުވަހަކު އިފްހާމްއަށް ވަރަށް ފަތިހު ހޭލެވުނެވެ. އޭރު އިފްހާމްގެ ބައްޕަ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީންދެލައިންނެވެ. އިފްހާމް އަށް ބައްޕަ ފެނުމާއި އެކު ވަރަށް ބާރަށް ދުވެފައި ގޮސް ބައްޕަގެ އުނގަށް އަރާ އިށީންދެލިއެވެ. އެވަގުތު
ގޯތިތެރެއަށް ވަދެގެން އައީ ވަރަށް ރީތި ދޫންޏެކެވެ. އިފްހާމް އެ ދޫންޏަށް ބަލަން އިނދެފައި ބައްޕަ އާއީ ސުވާލު ކުރިއެވެ.
“ބައްޕާ! އެއީ ކޮން ދޫންޏެއްތަ؟”

“ދަރިފުޅާ! އެ ދޫނީގެ ނަމަކީ ކަނބިލި.” ބައްޕަ އިފްހާމްއަށް ކިޔައިދިނެވެ.

“ކީއްވެތަ ކަނބިލި އެހާ މަޑުން އެއަންނަނީ؟” އަނެއްކާވެސް އިފްހާމް ސުވާލު ކުރިއެވެ.

“އެއީ މިތާނގަ ބައްޕަ އާއި އިފްހާމް ބަލަން ތިބީމަ.” ބައްޕަ އިފްހާމްއަށް ބުނެދިނެވެ.

“ދެން ކީއްވެ. މީހުންތިއްބަ މިގެއަށް ކަނބިލި އެއައީ؟” އަނެއްކާވެސް އިފްހާމް ސުވާލެއް ކޮށްލިއެވެ.

“ދަރިފުޅާ! އެއީ ކަނބިލި ބޭނުންވަނީ ކާއެއްޗެއް ހޯދަން. އެހެންވެ ކަނބިއްޔަށް މީރު ކޮންމެސް ކާއެއްޗެއް މިގޭ ގޯތިން ފެންނާތީވެ އެއަންނަނީ. އިފްހާމްއަށް އިނގޭތަ؟ ވަރަށް ގިނައިން އެކަނބިލި ފަތިހު މިގެއަށް އާދޭ.” ބައްޕަ އަނެއްކާވެސް އިފްހާމްއަށް ކިޔައިދިނެވެ.

“ބައްޕާ! އިފްހާމް ބޭނުން އެ ކަނބިލި ކޮއްޓެއްގަ ގެންގުޅެން. ބައްޕައަށް އެކަނބިލި ހިފޭނެތަ؟”

އިފްހާމް ބޭނުންވީ ކަނބިލި ހިފާފައި ކޮއްޓަކަށް ލާށެވެ. އެއީ އިފްހާމް ވަރަށް ލޯބިން އެކަނބިލި ބަލަން ބޭނުން ވާތީއެވެ. އެހެންވެ އިފްހާމްގެ ބައްޕަ ނިންމީ އިފްހާމްއަށް އެކަނބިލި ހިފާދޭށެވެ.

އަނެއް ދުވަހުގެ ފަތިހެވެ. އިފްހާމްގެ ބައްޕަ ފަތިސް ނަމާދު ކޮށްގެން އައިސް ޖޯލީގައި އިނެވެ. އޭރު އިފްހާމްގެ ބައްޕަ އަތުގައި ކަނބިލި ހިފަން ޖަހާފައިވާ މަޅީގެ ކަންވާރު އޮތެވެ. އަނބު ގަސް ކައިރީގައި ކަންވާރުން މަޅިއެއް ހަދާފައި އެމަޅީގެ ތެރެއަށް ބަތް އަޅާފައި އިފްހާމްގެ ބައްޕަ ހުރީ ބަހައްޓާފައެވެ. އެހެން ހެދީ ކަނބިލި ބަތްކާން ތުން ހަރާލާވަގުތު ރަނގަޅަށް މަޅީގައި ޖައްސަން ފަސޭހަ ވާނެތީއެވެ.

ކޮންމެޔަކަސް އެއްކަލަ ކަނބިލި ވަރަށް މަޑުމަޑުން ބޯހޫރަމުން ލޯހޫރަމުން އައިސް އަނބުގަސް ކައިރި ހުރި ބަތްތައް ކާން ފަށައިފިއެވެ. ހަމަ އެވަގުތު އިފްހާމްގެ ބައްޕަ ކުއްލިޔަކަށް ކަނބިލި މަޅީގައި ޖައްސާ ހައްޔަރުކޮށްލައިފިއެވެ. އަދި އިފްހާމް ހޭލަންވާއިރަށް ކޮއްޓެއްގެ ތެރެއަށް ކަނބިލި ލާފަ ބަންދުކޮށްލިއެވެ.

