އިމްތިޙާން 24
ގޭތެރެއަށް ވަނުމަށް ފުރަތަމަ ފިޔަވަޅު އަޅާލުމާއެކު ކުރިމަތިން ފެނުނު މަންޒުން ލަތީފުގެ މުޅި ހަށިގަނޑު ގަނޑުވިކަހަލައެވެ. ސުވާލުތަކެއްގެ ނަޒަރުން އެދިމާލަށް ބަލައިލުމުންވެސް ލަތީފުގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.
“މިހިރީ ކޮޓަރި. ހުޅުވާފަ ހުންނާނީ. ކޮޓަރި ތަޅުދަނޑިޔާ ބޭރުދޮރުގެ ތަޅުދަނޑިފަތި އޮންނާނެ އެނދުމަތީ.” ލަތީފް ސިއްސައިން ދިޔައީ ތާނިޔާގެ އަޑު އިވުމުންނެވެ. ތަންކޮޅަކަށް ހިނގާލަމުން ލަތީފަށް ކޮޓަރި ދައްކާލުމަށްފަހު ތާނިޔާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
ލަތީފް މަޑުމަޑުން ކުރިޔަށް ހިނގަމުން ދިޔައެވެ. ކަނާއަތް ފަރާތުގައި ހުރި މޭޒުމަތީ ނިދާފައިވާ މުސްކުޅި އަންހެންމީހާ ކައިރިއަށް މަޑުމަޑުން ޖެހިލިއެވެ. އެމީހާ ފެންނަ ކޮންމެ މީހަކުވެސް ހައިރާންވާނެކަން ކަށަވަރެވެ.
އެތަނުގައި ފަންކާ ޖަހާފައި ނެތުމުގެ ސަބަބުން އެމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އެ އަންހެންމީހާ ބާއްވާފައިވާ މޭޒު ހުރީ އެއްފަރާތުން ފާރުގައި ޖައްސާފައެވެ. އެމީހާގެ ބޯއަޅާފައިވާ ބާލިސް ކައިރިން ފެށިގެން އުނަގަނޑާ ހަމައަށް އެއްވެސް ތަރުތީބެއްނެތި ވަނީ ތަފާތު ވައްތަރުގެ ލުއި ކާނާގެ ޕެކެޓްތަކެވެ. ކުދި ކިރު ޕެކެޓްގެ ދެތިން ޕެކެޓްގެ އިތުރުން ހުސްވެފައިވާ ކުޑަ ފެންފުޅިއެއް އޮތެވެ. ބައެއް ޕެކެޓްތައް ކަނޑާފައި ވާއިރު ނުކަނޑާ ހުރި ޕެކްޓްތައްވެސް ވަކި މަދެއް ނޫނެވެ.
އެތަކެތީގައި ޖައްސަމުން އުދުހެމުން ދިޔަ މެހިތައް ބައެއްފަހަރު އެމީހާ ގައިގައިވެސް ކޮށަމުން ދިޔައެވެ. ގޮނޑަކަށް އެއްލައިލާފައިވާ ފުރާނަ ނެތް މަސްގަނޑެކޭ އެއިންސާނާއެކޭ ތަފާތެއް ނެތެވެ. އުންމީދު ނުކުރާ އެތައްކަމެއްވެސް އިންސާނާއާ ކުރިމަތިލަނީ އިމްތިހާނެއްގެ ގޮތުގައެވެ. ލޮލަށް ފެންނަން ބޭނުން ނުވިޔަސް މިއަދު ލަތީފްގެ ހުރިހާ ގުނަވަނަކުން އެމަންޒަރު ޤަބޫލު ކުރެއެވެ.
“ޕިސްޕިސް.. ސުބްޙާނަ ﷲ!. މީވެސްގައިމު ދިރިހުރި އިންސާނެއްތާ.. ހަމަ ގައިމުވެސް މިމީހާ މަރުވެފަ ވާނަމަ މިތާކު ނޯންނާނެތާ؟ އެކަމަކު މީއަނެއްކާ ކާކުބާ؟” ހިތުތެރޭގައި އެތައް ސުވާލެއް އުފައްދަމުން ލަތީފް ގޮސް ކޮޓަރީގައި ދަބަސް ބަހައްޓާލިއެވެ.
