“ދޮންތާ! ކޮބާތަ އެއްކަލަ ފާއިދު؟ ގޭންނެރެފަވެސް މިހާދުވަސް ވީއިރުވެސް ދޮންތަ ނޫޅެންދޯ އެސޮރު ހޯދާކަށްވެސް؟” ޝާމްގެ މަޖާ ހަރަކާތްތަކަށް ބަލަން އިން ތާނިޔާ ކުއްލިއަކަށް އެކަން ހަނދާންވެގެން ލަހުމާއާ ސުވާލު ކޮށްލިއެވެ. “މަނުވެ ހަނދާނެއް.. ނުވެސް ދެކެން.. ދެކޭހިތެއްވެސް ނުވެ ހުވަފެނަކުންވެސް.. ބުނަން.. ބޭކާރު ކަންތައްތައް ހަނދާން ކުރާވަރަށްވުރެ ހިތްހަމަޖެހިލައިން އުޅެލަން އަހަރެން ބޭނުންވަނީ.. އެކަމަކު އަހަރެން އެއްދުހު ފިހާރައެއްގަ ހުއްޓަ ދުށީން ފާއިދު ގެންދިޔަ މީހަ. ދެން އަހަންނާ އެފިހާރައިގެ ސޭޓާ ދެމީހުންނަށް ދުކޫލުވާން ތިބެވުނީ.. […]
“ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެކަމު އަހަރެން މިއައީ ފެން ބޮވައިގަނެގެން ނޫން.. އަހަރެން ފެން ބޮވައޭ ބުނީމަ އަޑު އިވުންތޯ ބަލައިލަން.. އެހެންވީމަ ކޮންމެ ހާލެއްގަ އޮންނަ މީހަކު ފެނަށް ބުނެލިޔަސް އަޑުއިވެންވާނެތާ ކަންފަތް ހޭލާ ހުންނަނަމަ.. ދޯ؟؟” ތާނިޔާއާ ދިމާލަށް ނިތްއަރުވާލަމުން ލަތީފް މޮޅު ވާހަކައެއް ބުނެލިއެވެ. ޚާއްސަކޮށް ލަތީފް އެބަސްތައް ބުނެލީ ތާނިޔާއަށް ނިސްބަތްކޮށެވެ. ތާނިޔާ ހޭލާ އުޅުންކަން ލަތީފަށް އެނގެއެވެ. ތާނިޔާގެ ކޮޓަރީގައި އިން ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކާ ހީސަމާސާ […]
ވިސްނުމެއްގެ ތެރޭގައި އޮތް ލަތީފް ސިއްސައިން ދިޔައީ އެ މުސްކުޅި އަންހެންމީހާ ކޮންމެސް އެއްޗެކޭ ކިޔާ ވަރަށް ބާރަށް ގޮވަންފެށި އަޑަށެވެ. ލަތީފް މަޑުމަޑުން ދޮރު ކައިރިއަށް ޖެހިލިއެވެ. “ދަރިފުޅާ!… ދަރިފުޅާ!.. ފެން… ފެން.” ކަނުލާ އަޑުއަހަން ހުރި ލަތީފްގެ ކަންފަތަށް އިވެމުން ދިޔައީ އެ މުސްކުޅި މީހާ ފެނަށް އެދި އާދާސްކުރާ އަޑެވެ. ލަތީފަށް ޤަބޫލު ކުރެވޭ ގޮތުން އެއަޑު ލަތީފެކޭ އެއްވަރަށް ތާނިޔާއަށްވެސް އިވެންވާނެއެވެ. އެގޭތެރެއިން ލަތީފަށް ފެންނަ ގިނަ ކަންތައްތަކުން ލަތީފުގެ މުޅި […]
“ވާހަކައެއް އަހާލަންތަ؟ ކުރިން މިގެޔަށް އައިއިރު ފެންނަން ހުރިގޮތަކަށް ނޫން މިހާރު މިތާ ގޭތެރެ ފެންނަން ހުރީ.. ކާކު އެތާ ނިދާފައޮތީ؟” ލަތީފު ކޮށްލި ސުވާލުން ލަހުމާ ކޮންމެސް ވަރަކަށް ހާސްވިއެވެ. އެއްވެސް މީހެއްގެ ކުރިމަތީ ކުރިން މިއީ ލަހުމާއަށް ވާގޮތެއް ނޫންކަން އަމިއްލައަށްވެސް އޭނާ ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ލަތީފްއާ ބައްދަލުވާ ވަގުތު ތަކުގައި މިހެން ވަނީ ކީއްވެބާއޭ ލަހުމާ ހިތަށް އަރައެވެ. “އެ.. އެއީ.. އެއީ ދުރުތާ ތިމައިގެ މީހެއް. ލަތީފަށް ކޮޓަރި ދޭންވެގެން […]
ގޭތެރެއަށް ވަނުމަށް ފުރަތަމަ ފިޔަވަޅު އަޅާލުމާއެކު ކުރިމަތިން ފެނުނު މަންޒުން ލަތީފުގެ މުޅި ހަށިގަނޑު ގަނޑުވިކަހަލައެވެ. ސުވާލުތަކެއްގެ ނަޒަރުން އެދިމާލަށް ބަލައިލުމުންވެސް ލަތީފުގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. “މިހިރީ ކޮޓަރި. ހުޅުވާފަ ހުންނާނީ. ކޮޓަރި ތަޅުދަނޑިޔާ ބޭރުދޮރުގެ ތަޅުދަނޑިފަތި އޮންނާނެ އެނދުމަތީ.” ލަތީފް ސިއްސައިން ދިޔައީ ތާނިޔާގެ އަޑު އިވުމުންނެވެ. ތަންކޮޅަކަށް ހިނގާލަމުން ލަތީފަށް ކޮޓަރި ދައްކާލުމަށްފަހު ތާނިޔާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ލަތީފް މަޑުމަޑުން ކުރިޔަށް ހިނގަމުން ދިޔައެވެ. ކަނާއަތް ފަރާތުގައި ހުރި […]
