އިމްތިޙާން 28
“ދޮންތާ! ކޮބާތަ އެއްކަލަ ފާއިދު؟ ގޭންނެރެފަވެސް މިހާދުވަސް ވީއިރުވެސް ދޮންތަ ނޫޅެންދޯ އެސޮރު ހޯދާކަށްވެސް؟” ޝާމްގެ މަޖާ ހަރަކާތްތަކަށް ބަލަން އިން ތާނިޔާ ކުއްލިއަކަށް އެކަން ހަނދާންވެގެން ލަހުމާއާ ސުވާލު ކޮށްލިއެވެ.
“މަނުވެ ހަނދާނެއް.. ނުވެސް ދެކެން.. ދެކޭހިތެއްވެސް ނުވެ ހުވަފެނަކުންވެސް.. ބުނަން.. ބޭކާރު ކަންތައްތައް ހަނދާން ކުރާވަރަށްވުރެ ހިތްހަމަޖެހިލައިން އުޅެލަން އަހަރެން ބޭނުންވަނީ.. އެކަމަކު އަހަރެން އެއްދުހު ފިހާރައެއްގަ ހުއްޓަ ދުށީން ފާއިދު ގެންދިޔަ މީހަ. ދެން އަހަންނާ އެފިހާރައިގެ ސޭޓާ ދެމީހުންނަށް ދުކޫލުވާން ތިބެވުނީ.. އެކަން ނިމިގެން އޭރު އަހަރެން ނުކުތްއިރު އެ އަންހެން މީހާ ގެއްލިއްޖެ.” ލަހުމާ އެއްވެސް ހާސްކަމެއްނެތި ބުނެލިއެވެ.
“ދޮންތައަށް ހަމަ ޔަޤީންތަ ފާއިދުވާނީ އެމީހާ ކައިރީކަން؟
ތާނިޔާ އަނެއްކާވެސް ފާއިދާ ގުޅޭގޮތުން ސުވާލު ކޮށްލިއެވެ.
“ނޭނގެ. އެމީހާ ކައިރި ކަމެއް.. ނޫނީ އެހެން މީހަކާ ހަވާލު ކުރީ ނޫންކަމެއްވެސް.. ހަމަ ގައިމު އެދުހު އެއަންހެން މީހާ ހުރީ ކުޑަ އަންހެން ކުއްޖެއް އުރައިގެން. ޔަޤީނުންވެސް ފާއިދެއް ނެތް އެތާކު.. އަހަރެން ވަރަށް ބެލީން ފާއިދު ހުރިތޯ؟ ގައިމުވެސް ސިފައިންނާ ހަވާލެއް ނުކުރޭ.. އެހެންވެދޯ މަށަށް އެކަމާ ވިސްނަން ނުޖެހި މިހާ ހަމަޖެހިގެން މި އުޅެލެވެނީ” ލަހުމާ އެދުހުގެ ހާދިޘާ ކިޔައިދެމުން ގެންދިޔައެވެ.
މާލިކްއާ މަހޫ ރީތި ކުރުމުގެ މަސައްކަތުގައި ހުރި އަފީފާ ކޮޓަރިން ނުކުތީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. ސަލާމްގެ ޖަވާބު ދިނުމަށްފަހު ޔުސްރާއާ އެކު އަފީފާ އައިސް ކޮޓަރިއަށް ވަނެވެ. ޔުސްރާގެ އަތުގައި އޮތް ރަތް ކުލައިގެ ބޮޑު ކޮތަޅުފެނި އަފީފާއަށް ޔަޤީން ކުރެވުނީ ރަނގަޅަށެވެ.
“މަދަރުސާއަށްދާ އެއްޗެސް ހިފައިގެންދޯ ޔުސްރާ ތިއައީ؟” އަފީފާ އަހާލިއެވެ.
“އާނ! އަހަރެން މާލިކަށް ހޯދައިދިން ބައެއް އެއްޗެސްމީ. މާލިކްއަށް ކިޔަވަން ދެވޭވަރު ވާނެއްނު.” ޔުސްރާގޮސް އެނދުގައި އިށީންނަމުން ބުނެލިއެވެ.