އަނެއްކާވެސް ހަމަ އެމިނެޓްގައި ކޮޓަރި ދޮރުކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. އާޝޯޚް ވެފައިވާ ލަތީފް އެމުސްކުޅި މީހާއާ ދިމާލަށް ބަލަން ހުރުމަށް ފަހު ގޭތެރެއަށް ހިނގައިގަތެވެ.
ގޭގެ އެންމެ އެތޭރޭގައިވަނީ ކާގެއެވެ. ހޮޅިބުރީގެ އަލިކަން ފެންނަން ހުރުމުން ލަތީފްގެ މިސްރާބު ހުރީ އެދިމާލަށެވެ. ލަތީފް ކާގެއަށް ވައިންއިރު ފަސްދީގެން ތަށިތަކެއް ދޮންނަން ލަހުމާ އަވަދިނެތި އުޅެއެވެ. ކާގެއަށް ވަދެގެން އައީ ތާނިޔާކަމަށް ހީކޮށް ދޮންބޮޑުވެފައިވާ ލަހުމާ ފޫހި ރާގެއްގައި ހަޅޭއްލަވާ ފާޑަށް ވާހަކަ ދައްކަން ފެށިއެވެ.
“ތާނިޔާ!. އަދި ކިރިޔާ ދޯ ތިއާދެވުނީ. އޭނައަށް ދެތިން ޕެކެޓް ކާންދިނިންތަ؟ ދެން އާދޭ. މިހިރީ ހޮޓަލަކުން އަހަރުމެނަށް ވަރަށް މީރު ބަތެއް ގެނެސްފަ.” ބޯފެން އަޅާނެ ދެތަށި އަތަށް ހެޔޮވަރު ކޮށްލަމުން މޭޒާ ދިމާލަށް ލަހުމާ އެނބުރިލިއެވެ.
ކުއްލިޔަކަށް ސިއްސައިން ދިޔުމާއެކު ލަހުމާގެ ހައިރާންކަން ވީއިތުރެވެ. ލަތީފަށް ބަލައިލުމަށްފަހު ވަރަށް އަވަހަށް ލަހުމާއަށް އިސް ޖަހާލެވުނެވެ. ލަދުން ކަންނޭނގެއެވެ. ނޫނީ އޭނާގެ ނަފްސުގެ މައްޗަށް ބާރު ގަދަކޮށްލަން ފަސްޖެހުނީއެވެ.
“އަހަރެން ހީކުރީ..” ލަހުމާ ބުނަން އުޅުނު ވާހަކަ މެދުކަނޑުވާލީ ލަތީފެވެ.
“އެންމެރަނގަޅު… ހޫމ.. ތިބުނަން އުޅުނީ އަހަރެން ހީކުރީ ތާނިޔާ ކަމަށޭ.. އެހެންނު؟ އަޅާނުލާ. މިތާ އިށީނަސް އެންމެ ރަނގަޅުތަ؟” ލަތީފުގެ ވާހަކަތަކަށް އަނގަ ހުޅުވި ހައިރާންވެފައިހުރި ލަހުމާއަށް ބަލައިލަމުން ލަތީފް ގޮނޑިއެއްގައި އިށީނެވެ.
މަހޫ ނިންދެވުމަށްފަހު ބޭރު ގޯއްޗަށް ނުކުމެ އަފީފާ އުނދޯލި ހެއްލާލަ ހެއްލާލާ އިނެވެ. ކޮންމެސް ފިކުރެއްގައެވެ. ނޫނީ ކޮންމެސް ބޮޑު ކަމަކާމެދު ވިސްނާލާށެވެ. އަފީފާއަށް މާލިކްއަށްވުރެ ބޮޑަށް ކިޔަމަން ވަނީ މަހޫކަމުން ކޮންމެ ރެޔަކުވެސް މަހޫ ނިންދެވުމުގެ ޒިންމާއާ އަފީފާ ހަވާލުވެއެވެ.
“އައްސަލާމް ޢަލައިކުމް!” ސަލާމް ގޮވާލަމުން ފަހުދު އައިސް އަފީފާ ގާތު އުނދޯލީގައި އިށީނެވެ.
“އިސްލާމީ ރީތި ސަލާމް ގޮވާލީމަވެސް ޖަވާބުވެސް ނުދޭންތަ ތިއިނީ؟” ފަހުދު ވާހަކަ ފަށާލިއެވެ.
