Skip to content
އެސްފިޔަ

އިޢުލާން

ޝަލީންގެ ވާހަކަތައް ކިޔުއްވާ އެންމެހާ ކިޔުންތެރިންނަށް!

ތިޔަ ލޮބިވެތި ހުރިހާ ކިޔުންތެރިން ޝަލީންގެ ވާހަކަތަކަށް ފާރަލާނަމަ އުފާކުރަމެވެ. ދިރިއުޅުމުގެ ކަންކަން ތަފާތު ހާލަތްތަކަށް ބަދަލުވަމުން ދިއުމާއެކު ދޭތެރެއަކުން މިސައިޓްގައި ވާހަކައެއް ހިއްސާ ނުކޮށްލެވެނީއެވެ. އެކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ.

އެހެން ނަމަވެސް މިއަދު ދޭން ބޭނުންވާ އުފާވެރި ޚަބަރެއް ހިއްސާކޮށްލާނަމެވެ. އޯގަސްޓް މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްދުވަހު ނޫނީ މަހަކު އެއްދުވަހު “ކުޑަކުދިންނަށްޓަކައި” ޢިބްރަތްތެރި ކުރު ވާހަކަތަކެއް ހިމަނާލެވޭތޯ މަސައްކަތް ކުރާނެވާހަކަ ދަންނަވާލަމެވެ.

އަދި މިކަމުގައި އަޅުގަނޑު ތިޔަކިޔުންތެރިންގެ އެއްބާރުލުން ބޭނުންވާ ވާހަކަ ދަންނަވަމެވެ. އެގޮތުން އަޅުގަނޑު އެދެނީ ތިޔަ ބޭފުޅާގެ ދަރިފުޅަށް ދޭން ބޭނުންވާ މެސެޖެއް އޮތްނަމަ ނުވަތަ ވާހަކައެއް ލިޔެލަން ބޭނުންވާ މައުޟޫއަށް އޮތްނަމަ ކޮމެންޓްގައި ހިއްސާކޮށްލުމެވެ.

މިސާލަކަށް:-
* ސްކޫލަށް ނުދާން އުޅޭ ކުއްޖެއް.
* ފެން ނުވަރާކުއްޖެއް…

މިގޮތައްވެސް ކޮމެންޓް ކޮށްލައިފިނަމަ، އަޅުގަނޑު އެކަމަކާ ގުޅޭގޮތުން ކުރު ވާހަކައެއް ލިޔެ މި ސައިޓްގައި ހިއްސާކޮށްލާނަމެވެ. ތިޔަ ބޭފުޅާގެ ދަރިފުޅަށް ބޭނުންތެރި މެސެޖެއް ދިނުމުގެ ގޮތުންނެވެ.

އަޅުގަނޑު އެދެނީ ތިބޭފުޅުންގެ ފަރާތުން އަޅުގަނޑަށް މިކަމުގައި ދެވެން އޮތް ޚިޔާލެއްދިނުމެވެ.

ހުރިހާ ކިޔުންތެރިންނަށް ވަރަށް ޝުކުރެވެ.