މެންދަމުން އަލިވެ ދެއެއް ޖެހީއެވެ. ހަމަހިމޭން ކަމުގެ ތެރޭގައި އިވެމުން ދިޔައީ ހަމައެކަނި ފަންކާގެ އަޑެވެ. ސިޓިންރޫމް ސޯފާގައި އިށީންދެލައިގެން އަހަރެން އިނީ ނިދީގެ ސަބަބުން ތާޔާ ޖެހިޖެހިއެވެ. އިރު އިރުކޮޅާ ލޯ ހުޅުވައި ލުމަށްފަހު ފާރުގައި ހަރުކޮށްފައި ހުރި ގަޑިޔަށް ބަލައިލަމެވެ. ގަޑީގެ ކަށިތައް ހިނގަމުން ދާލެއް ލަސްހެން އަހަންނަށް ހީވެއެވެ. ނޫނެކެވެ. ޔަގީނެވެ. ގަޑީގެ ކަށި ލަހުން ހިނގަނީ އަހަރެން މިވަރަށް ބަލާތީ ކަންނޭނގެއެވެ. އެކަމަކު ނުބެލޭނެ ހެއްޔެވެ؟ ހަމަ ގައިމުވެސް އާދައިގެ މަތިން […]
“ސާރާ! ސޮރީ ވަރަށް ބޮޑަށް.” އެ މެސެޖްގައި ވެއެވެ. އެއީ ނިޝާމާ ފޮނުވި މެސެޖެކެވެ. “އޯކޭ. އެވަރު ކަމެއް ނޫން. ސޮރީ ބުނަން ޖެހޭނީ ކުށެއް ކުރި ނަމައެއްނު. ހެހެ.. އަސްލު އެކަކުގެ ވެސް މައްސަލައެއް ނެތް. މައްސަލައަކީ ނިޝާގެ ވިސްނުން. ފަހަރެއްގަ އަހަރެންގެ ހުރިހާ ވާހަކަތައް އަޑު ނާހާ އެހެން ގޮތަކަށް އެކްސްޕެކްޓް ކުރީމަ މައްސަލައަކީ” އަހަރެން ރިޕްލައި ފޮނުވާލައެވެ. “މިވަގުތު މިހުރީ ތި ރޫމް ކުރިމަތީ. މާފް ކުރިއްޔާ އަހަރެން ބޭނުން ވާހަކަ ދައްކާލަން […]
“ސާރާ! ދެން މިހާރު އަހަރެން ދަރިފުޅުގެ ވާހަކަ ދެއްކިޔަސް އަހަންނަށް ވާނީ ކޮން ފައިދާއެއް؟….. މިވާހަކަ ނުދައްކަމާ ހިނގާ.” އުންމީދެއް ނެތް ނިޝާމާ ފުން ނޭވާއެއް ލަމުން ބުންޏެވެ. ނިޝާމާ އާއި އަހަރެން ހިނދުކޮޅަކަށް ވާހަކަ ނުދައްކާ ތިބީމެވެ. ނިޝާމާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ފެނި އަހަރެން ހަމްދަރުދީ ވާން ފެށިއެވެ. ނިޝާމާގެ ހިތުގައިވާ ކެކުޅުން ތަކުގައި އެވަރަށް ވޭން އަޅަމުން ދާއިރު މަޔަކަށް ކުރާނެ އަސަރު އަހަންނަށް ހާމަ ވަމުން ދިޔައެވެ. ނިޝާމާގެ ލޮލުގައި […]
“އަފީފް! އަހަރެން ދެން ބޭނުމެއް ނޫން ބޭކާރު ފައިސާތަކެއް ޚަރަދުކޮށްފަ ސާރާ މިގޭގަ ބަހައްޓާކަށް. އޭނައަށް މިގޭގަ ހުރެވޭނެ ދުވަހު އެ ހުރެވުނީ. މިވަގުތަށް ދޭންވާ ހުރިހާ ފައިސާއެއް އަހަރެން މިދެނީ. ސާރާ!.. ހަމަ މިހާރު މިގޭން ނުކުމޭ. ދާނެ ތާކަށް ގޮސް އުޅޭނެ ގޮތަކަށް އުޅުނަސް އަހަންނާ ހެޔޮ. ތި ސާރާ ހޯދާކަށް ދެން މި މަންމަ އާއި ބައްޕައެއް ނޫޅޭނަން.” އަހަރެންގެ ބައްޕަ ހިތްހަމަ ނުޖެހިފައި ހަޅޭއް ލަވައިގަތެވެ. “ފާއިޒޫ! އަހަރެންގެ ރައްޓެހިން ކުރިމަތީ […]