“ކީއްވެ ވާހަކަ ނުދައްކާ ތިއިނީ؟.. ކަމަނާގެ ފިރިކަލުން މަނާކުރީތަ އަހަންނާ ވާހަކަ ދެއްކުން؟ ނޫނީ ގަބޫލުކުރަން އުނދަގޫ ކަންތައްތަކެއް ސަމީރުގެ ފަރާތުން ފެންނަނީތަ؟” އަފީފާގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ފަހުދުގެ ވާހަކަ ހުއްޓާލިއެވެ.
“ތިގޮތަށް އިސްލާމީ ރީތި އުޞޫލަށް އުޅޭމީހުނަށް އިނގެނީ ހަމައެކަނި ސަލާމް ގޮވާލަންދޯ؟ އެހެން ކޮންމެ ކަމެއް ހެޔޮދޯ ކޮންމެ ގޮތަކަށް ހުއްޓަސް.. ފުރަތަމަވެސް މީހުންނަށް އިޙްތިރާމް ކުރަން ދަސްކޮށްބަލަ.. އަސްލު ތިއައީ ބޭކާރު ވާހަކަ ދައްކަން.. އަވަހަށް މިތަނުން ދިޔައްޔާ ދެން އެންމެ ރަނގަޅުވާނީ.” ހިތްހަމަ ނުޖެހިފައިވާ މޫނު އިތުރަށް ފުސްކޮށްލަމުން އަފީފާ ބުނެލިއެވެ.
“ބޭކާރު ވާހަކައެއް ނުދައްކާނަން.. އެންމެ ރަނގަޅު. މަށަށް ފޮރުވިފަވާ މަގޭ ހަޤީގަތް ކިޔާލަދީބަލަ.. މީ ކިހާރަނގަޅު ވަގުތެއް. ހާދަ އާދޭހެކޭ މިކުރަނީ.” އާދޭހުގެ ރާގެއްގައި ފަހުދު ބުނެލިއެވެ.
“އަހަރެން މިދަނީ ނިދަން. އެހެން ނޫނަސް އަހަންނާ ސަމީރުގެ ދޭތެރެ ޖައްސާނަމޭ ކަލޭ ބުނީމެއްނު. މަނެތިން މިތާއިންނާކަށް. ކަލެޔަށް އެވާހަކަތައް އަހަރެންގެ ދުލުން ޅެން ފަރިހީގެ ރާގަށް އަމުނާލަ ދިނަސް އެއްވެސް މީހަކު ކަލެޔަށް ތަޢުރީފެއް ނުކުރާނެ. އަނެއްކޮޅުން އާދޭސް ކޮށްކޮށް ހުންނަން ޖެހޭނީ. އެހެންވީމަ އަހަންނަށް މާރަނގަޅުވާނެ މިރޭވެސް އަރާމުކޮށް ނިދާލިޔަސް.” އަފީފާ ގޮސް ގެއަށްވަނެވެ.
“ދިއްލީ”ގެއިން ފަހުދަށް ނުކުމެވުނީ އާދިލާގެ ކުރިމައްޗަށެވެ. ނިތްކުރިޔަށް ރޫޖައްސާލާ ބާރުކޮށްލަމުން އާދިލާ ފަހުދަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އާދިލާއަށް ވާނީ އެހެން ނޫންހެއްޔެވެ. ޝައްކެއް ކުރުމުގެ ޖާގަ ލިބޭހާ ހާމަ ގޮތަކަށް އާދިލާއަށްވަނީ ފަހުދާއި އަފީފާ ޖޯލީގައިތިބެ ވާހަކަ ދެއްކިތަން ފެނިފައެވެ.
“ފަހުދު! މިގޭގަ ކީއްކުރަނީ؟ ހާދަ ލަސް ގަޑިއަކު؟” އާދިލާ ފާޑަކަށް ހުރެ އަހާލިއެވެ.
“ހެހެ.. އާނ. މިއައި އަސްލުގަ ގެއްލިގެން އުޅޭ އެއްޗެއް ހޯދަންވެގެން. މަށަށް ހީވަނީ އެވީތަން އެނގޭ މީހަކީ އަފީފާހެން. އެހެންވެ ވަރަށް މަސައްކަތް ކުރަން އެބަ ފެނޭތޯވެސް.. އޭނަ އެހުންނަނީ މަ މިވަރަށް އަހާއިރުވެސް ގޮތްދޫ ނުކުރާންވެގެން.” މޫނު މައްޗައް އެކިފަހަރު އެކި ވައްތަރު ޖައްސާ ފަހުރުވެރި ވާކަން ދައްކަމުން ފަހުދު ބުނެލިއެވެ.