“އަފީފާ ދައްތަ ރުޅި އައީ ބައްޕަ ދެކެ.. ޔުސްރާއްތަ ތިއެއްޗެސް ދޭތީ.. މާލިކްއަށް އަޑު އިވުން.” އަފީފާއަށް ބަލައިލަމުން މާލިކް ބުނި ވާހަކައިން ކޮޓަރީގައިވާ ހަމަޖެހުން ނަގާލިއެވެ.
“ތެދެއް..؟ އަފީފާ ތިހާ ރުޅިއަންނާނެ ކަމެއް އަހަންނަށް ކުރިން ނޭނގެ. ކޮބާ މައްސަލައަކީ؟” މޫނުމައްޗަށް ޒާތެއްގެ ގޮތެއް ހަދާލަމުން ޔުސްރާ ބުނެލިއެވެ.
“އަހަރެން ބުނީ އަހަރުމެން ނޫންހޭ އެއްޗެސް ހޯދަންވާނީ.
ސަމީރު ބޭނުން ނުވީ އަހަރެންގެ ފައިސާއިގަ އެއްޗެސް ގަންނަން. އެހެންވެ ފަހުން އަހަރެން އެއްޗެއް ނުބުނަން ތިކަމަކާ” އަފީފާ ހީވާނީ އަމިއްލަ ހަމަޖެހުން ގެއްލިފައިވާ މީހެއްހެނެވެ.
“ކޮބާ؟ މާލިކަށް ތިއުޅެނީ ނުބައިކޮށް ވިސްނިގެން. ތީ އަދި ކުޑަކުއްޖެކޭ. އެކަމު ބުނަން މާލިކް.. ތިކަހަލަ ވާހަކަ ނުވާނެ މީހުން ކައިރި ބުނާކަށް.” މާލިކްއާ ދިމާލަށް ބަލައިލަމުން ޔުސްރާ އަފީފާއަށް ހީލިއެވެ.
“ދެން ނުބުނާނަން ޔުސްރާއްތަ ކައިރި އެއްވެސް ވާހަކައެއް.
ޔުސްރާއްތަ މާލިކްދެކެ ލޯބިނުވާތީ ގަބޫލު ނުކުރަނީ..” ބޮޑާ ހާކާލަމުން މާލިކް ބުނެލިއެވެ.
“މާލިކްމީ ހާދަ ތަފާތު ކުއްޖެކޭ. އަހަރެން ހިތައް އަރާ އޭނަގެ ވާހަކަ ދެއްކުން އެހުންނަނީ ކިހިނެއްބާއޭ.؟ އަނެއްކާ އަފީފާ ދަސްކޮށްދޭ ގޮތްތަ އެއީ..؟ އަފީފާއާ ގާތްވެލަމުން ޔުސްރާ ވައި އަޑުން އަހާލިއެވެ.
“ދަރިފުޅާ ފާއިދު!… ވަރަށް އަވަހަށް އާދެބަލަ..” ސީމާ އޭނަގެ ކޮޓަރި ދޮރު ހުޅުވާލަމުން ވަރަށް ބާރަށް ގޮވާލިއެވެ. އެއަޑު އިވުމާއެކު ކޮޓަރިން ނުކުމެގެން އައިސް ފާއިދު ސީމާގެ ކޮޓަރިއަށް ވަނެވެ.
“ކޮއްކޮ އޭނީ ކުޑަ އެނދުގަ ކުޅެން. ފާއިދު މަޑުކޮށްލަބަލަ މިތާ ކޮއްކޮ ކައިރި. މިއަންނަނީ ދަރިފުޅުގެ ދޮވެފަހުރި އަންނައުނުތައް އަލަމާރިއަށް ލާފަ. ފަތްވެސް ޖަހަންޖެހޭނެ. އެހެންވީމަ ކުޑަކޮށް ލަސްވެދާނެ.” ސީމާ އެހެން ބުނުމާއެކު އާނއެކޭ ބުނަމުން ފާއިދު ހިނގައިގަތެވެ.
ފާއިދުގެ ކޮޓަރިއަށް ވަދެވުމާއެކު ސީމާގެ ހަރަކާތްތައް މަޑުމަޑުން އެހެނަސް އަވަސްކޮށްލިއެވެ. އެ ކޮޓަރީގެ ކަނެއްގައި ބަހައްޓާފައިވާ ލިޔާ މޭޒުމަތީ ފާއިދު ކުރެހުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ވަރަށް ތަރުތީބުން ބަހައްޓާފައި ހުއްޓެވެ.