“އާނ! ތިކަމުގަ ބައިވެރި ވާނޭކަމެއް ނެތް. ދެން ފަހުން ތި ވާހަކަ ދައްކާނީ..” އަހަރެން ޝަނާ ގާތު ބުނެލީމެވެ. “އަބަދުވެސް ބުނާނީ ތިހެން.. އެކަމު ވަރަށް ބޭނުންވޭ. ދެން ނޭނގެ އަބަދު ތިހެން ބުނަނީ ކީއްވެކަމެއް. މިފަހަރު ހަމަ ބައިވެރި ވާން ބޭނުންވަނީ.” ޝަނާ އަނެއްކާވެސް ބުނެލިއެވެ. “ޝަނާ!… ކުއްލިޔަކަށް އެ ވާހަކަ ދައްކަން ޖެހުނިއްޔާ ކިހިނެއް މިފަހަރު ހަދާނީ؟” އަހަރެން ބުނެލީމެވެ. “އަޅޭ!… ކިހިނެއްތަ އިނގޭނީ އެ ވާހަކަ ކަމެއް ދައްކަން ޖެހޭނީ.. އެހެން ވިޔަސް […]
ނޯޓް: ކިޔުންތެރިންނަށް!! މިއީ އަޅުގަނޑުގެ ފުރަތަމަ ޕްރޯ ސްޓޯރީ. މި ވާހަކައިގެ ފުރަތަމަ ބައި ހިލޭ ކިޔާލެވޭނެ ވާހަކަ ދަންނަވަން. 2 ވަނަ ބައިން ފެށިގެން 18 ވަނަ ބަޔާއި ހަމަ އަށް މި ވާހަކަ ކިޔާލަން ލިބޭނީ ޕްރޯ ސްޓޯރީ ގެ ގޮތުގައި ކަމުގަ ދަންނަވަން. ވާހަކަ ލިޔުމަކީ ވަރަށް ވަގުތު ނަގައިން ކުރެވޭ ކަމަކަށް ވާތީ މި ވާހަކަ ޕްރޯ ސްޓޯރީ ގެ ގޮތުގަ ހިމަނާލަން. އުންމީދު ކުރަނީ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުގެ ލިޔުންތެރިކަމަށް […]
އަލްޔާ އަކީ މާލެ ކައިރި ރަށެއްގައި އުޅޭ ކުއްޖެކެވެ. އަލްޔާގެ އާއިލާގައި އޭނާގެ އިތުރިން 3 ބޭބެ ހުރެއެވެ. އަލްޔާގެ މި ކުޑަކުޑަ އާއިލާ ވަރަށް ލޯބިން ބަލަނީ މަންމަ އާއި ބައްޕައެވެ. ބައްޕަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން ހުރިހާ ކުދިންނަށް ކިޔަވާދީ، ކާންދީ، ކުދިން ބޭނުންވާ އެއްޗެތި ހޯދައިދީ ހަދައެވެ. އެއްދުވަހެއްގެ ހެނދުނެވެ. އަލްޔާއަށް ހޭލެވުމާއިއެކު މަންމަ ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅާ އަލްޔާ!… އަވަހަށް ފާޚާނާއަށް ވަދެ ރީތިވެލައިން ނުކުމޭ. މިއަދަކީ ޢީދު […]
އަސަދު ﷲ އަކީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އެއީ މަންމަ އާއި ބައްޕަގެ ހުރި އެންމެ ކުޑަ ކުއްޖާއެވެ. އާއިލާގެ ތަރުތީބުން ނަމަ 4 ވަނަ ދަރިފުޅެވެ. އަސަދު ﷲ ގެ އެންމެ ބޮޑު އުންމީދަކީ މަންމަ އާއި ބައްޕަގެ ބަސްއަހައިގެން ކިޔަވާ މޮޅު ކުއްޖަކަށް ވުމެވެ. އެއްދުވަހަކު އަސަދު ﷲ އޭނާގެ ބައްޕަ އާއި އެކު ކާން އިށީނެވެ. ކެއުމުގެ ވަގުތެއްގައި ބައްޕަ ކަނީ މަންމަގެ އިތުރުން ހުރިހާ ކުދިންނާއި ވެސް އެކީ ގޭގައެވެ. […]
ގްރޭޑް 4 ގެ ކްލާހަށް އެކްލާހުގެ މުދައްރިސް ވަނީ އެންމެ ފަހުގަޑި ކިޔަވައި ދިނުމަށެވެ. އެއީ އެކްލާހުގެ ދިވެހި ގަޑިއެވެ. އެދުވަހަކީ ދިވެހި މާއްދާއަށް ބޭނުންވާ ބައެއް ތަކެތި ކްލާހަށް ގެންނަން ބުނެފައިވާ ދުވަހެވެ. ގައުމީ ނުވަތަ ޘަގާފީ ހެދުމެއް ތައްޔާރު ކުރުމަށްޓަކައި އެދުވަހު ވަރަށް ގިނަކުދިން އެތަކެތި ހޯދައިގެން ގެނައެވެ. ޝާމް އަކީ ކުލާހުގައި އެންމެ މަޑުން އިންނަ ކުއްޖާއެވެ. ކްލާހުގައި ޝާމް އެހާ މަޑުން ބަސްއަހައިން އިންނާތީ އެކްލާހުގެ ކުދިން ޝާމްއާ ވަރަށް ދިމާކުރެއެވެ. […]