“އެހެންތަ؟ މަހީކުރީ އަނެއްކާ ސަމީރު ޖަހައިގަނެގެން އެއުޅެނީ ފަހުދުގެ ތެޔޮނާށި ކަމަށް. ހެހެހެ… އެހެންވެ އައިސްފާނެދޯ ކާމިޔާބު ވޭތޯ ބަލަންވެސް” އާދިލާ ސަކަ ގޮތަކަށް ހީނގަތެވެ.
“ނޫން.. ތި ވިސްނުނީ މުޅިން ރަނގަޅަކަށް ނޫން. އެކަމަކު މުޅިން ގޯސްކޮށެއްވެސް ނޫން.. އެކަމަކުވެސް ވަރަށް ޔަޤީން ވާއެއްޗެއް ދެންމެ އާދިލާއަށް ތިބުނެވުނީ.. ޔަޤީންވާ ކަމަކީ އަހަރެން މިއުޅެނީ ކާމިޔާބުވޭތޯ ބަލަން. ހޫމް.. ކާމިޔާބުވޭތޯ.. އެކަމަކު މަށަށް އިނގޭ އަފީފާގެ އެގޮތްދޫ ނުކުރާގޮތް ހުރިއްޔާ މިކަން ކާމިޔާބުވާން އެތައް އަހަރެއްވެސް ނަގާފާނެކަން.” ޝަހާދަތް އިނގިލި ވައިގެތެރޭގައި އިޝާރާތް ކުރުވަމުން ފަހުދު އެހެން ބުނީ ވަރަށް ފުން ނަޒަރަކުން އާދިލާއަށް ބަލަން ހުރެއެވެ.
“ކޮބާ މަށަށް މި ހީވީ ރަނގަޅަށް. ތިއުޅެނީ އަފީފާއާ ހިތާވެގެން.. ދެން ތީ ކޮންކަމެއް،. އެމީހުނަށް ހަމަ ޖެހިގެން އުޅުނަދީބަލަ.” އާދިލާ ހިތްހަމަ ނުޖެހޭގޮތް ދައްކާލިއެވެ.
“އަހަރެން މިދަނީ ދާން. އެކަމަކު އަފީފާ ލިބޭތޯ މަށެއް ނޫޅެން އަމުދަކުން.. ހަމަޖެހިގެން އުޅުނަވެސް ނުދޭނަން.. އަފީފާ ބޭނުންވެގެން އޭނައާ ކައިވެނި ކުރާކަށް އަހަރެން ނުވެސް އުުުުުުޅެން.. ބުނަން.. ދެންމެ މަމިކީ އެއްވެސް ވާހަކައެއް ކަލޭ ގޮސް އެހެން މީހުން ކައިރި ކިއްޔާ މަށަށް އެނގޭނެ ހަދާނެ ގޮތް.” ފަހުދު ހިނގައިގަންނަމުން އާދިލާއާ ދިމާލަށް ލޯއަޅާލިއެވެ.
ލަތީފްގެ ކުރިމަތިން ވާގޮތައް މޭޒުގެ އަނެއްފަރާތުން ގޮނޑިއެއްގައި ލަހުމާ އިށީނެވެ. އަވަސް ހަރަކާތަކާއެކު ދެތައްޓަށް ފެންއަޅަމުން ދިޔަ ލަހުމާ އިރުއިރުކޮޅާ ލަތީފްގެ މޫނަށް ބަލަމުންދިޔައެވެ.
“ވާހަކައެއް އަހާލަންތަ؟ ކުރިން މިގެޔަށް އައިއިރު ފެންނަން ހުރިގޮތަކަށް ނޫން މިހާރު މިތާ ގޭތެރެ ފެންނަން ހުރީ.. ކާކު އެތާ ނިދާފައޮތީ؟” ލަތީފު ކޮށްލި ސުވާލުން ލަހުމާ ކޮންމެސް ވަރަކަށް ހާސްވިއެވެ.
އެއްވެސް މީހެއްގެ ކުރިމަތީ ކުރިން މިއީ ލަހުމާއަށް ވާގޮތެއް ނޫންކަން އަމިއްލައަށްވެސް އޭނާ ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ލަތީފްއާ ބައްދަލުވާ ވަގުތު ތަކުގައި މިހެން ވަނީ ކީއްވެބާއޭ ލަހުމާ ހިތަށް އަރައެވެ.