ފާއިދަކީ ވަރަށް ތަރުތީބުން އުޅޭ ކުއްޖެއްކަން މުޅި އެ ކޮޓަރިވެސް ހެކިވާނެއެވެ.
ސީމާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ފާއިދުގެ ލިޔާ މޭޒުގައިވާ ތަކެއްޗަށެވެ. އެއާއެކު ސީމާގެ ތުންފަތުގާ ދުވެލީ ކާމިޔާބީގެ ލުއި ހިނިތުން ވުމެކެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް ފުރަތަމަވެސް މޭޒު މަތީގައި ބާއްވާފައިވާ އާރޓް ފޮތުގައި ފިރުމާލިއެވެ. އޭރުވެސް ސީމާގެ މޫނުމަތިން އެ ހިނިތުންވުން ފާޅުވާން ހުއްޓެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ސީމާ އެފޮތުގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އެޔާއެކު ދެލޯ ބޮޑުކޮށްލަމުން އަނގަ މަތީގައި އަތް އަޅާލިއެވެ. އިރުކޮޅަކު އެފޮތަށް ބަލަން ހުރުމަށްފަހު ސީމާ އަނެއްކާވެސް އެހެން ގަނޑެއް ހުޅުވާލިއެވެ. ހަމަ ކޮންމެ ފަހަރަކުވެސް އާ ސަފްޙާއެއް ހުޅުވާލުމާއެކު ސީމާގެ މޫނުމަތިން ހައިރާން ކުރުވަނިވި އެތައް ވާހަކަތަކެއް އެއްފަހަރާ ކިޔާދެއެވެ.
ރަޝީދާގެ އަލަމާރި ވަތްގަނޑަކުން އަލްބަމެއް ނަގައިން އައިސް އޭނާ ކައިރި ބަހައްޓާފައިވާ ގޮނޑީގައި ލަޠީފް އިށީންދެލިއެވެ. ލަޠީފު އެކަން ކުރީ ސީދާ ރަޝީދާގެ އެދުމުގެ މަތިންނެވެ. މަޑުމަޑުން އަލްބަމް ހުޅުވާލަމުން ލަޠީފް ފަހަރަކު ގަނޑެއް އުކަމުން ދިޔައެވެ. މާޒީގެ އެތައް ހަނދާން ތަކެއް ފޮރުވިފައިވާ އެ އަލްބަމްގައި ރަޝީދާގެ އާއިލާގެ އިތުރުން ލަޠީފް ދެކެފަރިތަ ނޫން އެތައް ބައެއްގެ ތަޞްވީރުތައް ފޮރުވާފައި ހުއްޓެވެ.
“ދައްތާ! މީކޮން ބައެއް؟” އާއިލީ ފޮޓޮއެއް ދައްކާލަމުން ލަޠީފް އަހާލިއެވެ.
“ތީ.. އަހަރެން.. ދެން ލަހު..ލަހުމާ. ދެންމީ ތާނީ.. ދައްތަ.. ފިރި.. ފިރިމީހާ މިހިރީ މިތާ..” ކޮންމެ މީހެއްގެ ތަޞްވީރުގައި ވަކިވަކިން އިނގިލި ޖައްސަމުން ރަޝީދާ ކިޔައިދިނެވެ.
“އެހެންތަ. ހިނގާ މި މޭވާކޮޅު ކާލަން.. އަނގަ ހުޅުވާލާ ދައްތާ…….. ދައްތަ ހާދަ ރީއްޗޭ ޅައިރު. ހަމަ ހީވަނީ ތާނިޔާހެން.. ފިރިމީހާ މަރުވީތަ؟؟” ރަޝީދާއަށް އާފަލުކޮޅެއް ލަވަމުން ލަޠީފް ވަރަށް ވިސްނަން އިނުމަށް ފަހު ބުނެލިއެވެ.
“މަރުވީ..ކަ..ކަނޑު..ވެގެން..” އެހެން ބުމާއެކު ރަޝީދާއަށް ރޮވިއްޖެއެވެ.
