Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޅެންއުފެއްދުންތެރި ލިޔުން

ރަށުގެ ދުލުން

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 2, 2025 One Min Read
0 Comments

މަޝްހޫރު ދަޢުރުތައް ނިމި، ދެކަފުންވެ ބަނދެވެޔޭ
މަޝްރޫޢުތައް ނުހިންގާ، ފަސްއެޅިފަ ނިމިދެޔޭ އުޅަނދެއްގެ ބޭވަފާތެރި، ހީލަތްތެރިން އެރުވިޔޭ
ހުޅަނގުގެ ޘަޤާފަތާހެދި، ދީނަށް އަސަރު ކުރިއްޔޭ
ރަށްރަށުގެ ރީތި ގޮނޑުދޮށް، ދޮން މީހުނަށް ދިނިއްޔޭ
ރަށު މީހުނަށް ފަތާލާ، މޫދަށް އެރެން ނުކެރެޔޭ
މުޅި ރަށުތެރޭގަ ގެސްޓުން، މާހާމައަށް އުޅެލަޔޭ
މުޅި ހަށިގަނޑުގެ ވަނާތައް، މީއިޝްތިހާރު ހެއްޔޭ؟
ކުޑަކުޑަ ކުދިންގެ ކުރިމަގު، މިކަމުގެ ތެރޭގަ ވެދެޔޭ
ހުދު ނުރަވި މުސްކުޅިންވެސް، ދުރުމީ އަޅާ ހެނީޔޭ
ޤައުމަށް އެވަންނަ ޑޮލަރުން، ޖީބަށް ބަރާ ވަނިއްޔޭ
ފަރުދުންގެ މާދަމާއަށް، އެޅެމުން ހިޔަނި ދަނީޔޭ
ރަށްފުށުގެ އިސް ވެރިންނަށް، މީ ހާދަހާ އުފަލެކޭ
ރަށްފުށުގެ ރައްޔިތުންނަށް، މީ ގައިމު ދުއްތުރާލޭ
އަމުނާލިޔަސް މިޅެންތައް، އަސަރެއްމެވާ ނުކުރެޔޭ
ނަމުގާ ކިޔޭ ފަރިހިތައް، ވެރިމީހައަށް ނުފެނެޔޭ
ދައުރަށް އަލުން އަރާއިރު، އެތަކެއްމެ ވަޢުދު ވެދެޔޭ
ފަޚުރާއެކީގަ ގޮނޑިއަށް، އެރުނަސް ދެނީ ލަގާޔޭ

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އެވެލީން މަރުގެ ހަގީގަތް

Next

ކަޅު ބުޅާ 16

Next
August 3, 2025

ކަޅު ބުޅާ 16

Previews
August 2, 2025

އެވެލީން މަރުގެ ހަގީގަތް



All Right Reserved!