– ނުނިމެ –
——————-*******—————–
ކިޔުންތެރިންނަށް… ކުޑަކުޑަ ހަދިޔާއެއް. ??
( ކުރިޔަށް އޮތް ބައިގާ ?)
“އަހަރެން ތިކެއުމެއް ނުކާނަން… ބައެއް ކެއުންތަކަކީ އެޔަށް ޒަހަރު އަޅާފަނެތަސް… ޒަހަރުގެ ހިތި ރަހަ ފަހުން ކަރުތެރޭގަ ލާފާނެ ކެއުންތައް. އެކަން ވިސްނައިން ކައްޗެ!” އެހެން ބުނުމަށްފަހު …… ؟؟؟؟ ? ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







Wow mifaharuge hadhiyaa vrh different ingey. Latheef baa ehn bunanee e? So curious ingey eii kaaku buni eccheh tho balailan. Mi part hama habeys. Masha allah vrh asarugadha. Alhe emeehun mamma ah ehen hadhan heyo nuvaane ehnu. Varah dheravi e hisaabu kiyaalaafa. Dhn fahudhu afeefaa gaathun hoadhan e ulhey sirru ves hoadhaa hithun mihunnanee hama. Afeefaa ah eynage sirreh ingeythee birun e hoadhan gossa ekam aadhilaa ah inzaaru dheefa eyna dhiyaeema hini ves ai???. Maa kerey kamah dhakkaigen ulhunas afeefaa kurimatheega eyna vanee meedhalakah viyyaa?. Sooo good mi part. Rovvaalaafa ,hevvaalaafa. Nooney vaa molhu liyuntherieh thee masha allah. Waiting for next. Lysm❤
Hi
How’s you dear.
Yeah mifaharuge hadhiyaa kamudhiyaima feeling so happy ingey.?
Let’s c dho kaakubaaey ehen e bunelanee.???
Mi part ehaa kamudhiyakamah faahaga kollaafa thaureefu koffa ineema shaleenge hinithunvun filaa nudhe ingey.?
Thanks and alhamdhu lillah.❤️
Ya eves Hama dhuniyeyge baeh thanthaa kankan hingaa aadha dho?☹️
Fahudhu ebunaagothunves e sirru afeefa v hifattaa dho goi dhoo nukoh.
Haha. Adhilaa n fahudhu dho…?
Shaleen ah thihaa hivvaru dhey kujjei hureethee Hama
Alhamdhu lillah
And thanks to YOU BODUKOH??
Shaleen
Mi part dho alhe
V habeys ingey
Heenukuraa kahala kankan mi part ga mi veeves
Dhen haadha goas baekey thaaniyaamen alhe.
Any ways mifaharuge hafthaage hadhiyaa v salhi ingey.
Mihaaru Hama inthizaaru Kureveny e part kiyaalan.
Ma sha allah
Wow
This is so amazing ❤️?
Such a heart touching story with super duper dialogues
How old are you shaleen,?
Amazing author in maldives,??
Keep it up dear
Kulhadhaana liyuntherieh thee shaleen. Varah reethi mi bai. Fahudhu ulhey part thah abadhuvx hama varah obi . Eyna eii hama fakkaa character eh. Afeefaa gaathah hoadhan edhaa sirru eyna ah hoadheny kon dhuvahakun baa? Waiting waiting
Thank you Maree ?
Ya fahudhu kahala meehunves ulheyviyya dho. Thafaathu tast thah leemaennu vaahaka rangalhuvaany dho.?
Ya let’s c v dhuvas ves nagaafaane dho afeefaa goi dhoo nukuraavarunves
Afeefa alhe noolheyviyya bunaakahves evarah ahaa iruves ?
Masha allah great job. Keep it up.
Thanks Hawwa
Dhevvi supportah ???
Thaaniyaa and lahumaa haadha goahey. Bas ves husvejje emeehunnaa dhimaalah bunaane. Ehaa ves…?♀️. Varah emotional. Waiting for next
Thanks dear
Ya efadha meehunves dhuniyeyge ulhenynu kommes thaaku dho
Hama hageegathugaves ulheynethaa.
This is just a story
Bt Hama hageegee kankan mifadhain hingaafa huredhaane dho
???