ރަޝީދާ ހިތްހަމަ ޖެހެންދެން ރޯލުމަށް ލަޠީފް ދޫކޮށްލީއެވެ. ކުޑަ ވަގުތު ކޮޅަކަށް ވިޔަސް އޭނާގެ ލޯބިވާ ފިރިމީހާގެ މަތިން ހަނދާން ކޮށްލުމަކީ އެކަމުގެ ސަބަބުން ހިތާއި ސިކުނޑި ތާޒާވާނެ ކަމެކެވެ. އެރުއިމަކީ ފަހަރެއްގައި ރަޝީދާއަށް ފަރުވާއެކެވެ. ހަމަ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ރަޝީދާގެ ރުއިން ހުއްޓިއްޖެއެވެ. ފަހަރެއްގައި ހިތްފުރޭވަރަށް ރޮވުނީ ކަންނޭނގެއެވެ.
“މި ފޮޓޯގަ ލަހުމާ މިހިރީ ކޮންކުއްޖެއް އުރައިން؟” ލަޠީފް އެހެން ފޮޓޯއަކަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
“ތީ ދައްތަގެ.. މާމަ ދަރި.. ފާއިދު..ނޭނގެ ..ވީތަނެއްވެސް.. އެސޮރު ނުފެނި.. މިހެން އޮވެ މަ.. މަ.. މަރުވާނީ ކަންނޭނގެ.” އަނެއްކާވެސް ރަޝީދާ އިރުކޮޅެއް ވަންދެން ރޯން ލަޠީފް ދޫކޮށްލިއެވެ.
އެވަގުތުވެސް ލަޠީފް ފަހަރަކު ތަޞްވީރަކަށް ބަލަމުން ދިޔައެވެ. ކުއްލިޔަކަށް ލަޠީފްގެ ލޮލުގައި އަޅައިގަތީ ކޮން ތަޞްވީރެއް ކަމެއް ނޭނގެއެވެ. ހައިރާން ކަމާއެކު އެ ތަޞްވީރު އަތަށް ނަގައިން އިނދެ އިރުކޮޅެއް ވަންދެން ބަލަމުން ދިޔައެވެ. ލަޠީފްގެ ވިސްނުން އެކި ދިމަދިމާލަށް އެނބުރެމުން ދިޔައެވެ.
“ދައްތާ! ދައްތަގެ މައްސަލައެއް ނެތިއްޔާ މި ފޮޓޯ ގަނޑު އަހަންނަށް ދޭންވީނު.. ނޫނީ ގަނެގެން ގެންދަންވިޔަސް ހެޔޮ.. އަހަރެން މި ފޮޓޯ ބޭނުން.” ތިންމީހެއްގެ ސޫރަ ހުރި އެ ތަޞްވީރު އަތަށް ލައިންގެން ވަރަށް ފަރުވާތެރި ކަމާ،ހައިރާން ކަމާއެކު ބަލަން އިންދެ ލަޠީފް ބުނެލިއެވެ.
– ނުނިމެ –
——————-*******—————–
ހުރިހާ ކިޔުންތެރިންނަށް!!!
” ދައްތާ! ލަހުމާ އަހަންނާ ކައިވެނި ކޮށްފާނެތަ؟” ކޮންމެސް އެއްޗެއް ވަރަށް ބޮޑަށް ވިސްނަން އިނުމަށްފަހު ލަޠީފް ވަރަށް ނޫން ގޮތަކަށް އަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.







Haadha kurey
Dhigu kollabala alhe.
Vaahaka v reeythu ekamves
???
Thanks chup
V ufaavejje vhk dhigukollan buneema
Try kuran eba vhk dhigukollan
V bz dhuvas kolhakahvefa vaahaka adhi ekkoh nuves nimi inee ehnve kommes varakah thikahala kankan hunnany.
Ekamves v ufaavejje thigothah vhk dhigu kollan request koffa cmnt kollyma.
Lysm
Thanks mi part v avahah genesdhineema.
V ufaavejje aslugaves.
Varah reethi hama mi partves.
??
Dhen anekka lahuma innaaneba??
