Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެއުފެއްދުންތެރި ލިޔުން

ބާކީ ނުކުރަމާ

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 15, 2025 2 Mins Read
6 Comments

އާދައިގެ މަތިން އެއް ދުވަހަކު ބިލާލް ސްކޫލަށް ދިޔައެވެ. ބިލާލްގެ ސްކޫލް ހުންނަނީ ހުޅުމާލޭގައެވެ. އެއީ ބިލާލް ވަރަށް ލޯބިވާ ސްކޫލެކެވެ. ކޮންމެ ދުވަހަކުވެސް ކްލާސް ކުދިންނާ، ޓީޗަރުންގެ އިތުރުން އެކިއެކި ރައްޓެހިން ދިމާވާތީ ބިލާލް ކޮންމެ ދުވަހަކުވެސް ސްކޫލަށް ދާހިތްވެއެވެ.

އެގޮތުން މިއަދުވެސް ބިލާލް ސްކޫލަށް ދިޔައީ ވަރަށް ބަސްއަހައިގެންނެވެ. ވަރަށް ދާހިތުންނެވެ. އެއީ މިއަދަކީ ފުޓްބޯޅަ ކުޅެން ބޭރަށް ނުކުމެވޭ ދުވަސްވީމައެވެ. ކުޅެލާނެ ފުރުސަތެއް ލިބޭތީ ކޮންމެ ކުއްޖަކުވެސް ވަރަށް އުފާވިއެވެ. ހަމަ އެގޮތަށް ބިލާލްވެސް ހުރީ އެހާމެ އުފަލުންނެވެ.

އެކި ގަޑީގެ ފިލާވަޅުތައް ހަދާ ނިންމާލުމުން ދެން ޖެހުނީ ބިލާލް އެންމެ ބޭނުންވި ކުޅޭ ގަޑިއެވެ. މުދައްރިސް ކުލާހަށް ވަނުމަށްފަހު އިރުޝާދު ދިނީ ކުޅޭ ސަރަހައްދަށް ދިއުމަށްޓަކައި ސަފު ހަދާލުމަށެވެ. އެހެން ކުދިން ފަދައިން ބިލާލްވެސް ސަފަށް އަރާ ހިނގައިގަތެވެ.

ދެޓީމަކަށް ކުދިން ބަހާލުމަށްފަހު މުދައްރިސް ބުނެދިނެވެ.
” ކޮންމެ ކުއްޖަކުވެސް އެހެން ކުދިންނަށް އަނިޔާއެއް ނުވާނެހެން ކުޅެވޭތޯ ބަލަންވާނެ.” އެހެން ބުނުމަށްފަހު މުދައްރިސް މަޑުކޮށްލައިން ހުރީ ކުދިން ކުޅޭތަން ބަލާށެވެ.

ވަރަށް އުފާވެރިކަމާއެކު ހުރިހާ ކުދިންވެސް ކުޅެމުންދިޔައެވެ. އިރުކޮޅަކުން ބިލާލް ވަރަށް ބާރަށް ރޮމުން ރޮމުން މުދައްރިސް ގާތަށް އައެވެ.

“ކިހިނެއްވީ ބިލާލް؟” މުދައްރިސް ސުވާލު ކުރިއެވެ.

“ކިޔާން ބުނީ ބިލާލް ކުޅެން ބައިވެރި ނުކުރާނަމޯ!” އޭރުވެސް ބިލާލްއަށް ހަމަ ރޮވެނީއެވެ.

“އެއީ ކީއްވެ؟ ބިލާލްއަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟” އަނެއްކާވެސް މުދައްރިސް އަހާލިއެވެ.

“ނޫން. ފެށިގެންވެސް ކިޔާން އެހުރީ ކީޕަރަކަށް. އަނެއް ޓީމުން ލަނޑު ޖެހީމަ ބިލާލް ބުނީ ދެން ބިލާލްއަށް ދޭށޭ ކީޕަރުކަން. ބިލާލް ބޯޅަތައް ސޭވް ކުރާނަމޭ. އެހެން ބުނީމަވެސް ކިޔާން ބުނީ ނޫނެކޯ.. ބިލްލާ ކުޅެން ނާންނާށޯ.” ބިލާލް ރޮމުން ރޮމުން ވީގޮތް މުދައްރިސަށް ކިޔައިދިނެވެ.