Hi komasthey
Haadha dhuvas kollaafaey dho cmmnt eh dhevvee
Ehn namaves ufaavejje cmnt pendinga inas ingey
Thank you v bodah
Ya thaaniyaamen dho
And mifaharu Hama hafthaage hadhiyaa thafaath kolly ingey
Hehe
Hi jailam Jaleel
Thanks v bodah thi dhevvi support ah
Shaleenge age aki 30 ingey
V ufaavejje comment ehaa salhiveema
Ekm pendinga iny
Maashaa allaah.. mipartves vvv reethi. Adhi mifaharuge hadhiya hama v thafaath ingey.. v asarugadha..fahudhuge kanthah gadu huttey vareh nuvey dhw..hehe..waiting for next part.. kehmadhuvefa.. tvgc dear..luv u so much
Thank you ?
Komme partakahves gavaidhun comment kollaathee v ufaavey.
Ya fahudhu bahattaafa every Hama ekamah
Oh thank you.
Wait kollaa ehenveema Hama adhives
Masha allah. Vrh heart-touching part eh. Vrh bodah ves emotional vejje. Lahumaamen kanthah kuraa gothun dhw. Amilla ah dhuniye ah ais thibi bayeh hen heevany?. Hahaha.. Fahudhu maa gaddaa vefa ulhey meeha ah evves kameh nukureve ehnu Afeefa kurimathy?. Vrh kamu gossi hadhiyaa. Me ah heevany latheef kannenge ehn e buny. And plus I think latheef eii thaaniyaa and lahumaa aa leyge gulhun hunna meeheh hen. Waiting, waiting very curiously. Best author award goes to Shaleen. Vrh reeeeeeethi story ge plot and your tricks, You haadha tricky kujjekey dhwww. Byee. Stay quarantined.
Shukuriyya Real Me.?
Haha. Ya fahudhuah nengeykamei afeefa ah ingenyaa birugannaanethaa dho. Ekam sameeru kurimathee fahudhu ehen ulhunass.
Hadhiyaa kamudhiyaima v ufaavejje.?
Guess kolly dho latheef kamah? Let’s c dho..
Ehentha latheef akee thaaniya n lahumaage kaakutho balamaa..
Wait wait wai?
Best author ey buneemuge ithurah award evves dhevveethee v bodah shukuru..
Allah alhugandu vaahakaeh mi liyelaneeves mihen publish kuran. V bodu riskeh mee.
V visnanjehey liyuntherikamah
And Hama v hard work eh.
Plot and author kamudhiyaima v happy
Thanks a lott
Masha allah varahhhh kamugossi mi bai. Afeefaa mee hama fisaari kanbaleh. Eyoh molhuvegen ulhey fahudhu e hunnany afeefaa ah ingey sirru nuhoadhifa viyya. Rangalhu rangalhu fahudhu thalhuvaalaafa noony afeefaa sirru haama nukurun hama buddhivery. Afeefaa is so good. Dhn anna bayakah inthizaaru kurany mi.
Thank you Naaidh?
Kamudhiyaima Hama thi nimunee
Ya afeefa and fahudhu dho
Eivaabayekey
Dhen Hama wait kollaa mi vaanuvaa balaalan
Hey sis! How’s yuhh? Vhk ah bunelaanii it was hama marvelous ey. Keep on going with your great effort ?. Ahahahaha.. Afeefa hama baraabaru. Fahudhu eynage fahathun maabureh hen en’burey iruves e manje hama alhaaves nulaa dhw. Dhn rangalhehnu fahudhuge molhu dialougue thah beat kohlevey varu meeheh hunnakanves. Lahuma and Thaaniyaa ah visneynii kon dhuvahakunbaa eii emeehun ban’du alhaa vihey maimeehakan?. Vrh hithuga jehun e bai kiyaalaafa. Aacchaa! Haadha thafaathu hadhiyaa eh mifaharu.. I think its Latheef. Anyways waiting for the next. Anekkaa ves Wednesday annandhen wait kuraanan?. Good night. Swyyt dreams and stay safe. Ummmwah.. Luv yuhh sis ♥️
Aayu ah hama gaimuves mi part vrh reethi. Rovifa indha fahudhu and afee ge bai aima hevunii. Keep it up. Shaleen ah success libeythii aayu veh ufaavey. Aslu reyga mi part kiyaalin. Ekam maa lasvefa huriima hithah erii shaleen dhn neyngeyey comment balaane kameh ehnve miadhu avahah fonuvaalii mi. Well done, Stay safe
Hi Aayu❤️
Thank you
Hehe ehentha. Rovvaalaafa hevvaaleetha?