Thanks Lamma
Yeah. Aslu vaguthun up vaane kamakah noon site ah dhookolly.
Ekam vaguthu hama up vee.
Hehe.
Let’s c lahuma innaanetho balan
V shauguveri part thakeh kuriyah kuriyah kuriyah huree
?????
Keep waiting
Thiulhey lahuma aa marrykuran alhe latheef e beynun vany??
Can’t believe?
Latheef aa nugulhe eynaeh.
Latheef ah nudheebala.
Haadha goas meehekey eyoh rangalhu meehaa e beynunvee.?
Dhen mivaahaka hama v salhi.
Inthizaarukuranee dhn in part ah
Thanks shaleen
Hehe rasheed
Dhen ekamves latheef beynun viyyo dho lahuma.
Dhen hama hingaa vhk kuriyah dhaavarakah kiyaalama.
Thanks rasheedh for the comment.
?
Hi shaleen
Thi story Hama v best
V ufaavey mivaahaka dhuvahah up kollaathy
Adhi mihaaru maa avahahves up kollaathyve.
Hehe.
Seema ah e fennany konkahala kurehunthakeibbaa?
Alhe shaleen tricky kamun v ves kiyaahihvey mi vaahaka
Waiting ga miulhenee next part ah
Quin me thanks ingey.
Ya shaleen Hama readers aa connect vaahithun Avas kollaanee Hama. Aslu vaagothakee baehfaharah situnves up vey lahun ehnve yageen kamaaeku kiyan libeyvaru kollanvegen.
Hingaa balamaa Seema ah gennaany kon ehchesseitho dho..
Ohh thanks dhen shaleen ah mivaahaka tricky kureyvan ihusaas kohdhineema.
V ufaavejje Hama thanks a lot
??
Oh wow haadha avahakah mifaharu up vee.This part is fab. Alhey haadha curious kollaafa ey thi nimmaalii.Yayy my guess correct ey. Kurin comment kureemehnu seemaa e ulheny faaidh ge art foiyy balanney. Bt last week ge guess correct dhw balan jeheyny adhi wait kollanthaa. Aslu yusraa kon kamehbaa beynun vegen e ulheny. Amilla ah maalik ah ehn vhk dhakkan dhaskoddheefa afeefaa ge boluga ilzaam alhuvany e. Omg latheef lahuma aa innan?? Lahumaa ulhey gothun heevey yes bunefaane hen. Ok shaleen loved this ingey. Just can’t wait for next part
Hey ? you
Thankssssssss a lotttttt dear❤️
Ya curiousveytha ehen nimmaaleema dear. Hehe.
Hmm art foi hoadhaalee dho. Molhu molhu I think No.1 fan ah ekani thi guess rangalhu kurevuneeves.???
Last wk ge guess dho u mean photo ga thibi meehun dho? Inthizaaru kuran jeheynee adhi ingey. Hehe.
Yusrage hageegaives ingeyne vhk ge kommes hisaabakun dho hehe.
ilzam dho yusra kahala meehun molheedho Hama hahahah..
Let’s c yusra ilzam alhuvaneetho?
Yeah latheef beynumo lahuma..
Ding ding ding
Aslutha hmm hingaa latheef and lahumaage guess ves No.1 fan ah dhimaveytho balan.
Aslu shaleen v happyvey thihen guess kuraathee. ???
Again baru baru shukuriyyaa eh?
Oh wow..v Wonder this prt…Mashaa Allah????? Hope nxt part will be?????????????
Come soon… ???????????????Curiously waiting… ?????????????
TC… Keep it up.. ??????????????
22.22
Awwwwn !!!
Thanks dear v bodukohves..??
Haadha bodah ufaavejjey ingey thi comment ga full of love…
Yes next part ves Avas kollaanan in sha Allah ingey
Yes wait pleazzzzzzzzz
Again thank you soooooo much.??
Just Wow ???
V tricky Hama mi vaahaka gendhaagoi.
Adhi ves v suvaalu ufedhey.
Ekmves Hama wait kollaany.
Keep it up
Thanks jailam Jaleel
V ufaavejje shaleenah support kolleema. ,?
Ya v gina suvaal thakuge javaabuthah Hama huree blast Kollan bahattaafa.
