ދޮންމާގެ ނަސީބެއް ކަންނޭނގެ ތި އާއިލާގެ މީހަކު މިހާރު މިރަށުގަ ނެއްކަން. އެހެން ނޫންނަމަ ދޮންމާ އަނެއްކާވެސް މިތާ އުޅެންޏާ މަށަށް ވަރަށް ޖެއްސުން ކުރެވޭނެ. އަސްލު އަހަރުމެން މިބޯ ސިނގިރޭޓަކަށްވުރެ ދޮންމާ މިތާ ހުރީމަ ލިބޭ ގެއްލުން މާބޮޑު.” ބޮމުން ދިޔަ ސިނގިރޭޓުގެ ބާކީބައި ވައިގެ ތެރެއަށް އެއްލާލަމުން މާލިކް ހިނގައިގަތެވެ. ފިހާރައަކުން ކުޑަ ރުމާލެއް ހިފައިން އައިސް ސަމީރު ޚަދީޖާ ކައިރި އިށީނެވެ. އެއަށްފަހު ކުޑަ ތައްޓަކަށް ކުރުނބާ ފަނިފޮދެއް އެޅުމަށްފަހު އެ ފަނިފޮދު […]
“މަހޫ! ގޮސް ދޮންމާ ކައިރި ބުނެބަލަ އަހަންނަށް ދީބަލާށޭ ފަންސާސް ރުފިޔާ.. ދޮންބެ ބުނުމަށްވުރެ ރަނގަޅުވާނީ މަހޫ ބުނީމަ.” އާދޭހުގެ ރާގެއްގައި މާލިކް ބުނެލިއެވެ. “ޕިސް.. ތިހެން ނުކިޔަބަލަ. އެވެސް މަންމައެކޭ. ބައްޕަ އެހާ ދެރަވާއިރުވެސް ދޮންބެ ނޫޅެ ތިހެން ކިޔުން ހުއްޓާކަށް. ދޮންބެވެސް ގޮސް ހަމަ ބުނަންވީނު. ދޭނެ..” މަހޫ ބޭނުންވަނީ މާލިކް ލައްވާ ބުނުވާށެވެ. “ބައްޕަ ދެރަވާނެކަމެއް ނެތް. މަހޫއަކަށް އެއްވެސް އެއްޗެއް ނޭނގޭނެ. އަހަންނަށް އެނގޭ ބައްޕަގެ ގޮތް. މަ ހަނދާންވޭ… ނުބަލާންވެގެންދޯ […]
ކުއްލިޔަކަށް ދޮރު ހުޅުވާލަމުން މޫސަ ގޭތެރެއަށް ވަދެ ސޯފާގައި އިށީނދެލިއެވެ. މޫސަގެ ހާސްކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ސަމީރު ފެނުމުންވެސް މޫސަގެ މާބޮޑު ސަމާލުކަމެއް ސަމީރަކަށް ނުހުއްޓުނެވެ. މޫސަގެ މޫނުމަތިން ހެކި ދެމުންދިޔަ ހާސްކަން ސީމާއަށް ވަރަށް އަވަހަށް ނަގައިގަނެވުނެވެ. ސީމާގެ ވާހަކަ ވަގުތުން ހުއްޓާލުމާއެކު މުޅިތަން ހަމަހިމޭން ވިއެވެ. “ސީމާ! ގެނެބަލަ ފެންތައްޓެއް” ހާސްކަމުގައި ފިކުރެއް ކުރަމުންދޮޔަ މޫސަ ސީމާއަށް ގޮވާލަމުން ބުންޏެވެ. “މޫސަބޭ! ކިހިނެއްތަ؟” ތުގާ އުރާލައިން ގޮސް ސޯފާގައި އިށީންނަމުން ސަމީރު އަހާލިއެވެ. […]
“ތިހެން ކަންތައް ކުރީމަ ވަކި ކަލެއަށް ވީ މޮޅަކީވެސް ކޮބާތަ؟.. އޭރު ތިހެން އަޅާލުން ބޭނުންވީ އަހަރުމެނޭ.. މަންމައޭ ކިޔާ އާދޭސް ކުރީ އަހަރުމެނޭ.. އެކަމަކު.. އެކަމަކު މިއަދު ތިތާ އޮވެ އަޅާލުން ބޭނުންވެގެން ދަރިފުޅާއޭ ކިޔާ އާދޭސް ކުރިޔަސް އަހަރުމެނަށް އަޑު ނީވޭ ސަބަބު އެނގިއްޖެދޯ؟” ލަހުމާގެ ހަށިގަނޑުގައި އަނދަމުންދިޔަ ހުޅުގަނޑު އިތުރަށް ރޯވާން ފެށިއެވެ. “ދެންވެސް އަޑުއަހާ.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުރީ އަހަރެންގެ މަންމަގެ އަތުންނޭ މީހަކާ ދިމާލަށް ބުނަން މިޖެހުނީ ފުރަތަމަ […]