“ނުކާނަން.. ވަރަށް ނުބައި މިރިހަ. ބައްޕަ ކައްކާ ރިހަ މާމީރު.” އަފީފާއަށް ބަލައިލަމުން މާލިކް ބުނެލިއެވެ. މާލިކްގެ އަނގައިން ބޭރުވެގެންދިޔަ ޖުމްލައިން ސަމީރަށްވެސް ބަލާލެވުނީ އަފީފާގެ މޫނަށެވެ. އެހެންނަމަވެސް އަފީފާ އަޑުއިވޭކަމަށް ހަދާނުލާ ހުރީއެވެ. މާލިކްގެ އެމިޒާޖަކީ މަޑުމަޑުން އަފީފާ ހޭނެމުން އަންނަ މިޒާޖެކެވެ. އެހެންވެ އެއީ މާބޮޑުކަމަކަށް އަފީފާ ނުހަދައެވެ. “ކީއްވެ؟ ބައްޕައަށް ވަރަށް މީރު. އެކަމަކު މީ ދަރިފުޅަށް އެންމެ މީރު ބިސްރިހަދޯ. ކުޅިރަހަވެސް ނުވޭނު. ދަރިފުޅަށް އެންމެ ރަނގަޅު ގޮތަށް ކައްކާފަ އެހެރީ.” […]
“މަންމާ! މަންމަ އެދުހު އަހަންނަށް ކުރީ ބަދު ދުޢާ.. އެކަމުގެ ސަބަބުން ކަންނޭނގެ އަހަންނަށް މިއުޅެނީ އަދިވެސް ހަމަޖެހިލައިން… ހަމަޖެހިލައިން ދިރިއުޅޭނެ ގޮތެއް ނުފެނިގެން. ބަލާބަލަ ނިކަށް އަހަންނަށް ޖެހިފަ ހުރި ހާލު… ތީ މަންމައޭ.. ވިސްނާ ލީންތަ؟.” ސަމީރުގެ ޝަކުވާތައް ބޭރުކުރުމަށްފަހު މަހޫ އުރާލާ ދެލޯ ފޮހެލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. “މިގޭ ކޮޓަރިއެއްގަ މާލިކް އެބެން. އޭނަ ގޮވައިގެންދޭ.” ހަމީދު އެހެން ބުނުމާއެކު ކަތި ނަޒަރަކުން ޚަދީޖާއަށް ބަލައިލަމުން ސަމީރު ހިނގައިގަތެވެ. ރޭގަނޑުގެ ހަމަހިމޭން […]
“މާލިކް ނެތް މިގެޔަކު” މަސް ބޯކިބަލެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ހަދީޖާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. “މިހާއިރު ވާއިރު ސަމީރަށް ނޭނގޭ ދަރި ވާތަން. ޕިސް ޕިސް… ތިވަރުވީމަ ބޮޑުވަރު.” ހަދީޖާއާ އެއްކޮޅަށް އަރަމުން ހަމީދުވެސް އެއްބައިވެލިއެވެ. “އެކަމަކު ޔުސްރާބުނި މިގެޔަށޭ މާލިކްގެނައީ! ހަމީދުބެވެސް އަހަރެން އައިމަ ދެންމެ އެހެން ބުނި.. ދެންކީއްވެ މިގޭ މީހުންނަށް އެސޮރުވީތަން ނޭނގެނީ މަންމާ؟” ސަމީރުގެ އަޑުގައިވަނީ ހާސްކަމެވެ. އެހެންނަމަވެސް މަންމައަށް ކުރަންޖެހޭ އަޙްތިރާމެއްގެ ބޮޑުކަމުން ސަމީރު ހަދީޖާއާ ވާހަކަ ދައްކަމުން […]
އަފީފާގެ ލޮލުގައިވާ ކަރުނަތައް ބޭވަފާތެރިވީ ކޮން އިރަކުކަމެއް ޚުދު އޭނައަކަށްވެސް ނޭންގެއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ފައިބަން ތައްޔާރު ވަމުންދިޔަ ކަރުނަތައް އޭގެ މަޤާމުގައި ބަހައްޓަން އަފީފާއަށް މަސައްކަތް ކުރެވުނީއެވެ. އެހެނަސް އެއީ ބޭކާރުކަމެކެވެ. އަފީފާގެ ލޮލުގައިވާ ހުރިހާ ކަރުނައެއް އެއްފަހަރާ ބޭވަފާތެރި ވީކަހަލައެވެ. ސަމީރުގެ ކޮޓަރިން ބޭރަށް ނުކުންނަންދިޔަ އަފީފާ ކުއްލިއަކަށް މަޑުކޮށްލީ ސަމީރު ބުނެލި ވާހަކައެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް އަފީފާ ފަސްއެނބުރި ބަލާވެސް ނުލައެވެ. ހީވާގޮތުން އަފީފާގެ މޫނު މިވަގުތު ސަމީރަށް ދައްކަން އެހާ […]