So bunelanee stay waiting ey.
Again thanks ?
Mipart: fab
Yusra: v art bodu
Latheef: readers hairaan kollaifi.
Seema: hagaeegai hoadhaifi dho
Vhk maa bodahves interesting
Waiting ga
Hehe thanks
Salhi thafaathu commenteh dho?
Years: yes she is
Latheef: dhwww
Seema : yeah kommes ehchei fenijjethaa.
Sooo much thanks to you.
Yes plz stay waiting
Omg lahumaa aa marry kuranney?
Alhe dhen yusrage beynumakeeves kobaatha dho
Ahannah heevany Seema ah e fenuneeehen dhen faaidhuge drawingsge hageegai
Omg omg omg
Curiously waitinnnn
Hehe yeah marry kuran beynun viyyo ajabu dho.
Yusra ey bunyas vaa meehei dho ei
Hehhe.
Seema ge hageegai balan hingaa madu kuramaa dho
Thankkkkkkk youuuu v muchuuuu
Nice nice nice
Curiousleeeee waitinggggg
V vey kuriyah huri baithah kiyaalaahih.
Avahah up kollahche
Asluvestha?
V ufaavejje.
V rangalhu commenteh kollythee Hama do happy ingey.
Dhen plz stay waiting ?
Masha Allah.
Vrh furihama vhk eh.
Plot vrh salhi.
Thee vrh ves hunaruveri liyuntheri eh.
Vhk ah comment nukuriyas baraabarah vhk kiyan.
Mi part hama varahves reethi v ma comment kohlaa hiyy v.??
❤????????
Thanks ♥️1117♥️
V ufaavejje thidhevvi hihvarah ingey.
So mifaharu comment kollyma Hama v happy ingey.
Thank you for the love and support
Vhk kiyamun kiyamun comment kohlany mi
Like seriously??amilla dhari ah beykaarah govaa meehaa kudaminun amilla mamma ah alhaaves nulaa mi ulheny majaa nagan rah rashah gos?.
Hurebala ‘Beykaaru kankan’ nukoh adhi fennaane eh dhuvahakun faaidhves. Emme beynun vaa dhuvahu e soru naissiyaa hunnaany hama rasheedhaa ge position ah anhenaa gos. Adhi hithah araa e dhuvahu ves faaidh seema kairi hurithoa bely! Keehkuraakahtha beykaariyyaa balany???
Huh! Afeefa ehves noon ehen vhk dhakkan maalik ah dhaskohdheny. Hama Yusra dhaskohdhey kankan e sorah.
Masha Allah faaidh kuda kujjakah vefa ehaa saafuthaahiru v ma hama hairaa vey. Evaru kujjeh lahumaa dhookohlyma hama hairaan vey Me.
Anekka koacchehbaa faaidh kuruhaafa othy?? So curious to know.
So saaad dhw rasheedha ge life.
Kon photo ehbaa latheef ah e fenuny??
Faaidh ge bodu iru ge photo ehtha anekka? Noony faaidhge dad tha? Have no idea..
Hama shaleen ah in’geyny, hehehe.
Vaahaka hama over all koh bunanyaa habeys. Rulhi alhuvaalaafa, hairaan kohfa mi part ga mi ulhuny..
Ekamves hama asluves vrh reethi shaleen ge liyuntherikan.
Curious to know about 2 questions in my mind.
Stay quarantined. Luv yu sistahhh❤
Alhey.. Comment pending ga dhw.
Nah, I know you pretty well mihaaru asluga.
I know shaleen Me ah adhi ehn pending comments ahves reply dheynekan.
And that’s really sweet of you?.
Waiting for your sweeet reply and next part.
Ohhhh thanks a lot ingey
Haadha rangalhey thihaa bodah shaleen ah thaureef kollyma.
????
Yeah pendinga inas Hama ei readers kuraa commentsthaa dho.
Mihaaru pending ga inas okay vaane.
Shaleen ah right libifa innany vaguthunves comment approve kuran.
So happy dho ?
Thanks anekkkkkkkkaaaa vess
Lysm
Magey Real Meeeeeeeeee
Haudhahaavaa dhigu commentekey dhee???