އެވަގުތު ބިލާލްއަށް އެހާ ގިނައިން ރޮވޭތީ ބިލާލްގެ އެންމެ އެކުވެރި ޝާން އާއީ ޒީކް ވެސް ބިލާލް ގާތަށް އައެވެ. އޭރު ކުޅެން ތިބި ބައެއް ކުދިންވެސް ބިލާލް ރޯތީވެ ދެރަވެގެން ބަލަން ތިއްބެވެ.

“ބިލާލް! ނުރޮއޭ. ހިނގާ ހިތްވަރުކޮށްލާފަ ކުޅެންދާން.” ބިލާލްގެ ރައްޓެހި ޝާން ބުނެލިއެވެ.

“ބިލާލް! މިތާ އެންމެ ބޮޑުވާނީ ކިޔާންއެއް ނޫނޭ. މުދައްރިސް ބުނާ ގޮތެއްނު ކުދިން ހަދަންޖެހޭނީ..” މުދައްރިސްއަށް ބަލައިލަމުން ޒީކް ބުނެލިއެވެ.

“ވަރަށް ރަނގަޅު. އެހެންވީމަ ތިކުދިން ދޭ ކުޅެން. އެކަމު ބިލާލް މުދައްރިސްގާތު އިރުކޮޅަކަށް މަޑުކޮށްލާ. މިހާފް ނިމުނީމަ މުދައްރިސް ކިޔާންއާ ވާހަކަ ދައްކާލާނަން.” މުދައްރިސް ބުނެލިއެވެ.

ފުރަތަމަ ހާފް ނިމުނީ ކިޔާން އާއި ބިލާލްގެ ޓީމަށް އެއްވެސް ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފްގައި ބިލާލް އާއި ކިޔާންގެ ޓީމު ދަށް ވުމުން ހުރިހާ ކުދިންވެސް ތިބީ ވަރަށް ދެރަވެފައެވެ. ވަގުތުން މުދައްރިސް ހުރިހާ ކުދިންނަށް ގޮވާލިއެވެ. ހުރިހާ ކުދިންވެސް މުދައްރިސް ގާތަށް އައެވެ.

“ކުދިންނޭ! މުދައްރިސް ބުނާގޮތަށް ހުރިހާ ކުދިންވެސް ދެވަނަ ހާފް ކުޅެން ވާނީ. ކުދިން ބާކީ ކުރަންޏާ އެކުދިން ވަރަށް ދެރަވާނެއްނު. އެހެންވީމަ ދެން ހިނގާ ދެވަނަ ހާފް ކުޅޭއިރު ހުރިހާ ކުދިން އެކުވެރިވެވެލައިން ކުޅެމާ! އޭރު ޓީމު ވަރަށް ވަރުގަދަވާނެ. މޮޅަށް ކުޅެން ހިތްވަރުވެސް ލިބޭނެ.” މުދައްރިސް ހުރިހާ ކުދިންނަށް ހިއްވަރު ދިނުމުގެ ގޮތުން ބުނެކިއެވެ.

“ކިޔާން! މިހާރު ކިޔާންއަށް ކީޕަރުކަން ކޮށްލެވިއްޖެދޯ؟ އެހެންވީމަ ދެން ހިނގާ ދެ ޓީމުގެ ކީޕަރުން ބަދަލުކޮށްލަމާ. އެކުވެރިވެގެން ކުޅެންޏާ ދެން ދުވަހަކުން ފަހަރެއްގަ ކިޔާންއަށް ޓީމުގެ ކެޕްޓަންކަން ވެސް ލިބިދާނެދޯ؟” މުދައްރިސް ބުނެލިއެވެ.

މުދައްރިސްގެ ވާހަކަތަކުން ކިޔާން ވަރަށް ހިތްހަމަޖެހުނެވެ. ވަރަށް ބޮޑަށް ހިތްވަރު ވެސް ލިބުނެވެ. މުދައްރިސް ބުނި ގޮތަށް ހުރިހާ ކުދިންވެސް ކުޅެމުން ދިޔައެވެ. އެ ހާފްގައި ބިލާލް ހުރިހާ ބޯޅައެއް ސޭވް ކުރިއެވެ. އެހެންވެ ބިލާލްގެ އިތުރުން ޓީމު ކުދިން އެކަމާ ވަރަށް އުފާވިއެވެ. އަދި ހަމަ އެ ހާފްގައި ކިޔާން ދެ ގޯލް ޖެހުމުން މުޅި ޓީމު މޮޅުވިއެވެ. ކިޔާން އެކަމާ އުފަލުން ދުވަމުން ދުވަމުން ބިލާލް ގާތަށް އައެވެ.