އެދުވަހު އިފްހާމްއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު ކަނބިލި ކޮށީގައި އިންނަތާ ކުޑަކޮށް ގިނައިރު ވެއްޖެއެވެ. ކަނބިލި އިނީ ކޮށިން ނުނިކުމެވިގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

ރީތިވެ، ސައި ބޮއެގެން އިފްހާމް އޭނާގެ މަންމަ އާއީ އެކު ކަނބިލި އިން ކޮށި ކައިރިއަށް އައިސް ހުއްޓިލިއެވެ. ބޭނުންވެގެން އުޅުނު ކަނބިލި އިފްހާމްއަށް ލިބުމުން އިފްހާމް ހުރީ ވަރަށް އުފާވެފައެވެ.

“ދަރިފުޅާ! އިފްހާމް މިހާރު ތިހުރީ ކަނބިލި ލިބުނީމަ ވަރަށް އުފަލުންތަ؟” އިފްހާމްގެ ބައްޕަ އަހާލިއެވެ.

“ވަރަށް އުފާވެއްޖެ. އިފްހާމް އެއަށް ބަތް ކާންދޭނަން. އަދި ފެންވެސް ބޯންދޭނަން.” އިފްހާމް މަންމަ އާއި ބައްޕަ ގާތު ބުނެލިއެވެ.

“ދަރިފުޅާ! މިހާރު ކަނބިލި ކޮށީގަ އިންނަތާ ވަރަށް ގިނައިރު ވެއްޖެ. ކަނބިލި މިގެއަށް އައީ އެކަނި. މަންމައަށް ހީވަނީ މިހާރު ކަނބިލީގެ މަންމަމެން ކަނބިލި ހޯދާނެހެން. ކަނބިލި ގެއްލިގެން މިހާރު ކަނބިލީގެ މަންމަ އާއި ބައްޕަ އިންނާނީ ވަރަށް ދެރަވެފަ ކަންނޭނގެ. ބަލާބަލަ! ކަނބިލި ވެސް އެއިނީ އެކަނި ވީމަ ކިހާ ދެރަވެފަ.” މަންމަ އިފްހާމް ގާތު ބުނެލިއެވެ.

“ދެން ކިހިނެއް ހަދާނީ؟” ވިސްނާލަމުން އިފްހާމް ބުނެލިއެވެ.

“އިފްހާމްއަށް ހީވާގޮތަށް ބުނެބަލަ! ކަނބިއްޔާއި ކަނބިލިގެ މަންމަމެން ދެން އުފާވަނީ ކިހިނެއް ހެދީމަ؟” އިފްހާމް ވިސްނާލަން މަންމަ ވަގުތު ދިނެވެ.

އިފްހާމް އިރުކޮޅަކު ވިސްނާލަން ހުއްޓެވެ. އިފްހާމްގެ ބައްޕަވެސް ހުރީ އިފްހާމް ވިސްނާލަންދެން މަޑުކޮށްލައިންނެވެ. އިފްހާމް ވިސްނަމުން ދިޔައިރު އިފްހާމްގެ މަންމަ އިފްހާމްގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.

“ވިސްނިއްޖެ.. އަސްލު އިފްހާމް ވަރަށް ވަރަށް ބޭނުން މި ދޫނި. އެކަމު މި ދޫނީގެ ފެމިލީ އުފާކުރަން ބޭނުމިއްޔާ ޖެހޭނީ ދޫނި ކޮށިން ނެރެން. އެކަމު އަދި އޯކޭތަ އިރުކޮޅަކު ބަލައިލަން ބޭންދިޔަސް” އިފްހާމް ވަރަށް މަޑުމަޑުން ބުނެލިއެވެ.

“އިފްހާމްގެ ވިސްނުން ވަރަށް ރަނގަޅު މާޝާ ﷲ. އެހެންވީމަ ހިނގާ އަދި އިރުކޮޅަކު ބައިންދާލާފަ މިދޫނި ނެރެމާ.. އޭރުން އިފްހާމްއަށް މިދޫނި ސަލާމަތް ކޮށްދެވުނީނު. އެހެންވީމަ ދެން ކޮންމެ ފަތިހަކު މިދޫނި މިގެއަށް އަންނާނެ. ދޫނި މިގެއަށް އައީމަ އިފްހާމް ކޮންމެ ދުވަހަކު ބަތް ކާންދޭނީދޯ؟” އިފްހާމްގެ ބައްޕަ ވަރަށް ލޯބިން ބުނެލިއެވެ.