ހަމަހިމޭންކަމުގައި ސާލެއް އޮޅައިން އެނދުގައި އޮތް ލަތީފު ސިއްސައިން ދިޔައީ ދޮރުގައި މީހަކު ޓަކިޖެހި އަޑަށެވެ. އެއަޑަށް ލަޠީފް ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ތާނިޔާއެވެ. ލައިގެން ހުރީ ކުރު ޓޮޕްކޮޅަކާ ކުރު ޖިންސް ކޮޅެކެވެ. ތާނިޔާގެ ބުޅި އިސްތަށިގަނޑު އޮތީ ކުރިމައްޗަށް ވާގޮތަށް ކޮނޑު މަތިން ވައްޓާލާފައެވެ. އެންމެ ނަޒަރަކުން ލަޠީފް ތާނިޔާއަށް ބަލައި ލުމަށްފަހު އިސްޖަހާލީ ލަދުންނެވެ. އެއީ ތާނިޔާގެ ގޮތެވެ. އެއާދައަށް ހަމަ ކޮންމެ ފަހަރަކުވެސް ލަޠީފްގެ ޢަމަލު ބަހައްޓަނީވެސް އެފަދައިންނެވެ. […]
“އަދި ބުނި ލަހުމާއާ ކައިވެނި ކުރުމަށްފަހު އެމީހާ އެއުޅެނީ ރަޝީދާ ދައްތަގެ ކަރަށް ފައިން އަރަންނޭވެސް.. އަހަރެން އެއްވެސް އިރަކު ހިޔެއް ނުކުރަން އެވަރުގެ ވިހަގަދަ ރައްޓެއްސެއް ކަމަށް އެއީ.. އެހުރިހާ ވާހަކައެއް އަހަރެންގެ މަންމަ ކައިރި ދައްކަނިކޮށް އަހަންނަށް އަޑު އިވުން.” ލަހުމާ އަނެއްކާވެސް މޫނު ފޮހެލިއެވެ. “ކޮބާ މިހާރު ތި ބުނާ ދެމީހުން؟” ލަހުމާގެ ވާހަކައިގެ ތެރެއަށް ގެއްލިފައި އިން ލަޠީފް ކޮށްލީ ސުވާލެކެވެ. “އަހަންނަކަށް ނޭނގެ މިހާރު އެމީހުން ވީތަނެއް. ދުނިޔޭގަ ތިބިކަމެއް […]
ލަހުމާގެ އެއްވެސް ހަރަކާތެއް ނެތް ހަށިގަނޑުން ގުނަވަނެއް ހޭލާފައި ނުވާފަދައެވެ. އެ މޫނުމަތީގައި ތާޒާ އެއްވެސް އަސަރެއް ނެތެވެ. މިލާ މޯޅިވެފައިވާ މަލެއްގައި ހުންނާނީ ދެން ކޮން ފުރިހަމަ ކަމެއް ހެއްޔެވެ؟ ލަޠީފްގެ ފިޔަވަޅުގެ ލުއިލުއި އަޑު ލަހުމާއަށް ދެނެގަންނަން ވަރަށް ފަސޭހަވިއެވެ. އެއަޑަށް ލަހުމާގެ ހުރިހާ ހިއްސެއް އެއްފަހަރާ ހޭލިހެން އޭނާއަށް އަމިއްލައަށްވެސް ހީވިއެވެ. “އަހަރެން… ކަލޭ މަރާލާކަށްވެސް ޖެހިލުމެއްނުވާނެ.” ލަޠީފާ ދިމާލަށް ބަލާވެސް ނުލާ ލަހުމާ ބުނެލި ޖުމްލައިން ލަޠީފްގެ ހިތަށް ހީވީ ތޫނުއެއްޗެއް […]
“އެއްވެސް މައްސަލައެއް ނެތް.. ލަހުމާގެ ގެ.. ލަހުމާއަށް ބާރު ހިނގާ ކޮޓަރިއެއް.. އަހަރެންގެ އެއްވެސް ބާރެއް އޮތް ތަނެއް ނޫން. ވަދެވޭނެ.” ލަހުމާ ވަނުމާއެކު ލަޠީފް ދޮރު ލައްޕަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. “ކަލެއަށް އެކަން އިނގޭދޯ؟ ދެން ކީއްވެ… އަހަންނަށް ބާރު ފޯރުވަން ތިމަސައްކަތް ކުރަނީ؟ އަހަރެން ގެއަށް އައިމަ އޭނަ އަހަންނާ ދިމާލަށް އެހެން ބުނި.. އެކަމަކު އަހަންނެއް ނޫޅެން ކަލެޔާ އިންނާކަށް.. މިގެއަށް ތިއައީ ތިބޭނުމުގަކަން އެނގުންނަމަ އަހަރެން ކަލޭ މިތާކު ނުބަހައްޓާނަން.” […]
“ދައްތާ! ދައްތަގެ މައްސަލައެއް ނެތިއްޔާ މި ފޮޓޯ ގަނޑު އަހަންނަށް ދޭންވީނު.. ނޫނީ ގަނެގެން ގެންދަންވިޔަސް ހެޔޮ.. އަހަރެން މި ފޮޓޯ ބޭނުން.” ތިންމީހެއްގެ ސޫރަ ހުރި އެ ތަޞްވީރު އަތަށް ލައިންގެން ވަރަށް ފަރުވާތެރި ކަމާ،ހައިރާން ކަމާއެކު ބަލަން އިންދެ ލަޠީފް ބުނެލިއެވެ. “އެންމެ ރަ..ރަނގަޅު.. ކަލޭގެ އޯގާ..ތެރި ކަމަށް..ޓަކާ އަހަ..ރެން ތި.. ތިދީ..ފިން. އެ..އެކަމަކު. ލަހު..މާއަށް ތި..ތިކަން ނާން..ގާތި.. ތީގަ ތި..ތިހިރީ.. އޭނަ.. ކައިވެނި..ކުރަން އުޅުނު..މީހާ..” “އެއީ..ފާއިދުގެ ބައްޕަ… ތިމީހަކީ ލަހުމާ އެންމެ ލޯބި..ވީ […]