“ބިލާލް! މިއަދު ބިލާލް ބާކީ ކޮށްލެވުނީމަ ކިޔާންއަށް މާފްކުރޭ. މިހާރު ކިޔާންއަށް ވިސްނިއްޖެ. އަސްލު ބިލާލްއަށް ކީޕަރުކަން ދެވުނީމަ އަހަރުމެން ޓީމު މޮޅުވީ. ތޭންކްސް ބިލާލް. ދެން ދުވަހަކުވެސް އެހެން ނުހަދާނަން.” އުފަލުން ތެޅިފޮޅެމުން ކިޔާން ގޮސް ބިލާލް އާއި ސަލާމް ކޮށްލަމުން ބުނެލިއެވެ.

“ތެންކްސް ކިޔާން. ކިޔާން ކުޅެން މޮޅުވީމަ ބިލާލް ވަރަށް އުފާވެއްޖެ. ކިޔާން ގޯލް ޖެހީމަ ޓީމު މޮޅުވީ.. ޔޭ…ޔޭ..” ބިލާލް އުފަލުންގޮސް ކިޔާން އަށާއި އެހެން ކުދިންނަށް ޓަޗެއް ޖަހާލިއެވެ.

-ނިމުނީ-

ވާހަކައިން ހާސިލްވި ބައެއް ޢިބްރަތްތައް:-
* އެއްވެސް ކުއްޖެއް ބާކީކޮށް ދެރަކޮށް ނުލުން.
* ބާކީކޮށްލެވޭ ކުއްޖާގެ ފަރާތުންވެސް ފައިދާއެއް ވެދާނެކަން.
* އެކުވެރި ކަމުގެ ސަބަބުން އުފާވެރިކަން އިހްސާސްވުން.
* މަޢާފަށް އެދުމާއި މަޢާފް ކުރުމުގެ ރީތި އާދަ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ކަޅު ބުޅާ 22

Next

ހިތުގެ ރިހުން (18)

Next
August 15, 2025

ހިތުގެ ރިހުން (18)

Previews
August 15, 2025

ކަޅު ބުޅާ 22

6 Comments!

  1. ކިޔާ ކުއްޖާ says:
    August 16, 2025 at 11:26 am

    ވާހަކަ ވަރަށް ފުރިހަމަ
    އިތުރު ވާހަކަތަކެއް ކިޔާލަން ލިބޭނެކަމަށް އިންތިޒާރުކުރަން

    1. Shaleen says:
      August 16, 2025 at 3:34 pm

      V ufaavejje vaahaka kamudhiyaima.
      In sha Allah ithuru vaahaka thah kiyan libeyne.

  2. Kokko GE mamma says:
    August 23, 2025 at 1:31 pm

    Vahaka v rythi
    Waiting for up coming stories

  3. Bilal GE Teacher says:
    August 23, 2025 at 1:36 pm

    Vahaka in aharennah v Gina msg libunn
    Teacher AE GE gothunn Vs mikahala haalehtha kanthah kuriah genndhane gothunn ideas libuni
    Vahakathakun mujuthamauge aki dhima dhimalah Ali alhuvalamun gendhathi, thigeness dhyvahaka thah, as a parent, as a teacher, as a kid ah Vs involve vefa ideas libemun dhanann fahafa kollan
    Ithuru vahakathakun Vs mikanthah himeneynekamah ummydhu kurann
    Shukuriyya SHALEEN
    Great work 👏👏🌟

  4. Bilal GE Teacher says:
    August 23, 2025 at 1:37 pm

    Vahaka in aharennah v Gina msg libunn
    Teacher AE GE gothunn Vs mikahala haalehtha kanthah kuriah genndhane gothunn ideas libuni
    Vahakathakun mujuthamauge aki dhima dhimalah Ali alhuvalamun gendhathi, thigeness dhyvahaka thah, as a parent, as a teacher, as a kid ah Vs involve vefa ideas libemun dhanann fahafa kollan
    Ithuru vahakathakun Vs mikanthah himeneynekamah ummydhu kurann
    Shukuriyya SHALEEN
    Great work 👏👏🌟

    1. Shaleen says:
      September 11, 2025 at 10:16 pm

      Thanks v bodah. V ufaavejje thi dhevvi support ah. Balaigannan. Ummeedhu kuran ithurah post kurevey vaahaka thahves kiyamun gendhaane kamah.
      In sha Allah.
      Adhi Hama vaahaka annan huree

Comments are closed.



All Right Reserved!