“ހޫމް.. އޭރުން ކަނބިއްޔާ ކަނބިލީގެ ފެމިލީވެސް ވަރަށް އުފާވާނެ. އަދި ކޮންމެ ދުވަހަކު ކަނބިލި މިގެއަށް އަންނަންޏާ އިފްހާމްވެސް ކިހާ އުފާވާނެ ދޯ؟” އިފްހާމްގެ މަންމަ ވަރަށް އުފާވެފައި ބުނެލިއެވެ.

އިފްހާމްގެ ބައްޕަ ކޮށި ހުޅުވާލުމާ އެކު ވަގުތުން ކަނބިލި ކޮށިން ނުކުމެގެން ދުވަމުން އުދުހެމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ.

-ނިމުނީ-

މި ވާހަކައިން ހާސިލްވި ބައެއް ކަންކަން:-
* ދިރޭ އެއްޗެހި ދެކެ ލޯބިވުމާއި އޯގާތެރިވުން.
* މަޢުލޫމާތު މުއްސަނދި ކުރުމަށްޓަކައި ގިނަގިނައިން ސުވާލު ކުރުމާއި އެކަށީގެންވާ ޖަވާބެއް ދިނުން.
* ކުދިންނަށް ކަންކަން ވިސްނަން ފުރުސަތުދިނުން.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ފަންވަރު 01

Next

ހިތް އެދެ ޔާރާ ތިއޭ – 29

Next
August 8, 2025

ހިތް އެދެ ޔާރާ ތިއޭ – 29

Previews
August 8, 2025

ފަންވަރު 01

14 Comments!

  1. Nami sann... 😘 says:
    August 9, 2025 at 12:31 pm

    Mi vhk vrh salhii.. waiting for the next part… And Ur my fav author… I love Ur all the stories.. Masha Allah vrh salhiiiiiiii…………adhi bappa ehge vhk eh vest liyeleema kahne salhi vaani i think 🤔.. love ya sm shaleen… Mwahhhh

    1. Shaleen says:
      August 9, 2025 at 9:47 pm

      Thanks dear
      Bappa ge vaahakaehves liyelaanee dho.
      In sha Allah.
      Next fridayga upload kuraa vaahaka ves varah reethi vaanekamah ummeedhu kuran

  2. Anonymous ✨ says:
    August 9, 2025 at 12:33 pm

    I love this story.. keep up the good work 💯👏.. Ur my fav author.. I’ll always support yu .. 😄❤️

    1. Shaleen says:
      August 9, 2025 at 9:49 pm

      Thank you very much
      Next Friday ah inthizaaru kollahche.
      V reethi vaahaka eh kiyaalan libeyne in sha allah

  3. Cutie pie💃 says:
    August 9, 2025 at 12:35 pm

    I love the story 😁😍………
    Vrh salhiiii…
    Mwahhh
    Love ya
    Keep up the good work 👍
    .😘😘💯💯
    .😘😘💯💯
    (⁠ ⁠˘⁠ ⁠³⁠˘⁠)⁠♥

    1. Shaleen says:
      August 9, 2025 at 9:50 pm

      Thank you so much 😊

  4. Anonymous says:
    August 9, 2025 at 12:42 pm

    Keep the hard work shaleen
    One of my fav author
    Vrh avahah reply eh dheyne kamah uhmeedhu kurannnnn
    Love ya
    Mwahhh
    Be safe
    Take care
    Wishing the best 💕💕
    😘💯

    1. Shaleen says:
      August 9, 2025 at 9:52 pm

      Thanks for the comment
      And thanks for the support.
      Keep supporting us. We will upload

  5. Zeezeebakari says:
    August 9, 2025 at 2:00 pm

    Mi vhk vrh salhi Masha Allah

    1. Shaleen says:
      August 9, 2025 at 9:53 pm

      Shukuriyyaa varah ves bodah

  6. އަފްގާން ބޮޑާ says:
    August 9, 2025 at 10:01 pm

    ތީ ވަރަށް ރީތި ވާހަކަ ގެނެސް ދޭ ލިޔުންތެރިއެއް

    1. Shaleen says:
      August 9, 2025 at 10:06 pm

      ތިޔަދެއްވި މެސެޖަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އުއްމީދަކީ ކުރިޔަށް ހުރި ވާހަކަތައް ވެސް ވިދާޅުވެ އެއްބާރުލުން ދެއްވުން.
      ވަރަށް ޝުކުރު.

  7. Anonymous says:
    August 10, 2025 at 10:28 am

    I’m always here to support u shaleen..

    1. Shaleen says:
      October 3, 2025 at 12:05 am

      Thanks dear I know well
      Hehe

Comments are closed.



All Right Reserved!