Oh ehen dho.
Ok hingaa anekkaa kuriyah in bayah inthizaaru kuramaa dho
Hey sis ❤️. Mi part was marvelous. Ahahaha. Fahudhu mihaaru hunnanii maaburehhen afeefa ge fahathuga en’buri en’buri dhw. Ran’galhehnu dhn eyna ge dialouge thakah rahdhu dheyne meehaku huri kanves. Hehe. Lahumaa and Thaaniyaa ah visneynii kon dhuvahakunbaa eii emeehun ban’du alhaa vihey maimeehakan ?. Emeehunah vure Latheef ah ves maa visney. Oohoa, mi faharu vrh thafaathu hadhiyaa dho. I think eii Latheef buni dialougue eh hen. Waiting for the next part. Anekkaaves dhen anna wednesday ga dho?. Heheh. Good job. Thihen work kuracche abadhuves. Stay safe dear. Luv yuhh sis ♥️.
Lots of love
Lil sis♥️
Saabahey Shaleen. Varah varah reethi mi part masha allah. Pispis alhe lahums men kuraa kanthah e hunnay. Kihineh ulhey baettha. Maimeehaa bandah baavvaafa emeehun vee meeruhaa eccheh kaan. Boa halaaku. Dhn fahudhu. Eyna meehunah inzaaru dheefa maa gadhavelaigen e ulheny alhe kon molheh libeytheetha. Gaimu afeefaa kairi nuulheve eheneh???. Adhi bunefi ehnu Sameeru men hamajehigen ulhunaka nudheynamey. Fahudhu ah hama nujehevigen ulhey iru vx adhivx ehn meehunge hamajehun nagaalan e ulhenii?♀️. Waiting waiting
Thank you kashhaf ?
Alhamdhu lillah.
Dhen keekey dho bunaany
Dhuniyege kommes thanthaaku bayaku ulhey goi angaaladheyn shaleen beynunvany.
Adhi mikahala kankamun thikudhin ibrai hoadhaafa rangalhu gothah amal kuran.
Haha u ves thi bunee rangalhah ,???
Lil sis ?
I am doing well
Thanks v bodah
Comment aa dheytherey v hih Hama jehey.
Ya fahudhu n afeefa ge fight ranghu dho??
Dhen lahuma and thaaniya menn dho??
Dhen balamaa hingaa kaakah special dialogue ehtho eynee hadhiyaa akah dheefa.
Stay waiting ingey
Javaab hoadhaalan
Hehe.
Again my dearest
Thank you sooo?
Hiiiii! Mi part ga hama set of emitions dhw mi inee gengulhefa! Vrh reethi mi part ves dearaa. Afeefa vareh neiyy hama???. VERY nice story. Furathama vhk ey meehaku nuves bunaane vaahakaiga thi gengulhey molhethi techniques fenifa?. Well done sis..
Thanks dear.
Ya kommes kahala tricks thakei gengulhegennu vaahaka liyeveynee dho.✍️✍️
Hehe first vaahaka veema beynunvany hedhey mistakes thah ingen.
Ekm mihaaruves thi comments dhevvaathy v hihvarulibey and rangalhu kollanvaa kankan ingey.
Thanks a lot?
Mee ey shaleen ge story ge magic aky. Maa avahah vhk kiyijjeyyaa dhen hama ulhen jeheyny foohivegen mulhi hafthaa ehkoh?♀️. Vaahaka kiyaalan keiyy madhuvefa mi hunnany.
Asluves first vhk aa balaafa hama vrh superb story. N ya, pending ga comment inna kudhinnab ves reply dheythy ingey vrh friendly author ehkan. Waiting dor for the next veryyyyyy curiously.❤
Hehehe. Thank you anekkaaaves misvegen ulheytheeve vaahaka mathin. ????
Dhenves bunelan othee Hama wait kollaashey jeheynee.
Next part Hama readyga inee.
Ya. Pendinga inas ekudhinnahves jeheynennu shaleen reply Kollan dho. ?
Hi I am so proud of
Thanks for the story
And this is so amazing
Hi Quin me
Theenage comment inee pendinga namaves isaahithu shukuru
V ufaavejje kuru ekam maana fun cmmenteh libuneethee
Thanks a lot