Thi commentga dhakkaafa thihuree v rangalhu vaahakathakei
Hmm
Kykkyrantha dho kommehen faaidhu hoadhaneekee mihaaru.
Faaidh ah maarangalhu life eh libifa ineema faaidhu noolheyviyya dho evarakun.
Yusra hmmmm yusraa miulheny gothei dho.
Shaleen ves haadha rulhi aadheyey ehn ulheytheeve.
Hm Seema faaidhu balaagothun v rangalhah tharubiyyathu vefa hunnany dho..
Let’s c dho dhen Seema ah mifennany koncheitho balan. Hehe wait wait wait
Hmm thi photo massalaiga v vess keiikollan jeheynee next week ah namaves. Hehe
Let’s c dhen kon baehtho ei
Vaahaka continue kuraany dhen dho.
Awwwwn!!!
Thanks v bodah mihaaa bodu bodu commenteh dheefa anekka guess kollaafa hureemaves ????
Again thanks a lotsssssss
Varah reethi mi partves ?
Thanks Wiz
♥️♥️♥️♥️
Aslu mi vaahaka v reethi ingey.
V molhah raavaigen vaahaka liyaa author ehkkan faahaga kuran.
Dhen v ufaavey faaidh aa dheythereyga.
V cute boy eh.
V goas dhen yusramen
V noon kamah hadhaigen ulhunakas
Anyway
Vaahaka v ves reethi?
Hi Miki
Thanks v bodahves
V ufaavejje thihaa support koffa ineema ingey.
Ya faaidh is
And yusra ves faadei dho?
So plz wait for the next part.
Thanks Miki
This is so fab.
V reeeeeethi vaahakaeh
V molhu ibaaraiikurunves
Awwwn!
Thank you so much dear♥️
V v v nice
Mi story Hama v kiyaa hihvey
Thanks shaleen
Oh really
V ves bodu shukurei
V ufaa vejje ingey.
Lysm❤️
Next part kiyaalaahithun inthizaaruga mihuree
Avas kollahchey
Hehe thanks kokko
Mi balanee Hama dhuvahun dhuvahah genesdheveytho.
Thanks?
Heyy Shaleen,
How’s you? Vaahaka hama day by day reethi adhi interesting vaa kamah vrh faahaga kurevey. Keep it up❤.
Urrrgh..I hate these anhenunthah.
Why emeehun faaidh aa dheytherey abadhu abadhu e gothah dhekenii? E kujjaage ran’galhukan fenifaves dhn neynge e kujjaa an’buraa hoadhan ulheyne noon kameh ves. Its so rude of them. Mi Yusra ves eoh kuda kuda maalik ah hurihaa goas kameh dhas kohdheefa maa noon kamah hedhe ehnu eba. Oh my god.. Faaidh kuruhaafa othii koaccheh? Latheef ah fenun pic aa beheygothun ves so curious to know. Latheef ge bodu planning eh eba ulhey. Ehnve dhw e lahuma aa eyna marry kuran ulheynii.
Waiting for next part. Stay safe. Love you shaleen❤.
Lots of love,
Lil sis.
Hi Lil sis.
Hama asluves Lil sis ehthee dho?
Ekam v shakuvaathakaa ehches ebahuri guessthahves Hama evaru.
Baeffaharu Heevey Big sis ekeyves. Hehe.
Ok
Dhen yeah faaidh hoadhan noolhenveenu dho..
Anekkolhun latheef eyoh goas meehaya marry kuranno dho.. surprise eh dho e Hama
Yeah faaidh mikurahaa ehchakaa foto ganduga oii ehchakaa vaahaka kiyamun dhaavarakah liyamun dhaanan ingey.
Hama bunelaanee thidhevvaa support dhevvamun madukollaashey mi vaanuvaa balaalan ingey.
Lysm♥️
Vrh reethi mi part ves.
Photo and drawing.
Excited to see the both secrets revealing
When next?
Ohhhh thanks carrots
Yes hageegai balaalan varah beynun dho.
Wait kollaa ekamves
Hehe
Hageegaives engigen vaahaka nimeynee ingey.
Thanks for the love and support
Maashaa allaah.. vvv reethi mipartves.yusraage magusadhaky kobaatha.. waiting…
Thank you so much
Plz wait for the next part dear